ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/209

ސިވިލް ސަރވިސް ކޮމިޝަން ވ. ޝަހުލާ ޢަބްދުﷲ

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 28 އޭޕްރީލް 2024ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 190/VTR/2021ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 190/VTR/2021
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން 190/VTR/2021 ނަންބަރުގައި މައްސަލައެއް ނިންމި. އެ ނިންމުމުގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
ވާޤިޢާ
ސިވިލް ސަރވިސް ކޮމިޝަނުން، ޝަހުލާ ޢަބްދުﷲ ގެ މައްޗަށް ރައްދުވާ ގޮތަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 190/VTR/2021 މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ 18 ޖުލައި 2022 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 190/VTR/2021 މައްސަލަ އިސްތިއުނާފުކުރި ސިވިލް ސަރވިސް ކޮމިޝަނުން، މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށާއި އަނބުރާ ގެނައުމަށް ނިންމާ، ދަޢުވާ ފޯމު ބާޠިލުކުރުމަށް އެދި ސިޓީ ފޮނުވުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށާއި އަނބުރާ ގެނައުމަށް ކޮމިޝަނުން ނިންމާފައިވާތީ، ދަޢުވާ ފޯމު ބާޠިލުކުރުމަށް އެދި 188-LAD/95/2024/3 (22 ޖަނަވަރީ 2024) ސިޓީ ކޮމިޝަނުން ހައިކޯޓަށް ފޮނުވި. ސިޓީ ސެކްޝަނަށް ލިބިފައިވަނީ 20 މާރިޗު 2024 ގައެވެ.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުކުރި ފަރާތުން މައްސަލަ އަނބުރާ ގެނައުމަށް އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން 28 އޭޕްރީލް 2024 ގައި ދަޢުވާ ފޯމު ބާޠިލުކުރި.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 190/VTR/2021 މައްސަލައާމެދު ގޮތެއް ނުނިންމައި، އިސްތިއުނާފުކުރި ފަރާތުން މައްސަލަ އަނބުރާ ގެނައުމަށް އެދުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)، ފަނޑިޔާރު ޙުސައިން މަޒީދު
ރިޔާސަތު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2022/HC-A/209

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު

3މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 18 ޖުލައި 2022

* ބާޠިލްކުރި ތާރީޚް: 28 އޭޕްރީލް 2024

4އިސްތިއުނާފު ކުރި ފަރާތް:

ފުރިހަމަ ނަން: ސިވިލް ސަރވިސް ކޮމިޝަން

* ދާއިމީ އެޑްރެސް: -

އައިޑީކާޑު ނަންބަރު: -

5އިސްތިއުނާފު ރައްދުވާ ފަރާތް:

ފުރިހަމަ ނަން: ޝަހުލާ ޢަބްދުﷲ

* ދާއިމީ އެޑްރެސް: ތ.ކަނޑޫދޫ، ރަބީއުގެ

އައިޑީކާޑު ނަންބަރު: A123985

6ހުށަހެޅިފައިވާ މައްސަލަ:

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 190/VTR/2021 މައްސަލަ އިސްތިއުނާފުކުރުމަށް އެދި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ތ.ކަނޑޫދޫ، ރަބީއުގެ ޝަހުލާ ޢަބްދުﷲ ގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ.

7ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް:

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 190/VTR/2021 މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށާއި، މައްސަލަ އަނބުރާ ގެނައުމަށް ކޮމިޝަނުން ނިންމާފައިވާތީ، މައްސަލައިގެ ދަޢުވާ ފޯމް ބާޠިލްކުރުމަށް އެދި ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 188-LAD/95/2024/3 (22 ޖަނަވަރީ 2024) ސިޓީ މިކޯޓަށް ފޮނުވާފައިވެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/209 ޤަޟިއްޔާގެ ދަޢުވާ ފޯމް، މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.

8މައްސަލަ ނިންމި ފަނޑިޔާރުން:

ފަނޑިޔާރު މުޙައްމަދު ފައިޞަލް

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)

ފަނޑިޔާރު ޙުސައިން މަޒީދު

ފުޓްނޯޓު

  1. މިސިޓީ ހައިކޯޓަށް އެންޓްރީވެފައިވާ ތާރީޚެއްކަމަށް ހައިކޯޓު އެންޓްރީ ސްޓޭމްޕްގައި ޖަހާފައިވަނީ 22 ޖަނަވަރީ 2024 އެވެ. މިސިޓީ ސެކްޝަނަށް ލިބިފައިވަނީ 20 މާރިޗު 2024 ގައެވެ.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ށ)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