މޫސާ އަންވަރު ވ. ސިވިލް ސަރވިސް ކޮމިޝަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 139/VTR/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ސަރވިސްގެ މުވައްޒަފެއްގެ މަޤާމު ބަދަލުކުރުމަށްފަހު އައު ވަޒީފާ ބަޔާނެއް ހަވާލުނުކުރުމުން، އެ މުވައްޒަފަކު ކުރިން ސޮއިކޮށްފައިވާ ވަޒީފާ ބަޔާނުގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ފިޔަވަޅު ނާޅައި ވަޒީފާއިން ވަކިކުރުމަކީ ޤާނޫނާ ޚިލާފު ކަމެއްތޯ، އަދި ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައިވާކަމަށް ޓްރައިބިއުނަލުން ނިންމުމުގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ޓްރައިބިއުނަލްގެ ގަވާއިދުގެ 39 ވަނަ މާއްދާއާ ޚިލާފުވެފައިވޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މުވައްޒަފެއްގެ މަޤާމަށް ނުވަތަ މަޤާމުގެ ނަމަށް ބަދަލު ގެނައި ނަމަވެސް، އައު ވަޒީފާ ބަޔާނެއް ދީފައި ނެތް ހާލަތުގައި، އޭނާ ސޮއިކޮށްފައިވާ ވަޒީފާ ބަޔާނުގައިވާ މަސްއޫލިއްޔަތުތައް އޭނާގެ ކިބައިން ވަގުތުން ކެނޑިގެން ނުދެއެވެ.
HN2 މަޤާމުގެ ނަމަށް ނުވަތަ މަސްއޫލިއްޔަތުތަކަށް ބަދަލު އައިސްފިނަމަ އެންމެ ރަނގަޅު ގޮތަކީ އައު ވަޒީފާ ބަޔާނެއް ދީ ސޮއިކުރުވުން ނަމަވެސް، އައު ވަޒީފާ ބަޔާނެއް ދީ ސޮއިކުރުވާފައި ނެތުމުގެ މައްޗަށް އެކަނި ބަލައި، އެ މުވައްޒަފަކާމެދު ފިޔަވަޅެއް އެޅުމުގެ ފުރުސަތެއް ނޯންނާނެކަމަށް ބަލަންޖެހޭ ޤާނޫނީ ހަމައެއް ނެތެވެ.
HN3 މުވައްޒަފު ކުރިން ސޮއިކޮށްފައިވާ ވަޒީފާ ބަޔާނުގެ މަސްއޫލިއްޔަތުތަކާއެކު މަޤާމު ބަދަލުކުރެވުނުކަމަށް ވަޒީފާދޭ ފަރާތުން ބަޔާންކުރުމުން އެކަމަށް މުވައްޒަފު އިންކާރުކޮށްފައި ނުވާނަމަ، ލިޔެކިޔުމުގެ މައްޗަށް ބިނާކޮށް ޓްރައިބިއުނަލުން އެކަން ކަނޑައެޅުމަކީ ޤާނޫނާ ޚިލާފު ކަމެއް ނޫނެވެ.
HN4 އިސްތިއުނާފީ ނުކުތާގައި ފާހަގަކުރާ ކަމަށް ދަށު ޓްރައިބިއުނަލުން ރިޢާޔަތްކޮށް، ރިޢާޔަތްކުރި ގޮތް ނިންމުމުގައި ބަޔާންކޮށްފައިވާނަމަ، އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ބުނެދެވިފައި ނުވާ ހިނދު ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލެއް ނުގެނެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އަސްޢަދު ޝަރީފް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޙަސްނާ ޙަބީބު
- ބެންޗު
- ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
ތަޢާރުފު
1މިއީ،ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރ 139/VTR/2021 މައްސަލަ އިސްތިއުނާފކުރުމަށު އެދް […] / ނާރެސް، މޫސާ އަންވަރގު )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "މޫސާ އަންވަރު"( ފަރާތުންދިވެހިރާއްޖޭގެ ހައިކޓަށާ ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ސިވިލް ސަރވިސް ކޮމިޝަނއެވެ.
ކަން ހިނގާފައިވާގޮތް
2މޫސާ އަންވަރުއަކީ، […] މަދަރުސާގެ ސްކޫލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި، 04 ޖަނަވަރީ 1984 އިން ފެށިގެން ވަޒީފާއަދާކުރަމުންދިޔަ މީހެކެވެ.
