ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/99

ޅ. ކުރެންދޫ ކައުންސިލް އިދާރާ ވ. މުޙައްމަދު ޔޫސުފް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 9 އޮކްޓޫބަރު 2023ދަށު ކޯޓު: ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓު 86/G3C/2016ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓު 86/G3C/2016
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަޢުވާކުރާ ފަރާތުން ޞައްޙަކަމަށް އިންކާރުކުރި، އަޞްލު ހުށަނާޅާ ލިޔުންތަކަށް ބުރަދަން ނުދިނުމަކީ ހެއްކާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްތޯ؛ އަދި ސަރުކާރުން ގޯތި ވަކިކުރުމަށް ފިޔަވަޅެއް ނާޅާ ހުއްޓައި ބިމާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރީ ބާޠިލުކުރަން ޖެހޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށުކޯޓުން ލިޔުންތަކަށް ރިޢާޔަތްކުރުމަށްފަހު، އެ ލިޔުންތަކުގެ ޞައްޙަކަމަށް އަނެއް ފަރާތުން އިންކާރުކޮށް، ލިޔުންތަކުގެ އަޞްލު ހުށަނާޅާތީ ޞައްޙަކަން ކަށަވަރުނުކުރެވި، އެ ލިޔުންތަކަށް ބުރަދަން ނުދިނުމަކީ ހެއްކާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ނޫނެވެ.

HN2 ވަކި ހެއްކަކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމާއި، ވަކި ހެއްކަކަށް ޝަރީޢަތުން ރިޢާޔަތްކުރި ގޮތް ގޯސްކަމަށް ބުނާ ބުނުމަކީ ތަފާތު ދެކަމެކެވެ؛ ދަށުކޯޓުން ހެކިތަކަށް ރިޢާޔަތްކޮށްފައިވާނަމަ، ރިޢާޔަތްނުކުރާ ކަމަށް ބިނާކުރި އިސްތިއުނާފީ ނުކުތާއެއް ޤާއިމެއް ނުވެއެވެ.

HN3 ބިމާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) އާއި (ށ) އަކީ ބަންޑާރަ ގޯތި ވަކިކުރުމުގެ އިޚްތިޔާރު ސަރުކާރަށް ލިބޭ ޙާލަތު ބަޔާންކުރާ މާއްދާއެކެވެ؛ އެ މާއްދާގެ ދަށުން ގޯތި ވަކިކުރުމަށް ސަރުކާރުން މަސައްކަތްކޮށްފައި ނުވާނަމަ، އަދި ވަކިކުރުމަށް ކޯޓަށް ހުށަހަޅާފައި ނުވާނަމަ، ރަޖިސްޓްރީވެފައިވާ ފަރާތް ހުށަހެޅި ދަޢުވާއެއްގައި އެ މާއްދާއަށް ރިޢާޔަތްކުރަންޖެހޭ ހަމައެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙަސަން ޝަފީޢު، މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

ތަޢާރުފު

1މިއީ، ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 86/G3C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢވު ރައްދުވާ ފަރާތަކީ، މާލެހިޔާ 03-17، މުޙައްމަދު ޔޫސުފް އެވެ.

ކަން ހިނގާފައިވާގޮތް

2މާލެހިޔާ 03-17/ މުޙައްމަދު ޔޫސުފގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ.ކުރެންދޫ "ފަސްހިޔަ" އެވެ ކިޔް ގޯތި ކުއްޔަށް ދިނުމަށް ޅ.ކުރެންދޫ ކައުންސިލްގެ އިދާރާއިން 17 އޯގަސްޓް 2016 ގައި ކޮށްފައިވާ އިޢލާނަކު ބާޠިލް އިޢުލާނެއްކަމަށް ކަނޑައަޅައިދީ އެ ގޯއްޗާއި ބެހޭ އެއްވެސް ކަމެއް ކުރުމުގެ ޙައްޤެއް ޅ.ކުރެންދޫ ކައުންސިލްގެ އިދާރާއަށް ލިބިގެން ނުވާކަމަށް ކަނޑައަޅަދިނުމަށ އެދް މުޙައްމަދު ޔޫސުފްގެ ފަރާތުން ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުގެ ނަންބަރު 01686/G3C/2 ޤަޟިއްޔާގައި ބަލާފައިވެއެވެ.

