ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/419

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް ވ. ޙަސަން ނަޒީފް

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 14 މޭ 2024ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 268/VTR/2020ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 268/VTR/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން 268/VTR/2020 ނަންބަރުގައި މައްސަލައެއް ނިންމި. އެ ނިންމުމުގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
ވާޤިޢާ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން، ޙަސަން ނަޒީފްގެ މައްޗަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ 04 ފެބްރުވަރީ 2024 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 268/VTR/2020 މައްސަލަ އިސްތިއުނާފުކުރި ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު މައްސަލަ ކޯޓުން ބޭރުން ޙައްލުކުރުމަށް އެއްބަސްވެ، އިސްތިއުނާފުކުރި ފަރާތުން ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދުމުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ދެފަރާތާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ އަލީގައި މައްސަލަ ކޯޓުން ބޭރުން ޙައްލުކުރުމަށް އެއްބަސްވެވިފައިވާތީ އިސްތިއުނާފު ކުރިއަށް ގެންދިޔުމަށް ބޭނުންނުވާކަމަށް ބުނެ، ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދި އިސްތިއުނާފުކުރި ފަރާތުގެ ވަކީލު 09 މެއި 2024 ގައި ހައިކޯޓަށް ސިޓީ ފޮނުވި.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުކުރި ފަރާތުން ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދުމުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (22/2010) ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން 14 މެއި 2024 ގައި ދަޢުވާ ފޯމު ބާޠިލުކުރި.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 268/VTR/2020 ނިންމުމާމެދު ގޮތެއް ނުނިންމައި، ފަރާތްތައް ކޯޓުން ބޭރުން ޙައްލަކަށް އެއްބަސްވެ އިސްތިއުނާފުކުރި ފަރާތުން އެދުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢާއިޝަތު ޝީނާ މުޙައްމަދު
ބެންޗު
އިސްފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ރިޔާސަތު
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2021/HC-A/419

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު

3މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 04 ފެބްރުވަރީ 2024

* ބާޠިލުކުރި ތާރީޚް: 14 މެއި 2024

4އިސްތިއުނާފު ކުރި ފަރާތް:

ފުރިހަމަ ނަން: ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

* ދާއިމީ އެޑްރެސް: މއ.ޖަންބުގަސްދޮށުގެ / މާލެ

ރަޖިސްޓްރޭޝަން ނަންބަރު: C-0048/2009

5އިސްތިއުނާފު ރައްދުވާ ފަރާތް:

ފުރިހަމަ ނަން: ޙަސަން ނަޒީފް

* ދާއިމީ އެޑްރެސް: ގުލްކަދުގެ / ސ.ހިތަދޫ

އައިޑީކާޑު ނަންބަރު: A303816

6ހުށަހެޅިފައިވާ މައްސަލަ:

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 268/VTR/2020 މައްސަލަ އިސްތިއުނާފުކުރުމަށް އެދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން، ސ.ހިތަދޫ/ ގުލްކަދުގެ، ޙަސަން ނަޠީފްގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ.

7ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް:

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 268/VTR/2020 މައްސަލަ އިސްތިއުނާފުކުރުމަށް އެދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން، ސ.ހިތަދޫ/ ގުލްކަދުގެ، ޙަސަން ނަޠީފްގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ، އިސްތިއުނާފުކުރާ ފަރާތްކަމުގައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި އިސްތިއުނާފު ރައްދުވާ ޙަސަން ނަޠީފް އާއި ދެމެދު ކުރެވުނު މަޝްވަރާތަކުގެ އަލީގައި މި މައްސަލަ ކޯޓުން ބޭރުން ޙައްލުކުރުމަށް އެއްބަސްވެވިފައިވާތީ، މައްސަލައިގެ އިސްތިއުނާފު އިތުރަށް ކުރިއަށް ގެންދިޔުމަށް ބޭނުންނުވާކަމަށް އިސްތިއުނާފުކުރާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އައްޔަންކޮށްފައިވާ ވަކީލު ޢާއިޝަތު ޝީނާ މުޙައްމަދުގެ ފަރާތުން 2024 މެއި 09 ވަނަ ދުވަހު ސިޓީން މިކޯޓަށް އަންގާފައިވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތްކަމުގައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން މި މައްސަލައިގެ ދައުވާ ފޯމު ބާތިލްކޮށްދެއްވުމަށް އެދި ސިޓީގައި އެދިލައްވާފައިވާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/419 ޤަޟިއްޔާގެ ދަޢުވާ ފޯމް، މި ޤަޟިއްޔާ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.

8މައްސަލަ ނިންމި ފަނޑިޔާރުން:

އިސްފަނޑިޔާރު ޙުސައިން ޝަހީދު

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)

ފަނޑިޔާރު ޙުޒައިފާ މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 75 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