32019 އޯގަސްޓް ގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން […] މަދަރުސާ އޮޑިޓުކޮށް، 2018 ވަނަ އަހަރުގެ އޮޑިޓުގައި ހުރި ކަންކަން ތަންފީޒުކުރުމާބެހޭ ގޮތުން، […] މަދަރުސާގެ ޕްރިންސިޕަލްގެ ހާޒިރުގައި މޫސާ އަންވަރުއާ ސުވާލުކޮށްފައިވެއެވެ.
42018 ވަނަ އަހަރު ކޮށްފައިވާ އޮޑިޓާ ގުޅިގެން، 09 އޮކްޓޫބަރު 2019 ގައި […] މަދަރުސާގެ ޕްރިންސިޕަލް، މޫސާ އަންވަރުއާ ސުވާލުކޮށްފައިވެއެވެ.
5އޮޑިޓް ގުޅިގެނާ ކުރާ ތަހުގީގަށ ކަމަށް ބުނެ، މުސާރަ ނުލިބޭ ގޮތަށް 03 )ތިނެއް( ފަހަރު، މުސާރަ ލިބޭ ގޮތަށް 02 )ދޭއް( ފަހަރު އަދިހާޒިރުވެ ސޮއިކުރުމަށްފަހު ގޭގައި މަޑުކުރުމަށް 01 )އެކެއް( ފަހަރު އަންގާ، ޖުމްލަ )06( ހައެއް ފަހަރު މޫސާ އަންވަރު ގޭގައި މަޑުކުރުމަށް އަންގާފައިވެއެވެ.ގޭގައި މަޑުކުރުމަށް އެންގި ޗިޓުގެ މުއްދަތު 09 އެޕްރީލް 2020 އަށް ހަމަވުމުން، 10 އެޕްރީލް 2020 ގައި ވަޒީފާއަށް ނުކުތުމުގެ އައިޑީކާޑު ނަންބަރު […] ކަންތައް ހަމަޖެހިފައިވާގޮތް އޮޅުންފިލުވުމަށް […] މަދަރުސާގެ ޕްރިންސިޕަލަށް ގުޅުމުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަކި އެއްޗެއް އަންގާފައިނުވާތީ ގޭގައި މަޑުކުރުމަށް އެންގި ކަމަށް މޫސާ އަންވަރު ބުނެއެވެ. އޮފީހަށް ނުނިކުމެ ގޭގައި ހުއްޓާ، 01 ޖުލައި 2020 ގައި މިނިސްޓްރީން ވަކި އެއްޗެއް އަންގަންދެން، ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަން އަންގާފައިވާތީ، ގޭގައި އޮފީހުގެ މަސައްކަތް ކުރަމުން ގޮސްފައިވާނ ކަމަށެ މޫސާ އަންވަރު ބުނެއެވެ.
6ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014ގެ 271 ވަނަ މާއްދާގެ )ނ( ގެ 1 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގެ 6.1 އަދި 6.2 އަށް ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 47 ވަނަ މާއްދާގެ )ނ( ގ 3 ވަނަ ނަންބަރުގެ ދަށުން 16 މާރިޗު 2021 ގައި މޫސާ އަންވަރު ވަޒީފާއިން ވަކިކޮށްފައިވެއެވެ.
7މޫސާ އަންވަރު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އޭނާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 139/VTR/2021 މައްސަލައިންނެވެ.
8މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 139/VTR/2021 މައްސަލަ އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ޤަޟިއްޔާއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ އާއި ޓްރައިބިއުނަލްގެ ނިންމުން
9އޯގަސްޓް 2019 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން […] މަދަރުސ އޮޑިޓާ ކުރުމަށްފަހު، 2018 ވަނަ އަހަރު އޮޑިޓްގައި ހުރި ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން މޫސާ އަންވަރާ އަނގަބަގުން ސުވާލުކުށްފައިވާކަމަށާއ، އަދި އޮކްޓޫބަރ 2019 ގައި، ސްކޫލް ޕްރިންސިޕަލް 2018 ވަނި އަހަރު ކޮށްފައިވާ ފައިނޭންޝަލް އޮޑިޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން ސުވާލުކޮށްފައިވާކަމަށާއި، އޮޑިޓް ކުރި ފަރާތަށް އެއްބާރުލުންދީ އެފަރާތް ހޯދި ލިޔުންތައް ފޯރުކޮށްދީފައިވާއިރު، ސީދާ މޫސާ އަންވަރަށ އެއްވެސް ކަމއެ ތުހުމަތުކޮށް ސުވާލުކޮށްފައިވާނުވާކަމަށާއި، އޮޑިޓް ނިމުނު ފަހުންވެސް ސުކޫލުގެ ވަޒީފާއަށް ނިކުމެ ވަޒީފާއަދާކުރަމުންދަނަކޮށް، އޮޑިޓްގެ އެތައް ޒަމާނަކަށްފަހު، އޮޑިޓާ ގުޅިގެން މޫސާ އަންވަރާމެދު ހިންގާ ތަހުގީގަކަށ ކަމަށް ބުނެ، ތަހުގީގު ނިމެންދެން ޖުމްލަ 6 )ހައެއް( ފަހަރެއްގެ މަތިން ގޭގައި މަޑުކުރަން އަންގާފައިވާކަމަށާއި، އެންމެ ފަހުން ގޭގައި މަޑުކުރަން އަންގާފައިވަނީ 10 މާރިޗު 2020 އިން ފެށިގެން 09 އެޕްރީލް 2020 ގެ ނިޔަލަށް ކަމުން، ޖެހިގެން އަންނަ ދުވަހު ވަޒީފާއަށް ނުކުތުމުގެ ކަންކަން ހަމަޖެހިފައި އޮތް ގޮތް އޮޅުންފިލުވުމަށ ޕްރިންސިޕަލަށް ގުޅުމުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަކި އެއްޗެއް ނާންގާކަމަށ ވިދާޅުވެ އިތްރު އެއްޗެއް އަންގަންދެން ގޭގައި މަޑުކުރުމަށް އަންގާފައިވާކަމަށާއި، އެހެންކަމުން، ވަޒީފާއަށް ނުނިކުމެ ގޭގައި ވަނިކޮށް 01 ޖުލައި 2020 ގައި […] މަދަރުސާގެ ޕްރިންސިޕަލް "މ.އަތޮޅު ސްކޫލްގެ އެޑްމިނިސްޓްރޭޓަރ އަލްފާޟިލް މޫސާ އަންވަރު )ރކނ: 5093(، މިނިސްޓްރީންވަކިއެއްޗެއް އަންގަންދެން، ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދަންނަވަމެވެ." މިފަދައިން ބަޔާންކޮށްފައިވާ މެސެޖެއް މައްސަލަ ހުށަހެޅި ފަރާތާ ހިއްސާކުރުމުން ގޭގައި ހުރެ އޮފީހުގެ މަސައްކަތް އަދާކުރަމުން ގޮސްފައިވާނެކަމަށާއި، މައްސަލަ ހުށަހެޅި ފަރާތަށް 55 އަހަރު ފުރުން ދުވަހު ވަޒީފާއިން ވަކިކުރި ޗިޓް ލިބުނުއިރު، އެފަރާތާމެދު ކުރެވުނު އެއްވެސް ތުހުމަތެއްގެ ތަހުގީގަކަށް ސުވާލުނުކުރާކަމަށާއި، ތުހުމަތެއް ކުރެވޭނަމަ އެކަމުން ބަރީއަވުމަށް ގާނޫނިއެހީތެރިކަން ދީފައިނުވާތީ، އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމުގައްފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަނުކޮށްކަމުގައި ކަނޑައަޅައިދިނުމަށާއި، މައްސަލަ ހުށަހެޅި ފަރާތަށް މުސާރަ ނުދީ ގޭގައި ބެހެއްޓި މުއްދަތަށްވާ މުސާރައާއި އިނާޔަތްތަކާއެކު އެފަރާތ ވަޒީފާއަށް އިއާދަކޮށްދިނުމަށ އެދް ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގތަށ ވަޒީފާއާބެހް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
10މޫސާ އަންވަރު ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ ޢަދުލުވެރިކަން ގާއިމުކުރުމަށްފަހުގައިކަމަށް ކަނޑައަޅައި، ނަމަވެސް، މޫސާ އަންވަރު މިނިސްޓްރީ އޮފް އެޑިއުކޭޝަނަށ 07 ނޮވެންބަރު 2019 ގައި […] މަދަރުސާގެ ފައިސާއާ ގުޅުންހުރި ކަންކަމާއި ގުޅިގެން ބަޔާންދީފްއިވުމުގެ އިތުރުން އެފަރާތާމެދ ތުހުމަތުކުރެވުނު ކަންކަމާއި ގުޅިގެން ހިންގުނު އިދާރީ ތަހުގީގަށ 05 ޖަނަވަރީ 2020 ގައި ޖަވާބުދާރީވެފައިވާއިރު، އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެފަރާތާ ގުޅިގެން ހިންގުނު ތަހުގީގަށ ޖަވާބުދާރީވާ 01 )އެކެއް( އަހަރު ދުވަސީފާއިތުވިފަހުންކަމުގައިވާތީ އަދި އެފަރާތާ ގުޅިގެން އިތުރު ތަހުގީގެއް ހިންގާފައިވާކަން އެނގެންނެތަތީ، މައްސަލަ ހުށަހެޅި ފަރާތް އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއްނެތ ކަމަށި ބުރަވެވޭ ސަބަބަށްޓަކައި، މޫސާ އަންވަރު ވަޒީފާއިން ވަކިކުރި ކުރުމަކީ އަންފެއަރ ޑިސްމިސަލް (unfair dismissal) އެއްގެ ގޮތުގައި ކަނޑައަޅައި، މޫސާ އަންވަރު އެފަރާތް އަދާކުރަމުންދިޔަ ވަޒީފާއަށް އިއާދަކޮށްދިނުމަށް އެދިފައިވީނަމަވެސް، އެފަރާތް ވަޒީފާއިން ވަކިކުރެވިފައިވަނީ މައުޟޫއީ އަދުލުވެރިކަން ގާއިމުކުރުމަށްފަހުކަމުނ އެފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ނެތަތީ، ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަން މާއްދާގަ )ށ( އަށް ރިއާޔަތްކޮށ 06 )ހައެއް( މަސްދުވަހުގެ މުސާރަ ނަގައިދިނުމަށް ކަނޑައަޅައި، މޫސާ އަންވަރު އަދާކުރަމުންދިޔަ ވަޒީފާގެ މުސާރައިގެ ގޮތުގައި ބަޔާންކޮށްފައިވ 6,295/- )ހަ ހާސްދުއިސައްތ ނުވަދިހަ ފަސް ރުފިޔާ( ގ ނިސްބަތުން 06 )ހައެއް( މަސްދުވަހަށްވާ މުސާރަ 37,770/-ރ. )ތިރީސ ހަތްހާސް ހަތްސަތޭކަހަތްދިހަ ރުފިޔާ( މޫސާ އަންވަރަށް ދިނުމަށް، ސިވިލް ސަރވިސް ކޮމިޝަނަށް އަންގާ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވެއެވެ.
އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
11އިސްތިއުނާފުކުރާ ފަރާތުން އަންނަނިވިނުކުތެތައ ހުށަހަޅް އްނުކުތާތަކާ ބެހޭގޮތުނެދިވެހިރާއްޖޭގެހައިކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
11.1ދިވެހިރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވެނ މާއްދާގަ )ހ( ގައި ބަޔާންވެގެންވާ "...މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތް ކުރުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވާކަމަށް އޮންނަ އޮތުމާއި ޚިލާފަށް އިންސާފުން އެއްކިބާކޮށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތި ؛ އަދ
11.2ގަވާއިދު ނަންބަރު 2015/R-20 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލަ ނިންމުމުގައި އިންސާފުވެރިކަމާއެކު، ވަޒީފާދޭފަރާތާއ ވަޒީފި އަދާކުރާ ފަރާތުގާ މަޞްލަހަތާއި، ދެފަރާތުގެ ޙައްޤުތައް ރައްކާތެރިކޮށްދެވޭނެ ގޮތްތަކަކަށ ރިޢާޔަތް ކުރިން ވާނޭކަމަށ އޮންން އޮތުމާއި އެއްގޮތަށް، މައްސަލަ ބަލައި ނިންމުމަށް ވާސިލުވުމުގައި ޢަމަލުކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލް ފުރަތަމަ ނުކުތާއާ ގުޅޭ
12ދިވެހިރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފުވެ މައްސަލައިގައި ޙަޞްމުންގެ ހަމަހަމަ ފުރުސަތު ގެއްލޭގޮތަށް، ހުށަހަޅާފައިވާ ބަޔާންތަކަށް އެކަށީގެންވާ ގޮތަށް ޢަދުލުވެރި މިންގަނޑަކުން ވަޒަން ކުރުމެއްނެތި މައްސަލަ ނިންމާފައިވާކަމަށާއި، ޤާނނުއަސާސީގޫ 20 ވަނަ މާއްދާއިން ލިބިދޭ ހަމަހަމަކަމުގެ ޙައްޤު ލިބިދީފައިނުވާކަމަށާއި، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސިލއިގައ ކަންހިނގާފައިވ ގޮތަށާ ބެލުމުން އެނގެން އޮތްކަމަށް ފާހަގަކޮށް، އެ މައްސަލައިގައި ކަން ހިނގާފައިވާގޮތްކަމަށ ބުން އަންނަނިވި ކަންކަން މޫސާ އަންވަރުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
12.1 ވަޒީފާގެ ބަޔާނާއި މަސްއޫލިއްޔަތު ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ހަވާލުކޮށްފައިނުވާކަމަށް ބަޔާންކޮށްފައިވަނިކޮށް، ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އެކަން ނަފީކުރާނެ އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަހަޅާފައިނުވާއިރު، މިކަމަށް ރިޢާޔަތްކޮށްފައި ނުވުން.