3މިއީ، ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 86/G3C/2016 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓގު ޙުކުމް

4ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 86/G3C/2016 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: އައިޑީ"ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ޝަރީޢަތަށް ފާހަގަކުރެވުނުކަންކަމަށ ޝަރީޢަތުން ނަޒަރުކޮށް ބެލިބެލުމުން […]، ކ.މާލެ މުޙައްމަދު ޔޫސުފުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ޅ.ކުރެންދޫ "ފަސްހިޔަ" އެވެ ކިޔާ ގޯތި ކުއްޔަށް ދިނުމަށް ޅ.ކުރެންދޫ ކައުންސިލްގެ އިދާރާއިން 17 އޮގަސްޓް 2016 ގައި ކޮށްފައިވާ RM/328/2016/51-(IUL)328 ނަމްބަރ އިޢުލާނަކީ ބާޠިލް އިޢުލާނެއްކަމަށް ކަނޑައަޅުއްވައި ދެއްވައި އެ ގޯއްޗާއި ބެހޭ އެއްވެސް ކަމެއް ކުރުމުގެ ޙައްޤެއް ޅ.ކުރެންދޫ ކައުންސިލްގެ އިދާރާ އަށް ލިބިގެން ނުވާކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި މުޙައްމަދު ޔޫސުފުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ މައްސަލާގައި ދަޢުވާ ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ޞައްޙަކަމުގެ މައްޗަށް ދަޢުވާކުރާ ފަރާތުން އިންކާރުކުރާތީ އެ ލިޔުންތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް މުޙައްމަދު ޔޫސުފުގެ ސޮއިކަމަށް ބުނާ ސޮޔާ ފިންގަރޕްރިންޓް ތަޙްލީލް ކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި ދެންނެވުމުން މި ކޯޓުގެ ނަމްބަރ 01/G3MC/171/2019 ސިޓީއާ ޙަވާލާދީ އެ މުއައްސަސާއިން ދެއްވި ޖަވާބުގައި ސޮޔާއި ފިންގަރޕްރިންޓް ތަޙްލީލް ކުރުމަށް މި ކޯޓުން ފޮނުވާފައިވާ ލިޔުންތަކުގެ އަޞްލާއި އަޅައި ކިޔުމަށް ބޭނުންވާ ސޮއި ލިބިފައިނުވާތީވެ ލިޔުންތަކުގައިވާ ސޮޔާއި އިނގިލީގެ ނިޝާން ވެރިފައި ކުރެވެން ނެތްކަމަށް އ މުއައްސަސާގެ ނަމްބަރ G03C/2019/1-F1-171 ސިޓީން މި ކޯޓަށް އަންގާފައިވާތީ، އަދި ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުންތަކުގެ އަޞްލު ހޯދުމަށް މި ކޯޓުގެ ނަންބަރ 328/2020/01/-G3MC ނަމްބަރ ސިޓީއިން ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގައި ދެންނެވުމުން އެ ލިޔުންތަކުގެ އަޞްލު އެއިދާރާއަށް ލިބިފައި ނުވާކަމަށް އެ ކައުންސިލްގެ ނަންބަރ RM/G03C2020/11-328 ސިޓީން މި ކޯޓަށް އަންގާފައިވާތީ މިހިނދަށް އެ ލިޔުންތަކުގެ ޞައްޙަކަން ޝަރީޢަތަށް ކަށަވަރުކުރެވޭނެ ގޮތެއް ފެންނަން ނެތްކަމަށް ކަނޑައަޅައި، މިފަދަޙާލަތުގައި ޢަމަލުކުރުމަށް އިސްލާމީ ޝަރީޢަތުގައިވާ ފިޤުހުގެ ޤާޢިދާތަކަށް ރުޖޫޢަވާއިރު " االصل بقاء ماكان على ماكان" މާނައީއަޞްލަކީ އެއްޗެއް އޮތްގޮތަށް އޮތުމެވެ." މި ޤާޢިދާއާ، އަދި " ما ثبت بزمان يحكم ببقائه مالم يوجد دليل على خالفه" ކުރީގެ ޒަމާނެއްގައި ޘާބިތުވެފައިވާކަމެއް އެއާ ޚިލާފަށް ދަލީލެއް ނުލިބޭހާ ހިނދަކު އެ ޙުކުމް އެގޮތަށް އޮތްކަމަށް ނިންމާނީއެވެ." މި ޤާޢިދާއާ، އަދި " القديم يترك على قدمه" "ކުރީގެ ޙުކުމް ކުރީގައި އެއޮތްގޮތަށް ބޭއްވޭ ހުއްޓެވެ." މިޤޢާ ދިއަށ ބެލުމުން ޅ.ކުރެންދޫ "ފަސްހިޔަ" ކިޔާގޯއްޗަކީ ޅ.ކުރެންދޫ ރަތްވިލާގެ މުޙައްމަދު ޔޫސުފުގެ ގޯއްޗެއްކަން ފާދިއްޕޮޅު އަތޮޅު އޮފީހުން 17 މާރިޗް 1998 ގައި ޅ.ކުރެންދޫ ރަތްވިލާގެ މުޙައްމަދު ޔޫސުފަށް ހަދައިދީފައިވާ ނަމްރ 303 ރަޖިސްޓްރީން ޝަރީޢަތަށް ޘާބިތުވެފައ އަދި މިއަދާ ހަމައަށް "ނަންބަރު"ގެ ބަދަލުގައި ޙުކުމުގައި "ނަމްރ" މިފަދައިން ލިޔެވިފައި ވަނީ ލިޔުމުގެ ކުށަކުންކަމަށް ބެލެވޭތީ އެކަން ފާހަގަކޮށް ފުޓްނޯޓްކުރެވިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުންނެވެ. ވެސް މުޙައްމަދު ޔޫސުފުގެ މިލްކުން މިގޯތި އުނިކުރެވިފައިވާކަނ ޝަރީޢަތަށް ޘާބިތުވެފައިނުވާތީ ޅ.ކުރެންދޫ "ފަސްހިޔަ" ކިޔާ ގޯތީގެ މިލްކުވެރި ފަރާތަކީ […]، ކ.މާލެ މުޙައްމަދު ޔޫސުފު ކަމަށް ނިޔާކަނޑައަޅައި ޙުކުމްކޮށްފީމެވެ." އިސްތިއުނާފަށް ހުށަހެޅުނު ނުކުތާ

5އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގތުނޮ ހުށަހަޅާފައިވް ނުކުތާތަކަކީ:

1.5 ޤާނޫނު ނަންބަރު 76/24 "ހެއްކާބެހޭ ޤާނޫނު" ގެ 02 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

2.5 ޤާނޫނު ނަންބަރު 2002/1 "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު"ގެ 14 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާ ގުޅޭ

6ކަމެއްގެ ޙަޤީޤަތާ ގުޅޭގޮތުން ޝަރީޢަތުގެ މަޖިލީހަކަށް ހުށަހެޅުން އެ މަޖިލިސް ހުއްދަކުރާ ނުވަތަ ޝަރީޢތުގަ މަޖިލީހަކުން ހޯދާ ކޮންމެ ލިޔުމަކީވެސް ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެއް ކަމަށާއި، މިފަދަ ކޮންމެ ލިޔުމަކީ ކިތާބީ (ޑޮކިއުމަންޓަރީ) ހެއްކެއް ކަމުގައި ޤާނޫނު ނަންބަރު 76/24 "ހެއްކާ ބެހޭ ޤާނޫނު"ގެ 02 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނިކޮށް، މުޙައްމަދު ޔޫސުފަށް ދޫކޮށްފައިވާ ގޯތި މުޙައްމަދު ޔޫސުފް ދޫކޮށްލައިފިކަމުގައި ނޯދަނ ރީޖަނަލް އޮފީހަށް މުޙައްމަދް ޔޫސުފު ސޮއިކޮށްފައިވާ ލިޔުމާއި، މުޙައްމަދު ޔޫސުފްގެ ކިބައިން އެ ގޯތި ވަކިކޮށްފައިވާތީ، އ ގޯތި ބޯ ލެހެއްޓުމަށ މުޙައްމަދް ޔޫސުފު ކޮށްފައިވް ޚަރަދުގެ ބަދަލު ހޯދުމަށް، 06 ސެޕްޓެމްބަރު 2001 ގައި، ޅ.އަތޮޅު އޮފީހަށް މުޙައްމަދު ޔޫސުފް ފޮނުއްވި ސިޓީއަކީ، މުޙައްމަދު ޔޫސުފްގެ ކިބައިން އެ ގޯތި ވަކިވެއްޖެކަމުގައި މުޙައްމަދު ޔޫސުފް ވެފައިވާ އިޢުތިރާފުގެ ކިތާބީ ހެއްކެއްކަމުގައި ވީހިނދު މި ހެކިތަކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައި ނުވާކަމަށް ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ދެވަނަ ނުކުތާއާ ގުޅޭ

