ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ސަޢީދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓު S2C/2021/37
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޝަރީޢަތް ނިމެންދެން ބަންދުކުރި ސަބަބުތައް ދެމިއޮއްވައި، ބަންދުގައިވާ މީހާއަށް ބޭސްފަރުވާ ލިބޭކަން ކަށަވަރުނުވުމާއި، ހިއުމަން ރައިޓްސް ކޮމިޝަނުން ކޯޓު އަމުރަށް ޢަމަލުނުކުރުމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޝަރީޢަތަށް ޙާޟިރުނުކުރުމުގެ ސަބަބުން ބަންދު މުރާޖަޢާގައި މުއްތަހަމުން ދޫކޮށްލުމަކީ ޤާނޫނާ އެއްގޮތް ނިންމުމެއްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ބަންދުން ދޫކުރި ނިންމުން ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ނިންމާނަމަ ފަނޑިޔާރު ސަބަބު ބަޔާންކުރަންޖެހޭނެއެވެ؛ ކޮންމެ 30 ދުވަހަކުން ބަންދު މުރާޖަޢާކުރަނީ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބު އޮތްތޯ ބެލުމަށް ކަމާއި، ސަބަބު ނެތްނަމަ 30 ދުވަސް ހަމަވުމުގެ ކުރިންވެސް ޕްރޮސިކިއުޓަރ ޖެނެރަލަށް އަމުރު ބާޠިލުކުރަން ހުށަހެޅޭނެ ކަމާއި، ބަންދުގައި ބަހައްޓަންޖެހޭ ޙާލަތެއް ނެތްކަމަށް ފަނޑިޔާރަށް ބުރަވެވިއްޖެނަމަ ދޫކޮށްލުމަށް އަމުރުކުރެވޭނެއެވެ.
HN2 އެއްވެސް މުއައްސަސާއެއް ކޯޓު އަމުރަކަށް ޢަމަލުނުކުރުމުން އެ މުއައްސަސާ ޖަވާބުދާރީކުރުވުމުގެ ގޮތުން، ބަންދުގައި ބަހައްޓަންޖެހޭ މީހަކު ދޫކޮށްލުމަކީ ކޯޓަށް ކުރެވޭނެ ކަމެއް ނޫނެވެ.
HN3 ބަންދު މުރާޖަޢާގައި ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ބޭސްފަރުވާ ލިބިނުދޭކަމަށް ޝަކުވާކޮށްފިނަމަ ފަނޑިޔާރު ކަންހިނގާފައިވާ ގޮތް ސާފުކުރަންޖެހޭނެ ކަމާއި، އިޞްލާޙުކުރަންޖެހޭ ކަމެއް އޮތްކަމަށް ބުރަވެވިއްޖެނަމަ ޤާނޫނާއި ޤަވާޢިދުގެ އިޖުރާއަތާ އެއްގޮތަށް އިޞްލާޙުކުރަން އަމުރުކުރެވިދާނެއެވެ؛ ނަމަވެސް އެފަދަ ޝަކުވާ ބަލަންވާނީ ޤަވާޢިދުގައިވާ ގޮތަށް ކަމުން، ބޭސް ދިންކަމުގެ ރެކޯޑް ހުށަހެޅުމަށްފަހު ކޮންމެ އިޖުރާއީ ނުކުތާއަކާ ގުޅިގެން ވަކި ތަޙްޤީޤެއް ހިންގުމަކީ ފަނޑިޔާރުންގެ ދައުރެއް ނޫނެވެ.
HN4 ބަންދުކޮށްފައިވާ މަރުކަޒުން މީހާ ކޯޓަށް 'ހާޟިރުކޮށް ނުދިނުމާއި' ހާޟިރުކޮށް 'ދެވެން ނެތުމާއި' ދެމެދު ތަފާތު އެބައޮތެވެ؛ ޚާއްޞަ ޙާލަތްތަކުގައި (އެހެން ރަށެއްގެ ކޯޓަށް ކަރެކްޝަނަލް ސަރވިސްއަށް ޙާޟިރުކުރަން އުޒުރުވެރިވުން ފަދަ) އޯޑިއޯ/ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ހިންގުމުގެ އިޚްތިޔާރު ޤާނޫނުން ދެއްވައި، މުއްތަހަމު ސަބަބެއް ބަޔާންނުކޮށް ވީޑިއޯ ކޮންފަރެންސިންއަށް އިޢުތިރާޟްކުރާ ޙާލަތުގައި، ޙާޟިރުނުކުރިކަމަށް ބުނެ ޝަރީޢަތް ނިމެންދެން ބަންދުކުރި ސަބަބުތައް ދެމިއޮއްވައި ދޫކޮށްލުމަށް ޤާނޫނު ތަނެއް ނުދެއެވެ.
HN5 ހިއުމަން ރައިޓްސް ކޮމިޝަނުގެ މައްޗަށް ކޯޓުން އަމުރުކުރެވިދާނެތޯ ކަނޑައަޅަންޖެހޭނީ އެ ކޮމިޝަން ބައިވެރިވާ މައްސަލައެއްގައި ކަމާއި، އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ހުށަހަޅާފައި ނުވާ ނުކުތާއަކާ މެދު ގޮތެއް ނުކަނޑައަޅައެވެ.
HN6 (ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ތާއީދީ ރައުޔު) ބަންދުގައިވާ މީހާ ބަލަހައްޓާ ފަރާތްތަކުން ކަނޑައެޅިގެން ޤަޞްދުގައި ބޭސްފަރުވާ ނުދޭނަމަ އެއީ ބަންދާ މެދު ގޮތެއް ނިންމުމުގައި ރިޢާޔަތްކުރެވިދާނެ ކަމެކެވެ.
HN7 (ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ތާއީދީ ރައުޔު) މަޤްބޫލު ސަބަބަކާ ހުރެ (ކޮވިޑް ފުރުން މަނާކުރުން ނުވަތަ ބަޖެޓް ނެތުން ހިމެނޭ) ބަންދުގައިވާ މީހާ ޙާޟިރުނުކުރެވި ޝަރީޢަތް ލަސްވާނަމަ، ހައްލު ފޯރުކޮށްދީފައިވަނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 180 ވަނަ މާއްދާގައި ކަމާއި، ފަނޑިޔާރު އިޚްތިޔާރުކުރަންވާނީ ދަޢުވާ އަނބުރާ ފޮނުވައި ބަންދާ މެދު އެ މާއްދާގެ ދަށުން ގޮތެއް ނިންމުން ކަމާއި، ޙާޟިރުކުރުމުގެ ދަތިތަކާ ހުރެ ޝަރީޢަތް ނުހިންގޭތީ ދޫކޮށްލުމުގެ ފުރުޞަތު އެ ގަވާއިދުގައި ނެތެވެ.
HN8 (ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ތާއީދީ ރައުޔު) އިބްތިދާއީ މަރުޙަލާއަށް ފަހު ހެކިބަސް ނެގުމާއި ޙުކުމް އިއްވުމުގެ މަރުޙަލާ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ނުހިންގުމަށް އެދުމަކީ މުއްތަހަމަށް ލިބިގެންވާ ޙައްޤެއް ކަމުން އެ އިޢުތިރާޟުގެ ނަތީޖާއެއްގެ ގޮތުގައި ބަންދުގައި ބެހެއްޓުމަކީ ޤާނޫނުގެ ރޫޙެއް ނޫނެވެ؛ ނަމަވެސް މިނިވަންކަން ގެއްލުމާ މެދު ޝަކުވާކުރާނަމަ އިޢުތިރާޟުގެ މަޤްބޫލު ސަބަބު ޝަރީޢަތަށް ބުނެދޭންވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ނިޔާޒް، ޢަލީ ސަމީރު، ފާޠިމަތު ފަރްހީޒާ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު ( ފަނޑިޔާރު ޢަލީ ސަމީރު ތާއީދު ކުރެއެވެ.)
ތަޢާރުފު
1މިއީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓގު ނަންބަރު S2C/2021/37 ބަންދު މުރާޖަޢަކށް ނިންމިގޮތޮ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ނިންމުން އިސްތިއުނާފު ކުރމަށު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލެވުނެ ޤަޟިއްޔާއެކެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ، ސ. ހިތަދޫ / ވައިޓްރޯސް ޢަބްދުﷲ ސޢީދަ (ޢަބްދުﷲ ސަޢީދު) އާއި ސ. ހިތަދޫ / މަންދޫބުގެ ޙުސައިން ސިމު ޙާ (ޙުސައިން ސިމާޙު) އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
2މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، 2020 އޮކްޓބަރޯ 03 ވަނަ ދުވަހގު 14:56 ގައި ޙުސައިން ސިމާޙު ހައްޔަރުކުރިއެވެ. އަދި 2020 އޮކްޓބަރޯ 03 ވަނަ ދުވަހުގެ 15:01 ގައި ޢަބްދުﷲ ސަޢީދު ހައްޔަރުކުރިއެވެ.
3އެ މައްސަލައިގައި ޙުސައިން ސިމާޙު އާއި، ޢަބްދުﷲ ސަޢީދގު ބަންދާމެދު ގޮތެއް ނިންމުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، 04 އޮކްޓބަރޯ 2020 ން 11 އޮކްޓބަރޯ 2020 އަށް 7 (ހަތެއް) ދުވަހުގެ މުއްދަތަށަ އެ ދެ މީހުން ބަންދުކުރުމަށް އެކޯޓުން އަމުރުކޮށްފައި ވެއެވެ.
4އިސްވެބުނެވުނު އަމުރު ތަކުގެ މުއްދަތު ހަމަވުމާއި ގުޅިގެން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުންގެ ފަރާތުން ހުށަހެޅުމުން 11 އޮކްޓބަރޯ 2020 އިން ފެށިގެން ޝަރީޢަތް ނިމންދެނ ނުވަތް މައްސަލަ ބލެ ޤާޟީ އިތުރުގޮތެއް ކަނޑައަޅަންދެން ޢަބްދުﷲ ސަޢީދު އާއި ޙުސައިން ސިމާޙު ބަންދުކޮށްފައި ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމް. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމް. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: CA/336/2020-S2C އަދި CA/348/2020-S2C ކޯ ޓު އަމުރު. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވެއެވެ. މިފަދައިން އަމުރުކުރެވުނު ސަބަބެއް ކަމުގައި ބުނެވެދިޔަ ދެ އަމުރުގައި ބަޔާންކޮށްފައިވަނީ؛ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ޤަރީނާ ލިބިފައިވާތީ. މައްސަލައަކީ ޤަނޫނު ނަންބަރ 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާއީ ބޮޑު މައްސަލައަކަށްވާތީ. ބަޔާންވެދިޔަ ޤަނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާ އަށް ރިޢާޔަތްކޮށް މުޖުތަމޢުގަ ސަލާމަތަށް ބުރޫ އަރާފާނެތީ. ކަމަށެވެ.