12.2ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 2010/HC-A/24 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ )ޅ( ގައި "...މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމުގައި ކަމެއް ސާބިތުވާކަމަށް ނިންމާނީ ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް ބަލާއިރު، ބޮޑަށް ބުރަވެވޭ ގޮތެއް (balance of probability) ގ މައްޗަށް ބިނާކޮށްގެންކަން އެނގެން އޮންނަ އޮތުމާ ޚިލާފަށް ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވާކަން.
12.3 މޫސާ އަންވަރު، 01 ފެބުރުވަރީ 2015 ގައި ސޮއިކޮށްފައިވާ ވަޒީފާ ބަޔާނަކީ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމާއި، އ މަޤާމުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ވަޒީފާގެ ބަޔާނެއްކަން.
12.4އެޑްމިނިސްޓްރޭޓަރގ މަޤާމުގެ ހައިސިއްޔަތުން ޖަވާބުދާރީވެ ހުށަހަޅާފައިވާ ލިޔުމަކީ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގައިހުރެ ދީފައިވާ ލިޔުމެއް ނޫންކަމާއި، އެ ލިޔުމުގެ އެއްވެސް ތަނެއްގައި މޫސާ އަންވަރުއަކީ، އޭރު ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގައި ހުރި ފަރާތްކަމަށް ބަޔާންކޮށްފައިނުވާކަމާއި، އަދާ އެލިޔުމަކީ، "މައްސަލަ ހުށަހެޅަ ފަރާތުން އިދާރީ ތަހްޤީޤަށް ދީފައިވާ ބަޔާނެއް" ނޫންކަމަށާއި، ތަހުޤީޤަކ ސުވާލުކުރީ ފަރާތާއި ސުވލުކުރެވާދެފަރާތެއްގެ މެދުގައި ސުވާލުކުރެވި ޖަވާބުދާރީވެ ސުވާލުކުރްފަރާތުން ލިޔާ ބަޔާނެއްގައި ސުވާލު ވެވުނުމީހާ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާ، ކުރެވޭ ކަމެއްކަމަށް ވީ ނަމަވެސް، މޫސާ އަންވަރުގެ އެފަދަ އެއްވެސް ތަހްޤީޤެއްކޮށްފައ ނުވި ހިނދު، ސިވިލ ސަރވިސް ކޮމިޝަނުން ހުށަހެޅި ލިޔުމަކީ އިދާރީ ތަހްޤީޤަށް ދީފައިވާ ބަޔާނެއްކަމަށް ބެލެވޭނެ ހަމައެއް ނެތްކަން.
12.5 މޫސާ އަންވަރުގެ ފަރާތުން ޖަވާބިދާރީވެފައިވ ލިޔުމަކާ ސިވިލް ސަރވިސް ޤާނޫނުގައި ބުނާފަދަ އަދި އެނޫން އެހެންވެސް ގޮތަކުން ތަހްޤީޤީ ބަޔާނެއް ނޫންކަން.
