ފާޠިމަތު ރިޝްފާ ވ. ޕްރިމިއަރ ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 215/Cv-C-HD/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނުން 215/Cv-C-HD/2020 ނަންބަރުގައި ޤަޟިއްޔާއެއް ނިންމި. އެ ނިންމުމުގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
- ވާޤިޢާ
- ފާޠިމަތު ރިޝްފާ (ހ.ހޭޒަލް، ކ.މާލެ) ގެ ފަރާތުން، ޕްރިމިއަރ ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާ ގޮތަށް، ދަށުކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ 29 އޯގަސްޓް 2021 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ 215/Cv-C-HD/2020 ޤަޟިއްޔާ އިސްތިއުނާފުކުރި ފަރާތުން، އިސްތިއުނާފީ ނުކުތާއާ ގުޅޭގޮތުން ހައިކޯޓުން ބައެއް މައްސަލަތަކުގައި ގޮތް ކަނޑައަޅާފައިވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެ ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފީ ނުކުތާއާ ގުޅޭގޮތުން ހައިކޯޓުން ބައެއް މައްސަލަތަކުގައި ގޮތް ކަނޑައަޅާފައިވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެ، ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދި އިސްތިއުނާފުކުރި ފަރާތުގެ ވަކީލު 02 ސެޕްޓެމްބަރު 2024 ގައި ހައިކޯޓަށް ސިޓީ ފޮނުވި.
- ކޯޓުގެ ސަބަބުތައް
- އިސްތިއުނާފުކުރި ފަރާތުން ފޯމު ބާޠިލުކޮށްދިނުމަށް އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން 02 ސެޕްޓެމްބަރު 2024 ގައި ދަޢުވާ ފޯމު ބާޠިލުކުރި.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ 215/Cv-C-HD/2020 ޤަޟިއްޔާއާމެދު ގޮތެއް ނުނިންމައި، އިސްތިއުނާފުކުރި ފަރާތުން އެދުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޙަސަން ފަލާޙް
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)، ފަނޑިޔާރު ޙަސަން ޝަފީޢު
- ރިޔާސަތު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2021/HC-A/269
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 29 އޯގަސްޓް 2021
* ބާޠިލުކުރި ތާރީޚް: 02 ސެޕްޓެމްބަރު 2024
4އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: ފާޠިމަތު ރިޝްފާ
* ދާއިމީ އެޑްރެސް: ހ.ހޭޒަލް، ކ.މާލެ
އައިޑީކާޑު ނަންބަރު: A036517
5އިސްތިއުނާފު ރައްދުވާ ފަރާތް:
ފުރިހަމަ ނަން: ޕްރިމިއަރ ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑް
* ދާއިމީ އެޑްރެސް: މ.ހަޒާރުމާގެ، ކ.މާލެ
ރަޖިސްޓްރީ ނަންބަރު: C-0158/2014
6ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 215/Cv-C-HD/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހ.ހޭޒަލް، ކ.މާލެ ފާޠިމަތު ރިޝްފާގެ ފަރާތުން ޕްރިމިއަރ ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ.
7ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް:
ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 215/Cv-C-HD/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ހ.ހޭޒަލް، ކ.މާލެ ފާޠިމަތު ރިޝްފާގެ ފަރާތުން ހުށަހެޅުމުން ބަލަމުންދާ މިކޯޓުގެ ނަންބަރު 2021/HC-A/269 ޤަޟިއްޔާގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ބައެއް މައްސަލަތަކުގައި ގޮތް ކަނޑައަޅާފައިވާތީ، މިމައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެ މައްސަލައިގެ ދަޢުވާ ފޯމް ބާޠިލްކުރުމަށް އެދި އިސްތިއުނާފު ކުރާ ހ.ހޭޒަލް، ކ.މާލެ ފާޠިމަތު ރިޝްފާގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހަށް ޙާޟިރުވުމަށް އައްޔަންކޮށްފައިވާ ޤާނޫނީ ވަކީލު ސިތާނާ، ޏ.ފުވައްމުލައް އޒ.ޙަސަން ފަލާޙްގެ ފަރާތުން 02 ސެޕްޓެމްބަރ 2024 ވަނަ ދުވަހު މިކޯޓަށް ސިޓީ ފޮނުވާފައިވެއެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ހ.ހޭޒަލް، ކ.މާލެ ފާޠިމަތު ރިޝްފާގެ ފަރާތުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/269 ޤަޟިއްޔާގެ ދަޢުވާ ފޯމް، މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙުސައިން މަޒީދު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)
ފަނޑިޔާރު ޙަސަން ޝަފީޢު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ހ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.