5ޢަބްދު ﷲ ސަޢީދު އާއި ޙުސައިން ސިމާޙުގެ މައްޗަށް ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދަޢުވާ 2020 ޑިސެންބަރު 10 ވަނަ ދުވަހު އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވެއެވެ.
6ޢަބްދު ﷲ ސަޢީދު ޝަރީޢަތް ނިމެންދެން ބަންދުކޮށް ބެހެއްޓުމަށް 11 އޮކްޓބަރޯ 2020 ގައި އައޑުއަތޮޅް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކ ރ އަމުރާއި ޙުސައިން ސިމާޙު ޝަރީޢަތް ނިމެންދެނީ 09 އޮކޓޯބަރް 2020 ގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުއިނ ކުރް އަމުރުގެ ފަހުންވެސް ތަފާތު އެކި ފހަރަ މަތިން ޢަބްދު ﷲ ސަޢީދު އާއި ޙުސައިން ސިމާޙުގެ ބަންދު މުރާޖަޢާކޮށްފައިވއެވެ. އެއިން ކޮންމެ ފހަރަކުވެސަ ނިންމާފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރަށް ބަދަލެއް ގެންނާނެ ތަނެއެ ނެތް ކަމަށެވެ.
7ޤާނޫނު ނަންބަރު 2012/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނނު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ވ) އަށް ގެނެވުނު އިސްލާޙަށް ރިޢާޔަތްކޮށް ޢަބްދުﷲ ސަޢީދު އާއި ޙުސައިން ސިމާޙު ޝަރީޢަތް ނިމޭނެ ދެން ބަންދކޮށްފައު ބހެއްޓުމަށެ ނިންމާ ފައިވާ ނިންމުން މުރާޖަޢާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތނު 15 ޖުލައި 2021 ގައި އައްޑުއަތޮޅު އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: CA/357/2020-S2C އަދި CA/354/2020-S2C ކޯ ޓު އަމުރު. (11 އޮކް ޓޯބަރ 2020) އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެނަންބަރު S2C/2020/476 ނަންބަރު ޤަޟިއްޔާ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެ ޅުމުން، ޢަބްދު ﷲ ސަޢީދު އާއި ޙުސައިން ސިމާޙު ބަންދުން ދޫކޮށްލުމަށް އަމުރު ކޮށްފައިވެއެވެ. ދަށު ކޯޓުން ނިންމި ގޮތް:
8ބަޔާންވެދިޔަ ދެމީހުން ބަންދުން ދޫކޮށްލުމަށް ނިންމި ސަބަބު ކަމަށް އެ އަމުރގައު ބަޔާންކޮށްފައިވަނ އަންނނިވި ފަދައިންނެވެ. "ސ. ހިތަދޫ ވައިޓްރޯސް ޢަބްދު ﷲ ސަޢީދު އާއި ސ. ހިތަދޫ މަންދޫބުގެ ޙުސައިން ސިމާހު އަކީ އެދެމީހުންގެ މައްޗަށް ހުށަހެޅިފައިވާ މިޤަޟިއްޔާގައި ޝަރީޢަތް ނިމެންދެން ބަންދު ކުރެވިފައިވާ ދެ މީހުން ކަމަށް ވީނަމަވެސް، މީގެ ތެރެއިން ޢަބްދުﷲ ސަޢީދުގެ ބޭސްފަރުވާ ލިބިގަތުމުގެ ޙައްޤު އެކަށީގެންވާ ގޮތެއްގައި ލިބިދީފައިވާކަން ކަށަވަރު ކޮށްދެވިފައި ނުވާތީ އާއި ޢަބްދުﷲ ސަޢީދު އާއި ޙުސައިން ސިމާޙުގެ މައްޗަށް ހުށަހެޅި ހިނގަމުންދާ މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖްލީހަށ އެދެމީހުން ޙާޟިރު ކޮށް ދެވެން ނެތްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތު ން މަޢުލޫމާތު ދީފައިވާތީ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/357/2020-S2C (2020 އޮކްޓބަރޯ 11) ކޯ ޓު އަމުރާއި ނަންބަރު CA/354/2020-S2C (2020 އޮކްޓބަރޯ 09) ކޯޓު އަމުރުގެ މުއްދަތު 2021 އޯގަސްޓް 15 ވަނަ ދުވަހުގެ 12:03 އަށް ނިމުނީކަމަށް ކަނޑައަޅައި މި ދެ އަމުރާއި ގުޅިގެން ޝަރީޢަތް ނިމެންދެން ބަންދު ކުރެވިފައިވާ ސ. ހިތަދޫ ވައިޓްރޯސް ޢަބްދުﷲ ސަޢީދު އާއި ސ. ހިތަދޫ މަންދޫބުގެ ޙުސައިން ސިމާޙު މިހިނދުން ފެށިގެން ބަންދުން ދޫކޮށް މިނިވަން ކުރުމަށް އަންގައި އަމުރު ކޮށް، ޤާނޫނު ނަންބަރު 0201/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 77 ވަނަ މާއްދާއާ ކޯޓުގެ ޚުރުމަތް ރައްކތެރާ ކުރުމާބެހޭ ޤަވާޢިދު (01 ފެބްރުއަރީ 2016) ގެ 17 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރުމަށްފަހު، ހިޔުމަނ ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް މި ކޯޓުގެ ނަންބަރު S2C/ECA(2021)/37 (22 ޖޫން 2021) ކޯޓު އަމުރާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާތީ، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ބެލުމަށް ނިންމައިފީމެވެ."
9މި ޤަޟިއްޔާގައި އިސްތިއުނާފު ކުރެވިފައި މިވަނީ އިސްވެ ބުނެވުނު އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1/37S2C/202 ބަންދު މުރާޖަޢާކޮށް ނިންމިގޮތެވެ. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C/2021/37 ބަންދު މުރާޖަޢާކޮށް ނިންމިގޮތް. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ބަޔާންވެދިޔަ ނިންމުން ބިނާކޮށްފައިވާ މައިގަނޑު ނުކުތާތައް:
10އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަޔާންވެދިޔަ އަމުރު ބިނާކޮށްފައިވަނީ، އަންނނިވި އަސާސްތަކުގަ މައްޗަށެވެ. އިސްތިއުނާފު ރައްދުވާ ޢަބްދުﷲ ސަޢީދުގެ ލޮލުގެ ބޭސްފަރުވާގެ ކަންތައް ގެންގޮސްފައިވަނީ އެކަށީގެންވާ ގޮތެއްގެ މަތިންކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ސާފުކޮށްދެވިފައިނުވާތީ އާއި، ޢަބްދު ﷲ ސަޢީދަށ ޤާނޫނުން ލިބެންޖެހޭ ބޭސްފަރުވާގެ ޙައްޤު އޭނާ ބަންދުކޮށްފައި ހުންނައިރު ލިބެމުންދާކަން ކަށަވަރު ނުކުރެވޭކަމަށް ބުނާ ސަބަބު. ޢަބްދުﷲ ސަޢީދުގެ ލޮލަށް އެޅުމަށްޓަކައި ދީފައިވާ ބޭސް ޑޮކްޓަރު ދީފައިވާ އިރުޝާދާއި އެއްގޮތަށަ އޭނާގެ ލޮލަށް އެޅުނުތޯ އާއި އެބޭސް އޭނާގެ ލޮލަށް އެޅޭގޮތް ވެފައިނުވާކަމަށް ބުނާތީ، އްކަނ އެގޮތަށެ ވެފައިނުވަނީ ކީއްވެގެންތޯ ސާފުކޮށް ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގައި ނެރެފައިވާ އައްޑޫ އަތޮޅު ހިތަދޫ މެޖިސްޓްރޭޓްގެ ނަންބަރު S2C/ECA/)2021)/37 (22 ޖޫން 2021) ކޯޓު އަމުރަށް ހިއުމަން ރައިޓްސް ކޮމިޝަނުން ޢަމަލުކޮށްފައިނުވާކަމަށް ބުނާ ސަބަބު. މައްސަލައިގެ ދަޢުވާލިބޭ ދެމީހުން ކޯޓަށް ހާޟިރުކޮށްދިނުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު B4/167/2021/10-S2C ސިޓީން އެދިފައި ވީނަމަވެސް އެ ދެމީހުން ކޯޓަށް ހާޟިރު ކޮށްދެވެން ނެތްކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނަންބަރު -167 OM/S02C/2021/13 ސިޓީއިން އަންގާފައިވާތީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސިޓީއާ ގުޅިގެން ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނޫ) ގެ 1-163 (ހ) ގައި ބަޔާންކުރާ އުޞޫލުން މައްސަލައިގެ ހިމެނޭ ޢަބްދުﷲ ސަޢީދު އާއި ޙުސައިން ސިމާޙު މި މައްސަލަ ބަލާ ފަނޑިޔާރާ އެއްހާޟިރެއްގައި ތިބެގެން ޝަރީޢަތް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށް ބުނާ ސަބަބު. އިސްތިއުނާފީ ނުކުތާތައް:
11ބުނެވުނު ނިންމުން އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ނިންމުން އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަންނަނިވި ނުކުތާ ތައް ނަންބަރު:S2C/2021/37 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް". ހުށަހަޅައި އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާ ފައި ވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C/2021/37 (15 އޮގަސްޓް 2021) "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 60 ވަނަ މާއްދާގެ (ށ) އާއި އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، އެޤާނޫނުގެ 22 ވަނަ މާއްދާގެ (ކ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C/2021/37 (15 އޮގަސްޓް 2021) "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓު ތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ . ޕްރޮސިކިއުޝަނުން އެދޭ ގޮތް:
12އިސްތިއުނާފީ މިމައްސަލައިގައި ޕްރޮސިކިއުޝަނުން އެދިފައިވަނީ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:S2C/2021/37 (15 އޮގަސްޓް 2021) "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އިން ޢަބދް ﷲ ސަޢީދުއާއި ޙުސައިން ސިމާޙު ބަންދުން ދޫކށްލުމަށޮ އަންގައި ކުރައްވާފައިވާ އަމުރަކީ ބާޠިލު އަމރެއްކަމަށު ކަނޑައަޅުއްވައި، ޢަބްދުﷲ ސަޢީދު އާއި ޙުސައިން ސިމާޙ ޝަރީޢަތު ނިންމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްދެއްވުމަށެވެ.
13ބަޔންވެދިޔާ ގޮތަށް އިސްތިއުނާފީ މަޖިލީހަށް ހުށަހެޅުމަށްފަހު، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:S2C/2021/37 (15 އޮގަސްޓް 2021) "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" ގައި ޙަވާލާ ދީފައިވާ ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް އެކޯޓުން ނެރެފައިވާ އަމުރަކީ އެގޮތަށް ކުރެވޭނެ އަމުރެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ. އިސްތިއުނާފ ރައްދުވް ފަރާތްތަކުން ދެއްކި ވާހަކަ:
14އިސްތިއުނާފ ރައްދުވް ޢަބްދުﷲ ސަޢީދުގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ، ދެކަމެކެވެ. ފުރަތަމަ ކަމަކީ، ޢަބްދުﷲ ސަޢީދުގެ ލޮލަށް އަޅާ ބޭހާ ގުޅޭ ގޮތުން، ބޭސްފަރުވާ ލިބުމުގެ ޙައްޤު އެކަށީގެންވާ ގޮތުގައި ލިބިދެވިފައިވާކަ ން ކަށަވަރު ކޮށްދެވިފައި ނުވާކަމަށް ބުނެ ފާހަގަ ކޮށް ވާހަކަ ދެއްކި ނުކުތާއެވެ. ދެވަނަ ކަމަކީ، އިބްތިދާއީ މަރުޙަލާގެ އަޑުއެހުން ނިމި ޝަރީޢަތް ހިންގުމަށް ޢަބްދުﷲ ސަޢީދު ފިޒިކަލީ ޙާޟިރު ކޮށްދިނުމަށް އެދުނު އެދުމާއި ގުޅިގެން ޝަރީޢަތް ހިންގުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް، ޢަބދް ﷲ ސަޢީދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ޙާޟިރުކޮށް ދީފައި ނުވާތީ އެކަން ބަޔާން ކޮށް ފާހަގަ ކުރި ނުކުތާއެވެ.
15ޢަބްދުﷲ ސަޢީދު ފާހަގަ ކުރި ގޮތުގައި، ކޮވިޑްގެ ޙލަތާއާ ގުޅިގެން ޢަބދް ﷲ ސަޢީދު ކޯޓަށް ހާޟރި ކޮށްދެވެން ނެތްކަމަށް ކަރެކްޝަނުން ޖަވާބު ދީފައި ވަނިކޮށް، ޖަލުތައް ޢާންމު ޙާލަކަށް ގެނެވިއްޖެކަމަށއާ ޢާއިލީ މައްސަލަތައް ކުރިއަށް ގެންދެވިދާނެކަމަށް ކަރެކޝަނުން ޢާންމުކޮށް އެންގިފަހުން، ޢަބދް ﷲ ސޢީދަ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށް ދިނުމަށް އެކޯޓުން އެދުމުންވެސް ކޮވިޑާއި ގުޅިގެން ޢަބދް ﷲ ސަޢީދު ޙާޟިރު ކޮށްދެވެން ނެތްކަމަށް އަންގާފައިވާ ކަމަށެވެ. މުޖްތަމަޢުގެ ޙައްޤާއި އެއްލެވެލްއަކަށް ކުށުގެ ތުހުމަތުގައި ބަންދުގައި ހުންނަ މީހާގެ ޙައްޤުތައް ވެސް ބެލެންސް ކުރެވެން ޖެހޭކަމަށް ދެކޭކަމަށް ބުނެފައިވެއެވެ. ކޮވިޑްގެ ޙާލަތުގައިވެސް ފިޒިކަލް ޝަރީޢަތްތައި ހިންގެވޭނ ގޮތެ ދައުލަތުން ހަމަޖައްސަން ޖެހޭނެކަމަށް ދެކޭ ކަމަށާއި މިޙާލަތު މުޅިން ފިލައިގެން ދާންދެން ޝަރީޢަތް ނުހިންގޭތީ ތިބެންވީ ބަންދުގައތި ސުވާލު އުފައްދައެވެ. ބަންދުގެ މުރާޖަޢާ ކުރުމުގައި ޢަބދް ﷲ ސަޢީދު ދޫކޮށްލާފައިވަނީ ޝަރީޢަތް ނުހިންގޭތީ ޝަރީޢަތް ހިންގޭނެ އެއްވެސް މަގެއް ނުފެނިގެން ކަމަށެވެ.
16ޙުސައިން ސިމާޙުގެ ފަރާތުން ބުނެފައިވަނީ، ބަންދުގައި ތިބި ތިބުން އެތައް ފަހަރަކު މުރާޖައާ ކޮށްފި ކަމަށެވެ. އަދި ޝަރީޢަތް ހިންގުމަށް ކޯޓަށް ޙާޟިރުކޮށްދެވެނ ނެތްކަމަށް ކަރެކްޝަނުނ ބުނެފައިވް ކަމަށެވެ. ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުންނަ މީހާގެ ޝަރީޢަތް ހިންގަންޖެހޭނެކަމަށް ދެކޭ ކަމަށެވެ. މިޙާލަތުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުންނަ މީހާ، މިޙާލަތު ނިމެންދެން ޝަރީޢަތް ނުހިންގާ ބަންދުގައި ބަހައްޓާއިރު، މިޙާލަތަކ ނިމޭނީ އިރެއ އެއްވެސް މީހަކަށް އެނގޭ ޙާލަތެއް ނޫންކަމަށެވެ. އެހެންވެ ބަންދުން ދޫކޮށްލީ ޝަރީޢަތް ހިންގާނެ މާހައުލެއް ނެތިގެން ކަމަށެވެ. އިސްތިއުނާފ ރައްދުވް ފަރާތްތަކުން އެދިފައިވާ ގޮތް:
17އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C/2021/37 (15 އޮގަސްޓް 2021) "ބަނދް މުރާޖަޢާކޮށް ނިންމިގޮތް" ރަނގަޅު ކަމަށް ނިންމަވައި ދެއްވުމަށް އިސްތިއުނާފް ރައްދުވާ ދމީހުންވެސެ އެދިފައިވެއެވެ. ފާހަގަ ކުރެވޭ ކަންތައްތައް: ޢަބދް ﷲ ސަޢީދު އާއި ޙުސައިން ސިމާޙ ޝަރީޢަތު ނިމެންދެން ބަންދުކުރި ސަބަބުތައް:
18އިސްތިއުނާފ ރައްދުވް ޢަބްދުﷲ ސަޢީދު އާއި ޙުސައިން ސިމާޙުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ މަސްތުވާތަކެއްޗާއ ބެހި ޤާނޫނުގެ ޖަދުވަލު 1 ގައިވާ ބަޔާން ކުރާ މަސްތުވާތަކެތީގެ ދަޢުވާ އެކެވެ. މިދަޢުވާގައ ހިމެނޭ މަސްތުވާތަކެތީގެ ބަރުދަނުގައި 79027.7 ގުރާމް (ގާތްގަޑަކަށް 79.03 ކިލޯ) ހިމެނެއެވެ. މިދަޢުވާ ކުރެވޭ މިންވަރަށް ހެކި ހުރިކަމާއި، އަދި މިއީ ޖިނާއީ ބޮޑު ކުށެއް ކަމާއި އަދި މިއީ މުޖްތަމަޢުގެ ސަލާމަތަށް ހުރި ނުރައްކަލެއްކަމާއި، މީގެ އިތުރުން، ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވާފާނެ ކަމަށް ބުރަވެވިގެން، ޝަރީޢަތް ނިމެންދެން މިދެމީހުން ބަންދުގައި ބަހައްޓާފައި ހުރިކަން އެނގެއެވެ. ބަޔާންވެދިޔަ އެއްވެސް ޙަޤީޤަތަކީ ބަންދު މުރާޖަޢާ ކުރުމުގެ ތެރެއިން ސުވާލެއް އުފައްދާ ބަހުޘެއް ކުރި ކަމެއް ނޫނެވެ. އެހެންކަމުން، ޢަބު ދ ﷲ ސަޢީދު އާއި ޙުސައިން ސިމާޙ ޝަރީޢަތު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރިން ނިންމި ސަބަބުތައް ބަންދު މުރާޖަޢާ ކުރިއިރުވެސް އެގޮތުގައި ދެމި އޮތް ކަން އެނގެއެވެ. އިސްތިއުނާފ ހުށަހެޅް ފޯމްގެ 1.3.1 ނުކުތާ. ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ނިންމި ނިންމުން މުރާޖަޢާ ކުރުން:
19HN1ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާނަމަ އެގޮތަށް އެއަމުރު ކުރަން ފެނުނު ސަބަބު ފަނޑިޔާރު ބަޔާން ކުރަންޖެހެއެވެ. ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމުމުން، ކޮންމެ 30 ދުވަހަކުން އެނިންމުން މުރާޖަޢާ ކުރަން ޖެހެއެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުންނަ މީހެއްގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖަޢާ ކުރަނީ އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތް ތޯ ބެލުމަށެވެ. މިގޮތުން ފަނޑިޔާރު ބަލަންޖެހެނީ ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޙާލަތެއް އޮތްކަން ނުވަތަ ނޫންކަމެވެ. ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު، އޭނާގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްނަމަ، ކުރިން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ނެރުނު އަމުރު ބާޠިލު ކުރުމަށް 30 ދުވަސް ހަމަވުމުގެ ކުރިންވެސް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކޯޓަށް ހުށަހެޅޭނެއެވެ. ހަމައެހެންމެ ބަންދު މުރާޖަޢާ ކުރުމުގެ ތެރެއިން އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ޙާލަތެއް ނެތްކަމަށް ފަނޑިޔާރަށް ބުރަވެވިއްޖެނަމަ، ކޯޓުން ނެރޭ އަމުރަކުން އޭނާ ބަންދުން ދޫކޮށްލުމަށް އަމުރު ކުރެވޭނެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާ ނެރުނު އަމުރުގައި ބަޔާންކުރާ ސަބަބުތައް އެގޮތުގައި ދެމި އޮއްވައި އެޙާލަތ ބަދަލު ނުވަނީސް، ކޮންމެވެސް އެހެން ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް އެމީހަކު މުޅިން ދޫކޮށްލަން ނިންމިދާނެ ހެއްޔެވެ؟ ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (އ). ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ވ). ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ވ). ނަންބަރު:01-REG-SC-2021 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު)ގެ 145 ވަނަ މާއްދާގެ (ރ). ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (މ.) ނަންބަރު:01-REG-SC-2021 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު)ގެ 145 ވަނަ މާއްދާގެ (ރ). މުއައްސަސާއެއް ޖަވާބުދާރީ ކުރުވުމަށް ބަންދުގައި ބަހައްޓަންޖެހޭ މީހަކު ދޫނުކުރެވޭނެ:
20HN2އިސްތިއުނާފް ކރެވިފައިވު މައްސަލައިގައި، ޢަބދް ﷲ ސަޢީދު އާއި ޙުސައިން ސިމާޙު ދޫކޮށްލަން އަމުރުކޮށްފައިވަނީ އެދެމީހުން ޝަރީޢަތް ނިމެންދެން ބަންދުކުރި ސަބަބުތައް އެގޮތުގައި ހއްޓައެވެ. އެއިނު ސަބަބެއް ފިލައިގެން ދިޔަކަން އެއްގޮތަކަށް ވެސް ބަޔާން ކޮށްފައެއް ނެތެވެ. އެދެމީހުން ދޫކޮށްލުން އެންގަ މައިގަނޑު އެހެން ދެ ސަބަބެއްގެ މައްޗަށް ބ ރަވެއެވެ. ފުރަތަމަ ސަބަބަކީ ޢަބދް ﷲ ސަޢީދުގެ ބޭސް ފަރުވާ ކުރުމުގެ ޙައްޤު ކަށަވަރު ނުކުރެވުމެވެ. ދެވަނަ ސަބަބަކީ ޢަބްދުﷲ ސަޢީދު އާއި ޙުސައިން ސމާޙު ޝަރީޢަތި ހިންގުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މޯލްޑިވްސް ކަރެކްޝަނަށް ސަރވިސްއިން ޙާޟިރުކޮށި ނުދިނުމެވެ.
