ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސިނާން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ލ. ގަމު މެޖިސްޓްރޭޓް ކޯޓު 70/O6C2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ 70/O6C/2019 ޤަޟިއްޔާގައި، އިބްރާހީމް ސިނާންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އުފުލި ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުނުވާކަމަށް ނިންމި.
- ވާޤިޢާ
- ދަށުކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، އިބްރާހީމް ސިނާންގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅި މައްސަލަ 29 މެއި 2022 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު. ޙާދިސާއަކީ 2019 ވަނަ އަހަރުގެ ޙާދިސާއެކެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ 70/O6C/2019 ޤަޟިއްޔާގައި ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުނުވާކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމައި ފޯމު އަނބުރާ ފޮނުވައިދިނުމަށް އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޙާދިސާއަށް ފަހު ރައްދުވާ ފަރާތުގެ އިތުރު ކުށުގެ ރިކޯޑެއް ނެތުމާއި، ހޯދަން އެދޭ ޤާނޫނީ ސުވާލުގެ ޖަވާބު މި މައްސަލައިގެ ތެރެއިން ހޯދުން މުހިންމު ނުވާތީ، މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަމަށް ބުނެ، އިސްތިއުނާފީ ފޯމު އަނބުރާ ފޮނުވައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 26 އޮކްޓޯބަރު 2023 ގައި ސިޓީ ފޮނުވި.
- ކޯޓުގެ ސަބަބުތައް
- އިސްތިއުނާފުކުރި ފަރާތުން ފޯމު އަނބުރާ ފޮނުވައިދިނުމަށް އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން 19 ނޮވެމްބަރު 2023 ގައި ދަޢުވާ ފޯމު ބާޠިލުކުރި.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ 70/O6C/2019 ޤަޟިއްޔާގެ ނިންމުމާމެދު ގޮތެއް ނުނިންމައި، އިސްތިއުނާފުކުރި ފަރާތުން އެދުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޖީދު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)، ފަނޑިޔާރު މުޙައްމަދު ސަލީމް
- ރިޔާސަތު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2022/HC-A/165
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 29 މެއި 2022
* ބާޠިލުކުރި ތާރީޚް: 19 ނޮވެމްބަރު 2023
4އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: ހ. ވެލާނާގެ / މާލެ
އައިޑީކާޑު ނަންބަރު: -
5އިސްތިއުނާފު ރައްދުވާ ފަރާތް:
ފުރިހަމަ ނަން: އިބްރާހީމް ސިނާން
* ދާއިމީ އެޑްރެސް: ލ.ކުނަހަންދޫ/ ހުޅަނގުގެ
އައިޑީކާޑު ނަންބަރު: A140913
6ހުށަހެޅިފައިވާ މައްސަލަ:
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 70/O6C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ލ.ކުނަހަންދޫ/ ހުޅަނގުގެ އިބްރާހީމް ސިނާން ގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ.
7ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް:
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 70/O6C/2019 ޤަޟިއްޔާގައި، ލ.ކުނަހަންދޫ/ ހުޅަނގުގެ އިބްރާހީމް ސިނާން ގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އުފުލާފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުނުވާކަމަށް އެކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން މިކޯޓުން ބަލަމުންދަނީ، ނަންބަރު 2022/HC-A/165 ޤަޟިއްޔާއިންނެވެ.
މިމައްސަލައިގައި ހިމެނޭ ޙާދިސާއަކީ، 2019 ވަނަ އަހަރުގެ ޙާދިސާއަކަށްވެފައި، އެއަހަރުގެ ފަހުން، އިސްތިއުނާފު ރައްދުވާ އިބްރާހީމް ސިނާންގެ އިތުރު ކުށުގެ ރިކޯޑެއް ނެތިފައި، މިމަސައްލައިގައި ހައިކޯޓުން ހޯދުމަށް އެދޭ ޤާނޫނީ ސުވާލުގެ ޖަވާބަކީ، ކޮންމެހެން މި މައްސަލައިގެ ތެރެއިން އެ ސުވާލުގެ ޖަވާބު ހޯދުން މުހިންމު ސުވާލަކަށްނުވާތީ، މިމައްސަލަ އިތުރަށް ހައިކޯޓުގައި ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާކަމަށް ބުނެ، މި މައްސަލައިގެ އިސްތިއުނާފީ ފޯމް އަނބުރާ ފޮނުވައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2023/508 (26 އޮކްޓޯބަރު 2023) ސިޓީން މި ކޯޓަށް އަންގާފައިވެއެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/165 ޤަޟިއްޔާގެ ދަޢުވާ ފޯމް، މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙުސައިން މަޖީދު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)
ފަނޑިޔާރު މުޙައްމަދު ސަލީމް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާގެ (ހ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.