7ބަންޑާރަ ގޯއްޗެއް ދޫކުރެވޭ ތާރީޚުން ފެށިގެން 05 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި އެ ގޯއްޗެއްގައި ދިރިއުޅެން ނުފަށައިފި ނަމަ، އެ ގޯއްޗެއް ދޫކޮށްފައިވާ މީހާގެ ކިބައިން އެ ގޯއްޗެއް ވަކިކުރުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެން ވާކަމަށް ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވީހިނދު، މުޙައްމަދު ޔޫސުފާއި އެ ގޯތި ޙަވާލުކޮށްފައިވާ ތާރީޚަކީ، 15 ޖުލައި 1992 ކަމަށްވެފައި، ކުރެންދޫ ކައުންސިލްގެ އިދާރާގެ ފަރާތުން އެ ގޯތި ކުއްޔަށް ދޫކުރުމަށް އިޢުލާންކޮށްފައިވާ ތާރީޚަކީ 17 އޯގަސްޓް 2016 ގައި ކަމުގައި ވާއިރު، ކުރެންދޫ ކައުންސިލްގެ އިދާރާގެ ފަރާތުން އެ ގޯތި ޙަވާލުކުރިތާ 23 (ތޭވީސް) އަހަރު ހޭދަވެފައި ވީހިނދު، 23 (ތޭވީސް) އަހަރުގެ ތެރޭގައި އެ ގޯތީގައި މުޙައްމަދު ޔޫސުފް ޢިމާރާތްކޮށް ދިރިއުޅެން ފަށާފައިނުވާތީ، މުޙައްމަދު ޔޫސުފްގެ ކިބައިން އެ ގޯތި ވަކި ކުރުމުގެ އިޚްތިޔާރު ސަރުކާރަ ށ އޮތްކަން ފާހަގަކޮށްފައި ނެތު ން އަދި އެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގައި، ބަންޑާރަ ގޯއްޗެއް ލިބިފައިވާ މީހަކު ތަކުރާރުކޮށް، މި ޤާނޫނާ ޚިލާފުވެއްޖެނަމަ، އ ގޯއްޗެއް ވަކި ކުރުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާތީ، މުޙައްމަދު ޔޫސުފް އެ ގޯތީގައި ޢިމާރާތެއްވެސް ކޮށްފައިނުވާތީ، މި ކަންކަމަކީ، ގޯތި ދޫކުރިއިރު މުޙައްމަދު ޔޫސުފަށް ކޮށްފައިވާ ޝަރުޠުތަކާ މުޅިން ޚިލާފަށް ކޮށްފައިވާ ކަންކަން ކަމުގައި ވީހިނދު، މިކަންކަމަށް ރިޢާޔަތްކޮށްފައި ނެތްކަމަށު ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

8ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާގެ ފަރާތުން އެދިފައިވަނީ ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓގު ނަންބަރު 86/G3C/2016 ޤަޟިއްޔާގެ ޙުކުމް ދަމަހައްޓަން ޖެހޭނެ ޤާނޫނީ އަދި ޝަރުޢީ އެއްވެސް ޙއްޖަތެއު ނެތްކަމަށާއި، ޅ.ކުރެންދޫ "ފަސްހިޔަ" ގޯއްޗަކީ މުޙައްމަދު ޔޫސުފްގެ އަމިއްލަ އިޚްތިޔާރުގައި ދޫކޮށްލާފައިވާ ގޯއްޗަކަށްވާތީއާއި، އެ ގޯތި ދޫކުރިއިރު، މުޙައްމަދު ޔޫސުފަށް ޝަރުޠުކުރި ކަންކަމާއި ތަކުރާރުކޮށް، މުޙައްމަދު ޔޫސުފް ޚިލާފުވެފައިވާކަމަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 2002/1 "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު"ގެ 14 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތީން، ޅ.ކުރެންދޫ "ފަސްހިޔަ" ކިޔާ ގޯއްޗަށް، 24 މާރިޗް 1998 ގައި ދޫކޮށްފައިވާ ނަންބަރު 303 ގޯތީގެ ރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއް ކަމުގައި ކަނޑައަޅައިދިނުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރު ކަންކަން ފުރަތަމަ ނުކުތާއާ ގުޅޭ

9ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 86/G3C/2016 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ޤާނޫނުއަސާސީއާއި އެންމެހާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުޞޫލުތަކަށް ރަނގަޅަށް ރިޢާޔަތްކޮށް އިސްލާމީ ޝަރީޢަތާއި ފިޤުހީ ޝަރުޢީ އުޞޫލުތަކަށް ރިޢޔަތްކޮށާ ޢަދުލުވެރކަމާއެކުކަމަށި މުޙައްމަދު ޔޫސުފގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ދެވަނަ ނުކުތާއާ ގުޅޭ

10ދެވަނަ އިސްތިއުނާފަ ނުކުތާގައި ޤާނޫނީ ގޮތުން މައްސަލައިގެ ޙުކުމަށް ބުރޫއަރފާނާ އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާކަމަށާއި، މައްސަލަ ނިންމާފައިވަނީ ޝަރުޢީ ކޮން މިންގަނޑަކާ ޚިލާފަށްކަމެއް އިސްތިއުނާފުކުރާ ފަރާތުން ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ކަމަށް މުޙައްމަދު ޔޫސުފްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް

11މުޙައްމަދު ޔޫސުފްގެ ފަރާތުން އެދިފައިވަނީ ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 86/G3C/2016 ޤަޟިއްޔާގެ ޙުކުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އޭގެ ދަށުން ހެދިފައިވާ ޤާނޫނުތަކާއި މާތްވެގެ ންވާ އިސްލާމީ ޝަރުޢީ ފިޤުހީ ޤާޢިދާތަކާއި އުޞޫލުތަކަށް ވރަށ ރަނގަޅަށް ބަލައަ ރިޢާޔަތްކޮށް ޢަދުލުވެރިކަމާ އިންސާފުން ކޮށް ނިންމާފައިވާ ޙުކުމެއްކަމަށް ކަނޑައަޅައިދީ ފާދިއްޕޮޅު ކުރެންދަ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 86/G3C/2016 ޤަޟިއްޔާގެ ޙުކުމަށް ތއާ ދީކޮށް އިތުރު ބަދަލެއް ގެންނަންޖެހޭ ޝަރުޢީ، ޤާނޫނީ ޙުއްޖަތެއް އަދި ސަބަބެއް އޮތްކަމަކަށް ބެލެވޭނެ ތަނެއް ނެތްކަމަށް ފެންނާތީވެ، އެ ޙުކުމް ދަމަހައްޓައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން ހެކިތަކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުން

12މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރަނީ، އެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ހެކިތަކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ފާހަގަކުރާ ނުކުތާއެއްކަން އެނގެއެވެ. އަދި މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދެނީ ހެއްކާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއަށްކަން އެނގެއެވެ.

13ހެއްކާބެހޭ ޤާނޫނު ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "ކަމެއްގެ ހަގީގަތާ ގުޅޭގޮތުން ޝަރީޢަތުގެ މަޖިލީހަކަށް ހުށަހެޅުން އެ މަޖިލިސް ހުއްދަކުރާ ނުވަތަ ޝަރީއަތުގެ މަޖިލީހަކުން ހޯދާ ކޮންމެ ލިޔުމަކީވެސް ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެކެވެ. މިފަދަ ކޮންމެ ލިޔުމަކީ ކިތާބީ (ޑޮކިއުމަންޓަރީ) ހެއްކެވެ."