21ޢަބްދުﷲ ސަޢީދުގެ ލޮލަށް އެޅުމަށްޓަކައި ދީފައިވާ ބޭސް ޑޮކްޓަރު ދީފައިވާ އިރުޝާދާއި އެއްގޮތަށް އޭނާގެ ލޮލަށް އެޅުނުތޯ އާއި އެބޭސް އޭނާގެ ލޮލަށް އެޅޭގޮތް ވެފައިނުވާނަމަ އެކަން އެގޮތަށް ވެފައި ނުވަނީ ކީއްވެތު ސާފުކޮށް މިކަން ވެފައިވާ ގޮތް ބެލުމަށްފަހު 10 (ދިހައެއް) ދުވަހުގެ ތެރޭގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ލިޔުމުން ހުށަހެޅުމަށް ހިއުމަންރައިޓްސ ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ މައްޗަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރުނެވެ. ނަމަވެސް އެއަމުރަށް އެކޮމިޝަނުން ކިޔަމަންގަތްފައި ނުވާކަމަށް ޢަބްދުﷲ ސަޢީދު އާއި ޙުސައިން ސިމާޙ ބަންދު މުރާޖަޢާކޮށް ނިންމި ގޮތުގައި ބަޔާން ކޮށްފައިވެއެވެ. އެހެންކަމުން، ޢަބްދުﷲ ސަޢީދު އާއި ޙުސައިން ސިމާޙ ޝަރީޢަތު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ކޮށްފައިވާ އަމުރު ބާޠިލު ކޮށްފައިވަނީ ހިއުމަންރައިޓްސ ކޮމިޝަން އޮފް ދަ މޯލްޑިވްސް އެކޯޓުގެ އަމުރާއި އެއްގޮތަށް ޢަމަލުކޮށްފައި ނުވާތީ، އެކޮމިޝަން ޖަވާބުދާރީ ކުރުވުމުގެ ގޮތުންކަމަށް ބެލެވެން އޮވެއެވެ. އެހެންކަމުން، އެއްވެސް މުވައްސަސާއެއް ޖަވާބުދާރީ ނުވެގެން އެތަނެއް ޖަވާބުދާރީ ކުރުވުމަށް ބަންދުގައި ބަހައްޓަންޖެހޭ މީހަކު ދޫކޮށްލުމަކީ ކޯޓަށް ކުރެވޭނެ ކަމެއްކަމަށް ނުދެކެމެވެ. ނަންބަރު:S2C/ECA/(2021)/37 (22 ޖޫން 2021) ކޯޓު އަމުރު. ބޭސް ފަރުވާއާބެހޭ:
22ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސަންޖެހޭ ގޮތް ޤާނޫނާއި 18 17 އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުގައި ބަޔާން ކޮށްފައިވެއެވެ.
23HN3ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްގެ ބަންދު މުރާޖަޢާ ކުރުމުގެ ތެރެއިން ޤާނޫނާއި ޤަވާއިދުގައޫ ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ބޭސްފަރުވާ ލިބިނުދޭކަމަށް ޝަކުވާކޮށްފިނަމަ، އެޝަކުވއާކީ ބަންދު މުރާޖާޢާ ކުރުމުގެ ތެރެއިން ކަންހިނގާފައިވާ ގޮތް ފަނޑިޔާރު ސާފުކުރަންޖެހޭ ކަމެއް ކަމުގައި ދެކެމެވެ. އަދި ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު އިޞްލާޙު ކުރަންޖެހޭ ކަމެއް އޮތްކަމަށް ބުރަވެވިއްޖެނަމަ، އިޞްލާޙު ކުރަންޖެހޭ ކަންކަން ޤާނޫނާއި ޤަވާޢިދު ގައި ބަޔާން ކުރާ އިޖުރާއަތާއި އެއްގޮތަށް އިޞްލާޙު ކުރަން ފަނޑިޔާރަށް އަމުރު ކުރެވި ދާނެއެވެ.
24ހުށަ ހެޅިފައިވާ މައްސަލައިގައި، ޢަބްދުﷲ ސަޢީދުގެ ލޮލަށް އަޅަން ދިން ބޭހާއ ގުޅިގެނި ޢަބްދުﷲ ސަޢީދު ކޮށްފައިވާ ޝަކުވާއަކީ އޭނާގެ ލޮލަށް ޑޮކްޓަރު އަޅަން ދީފައިވާ ދިޔާ ބޭހުގެ ބަދަލުގައި ދެނީ ގުޅަ ބޭހެއް ކަމަށް ބުނެއެވެ. އެބޭސް އޭނާ ބޭނުން ނުކުރާ ކަމަށާއި އަދި އެބޭސް ދިނުންވެސް 08 އޭޕްރީލް 2021 ގެ ފަހުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ލޮލަށް އަޅަން ދިން ދިޔާ ބޭސް ޢަބްދުﷲ ސަޢީދުއަށް ނުލިބޭ ކަމަށެވެ. މިޝަކުވާއާއި ގުޅިގެން ބަންދު މުރާޖަޢާ ކުރުމުގެ ތެރެއިން، ދަށު ކޯޓުން ސާފުކުރި ކުރުމުން، ޢަބދް ﷲ ސަޢީދުގެ ލޮލަށް އަޅަން ދީފައިވަނީ ދިޔާބޭހެއް އެކަނިކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބުނެފައިވެއެވެ. އަދި އެބޭސް ލިބުނީ 03 އޭޕްރީލް 2021 ގައި ކަމަށއާ އެބޭސ އޭނާއަށް ދީފައިވާ ކަމަށް މެޑިކޭޝަން ޗާޓުގައި ލިޔެފައިވާ ކަމަށެވެ. މިހިސާބުން ދަށު ކޯޓުން ސުވާލު އުފައްދާފައިވަނީ ޢަބދް ﷲ ސަޢީދު އަށް ދިންބޭސ އޭނާއަށް ދެވުނު ކަމަށް މެޑިކޭޝަން ޗާޓުގައި ލިޔެފައި އޮތްނަމަވެސް ޢަބދް ﷲ ޤާނޫނުނަންބަރު: 2013/14 ( ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު). "ޤައިދީންނާއި ބަންދުމީހުންނަށް ޞިއްޙީ ފަރުވާ ދިނުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދު". "ޤައިދީންނާއި ބަންދުމީހުންނަށް ޞިއްޙީ ފަރުވާ ދިނުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދު". 16 ވަނަ މާއްދާ ގެ (ހ) އާއި (ށ) ގައި ބޭސް ދިނުމާބެހޭ ޕްރޮސީޖަރ ބަޔާން ކޮށްފައި ވެއެވެ. ސަޢީދުއަށް އެބޭސް ނުދޭ ކަމަށް އޭނާ ބުނާތީ، އޭނާ ގެ ލޮލަށް އެބޭސްއެޅނު ކަން ޔަޤީން ކުރުމުގެ ގޮތުނު މެޑިކޭޝަން ޗާޓުގައި ލިޔުނު ނަރުސ ޝަރީޢަތަށް ޙާޟިރުކޮށްގެން ސުވާ ލުކުރަންޖެހޭ ކަމަށެވެ. ނަމަވެސް ނަރުސް ރާއްޖެއަކު ނެތެވެ. ސުވާލަކީ ޢަބްދުﷲ ސަޢީދު އޭނާގެ ލޮލަށް ބޭސް ނާޅާކަމަށް ބުނާތީ ނުވަތަ އޭނާއަށް އެބޭސް ނުދޭ ކަމަށް ބުނާތީ، މެޑިކޭޝަން ޗާޓުގައި ލިޔެފައި އޮތް ލިޔުމަށް ބަރޯސާ ވެވެން ނެތްކަމަށް ބުރަ ވެވޭއިރު، ނަރުސ ޝަރީޢަތަށް ޙާޟިރުކޮށް އޭނާ ބުނާ ބުނުމަށް ބަރޯސާ ވެވޭނީ ކޮންހަމައަކުން ހެއްޔެވެ؟ ނަރުސ ޝަރީޢަތަށް ޙާޟިރުކޮށް ސުވާލު ކުރެވާ ޢަބްދުﷲ ސަޢީދުގެ ލޮލަށް އަޅަން ދިން ބޭސް އޭނާއަށް ދިންކަމަށް ނުވަތަ ލޮލަށް އެޅިކަމަށް ބުނެފިނަމަ، ޢަބދް ﷲ ސަޢީދުގެ ލޮލަށް ބޭސް އެޅުނުކަން ކަށަވަރު ކުރެވޭ ހެއްޔެވެ؟ ޢަބްދުﷲ ސަޢީދުގެ ލޮލަށް އެ ނަރުސް ބޭސްއެޅިތަނ ދުށް ދެހެކިން ގެންނަން ނުޖެހޭނެ ބާއެވެ؟ މިއުޞޫލުން މިކަން ފަނޑިޔާރު ކުރިއަށް ގެންދާނީ ކިހާ ދުރުމިނަކަށް ހެއްޔެވެ؟
25މިފަދަ ޝަކުވާތަކާއިމެދުވެސ ޝަރީޢަތުން ބަލަންޖެހޭނީ ޤާނޫނާއި ޤަވާއިދުގައި ވާ ގޮތަށެވެ. އަބްދުﷲ ސަޢީދު ބޭސް ނުދޭކަމަށް ބުނާ ބުނުން ނަފީކުރުމުގެ ގޮތުން އޭނާއަށް ބޭސްދިންކަން ފަނޑިޔާރަށް ސާބިތު ކޮށްދިނުމުގެ ގޮތުން ޤަވާއިދގު 16 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ "ޖަލުގައި ތިބޭމީހުންނަށ ބޭސް ފޯރުކޮށްދެވޭ ގޮތުގެ ރެކޯޑް..." ޝަރީޢަތަށް ހުށަހެޅިކަން ސާފު ވެއެވެ. ޝަރީޢަތުން އެކަން އިތުރަށް ތަޙްޤީޤު ކުރަންވެއްޖެނަމަ، ކޮންމެ އިޖުރާއީ ނުކުތާއަކާއި ގުޅިގެން ފަނޑިޔާރު ވަކި ތަޙްޤީޤެއް ހިންގަންޖެހޭ ގޮތް މެދުވެރި ވެދާނެއެވެ. އެއީ ފަނޑިޔާރުންގެ ދައުރެއް ކަމަށް ނުދެކެމެވެ. ޝަރީޢަތަށް ޙާޟިރު ކޮށް ނުދިނުން:
26HN4ދަޢުވާލިބޭ މީހާ ބަންދުގައި ހުންނަ މަރުކަޒުން އެމީހާ ކޯޓަށް ހާޟިރުކޮށް ނުދިނުމާއި އެމީހާ ކޯޓަށް ޙާޟިރުކޮށް ދެވެން ނެތުމާއި ދެމެދުގައި ތަފާތެއް އެބަހުއްޓެވެ. އެހެނީ، "ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއީ ގަވާއިދު" ގެ 180 ވަނަ މާއްދާގެ (ނ) ގައި އޮތް " ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޤައިދީންނާއި ބަންދުމީހުންނަށް ޞިއްޙީ ފަރުވާ ދިނުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދު". 16 ވަނަ މާއްދާ ގެ (ށ). ދަޢުވާއެއް ކޯޓަށް ހުށަހަޅާފައިވަނިކޮށް، ދަޢުވާލިބޭ މީހާ ބަންދުކޮށްފައިވާ މަރުކަޒުން އެ މީހާ ކޯޓަށް ހާޒިރުކޮށް ނުދިނުމުގެ ސަބަބުން، މައްސަލަ ކޯޓުން އަނބުރާ ފޮނުވާލާނަމަ، އެ މައްސަލައާ ގުޅިގެން ނެރެފައިވާ އެންމެހައި ކޯޓު އަމުރުތައް ބާޠިލުކޮށް އެކަމާ ގުޅޭ އަމުރު ނެރެންވާނެއެވެ." މިޢިބާރާތަށް ބެލުމުން، އެމީހާ ކޯޓަށް ޙާޟިރުކޮށް ނުދީފިނަމަ، ޢަމަލުކުރަންޖެހޭ އިޖުރާއަތުގެ ސާފުކޮށް އެއޮތީ ފެންނާށެވެ. ނަމަވެސް ހުށަހެޅިފައިވާ މައްސަލައިގައި، ދަށު ކޯޓުން ޢަމަލު ކޮށްފައިވަނީ މިއިޖުރާއަތުގެ ދަށުނ ނޫންކަން އެނގޭތީ، ދަޢުވާ ލިބޭ މީހާ ބަންދުކޮށްފައިވާ މަރުކަޒުން އެ މީހާ ކޯޓަށް ހާޒިރުކޮށް ނުދިނީ ކަމަށް ބުރައެއް ނުވެއެވެ.
27ޢބަ ދﷲ ސަޢީދުއާއި ޙުސައިން ސިމާޙގު ޝަރީޢަތް ހިންގުމަށް އެދެމީހުން ސ.ހިތަދޫ ކޯޓަށް ޙާޟިރުކޮށް ނުދިންކަން އެނގެއެވެ. ނަމަވެސް އެކަން އެހެންވީ ކިހިނެތްތޯ ހުށަހެޅިފައިވާ ލިޔުންތަކގު އަލީގައި ބަލާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނަންބަރު 167-OM/S02C/2021/13 ސިޓީ ގއ ބަޔާން ކޮށްފައިވަނީ؛ "ކޮވިޑް 19 އާ ގުޅިގެން ތިޔަ ކޯޓަށް ހާޟިރުކުރުމަށް އަންގަވާފައިވާ ސ. ހިތަދޫ / މަންދޫބުގެ، ޙުސައިން ސިމާޙު () އަދި ސ. ހިތަދޫ / ވައިޓްރޯސް ޢަބްދު ﷲ ސަޢީދު () ޙާޟިރުކޮށް ދެވެން ނެތް ކަމަށާއި، ނަމަވެސް ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސައި ދެވިދާނެ ވާހަކަ ދެންނެވީމެވެ ". މިފަދައިންނެވެ.
28އެހެންކަމުން، މިއީ ދަޢުވާލިބޭ މީހާ ބަންދުކޮށްފައިވާ މަރުކަޒުން އެ މީހާ ކޯޓަށް ހާޒިރުކޮށް ނުދިނުން ކަމަށް ބެލެވޭކަށް ނެތެވެ. ސަބަބަކީ، ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 163-1 ވަނަ މާއްދާއަށް ބަލާއިރު، ޚާއްޞަ ޙާލަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ގުޅާލައިގެން އަޑުއެހުންތަކާއި ޝަރީޢަތްތައް ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު ފަނޑިޔާރަށް ދީފައިވެއެވެ. މިގޮތުން މިއިޚްތިޔާރުގެ ފަނޑިޔާރަށް ހިފޭނެ އެއްޙާލަތަކީ، "ދަޢުވާލިބޭ ފަރާތް ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ކަމަށްވެފައި، މައްސަލަ ހުށަހެޅިފައިވަނީ އެމީހަކު ބަންދުކޮށްފައި ހުރި ރަށް ނޫން އެހެން ރަށެއްގެ ކޯޓަކަށް ކަމުގައި ވާނަމަ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބަންދުގައިވާ މީހާ ކޯޓަށް ހާޒިރުކޮށްދިނުމަށް އުޒުރުވެރިވުން." މިއެވެ. އެހެންކަމުން، ޚާއްޞަ ޙާލަތެއްގައި މޯލްޑިވްސް ކަރެކްޝަނަލާ ސަރވިސްއަށް ބަންދުގައިވާ މީހާ ކޯޓަށް ހާޒިރުކޮށް ނުދެވުމުގެ އުޒުރު ޤާނޫނުން ޤަބޫލު ކުރެއެވެ. އަދި އެފަދަ ޙާލަތެއް ގައި އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ހިންގުމުގެ އިޚްތިޔާރު ފަނޑިޔާރުންނަށް ޤާނޫނުން ދެއެވެ. ނަމަވެސް މިޙާލަތުގައި "ޝަރީޢަތްތައް" އެބަހީ ޝަރީޢަތުގެ މަރުޙަލާތައް ކުރިއަށް ގެންދެވޭނީ އެގޮތަށް އެކަން ކުރުމަށް ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދަޢުވާ ލިބޭ ފަރާތް އިޢުތިރާޟް ނުކުރާނަމަ އެވެ. ޤާނޫނުގައި ބަޔާން ކުރާ ޚާއްޞަ ޙާލަތެއްގައި، ޤާނޫނުން ދަޢުވާލިބޭ ފަރާތަށް ލިބިދާ ފައި އިޢުތިރާޟް ކުރުމުގީ ބާރގު ބޭނުން ކުރުމާއި ބަންދުގައިވާ މީހާ ކޯޓަށް ހާޒިރުކޮށްދިނުމަށް އުޒުރުވެރިވާ ޙާލަތާއި މި ދެޙާލަތު އެއްވުމުން، އޭނާ ހާޒިރުކޮށް ނުދިން ކަމަށްބުނެ، ޝަރީޢަތް ނިމެންދެން ބަންދުގައި ހުންނަ މީހާ، ޝަރީޢަތް ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތްކަމަށް ބުނެ ދޫކޮށްލުމަށް ޤާނޫނު ތަނެއް ނުދެއެވެ.
29ޚާއްޞަ ޙާލަތްތަކުގައި ޢަދުލު އިންޞާފުގެ ހަމަތައް ނުގެއްލޭގޮތަށް ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންދެވޭނެ ދޮރު ޤާނޫނުން ހުޅުވައިދީފައި އެބަ އޮތެވެ. މިޙާލަތުގައި ޝަރީޢަތް ނިމެންދެން ބަނދުކޮށްފައިވް މީހާއަށް ޤާނޫނުން ލިބިދީފައިވާ ބާރެއްގެ ދަށުން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މދުވެރިކޮށެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް އިޢުތިރާޟް ކުރާނަމަ، އެއިޢުތިރާޟްކުރަނީ ކީއްވެގެންކަން ބަޔާން ކށްދީފައޮ ނެތްޙލަތެއާގައި، ޙާއްޞަ ޙާލަތް ނިމެންދެން ނޫނީ އޭނާ ޝަރީޢަތް ނިމެންދެން ބަންދު ކުރި ސަބަބު ފިލައިދަންދެން ބަންދުގައި ބެހެއްޓުން ނޫން އެހެން ގޮތެއް އޮތްކަމަށް ނުދެކެމެވެ. އެއީ އޭނާގެ ޝަރީޢަތް ކުރިއަށް ނުގެންދެވެނީ ޝަރީޢަތް ކުރިއަށް ގެންދާނެ މާހައުލެއް ނެތިގެނެއް ނޫނެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި ހުންނަ ހުރުން ޝަރީޢަތް ކުރިއަށް ނުގެންދެވިގެނ ދިގުލައިގެން ދާނަމަ، ޤާނޫނނު ދީފައިވާ ޙައްލަކީ އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް އެޝަރީޢަތ ކުރިއަށް ގެންދިއުމެވެ. އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކޯޓުތަކުގެ އަޑުއެހުންތަކާއި ޝަރީޢަތްތައް ކުރިއަށް ގެންދިއުމާބެހޭ ގަވާއި ދ" ގެ 3 ވަނަ މާއްދާގެ
(ހ) ގެ 7 ވަނަ ނަންބަރު.
