އޯޝަން ރިޖް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ވ. މަޖްދީ ޢިމާދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 3436/Cv-C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުގެ 3436/Cv-C/2019 ޤަޟިއްޔާގައި ނިންމި ނިންމުން އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި މައްސަލައެކެވެ. ދަށު ކޯޓުގެ ނިންމުމުގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާނެއް ނުކުރެއެވެ.
- ވާޤިޢާ
- އޯޝަން ރިޖް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އިސްތިއުނާފު 05 ޑިސެންބަރު 2021 ގައި ރަޖިސްޓްރީ ކުރެވުނެވެ. 04 ފެބްރުވަރީ 2025 ގެ 09:00 އަށް ތާވަލުކުރެވުނު ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމަށް އަންގާ ހައިކޯޓުގެ 95-B5/CHT/2025/649 (02 ފެބްރުވަރީ 2025) އަމުރު އިސްތިއުނާފުކުރި ފަރާތަށް ރައްދުކުރެވުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހައިކޯޓުގައި ބަލަމުންދާ އިސްތިއުނާފެއްގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމަށް އަންގާ "ކޯޓަށް ހާޒިރުވުމުގެ އަމުރު" އިސްތިއުނާފުކުރި ފަރާތަށް ރައްދުކުރެވިފައިވަނިކޮށް، އެ ފަރާތް އަމުރުގައިވާ ތާރީޚާއި ގަޑިއަށް ހާޒިރުނުވެ، މަޤްބޫލު ސަބަބެއްވެސް ކޯޓަށް ނާންގައިފިނަމަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލުކުރެވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ފަރާތްތަކުގެ ހުށަހެޅުމެއް ރިޕޯޓުގައި ބަޔާނެއް ނުކުރެއެވެ.
- ކޯޓުގެ ސަބަބުތައް
- އިސްތިއުނާފުކުރި ފަރާތް ހާޒިރުވުމުގެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުނުވެ، ޙާޟިރުނުވާނެ މަޤްބޫލު ސަބަބެއްވެސް ކޯޓަށް އަންގާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ދަޢުވާ ފޯމު ބާޠިލުކުރިއެވެ.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭސިވިލް ކޯޓުގެ 3436/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި ދަޢުވާ ފޯމު، އިސްތިއުނާފުކުރި ފަރާތް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުނުވުމުން ބާޠިލުކުރި؛ ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނައި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އިސްފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު މުޙައްމަދު ސަލީމް (ރިޔާސަތު)، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ރިޔާސަތު
- ފަނޑިޔާރު މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
މާލެ، ދިވެހިރާއްޖެ
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2021/HC-A/390
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 05 ޑިސެންބަރު 2021
4ބާޠިލުކުރި ތާރީޚް: 04 ފެބްރުވަރީ 2025
5އިސްތިއުނާފުކުރި ފަރާތް:
ފުރިހަމަ ނަން: އޯޝަން ރިޖް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރޭޝަން ނަންބަރު: C-0589/2013
އާއްމު ނަން: -
މިހާރުގެ އެޑްރެސް: ހ. ގަދަމޫ/ މާލެ
ދާއިމީ އެޑްރެސް: ހ. ގަދަމޫ/ މާލެ
6އިސްތިއުނާފް ރައްދުވި ފަރާތް:
ފުރިހަމަ ނަން: މަޖުދީ ޢިމާދު
އައިޑީކާޑު ނަންބަރު: A046324
އާއްމު ނަން: -
ދާއިމީ އެޑްރެސް: މ. ވޭލްޝަރކް/ މާލެ
މިހާރުގެ އެޑްރެސް: މ. ވޭލްޝަރކް/ މާލެ
7ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 3436/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އޯޝަން ރިޖް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ
8ހައިކޯޓުން ނިންމި ގޮތް:
ސިވިލް ކޯޓުގެ ނަންބަރު 3436/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އޯޝަން ރިޖް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ނަންބަރު 2021/HC-A/390 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގެ ޝަރީޢަތް ހިންގުމަށްޓަކައި 2025 ފެބްރުވަރީ 04 ވަނަ ދުވަހުގެ 09:00 އަށް ތާވަލުކުރެވުނު ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމަށް އަންގައި ފޮނުވުނު، ހައިކޯޓުގެ ނަންބަރު 95-B5/CHT/2025/649 (02 ފެބްރުވަރީ 2025) "ކޯޓަށް ހާޒިރުވުމުގެ އަމުރު" އާ އޯޝަން ރިޖް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ރައްދުކުރެވިފައި ވަނިކޮށް، އެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުވެފައި ނުވާތީއާއި، އަދި ގަޑިއަށް ޙާޟިރުވެވެން ނެތް މަޤްބޫލު ސަބަބެއް ވެސް ކޯޓަށް އަންގާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/390 ޤަޟިއްޔާގެ ދަށުން ބަލަމުންދާ މައްސަލައިގެ ދަޢުވާ ފޯމު، ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
9މައްސަލަ ނިންމި ފަނޑިޔާރުން:
އިސްފަނޑިޔާރު ޙުސައިން ޝަހީދު
ފަނޑިޔާރު މުޙައްމަދު ސަލީމް (ރިޔާސަތު)
ފަނޑިޔާރު ދީބާނާޒް ފަހުމީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.