14މި ނުކުތާގެ ތަފުސީލުގައާ އިސްތިއުނާފުކުރާ ފާދިއްޕޮޅު ކުރެންދޫ ކައުންސިލުން ފާހަގަކޮށްފައިވަނީ މުޙައްމަދު ޔޫސުފަށް ދޫކޮށްފައިވާ ގޯތި މުޙައްމަދު ޔޫސުފު ދޫކޮށްލި ކަމުގައި ނޯދަނ ރީޖަނަލް އޮފީހުގައި މުޙައްމަދު ޔޫސުފް ސޮއިކޮށްފައިވާ ލިޔުމާއި، ގޯތި ބެލެހެއްޓުމަށް ކުރި ޚަރަދު ހޯދުމަށް އެދި 6 ސެޕްޓެމްބަރު 2001 ގައި ޅ.އަތޮޅު އޮފހަށީ ފޮނުވި ސިޓީއަކީ އޭނާގެ ކިބައިން އެ ގޯތި ވަކިވެއްޖެކަން އެނގެން އޮންނަ ހެއްކެއް ކަމަށް ވީނަމަވެސް، އެ ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ.

15HN1ނަމަވެސް، ލޯ ކުރިމައްޗަށް ދިމާލަށ ފެންނަން އޮތް ޙަޤީޤަތަކީ ޙަވާލާދެވުނު ލިޔުންތަކަށް ދަށުކޯޓުން ރިޢާޔަތްކޮށް ފައިވާކަމެވެ. އަދި ރިޢާޔަތްކުރުމަށްފަހު އެ ލިޔުންތަކަށް ޝަރީޢަތުން ބުރަދަން ނުދޭން ނިންމާފައިވަނީ އެ ލިޔުންތަކުގެ ޞައްޙަކަން ކަށަވަރުކުރެވިފައި ނުވާތީކަން އެނގެއެވެ. އެކަން ދަށުކޯޓުގެ ރިޕޯޓްގެ 7 ވަނަ ނަންބަރުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން އެނގެއެވެ.

16އެގޮތުން، ދަށު ކޯޓުން އެ ލިޔުންތަކަށް ރިޢާޔަތްކޮށްފައިނުވަނީ އެ ލިޔުންތަކަށް މުޙައްމަދު ޔޫސުފްގެ ފަރާތުން އިންކް ރުކުރުމުން، އެ ލިޔުންތަކުގެ އަޞާ ލ ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ ފަރާތުން ހުށަހަޅާފައިނުވާތް ކަނީ އެނގެން އޮވެއެވެ.

17ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލަމުންމިދާ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމުގައިވެސް ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ ފަރާތުން ފާހަގަކޮށްފައިވަނީ އެ ލިޔުންތަކުގެ އަޞްލު ލިބިފައިނުވާކަމަށެވެ. އަދި، މުޙައްމަދު ޔޫސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޅ.ކުރެންދޫ "ފަސްހިޔަ" ގެ ރަޖިސްޓްރީ ވެސް ކައުންސިލްގެ މައްޗަށް ނުވަތަ އެހެން ފަރާތަކަށްވެސް ބަދަލުކޮށްފައިނުވާކަމަށެވެ.

18އިޝާރާތްކުރެވުނު ލިޔުންތަކަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވަނީ، އެ ހެކިތަކުގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިވާތީކަން އެނގޭއިރު، އެ ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބަލަންޖެހޭ އެއްވެސް ޤާނޫނީ ހަމައެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާކނަ އިސްތިއުނާފު ފޯމުންނާއ މި ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުން އެނގެއެވެ.