30އެހެންކަމުން، ޢަބދް ﷲ ސަޢީދު އާއި ޙުސައިން ސިމާޙ ޝަރީޢަތު ނިމެންދެން ބަންދުކޮށްފައިވާ ކުރުން ޝަރީޢަތް ކުރިއަށް ނުގެންދެވިގެން ލަސްވެގެންދަނީ ޙާއްޞަ ޙާލަތުގައި ޢަމަލު ކުރުމަށް ޤާނޫނުން ހުޅުވައި ދިން ދޮރުނ ވަނުމަށް އެދެމީހުން އިޢުތިރާޟް ކުރާތީއެވެ. މިޙާލަތުގައި ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައިވާ މީހުން ހާޒިރުކޮށް ނުދިން ކަމަށްބުނެ، އެމީހުން ޝަރީޢަތް ނިމެންދެން ބަންދުކުރި ސަބަބުތައް ދެމި އޮށްވައި ދޫކޮށް ނުލެވޭނެއެވެ. ހިއުމަން ރައިޓްސް ކޮމިޝަން ގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅޭ:
31ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: S2C/ECA/(2021)/37 (22 ޖޫން 2021) ކޯޓު އަމުރު ނެރެފައި އެވެއެވެ. އެއަމުރަކީ ކޯޓަށް ނެރެވިދާނެ އަމުރެއް ނޫންކަމަށް ޕްރޮސިކިއުޝަނުން ބަޔާން ކުރެއެވެ. އެހެންވެ، އެއުޞޫލުނ އަމުރް ނުނެރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ޕްރޮސިކިއުޝަނުން އެދެމެވެ.
32HN5މިނުކުތާއަކީ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި މިމައްސަލަ ހުށަހެޅިއިރު ހުށަހަޅާފައިވާ ނުކުތާއެއް ނޫނެވެ. އަދި މިއަމުރު ރައްދުވާ ފަރާތަކީ ހިއުމަން ރައިޓްސް ކޮމިޝަން ކަމަށްވާތީ، އެކޮމިޝަނުގެ މައްޗަށް ކޯޓުން މިގޮތަށް އަމުރު ކުރެވިދާނެ ތޯ ނުވަތަ ނޫންތޯ ކަނޑައަޅަންޖެހޭނީ ހިއުމަން ރައިސްޓ ކޮމިޝަން ބައިވެރިވާ މައްސަލައެއްގައި ކަމުގައި ދެކެމެވެ. އެހެންކަމުން މިނުކުތާއާމެދު މިމައްސަލައިގައި ގޮތެއް ކަނޑައަޅާނެ ތަނެއް ނެތެވެ.
ފަނޑިޔާރު ފާތިމަތު ފަރްހީޒާގެ ރައުޔު
33މިމައްސަލައިގެ ތަޢާރފައ ކަނާ ހިނގާފައިވަނީ ރިޔާސަތު ރައުޔުގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ. އެހެންކަމުން އެރައުޔުގެ 1-18 ނިޔަލަށް ހުރި ކަންކަމަށް ތާއިދުކުރަމެވެ.
34އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C/2021/37 ބަންދު މުރާޖަޢަކޮށް ނިންމިގޮތް އިސްތިއުނާފުކޮށް ދައުލަތުން ފުރަތަމަ ނުކުތާ ގައިބަޔާންކޮށްފައިވަނ އިސްތިއުނާފީ ރައްދުވު ފަރާތްތައް ބަންދުންދޫކުރެވިފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 60 ވަނަ މާއްދާގެ (ށ) އާއި އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، އެޤާނޫނުގެ 22 ވަނަ މާއްދާގެ (ކ) އާ ޚިލާފަށް ކަމަށެވެ. މިނުކުތާގެ ތަފްސީލު ދައުލަތުން ބިނާކޮށްފައިވަނީ މިއީ ޖިނާއީ ބޮޑު ކުށަކަށްވެފައި މައްސަލައިގައި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތުމުން ބުނެވިދިޔަ މާއްދާތަކުގެ އަލީގައި މިފަދަ މީހަކު ބަންދުން ދޫނުކުރެވޭނެކަމަށ ބުން ބުނުމުގެ މައްޗަށެވެ. ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔުގައިވެސް ފާހަގަކޮށްފައިވާ ފަދައިން ބުނެވިދިޔަ މާއްދާތަކުގެ އަލީގައި ތުހުމަތުކުރެވޭ ދެމީހުންވެސް ބަންދުގައި ބަހައްޓަންޖެހޭ ކަމާމެދު ދަށުކޯޓުގެ ނިންމުމުގައި ސުވާލުއުފައްދާފައެއް ނުވެއެވެ.
35މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުން ދޫކުރުމުގައި ސ. ހިތަދޫ މޖިސްޓްރޭޓެ ކޯޓުން މައިގަނޑު ގޮތެއްގައި ރިއާޔަތްކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރއިނެ ޢަބްދުﷲ ސަޢީދުއަށް ލިބެންޖެހޭ ބޭސް ފަރުވާގެ އެކަށީގެންވާ ގޮތުގައި ނުލިބޭތީ އެކަން ކަށަވަރުކރުމަށްޓު ކައި އެފަރާތ ބަންދަށް ލުއިދިނުމުގެ މައްޗަށާއި ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކރެވިފައިވު ފަރާތެއް ޝަރީޢަތަށް ޙާޟިރުނުކުރެވުމުން ޝަރީޢަތް ހިންގުމަށްޓަކައި ބަންދުން ދޫކުރުމުގެ މައްޗު ށެވެ.
ބަންދުގައި ތިބޭ މީހުންނަށް ބޭސްފަރުވާ ލިބުމުގެ ޙައްޤު
36HN6މިމައްސަލައިގއަ އިސްތިއުނާފި ރައްދުވު އެއާ ފަރާތްކަމުގައިވާ ޢަބްދުﷲ ސައީދު ބަންދުން ދޫކުރުމުގައި ރިޢާޔަތްކުރެވުނު އެއް ކަމަކީ އެފަރާތުގެ ސިއްޚީ ފަރުވާ އެކަށީގެންވާ ގޮތުގައި ނުލިބުމުގެ މައްޗަށެވެ. ކުށގު ތުހުމަތުގައި ބަންދުގައިވާ ފަރާތަކަށް ލިބެންޖެހޭ ބޭސް ފަރުވާ ދިނުމުގައި ބަންދު ގައު ހުރި މީހާ ބަލަހައްޓާ ފަރާތްތަކުން ކަނޑައެޅިގެން އިހްމާލުވެ ޤަސްދުގައި ފަރުވާ ނުދޭނަމަ އެއީ އެފަދަ ފަރާތެއްގެ ބަންދާ މެދު ޤާނޫނު ނަންބަރު 2016/12 ގޮތެއް ނިންމުމުގައި ޝަރީޢަތަށް ރިޢާޔަތްކުރެވިދާނެކަމެކެވެ. ސުވާލަކީ އެފަދަ، ފާޅުކަން ބޮޑު އިހުމާލެއް މިމައްސަލައިގައި އެބައޮތްތޯއެވެ. ޢަބްދުﷲ ސައީދުގެ ފަރާތުން ހުށަހެޅި ސިއްޚީ ޝަކުވާއާ ގުޅިގެން ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގެ 22-25 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ތާއިދުކުރވޭއިރު، ޢަބްދުﷲ ސަޢީދުގެ ފަރާތުން ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި ހުށަހަޅާފައިވާ ކަންކަން ނަފީކުރުމަށް އެފަރާތް ގަވާއިދުން ޑޮކްޓަރަށް ދައްކާ ޑޮކްޓަރު ދިން ބޭސް ދެވިފައިވާ ކަން އެނގޭނެ ލިޔެކިޔުންތައް ދައުލަތުން ހުށަހަޅާފައިވެއެވެ. ބަންދުގައިވާ ފަރާތެއް ޝަރީޢަތެއް ޙާޟިރުނުކުރެވޭނަމަ ޢަމަލުކުރަންވީ އިޖުރާއަތު
37ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 52 ވަނަ މާއްދާގައި ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ބަންދުކޮށްފައި ބައިތިއްބަންވާނީ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު ގައި ކަނޑައަޅާފައިވާފަދަ ޖަލެއްގައި ކަމަށް ބަޔާންކޮށްފައިވާއިރު، އެޤާނޫނުގެ 4 ވަނަ މާއް ދާ ޢިބާރާތްކުރެވިފައިވާ ގޮތުން ހުކުމް ކުރުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުނު ބަންދުކުރަމުންދަނީ ރިމާންޑް ޖ ލެއްގައެވެ.
38މިނިޒާމް އެތުރިފައިވާގޮތުން ރިމާންޑް ޖަލުތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ބެލެހެއްޓެމުންދާއިރު ރިމާންޑް ޖަލުގެ ޚިދުމަތް އަތޮޅުތެރޭގައި ޤާއިމުވެފައެއް ނެތެވެ. އެހެންކަމުން، ޝަރީޢަތް ނިމެން ދެން ޖަލުގައި ބެހެއްޓުމަށް އަމުރުކުރެވޭ ފަރާތެއްނަމަ ރިމާންޑް ޖަލަކަށް ( މާލެ ޖަލު، އައްސޭރަ ޖަލު އަދި މާފުށީ ޖަލފަދަ) ބަދަލުކުރުމަށު ޓަކައި ފުރުވާލެވެއެވެ. އެގޮތުން، އިސްތިއުނާފ ރައްދުވު ފަރާތްތަކުގާ މައްޗަށް ދައުވާއުފުލިފައިވަނީ ސ. ހިތަދޫ ކޯޓަށް ކަމުގައިވީނަމަވެސް އެފަރާތްތައް ބަންދު ގައި ބެހެއްޓިފައިވަނީ މާފުށީ ޖަލުގައެވެ. ޤާނޫނު ނަންބަރު 2016/12 ގާނޫނު ނަންބަރު 2013/14
39ދަތުރުފަތުރުކުރުމުގައ ހުރި ދަތިތަކާއި ގޮންޖެހުންތަކުގެ ސަބަބުން މިފަދައިން މައްސަލަ ހުޅަހެޅިފައިވާ ކޯޓާ ދުރު ހިސާބެއްގައި ބަންދުގައި ތިބޭ ފަރާތްތައް ޝަރީޢަތަށް ޙާޟިރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައިގަނޑު ޝަކުވާއަކީ ބަޖެޓް ކަނޑައެޅޭ އިރު މިފަދަ ދަތުރުތަކަށް އެކަށީގެންވާ ބަޖެޓަށް ނެތުމެވެ. އެހެންކަމުން، ޝަރީޢަތް ނުހިންގި އެތައް ދުވަހެއް ވަންދެން މުއްތަހަމުން ބަންދުގައި ތާށިވެފައި ތިބެންޖެހިފައިވެއެވެ. މިކަން ހައްލުކޮށްދިނުގެ ގޮތުން ޝަރީޢަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ގެނެވެނު އިސްލާހަކީ ބަންދުގައިވާ ފަރާތެއް ޙާޟިރުނުކުރެވިގެން ޝަރީޢަތް ނުހިންގޭނަމ އެފަދަ މައްސަލަތައް ކޯޓުން އަނބުރާ ފޮނުވާލައި އެފަދަ ފަރާތްތަކުގެ ބަންދާ މެދު ގޮތެއް ކަނޑައެޅޭނެ ނިޒާމެއް ރާވައަ އިންތިޒާމުކުރުމެވެ.
