ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/261

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ވ. އިބްރާހީމް ނަޞީރު

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 14 އޭޕްރީލް 2025ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 175/VTR/2019ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 175/VTR/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 175/VTR/2019 މައްސަލަ. ޓްރައިބިއުނަލުން ނިންމި ގޮތުގެ ތަފްޞީލު މި ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ވާޤިޢާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 175/VTR/2019 މައްސަލަ އިސްތިއުނާފުކުރުމަށް އެދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން، އިބްރާހީމް ނަޞީރުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅި އިސްތިއުނާފު 23 އޮގަސްޓް 2021 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 175/VTR/2019 މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލަ، އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންނަން ނިންމައި ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް ސިޓީއަކުން އެދުމުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) އާއި ހައިކޯޓުގެ ޤަވާއިދުގެ 35 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލުކުރުން.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން އައްޔަންކޮށްފައިވާ އަލިފް ލޯ ޗެމްބާރސް އެލް.އެލް.ޕީ އިން ފޮނުވި ނަންބަރު ALC/2025/24 ސިޓީން، މައްސަލަ އަނބުރާ ގެންނަން ނިންމާފައިވާތީ ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދުނެވެ.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުކުރި ފަރާތުން މައްސަލަ އަނބުރާ ގެންނަން ނިންމައި ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް ސިޓީން އެދިފައިވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ހައިކޯޓުގެ ޤަވާއިދުގެ 35 ވަނަ މާއްދާގެ (ނ) ގެ ދަށުން، ފަނޑިޔާރުންގެ އިއްތިފާޤުން ދަޢުވާ ފޯމު 14 އޭޕްރީލް 2025 ގައި ބާޠިލުކުރިއެވެ.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 175/VTR/2019 މައްސަލައާ ގުޅޭ އިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލުކުރި (އިސްތިއުނާފުކުރި ފަރާތުން މައްސަލަ އަނބުރާ ގެންނަން އެދުމުން)؛ ޓްރައިބިއުނަލްގެ ނިންމުމާމެދު ހައިކޯޓުން ގޮތެއް ނުނިންމާ.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
އަލިފް ލޯ ޗެމްބަރސް އެލް.އެލް.ޕީ
ބެންޗު
ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ފަނޑިޔާރު މުޙައްމަދު ސަލީމް
ރިޔާސަތު
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2021/HC-A/261

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފް ކުރުމަށް އެދި ހުށަހަޅާ ފޯމު

3މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 23 އޮގަސްޓް 2021 * ބާޠިލްކުރި ތާރީޚް: 14 އޭޕްރީލް 2025

4އިސްތިއުނާފު ކުރި ފަރާތް:

ފުރިހަމަ ނަން: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް * ދާއިމީ އެޑްރެސް: ޕޯރޓް ކޮމްޕެލެކްސް / މާލެ

5އިސްތިއުނާފު ރައްދުވާ ފަރާތް:

ފުރިހަމަ ނަން: އިބްރާހީމް ނަޞީރު * ދާއިމީ އެޑްރެސް: ބޯށިމާގެ / ލ. ކަލައިދޫ

އައި.ޑީ.ކާޑު ނަންބަރު: A152646

6ހުށަހެޅިފައިވާ މައްސަލަ:

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 175/VTR/2019 މައްސަލަ އިސްތިއުނާފުކުރުމަށް އެދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ލ. ކަލައިދޫ / ބޯށިމާގެ، އިބްރާހީމް ނަޞީރުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ.

7ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް:

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 175/VTR/2019 މައްސަލަ އިސްތިއުނާފުކުރުމަށް އެދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ލ. ކަލައިދޫ / ބޯށިމާގެ، އިބްރާހީމް ނަޞީރުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ، އަނބުރާ ގެނައުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ނިންމަވާފައިވާތީ، މި މައްސަލައިގެ ދަޢުވާ ފޯމު ބާޠިލްކޮށްދެއްވުމަށް އެދި އިސްތިއުނާފުކުރާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އައްޔަންކޮށްފައިވާ ލޯ ފާމު (އަލިފް ލޯ ޗެމްބާރސް އެލް.އެލް.ޕީ) ގެ ފަރާތުން ފޮނުވާފައިވާ ނަންބަރު ALC/2025/24 (16 މާރިޗު 2024) ސިޓީން މިކޯޓަށް އަންގާފައިވެއެވެ. އަދި މި މައްސަލައިގެ ދަޢުވާ ފޯމު ބާޠިލްކޮށްދެއްވުމަށް ސިޓީގައި އެދިލައްވާފައިވާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ހައިކޯޓުގެ ޤަވާއިދުގެ 35 ވަނަ މާއްދާގެ (ނ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/261 ޤަޟިއްޔާގެ ދަޢުވާ ފޯމް، މި ޤަޟިއްޔާ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.

8މައްސަލަ ނިންމި ފަނޑިޔާރުން:

ފަނޑިޔާރު ޙަސަން ޝަފީޢު

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)

ފަނޑިޔާރު މުޙައްމަދު ސަލީމް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ)
  • ހައިކޯޓުގެ ޤަވާއިދުގެ 35 ވަނަ މާއްދާގެ (ނ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