19HN2ވަކި ހެއްކަކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމާއި ވަކި ހެއްކަކަށް ޝަރީޢަތުން ރިޢާޔަތްކުރިކުރުނ ގޯސްކަމަށް ބުން ބުނުމަކީ ތަފާތު ދެކަމެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. ކުރިމަތީގައި މިވާ މައްސަލާގައި ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނަނީ އެ ފަރާތުން ހުށަހެޅި ހެކިތަކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެއެވެ. ޝަރީޢަތުން އެ ހެކިތަކަށް ރިޢާޔަތްކުރި ގޮތް ގޯސްކަމަށް ބުނެއއްނޫނެވެ.

20އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި މި ނުކުތާގެ މައްޗަށް ބަލައި ދަށުކޯޓުގެ ނިންމުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭނެކަމަކަށ އަހުރެން ނުދެކެމެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނ" ގެ 14 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޚިލާފު ނިންމުމެއް ކަމަށް ބުނާ ބުނުން ބިމާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާ

21ބިމާބެހޭ ޤާނޫނގު 14 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވަނީ: "14. (ހ) ބަންޑާރަ ގޯއްޗެއް ދޫކުރެވޭ ތާރީޚުން ފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި، އެގޯއްޗެއްގައި ދިރިއުޅެން ނުފަށައިފިނަމަ، އެގޯއްޗެއް ދޫކޮށްފައިވާ މީހާގެ ކިބައިން، އެގޯއްޗެއް ވަކި ކުރުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެންވެއެ ވެ.

(ށ) ބަންޑާރަ ގޯއްޗެއް ލިބިފައިވާ މީހަކު، ތަކުރާރުކޮށް މި ޤާނޫނާ ޚިލާފުވެއްޖެނަ މ، ނުވަތަ ގޯތި ދޫކުރެވުނުއިރު ޝަރްޠު ކޮށްފައިވާކަމަކާ ޚިލާފުވެއްޖެނަ މ، އެގޯއްޗެއް ދޫކުރެވިފައިވާ މީހާގެ ކިބައިން، ޤާނޫނުގައިވާ ގޮތުގެމަތިން އެގޯއްޗެއް ވަކިކުރުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ ."

22HN3ޙަވާލާދެވުނު ޤާނޫނީ މާއްދާއަކީ، ބަންޑާރަ ގޯތި ވަކިކުރުމުގެ އިޚްތިޔާރު ސަރުކާރަށް ލިބޭ ޙާލަތު ބަޔާންކުރާ މާއްދާއެކެވެ. އިސްތިއުނާފުކޮށްފައިމިވަނީ، މުޙައްމަދު ޔޫސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯތި ކުއްޔަށް ދިނުމަށް ޅ.ކުރެންދޫ ކައުންސިލުން ކުރި އިޢލާނަކު ބާޠިލް އިޢުލާނެއްކަނ ކަނޑައަޅައިދިނުމަށް އެދް އޭނާ ހުށަހެޅި ޤަޟިއްޔާއެކެވެ. ބިމާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން މުޙައްމަދު ޔޫސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯތި އޭނާގެ ކިބައިން ވަކި ކުރުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވާކަން އެނގޭކަށްނެތެވެ. އަދި އެ ގޯތި މުޙައްމަދު ޔޫސުފްގެ ކިބައިން ވަކި ކުރުމަށް ކޯޓަށް ހުށހަޅާފައިވާކަންވެސަ އެނގެން ނެތްހިނދު، އިސްތިއުނާފުކޮށްފައިމިވާ ޤަޟިއްޔާގައި ޙަވާލާދީފައިވާ ޤާނޫނީ މާއްދާއަށް ރިޢާޔަތްކުރަންޖެހޭ ހަމައެއް ނެތްކަމަށް އަހުރެން ދެކެމެވެ.

23އެހެންކަމުން އިސްތިއުނާފީ ދެވަނަ ނުކުތާއަކީ މިކޯޓަށް ބަލައިގަނެ ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއް ކަމަށް ނުބެލެވެއެވެ.

ނިންމަން ފެންނަގޮތް

24އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 86/G3C/2016 ޤަޟިއްޔާ ބާޠިލްކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް، ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު

25އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

26އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

27މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފާށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އާއި (ށ)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (އިސްތިއުނާފުގެ އިޖުރާއަތު)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