އިނާ ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އަހްމަދު ނައުޝަމް ފާއިޒް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 226/VTR/2021 މައްސަލަ އިސްތިއުނާފު ކުރުމަށް އެދި އިނާ ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 226/VTR/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ)
ފަނޑިޔާރުން
- ބެންޗު
- އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ، ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)، ޙަސަން ޝަފީޢު
- ރިޔާސަތު
- ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2022/HC-A/223
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފޯމް
3. މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 02 އޮގަސްޓް 2022 – ބާޠިލުކުރި ތާރީޚް: 02 ސެޕްޓެންބަރު 2026
4. އިސްތިއުނާފް ކުރި ފަރާތް:
ފުރިހަމަ ނަން: އިނާ ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
5. އިސްތިއުނާފް ރައްދުވި ފަރާތް:
ފުރިހަމަ ނަން: އަޙްމަދު ނައުޝަމް ފާއިޒް
6. ހުށަހެޅިފައިވާ މައްސަލަ:
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 226/VTR/2021 މައްސަލަ އިސްތިއުނާފު ކުރުމަށް އެދި އިނާ ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7. ހައިކޯޓުން ނިންމި ގޮތް:
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 226/VTR/2021 މައްސަލަ އިސްތިއުނާފު ކުރުމަށް އެދި އިނާ ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން މިކޯޓުގެ ނަންބަރު 2022/HC-A/223 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައަކީ ވަރަށް ދުވަސްވީ މައްސަލައަކަށްވެފައި، މިހާރު ދެފަރާތުން ވާހަކަދައްކައި މައްސަލަ ޙައްލުކުރެވި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައިވާ ގޮތުގެމަތިން އިސްތިއުނާފުރައްދުވާ ފަރާތަށް ފައިސާވެސް ދައްކާފައިވާތީ، މި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންނުވާކަމަށްބުނެ މައްސަލަ ބާޠިލްކޮށްދިނުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން 31 އޮގަސްޓް 2026 ގައި މިކޯޓަށް ސިޓީ ފޮނުވާފައިވާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/223 ޤަޟިއްޔާގެ ދަޢުވާ ފޯމް، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8. މައްސަލަ ނިންމި ފަނޑިޔާރުން:
އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)
ފަނޑިޔާރު ޙަސަން ޝަފީޢު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.