12.6މޫސާ އަންވަރުގެ ޗިޓަކީ އެފަރާތަށް ކުރިން ދީފައިވާ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގައި ހުއްޓާ އެމަޤާމުން އްސްކޫލުގެ އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ބަދަލުކުރި ޗިޓުކަން އެ ޗިޓުގައިވާ ލިޔުންތަކަށް ބެލުމުން އެނގޭކަމަށާއި، އަދި ޗިޓުގައި ދެމަޤާމު އެކުއެކީ ފުރުމަށ ބަޔާންކޮށްފައިނުވާކަން އެ ޗިޓުގައިވާ ލިޔުންތައް ކިޔުމުން ސާފުކޮށް އެނގެން އޮންނަކަން.
12.7 މޫސާ އަންވަރު ވަޒީފާއިން ވަކިކުރި ޗިޓުގައި، ވަޒީފާއިން ވަކި ކުރި ސަބަބު ބަޔާންކޮށް ހަވާލާދީފައިވަނީ ޤާނޫނީ މާއްދާތަކަށް ކަމަށާއި، ނަމަވެސް، އެ މާއްދާތަކުގައި ބަޔާންވެގެންވާ ޤާނޫނީ ޒިންމާ މޫސާ އަންވަރުއާ ހަވާލުކޮށް މަތިކުރި ވަޒީފާގެ ބަޔާނެއްނެތްކަން.
ދެވަނަ ނުކުތާއާގުޅޭ
13މޫސާ އަންވަރުއަށ ސިވިލް ސަރވިސްގެ ފަރާތުން ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުން އެހެން މަޤާމަކަށް ބަދަލުކޮށް، "ސްކޫލް އެޑްމިނިސްޓްރޭޓަރ" ގެ މަޤާމު "ވަޒީފާ ބަދަލުކުރެއްވި ޗިޓް" އަކުން ދީފައި ވީނަމަވެސް، އެ ވަޒީފާގެ ވަޒީފާ ބަޔާނެއް ދީ ޒިންމާތަކާއި މަސްއޫލިއްޔަތއ ޤާނޫން ހަމަތަކުގެ މަތިން ހަވާލުކޮށްފައި ނުވާކަމަށް މޫސާ އަންވަރުގެ ބަޔާންތަކާއި، ޚުލާސާ ބަޔާނުގައި ސާފުކޮށް ބުނެފައިވާ ބުނުންތައް ނަފީކުރުމަށް، ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއްވިޔަސް ދެއްކިފައި ނުވާ ނަމަވެސް، ޓްރައިބިއުނަލްގެ ނިންމުމުގެ، 10.2 ގައި ސިވިލް ސަރވިސް ކޮމިޝަނުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 11 އޮގަސްޓް 2021 ގައީ ހުށަހަޅާފައިވި "ސިވިލ ސަރވިސް ކޮމިޝަނުން ހުށަހަޅާ ފުރަތަމަ ބަޔާން" އިން މޫސާ އަންވަރުގެ މަގާމު އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ބަދަލު ކުރެވިފައިވަނީ ސޮއިކުރެވިފައިވާ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއް ކ ކަމަށު ބަޔާންކާށްފައިވާއިރު، މޫސާ އަންވަރުގެ ފަރާތުން އެކަމަށް އިންކާރު ކޮށްފައިނުވާކަމަށް ބުނެ ފާހަގަކޮށްފައިވަނީ ހަގީގަތާ ޚިލާފަށްކަމަށް ވާތީ، މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 39 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް މޫސާ އަންވަރުގެ ފަރާތުން ފާހަގަކޮށްފައިވެއެވ.
14މޫސާ އަންވަރުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސިވިލް ސަރވިސްގެ ގަވާއިދުގެ 76 ވަނަ މާއްދާގެ )ހ( ގައި، ސިވިލް ސަރވިސްގެ ކޮންމެ މަޤާމަކަށް ވަޒީފާ ބަޔާނެއް އޮންނަންވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށާއި، ނަމަވެސް، […] މަދަރުސާގެ ޑެޕިއުޓީ އެޑްމިނިސްޓްރޭޓަރގ މަޤާމުގެ ވަޒީފާ ބަޔާނާއި މަސްއޫލިއްޔަތެއް މޫސާ އަންވަރުއާ ހަވާލުކޮށްފައިނުވާކަމަށެވެ. އަދި، ސިވިލް ސަރވިސް ގަވާއިދުގެ 76 ވަން މާއްދާގަ )ނ( ގައި، މުވައްޒަފެއްގެ މަޤާމުގެ މަސައްކަތަށް ބަދަލެއް ގެނެސުފުނަމަ، ނުވަތަ ބަދަލެއް އިތެ ރާވެއްޖެނަމަ، އ އައިބަދަލަކާ ގުޅޭގޮތުން، އެ މުވައްޒަފުގެ ވަޒީފާ ބަޔާނަށް ބަދަލު ގެންނަންވާނ ކަމަށެ ބަޔާންކޮށްފައިވއިރު، މޫސާ އަންވަރުގެ ވަޒީފާއަށް ގެނައި ބަދަލާ ގުޅިގެން ވަޒީފާ ބަޔާނެއްދީ އޭގައި ސޮއިކުރުވާފައި ނުވާކަމަށެވެ.
15ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 2016/HC-A/433 ޤަޟިއްޔާގެ 3.1 ގައި އެ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ރަނގަޅު ނޫންކަމުގައި ވަޒީފާދިން ފަރާތުން ނިންމުމުގައި އެނިންމުމަށް ވަޒީފާ ދޭފަރާތުން ވާޞިލުވުމަށް ވަޒީފާ ދޭފަރާތުން ތަޠުބީޤު ކުރި ހަމައަކީ، އެކަށީގެންވާ ހަމައެކަމަށްވާން ޖެހޭނެ ކަމަށާއި، ވަޒީފާދުފަރާތަށް ހަމަ ފެންނަ ފެނުމެއްގެ މައްޗަށް އެކަނި ވަޒީފާއިން ވަކި ނުކުރެވޭނެކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2010/HC-A/24 ޤަޟިއްޔާގައި ކަނޑައަޅާ ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށާއި މުޅި ޤާނޫނުގެ ރޫޙަށް ބަލާއިރު،ވަޒީފާއާބޭހ ޤާނޫނުގެ 23 ވަނަ މާއްދާގެ )ހ( ގެ ދަށުން ފުރިހަމަކުރަންޖެހޭ ދެ ހާލަތު ފުރިހަމަވެފައި ވޭތޯ ބެލުމުގައި، ވަޒީފާދޭ ފަރާތުން ތަޠުބީޤު ކޮށްފައިވާ ހަމައަކީ އެކަށީގެންވާ ހަމައެއްކަން ސާބިތުކޮށްދިނުމަކީ، ވަޒީފާ ދޭފަރާތުގެ ޒިންމާއެއްކަން، އެނގެން އޮތްކަމާއި، ނަމަވެސް، މައްސަލަ ރައްދުވާ ފަރތ ނ ވަޒީފާއާބެހް ޓްރައިބިއުނަލުގައި، ހިނގައިދިޔަ،މައްސަލަ ހުށަހެޅަ ފަރާތާއި، ޤާނޫނީ ގޮތުން، ވަޒީފާގެ ބަޔާނާއި، މަސްއޫލިއްޔަތު ހަވާލުކޮށްފައިވާކަމުގެ އެއްވެސް ހެއްކެއް ޤަރީނާއައް ހުށްހަޅާފައިނުވާކަން ފާހަގަކޮށްފައިވާއިރު، މައްސަލަ ނިންމުމުގައި ޓްރައިބިއުނަލުން މިކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް މޫސާ އަންވަރުގެ ފަރާތުނ
16ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 2016/HC-A/433 ޤަޟިއްޔާގެ، 3.3 ގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމަށް ފަހުގައިކަން އެނގެން އޮންނަކަމާއި، މި މައްސަލައިގައި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވިނަމަވެސް، މައުލޫއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ޓްރައިބިއުނަލުން ނިންމާފައިވާއިރު،ވަޒީފާގެ ބަޔާނެއް މޫސާ އަންވަރުއާ ހަވާލުކޮށް، ސޮއިކުރުވާފައިނުވާއިރު، އެކަންކަމަށް ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމަށް މޫސާ އަންވަރު ފާހަގަކޮށްފައިވެއެވެ.އެހެންކަމުން، ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކޮށް، މުސާރައިގެ ގޮތުގައި ބަޔާންކޮށްފައިވ 6295/- )ހަހާސް ދުއިސައްތަ ނުވަދިހަ ފަސް ރުފިޔާ( ގެ ނިސްބަތުން އިސްތިއުނާފީ މައްސަލަ ނިމޭ ދުވަހާ ހަމައަށް ޖެހޭ އެކި ޖުމްލަ މުސާރަދޭންޖެހޭކަމަށ ދެކޭކަމަށް ބަޔާންކޮށްފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