40HN7ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތު ގަވާއިދުގެ 180 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ "ދައުވާ ލިބާ މީހާ ބަންދުކޮށްފައިވާ މަރުކަޒުން އެ މީހާ ކޯޓަށް ހާޒިރުކޮށް ނުދިނުމުގެ ސަބަބުން، މައްސަލަ ކޯޓުން އަނބުރާ ފޮނުވާލާނަމަ، އެމައްސަލައާ ގުޅިގެން ނެރެފައިވާ އެންމެހައި ކޯޓު އަމުރުތައް ބާޠިލްކޮށް އެކަމާ ގުޅޭ އަމުރު ނެރެންވާނެއެވެ." އެމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ "މިމާއްދާގެ (ނ) ގެ ދަށުން މައްސަލަ އަނބުރާ ފޮނުވާލުމަށް މައްސަލަ ބަލާ ފަނޑިޔާރު ނިންމައިފިނަމަ، މައްސަލަ އަނބުރާ ފޮނުވާލުމުގެ 10 (ދިހައެއް) ދުވަސް ކުރިން، ދަޢުވާ ލިބޭ މީހާ ބަންދުގައި ބެހެއްޓުމާ މެދު ޕްރޮސިކިއުޓަރ ޖެނެރަލް ފަރާތުން އެދޭ ގޮތެއް އަންގައިދިނުމަށް އެދެންވާނެ" ކަމަށެވެ. އެމާއްދާގެ (ބ) ގައި ބަޔާންކޮށްފައިވަނީ "މިމާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާ ލިބޭ މީހާ ބަންދުގައި ބެހެއްޓުމަށް އެދެފިނަމަ، އެމީހަކު ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) އަދި (ށ) ކަނޑައެޅިފައިވާ މުއްދަތެވެ." މިފަދައިންނެވެ.
41އެ ހެންކަމުން، އެއްވެސް މަޤްބޫލު ސަބަބަކާ ހުރެ ބަންދުގައި ހުރި ފަރާތެއް ހާޟިރުނުކުރެވި ޝަރީޢަތް ލަސްވެގެންދާނަމަ އެކަމުގެ ހައްލު އެގަވާއިދުން ފޯރުކޮށްދީފައިވާކަމުގައި ދެކެމެވެ. މިމާއްދާގެ ދަށުން، ބަންދުގައިވާ ގައިދީގެ ފަރުދީ ޙައްޤާއި މުޖުތަމަޢުގެ ޙައްޤު ވަޒަންކޮށް ދެފަރާތުގެ ހައްޤު ބެލެންސްކޮށް ހައްލެއް ހޯދަދެވިފައިވާކަމުގައި ދެކެމެވެ. އެފަދަ ފަރާތެއް ޝަރީޢަތް ނުހިނގައ ބަންދުގައި ހުންނަ ހުރުމާ މެދު އެޅިދާނެ ފިޔަވަޅެއް އޮތްއިރު ބަންދުގައި ބަހައްޓަން ޖެހޭ މީހަކު ޙާޟިރުނުކުރެވިގެން ޝަރީޢަތް ނުހިންގޭތީ އެފަދަ ފަރާތެއް ކޮންމެހެންދޫކޮށްލަންވެސް ނުޖެހޭކަމާއި އެހާލަތުގައި ބަންދާ މެދު ގޮތެއް ނިންމުމަށް މަގު ފަހިކޮށްދޭ އިޖުރާއީ ސޭފްގާޑެއް އެބައޮތެވެ.
42މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް، ޝަރީޢަތްތަކަށް ޙާޟިރކުރެވިފައު ނުވަނީ ކޮވިޑްގެ ހާލަތާ ހުރެ ފުރުން މަނާކުރެވިފައިވާތ ކަމުގައިވާތީ މިއީ ދައުލަތުން އިސްތިއުނާފު ރައްދުވާ ފަރާތްތައް "ޙާޟިރުނުކޮށްދިނީ" ކަމުގައި ނުބެލެވޭނެކަމަށާއި މިއީ އަމިއްލަ ބާރުނުފޯރާ މަޤްބޫލު ސަބަބަކާ ހުރެ ޙާޟިރުނުކުރެވުނކަމަށާއީ އެހާލަތުގައި އެފަދަ ފަރާތްތަކުގެ ބަންދު ދަމަހައްޓަން ޖެހޭނެކަމުގައި ދައުލަތުން ދެކެއެވެ. ކޮވިޑް ހާލަތުގައި ފުރުން މަނާވުނ އެއް އަމިއްލަ ބާރު ނުފޯރާ މަޤްބޫލު ސަބަބަކަށް ވާފަދައިން ބަޖެޓް ނެތިގެން ޙާޟިރުނުކުރެވުންވެސ ވާން މަޤްބޫލު ސަބަބެއްކަމުގައެއެވެ. އެމާއްދާގައ ބަޔާނި ކުރާ "ޙާޟިރުނުކޮށްދޭނަމަ" އަކީ ހަމައެކަނި ގަސްދުގައި އެއްވެސް ސަބަބަކާ ނުލައި ޙާޟިރުނުކޮށް ދިނުންކަމަށް މާނަކުރުން ވެގެންދާނީ އެއްވެސް މަޤްބޫލު ސަބަބެއް ނެތި ކޯޓު އަމުރަށް ތަބަޢަނުވެ ތިބުމަށް ބަންދުގައި ބަހައްޓާ ފަރާތްތަކަށް ހުޅުވާލެވޭ ދޮރެއް ކަމުގައެވެ. މިއީ އެމާއްދާއިން ހާސިލްކުރަން ބޭނުންވާ މަޤްސަދުކަމުގައި ނުދެކެމެވެ. އެމާއްދާގެ މަޤްސަދަކީ މަޤްބޫލު ސަބަބަކާ ހުރަ ހާޟިރުނުކުރެވި ޙުކުމަކާ ނުލައި މުއްތަހަމަކު ދިގު މުއްދަތަކަށް ބަންދުގައި ހުންނަންޖެހިއްޖެ ހާލަތެއްގައި ނިޒާމީ ބާގަނޑެއްގައި ތާށިވެ ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތައް މުއްދަތެއް ނެތި ބަންދުގައި ތިބޭ ތިބުން ހުއްޓުވުމެވެ.
43އެހެންކަމުން، މީހަކު ޙާޟިރުނުކޮށްދިނުމުގެ ސަބަބުން ޝަރީޢަތް ނުހިންގާ ބަންދުގައި ތިބި ތިބުން ލަސްވާކަމެއް ފެންނަ ހާލަތުގައި ފަނޑިޔާރަށް އޮތް އިޚްތިޔާރަކީ އެފަދަ މީހަކު ހާޟިރނު ކުރެވުނު ސަބަބަށާއު ބަންދުގައި ހޭދަވި މުއްދަތަށާއި މިނޫން ވެސް ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކޮށް އެފަދަ ފަރާތަށް ޙާޟިރުކުރެވޭނެ އިޚްތިޔާރު ލިބިގެންވާ ކޯޓަކަށް މައްސަލަ ހުށަހެޅުން ފަހިކުރުމަށްޓަކައި ދަޢުވާ އަނބުރާ ފޮނުވާލަ އ ބަންދުން ދޫކުރުމާ މެދު ގޮތެއް ނިންމުމަށް އެމާއްދާގެ ދަށުން ފުރުސަތުދިނުމެވެ.
44އެހެން ކަމުން، މިމައްސަލައިގއަ އޮކްޓޫބަރު 2020 ގައި ބަންދުގައި ބެހެއްޓި ފަރާތްތަކެއްގެ ޝަރީޢަތް އޯގަސްޓް 2021 އާ ހަމައަށް ވެސް ފެށިފައިނުވަނީ ޤާނޫނުން ލާޒިމްކުރި އިޖުރާއަތެއްގެ ސަބަބުން މުއްތަހަމު ދުރުގައި ހުންނަންޖެހި ޝަރީޢަތަށް ޙާޟިރުނުކުރެވިގެން ކަމުގައިވާނަމަ ފަސޭހަކަމާއެކު އިންސާފަށް ވާސިލުވެވޭނެ ހިސާބަކަށް އެމީހެއްގެ މައްސަލަ ބަދަލު ކުރެވި ޝަރީޢަތް ހިންގުމީ ޤާނޫނުއަސާސީ އިން ކުށުގެ ތުހުމަތުކުރެވޭ މީހުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅެވެ. 2019އިނ ފެށިގެން މިއަދާ ހަމައަށް ކޮވިޑް 19އިގެ ހާލަތު ދެމިގެންގޮސްފައިވާއިރު ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މީހަކަށް އޮތް ހަމައެކަނިޤާނޫނ ހައްލަކީ ހާލަތު ބަދަލުވަންދެން ބަންދުގައި ބެހެއްޓުންކަމަށް ވުމީ އެންމެ އިންސާފުވެރިގޮތްކަމުގައި ނުދެކެމެވެ.
45ދެން މިމައްސަލައިގައި އިތުރަށް އެފެދޭ ސުވާލަކީ ކޮވިޑް- 19 އިގެ ހާލަތުގައި މީހުން އެއްވެ އުޅުން މަނާކުރެވިފައިވާ ހާލަތެއްގައި އޯޑިއޯ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތް ހިންގުމުގައި ބައިވެރިވުމަށް އިޢުތިރާޟްކުރުމުގެ ޙައްޤު ދަޢުވާ ލިބޭ ފަރާތަކަށް ލިބޭތޯއެވެ؟ އަދި އެފަދައިން އިޢުތިރާޟްކުރަނީނަމ އެފަދަ ފަރާތަކަށް އޮތް ހަމައެކަނި ހައްލަކީ ބަންދުގައި މުއްދަތު ހޭދަކުރުންތޯއވެ؟
46ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިސްލާޙުގެ ދަށުން ސުޕްރީމް ކޯޓުން އެކުލަވާލެވިފައިވާ އޯޑިއޯ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކޯޓުތަކުގެ އަޑުއެހުންތަކާއި ޝަރީޢަތް ކުރިއަށް ގެންދިއުމާ ބެހޭ ގަވާއިދު އެކުލަވާލެވިފައިވަނީ ކޮވިޑް- 19ގެ ހާލަތު މުޅި ދުނިޔެއަށް ފެތުރިފައިވަނިކޮށެވެ.
47އެގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި "ޢާންމު ސިއްޚަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ސަބަބުން ނުވަތަ ކާރިސާއެއް އިޢުލާނުކުރުމުގެ ސަބަބުން ދަޢުވާ ލިބޭ ފަރާތް އެވަގުތު ހުރީ މައްސަލަ ހުށަހެޅިފައިވާ ރަށުގައި ނޫންކަމުގައިވާނަމަ" އަދި 7 ވަނަ ނަންބަރުގައި "ދަޢުވާ ލިބާ ފަރާތް ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިކަމަށްވެފައި، މައްސަލަ ހުށަހެޅިފައިވަނީ އެމީހަކު ބަންދުކޮށްފައިހުރި ރަށް ނޫން އެހެން ރަށެއްގެ ކޯޓަކަށްކަމުގައިވާނަމަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބަންދުގައިވާ މީހާ ކޯޓަށް ޙާޟިރުކޮށްދިނުމަށް އުޒުރުވެރިވާ" ހާލަތަކީ އޯޑިއޯ ވީޑިއޯ ކޮންފަރެންސިނ މެދުވެރިކޮށް އަޑުއެހުންތަކާއި ޝަރީޢަތްތައް ކުރިއަށް ގެންދެވޭނެ ޙާލަތްތައްކަމަށް ބަޔާންކުރެވިފައިވާކަން ފާހަ ގަކުރެވެއެވެ. އެހެންނަމަވެސް، އެގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި މިކަމަށް ޝަރުތެއް އިތުރުކޮށްފައިވެއެވެ. އެގޮތުން، އެމާއްދާގެ (ހ) ގައި "މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކާއިޝަރީއަތުގ ކުރީގެ އެންމެހައި އަޑުއެހުންތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު ކޯޓަށް ލިބިދީފައިވީނަމަވެސް، ޝަރިޢަތުގެ މަރުހަލާތައްކަމުގައިވާ ހެކިބަސްނެގުމުގެ މަރުޙަލާއާއި ޙުކުމް އިއްވުމުގެ މަރުޚަލާގައި، ދަޢުވާ ލިބޭ ފަރާތް ކޯޓަށް ހާޒިރުނުވެ، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް ންގ މެދުވެރިކޮށި ކުރިއަށް ގެންދެވޭނީ އެކަމަށް ދަޢުވާ ލިބޭ ފަރާތުން ރުހުންދޭ ހާލަތުގައި އެކަންޏެވެ. " މިފަފަދައިން ބަޔާންކުރާއިރު އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، މިމާއްދާގެ (ހ) ގައިވާ ފަދައިން، ދަޢުވާ ލިބޭ މީހާ، ޝަރީޢަތުގެ މަރުހަލާތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް އިޢުތިރާޟްކުރާނަމަ، ޝަރީޢަތުން މައްސަލަ ކުރިއަށް ގެންދަންވާނީ ދަޢުވާ ލިބޭފަރާތ ކޯޓަށް ޙާޟިރުކޮށްގެންނެވެ."
48HN8ގަވާއިދުގެ ބުނެވިދިޔަ މާއްދާގެ ދަށުން އިބްތިދާއީ މަރުހަލާއަށް ފަހު ވީޑިއޯ ކޮންފަރެންސންގްކޮށް ޝަރީޢަތި ހިންގޭނީ ދަޢުވާ ލިބޭ ފަރާތުން އިޢުތިރާޟްނުކުރާނަމ ކަމަށަ ބަޔާންކޮށްފައިވަނީ ސަބަބައް ނެތި ކަމުގައި ނުދެކެމެވެ. އެހެނީ، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ވަކީލް ދުރުގައި ތިބެ ހިންގޭ ޝަރީޢަތެއގައް ވަކީލުގެ ޙައްޤަށް ހީނަރުކަމެއް އައުން ނުވަތަ ހެކިވެރިންގެ ހެކި ބަސް ނެގުމުގައި ލިބެންޖެހޭ ސުވާލު ކުރުމުގެ ޙައްޤަށް ހީނަރުކމަށް އައަ ނ ފަދަ ސަބަބުތައް ހުރެދާނެތް އިބްތިދާއީ މަރުހަލާއަށް ފަހު ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުން ކުރިއަށް ގެންދިއުމަށް އެދުމަކީ މުއްތަހަމަށް ލިބިގެންވާ ޙައްޤެކެވެ. އެފަދަ ހާލަތްތަކުގައި ޝަރީޢަތް ދިގު ދެމިގެންދަނީ އެފަރާތުން ކުރި އިޢުތިރާޟްގެ ސަބަބުން ކަމުގައި ބަލައި އެކަމުގެ ނަތީޖާއެއްގެ ގޮތުގައި ބަންދުގައި ބެހެ އްޓުމަކ ޤާނޫނުގީ ރޫހެއް ނޫނެވެ. އެހެންނަމަވެސް، ކުށުގެ ތުހުމަތުގައި ތިބޭ ފަރާތްތަކުންވެސް އެފަރާތްތަކުގެ މިނިވަންކަން ގެއްލިގެން ދިއުން ޝަކުވާއަކަށްބަލައި އެކަން ފާހަގަކުރާނަމަ އެފަރާތުން ވީޑިއޯ ކޮންފެރެންސިންގ ބޭއްވުމަށް އިޢުތިރާޟްކުރާ އެކަށީގެންވާ މަޤްބޫލު ސަބަބެއް ޝަރީޢަތަށް ބުނެދޭނވާނެކަމުގައް ދެކެމެވެ.
49ބުނެވިދިޔަ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ކޯޓަށް ޙާޟިރުކުރުމުގައި ހުރި ދަތިތަކ ހުރާ ޝަރީޢަތް ނުހިން ގޭތީ ކުށުގެ ތުހުމަތުގެ ހުރި ފަރާތެއް ބަންދުން ދޫކޮށްލުމުގެ ފުރުސަތު ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ނެތް ކަމާއި އެހާލަތުގައި ފަނޑިޔާރު އިޚްތިޔާރުކުރަންވާނީ ޖިނާއީ އިޖްރާއަތުގެ ގަވާއިދުގެ 180 ވަނަ މާއްދާގައި ބަޔާންކުރާ އިހްތިޔާރުކަމާއި އެފަދައިން ޢަމަލުކުރުމެއް ނެތި މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުން ދޫކުރުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައވަނި ރަނގަޅަށް ކަމުގައި ނުދެކެމެވެ. އެހެންކަމުން ފަނޑިޔާ ރ މުޙައްމަދު ނިޔާޒްގެ ނިންމުމަށް އަޅުގަނޑު ތާއީދުކުރަމެވެ.
50މިމައްސަލައިގ ޝަރީޢަތުގެ މަޖިލީހުގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:S2C/2021/37 (15 އޮގަސްޓް 2021) "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" ގައި ޙަވާލާ ދީފައިވާ ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް އެކޯޓުން ނެރެފައިވާ އަމުރަކީ އެގޮތަށް ކުރެވޭނެ އަމުރެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އިން އެދިފައިވާ އިރު އެކަމާ މެދި ރިޔާސަތުން ފާހަގަކޮށްފައިވާ ކަންކަމަށް ތާއިދުކުރަމެވެ.
51މިމައްސަލައިގައި އަޅުގަނޑު ފާހަގަ ކުރި ބައެއް ސަބަބުތައް ތަފާތުވި ނަމަވެސް މިމައްސަލައިގެ ނިންމުމަކީ އަޅުގަނޑު ތާއީދު ކުރާ ނިންމުމެކެވެ.
ޙުކުމް
ދެންފަހެ އިސްވެ ފހާ ގަކުރެވުނަ ކަންކަން އެގޮތުގައި ހުރުމުން، " ޢަބދް ﷲ ސަޢީދުގެ ބޭސްފަރުވާ ލިބިގަތުމުގެ ޙައްޤު އެކަށީގެންވާ ގޮތެއްގައި ލިބިދީފައިވާކަން ކަށަވަރުކޮށް ދެވިފައި ނުވާތީ އާއި ޢަބދް ﷲ ސަޢީދު އާއި ޙުސައިން ސިމާޙުގެ މައްޗަށް ހުށަހެޅި ހިނގަމުންދާ މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް އެދެމީހުން ޙާޟިރުކޮށް ދެވެން ނެތްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މަޢުލޫމާތު ދީފައިވާތީ އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/357/2020-S2C (11 އޮކްޓބަރޯ 2020) ކޯޓު އަމުރާއި ނަންބަރު CA/354/2020-S2C (09 އޮކްޓބަރޯ 2020) ކޯޓު އަމުރުގެ މުއްދަތު 2021 އޯގަސްޓް 15 ވަނަ ދުވަހުގެ 12:03 އަށް ނިމުނީކަމަށ ކަނޑައަޅައް މި ދެ އަމުރާއި ގުޅިގެން ޝަރީޢަތް ނިމެންދެން ބަންދު ކުރެވިފައިވާ ސ. ހިތަދޫ ވައިޓްރޯސް ޢަބްދުﷲ ސަޢީދު އާއި ސ. ހިތަދޫ މަންދޫބުގެ ޙުސައިން ސިމާޙު މިހިނދުން ފެށިގެން ބަންދުން ދޫކޮށް މިނިވަން ކުރުމަށް އަންގައި" އައްޑޫ އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާ، 59 ވަނަ މާއްދާ، 60 ވަނަ މާއްދާގެ (ށ)، (އ)، (ވ)، (މ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 1-163 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 52 ވަނަ މާއްދާ، 94 ވަނަ މާއްދާގެ (ހ) އަދި (ށ)
- ނަންބަރު 01-REG-SC-2021 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 145 ވަނަ މާއްދާގެ (ރ)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 180 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ)
- ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 4 ވަނަ މާއްދާ
- ޤައިދީންނާއި ބަންދުމީހުންނަށް ޞިއްޙީ ފަރުވާ ދިނުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަދި (ށ)
- އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކޯޓުތަކުގެ އަޑުއެހުންތަކާއި ޝަރީޢަތްތައް ކުރިއަށް ގެންދިއުމާބެހޭ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ އަދި 7 ވަނަ ނަންބަރު، 4 ވަނަ މާއްދާގެ (ހ) އަދި (ށ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.