17މުސާ އަންވަރޫ ގ ފަރާތުން އެދިފައިވަނީ: "މައްސަލަ ނިންމުމުގައި މައްސަލަ ހުށަހެޅި ފަރާތުން މައިގަނޑު ގޮތެއްގައި ދައްކާފައިވާ ވާހަކަތަކާއި ބަޔާންތަކުން ހުށަހެޅި އެއް ނުކުތާއަކީ، މައްސަލަ ހުށަހެޅިފަރާތުގ ވަޒީފާގެ މަޤާމުން ވަކިކުރި ޗިޓް ގައި ވަޒީފާއިން ވަކިކުރިކަމަށް ބުނާ ދިވެހި ސިވިލ ސަރވިސް ގަވއިދ 2014ގެ 271 ވަނަ މާއްދާގެ )ނ( ގެ 1 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގެ 6.1 އަދި 6.4 ރިޢާޔަތްކޮށް، ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ނ( ގެ 3 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ވަޒީފާއިން ވަކިކޮށްފައިވާއިރު، މައްސަލަ ހުށަހެޅިފަރާތަށް ވަޒިފާގެ ބަޔާނާއި މަސްއޫލިއްޔަތު ޤާނޫނާއި ޤަވާއިދުގައި ވާގޮތުގެމަތިނ ޙަވާލުކޮށްފައި ނުވާކަމަށް ބަޔާންކެށްފައިވާހިނދ މައްސަލު ރައްދުވަ ސިވިލް ސަރވިސް ގެ ފަރާތުން އެކަން ނަފީކުރާނެ އެއްވެސ ހެއްކެއ ނުވަތް ޤަރީނާއެއް ހުށަހަޅާފައިނުވާ ކަމަށާއި، އިސްތިއުނާފީ މި މައްސަލަ ހުށަހެޅި ފަރާތަށް، ސިވިލް ސަރވިސްގެ ފަރާތުން ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުން އެހެން މަޤާމްކަށ ބަދަލުކޮށް "ސްކޫލް އެޑިމިނިސްޓްރޭޓަރ" ގެ މަޤާމު "ވަޒީފާ ބަދަލުކުރެއްވި ޗިޓް" އަކުން ދީފައި ވީނަމަވެސް، ވަޒީފާއެއް ދޭފަރާތަށ ވަޒީފާއެއް ދޭނަމަ، އެ ފަރާތަކަށް ވަޒީފާ ބަޔާނެއް ދޭންޖެހޭނެ ކަމަށާއި، އަދި އެ ވަޒީފާ ބަޔާނުގައި އެފަރާތަކުން އަދާކުރަންޖެހޭ ވަޒީފާގެ ޒިންމާތަކާއި، މަސްއޫލިއްޔަތެއް ބަޔާންކޮށްފައި އޮންނަން ޖެހޭނެ ކަމަށާއި، އެގޮތުން ބެލި ހިނދު ސިވިލް ސަރވިސް ޤަވާއިދުގެ 76 ވނ މާއްދާގަ )ހ( ގައަ ބުނަނީ "ސިވިލް ސަރވިސްގެ ކޮންމެ މަޤާމަކަށް ވަޒީފާގެ ބަޔާނެއް އޮންނަންވާނެ ކަމަށެވެ. އެގޮތުގެ މަތީން ބެލިހިނދު، މައްސަލަ ހުށަހެޅި ފަރާތަށް […] މަދަރުސާގެ ޑެޕިއުޓީ އެޑްމިނިސްޓްރޭޓަރ ކަމުގެ މަޤާމުގެ ވަޒީފާ ބަޔާނާއި މަސްއޫލިއްޔަތެއް ހަވާލުކޮށްފައިނުވާކަމަށ މައްސަލް ރައްދުވަފަރާތުނ ބުން ބުނުން ނަފީކުރާފަދަ ވަކިކުރުމުގައި މަޢުޟޫއީ ޢަދުލުވެރިކަން ޤާއިމްކޮށްފައި ވާކަމަށް ބަލަންޖެހޭ ހަމައެއްނެތްކަމަށް ބުރަވެވޭކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް […] / ނާރެސް، މޫސާ އަންވަރު ހުށަހެޅުމުން އެޓްރައިބިއުނަލުން ބަލާ ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަން ޖެހޭކަމަށް ބުރަވެވޭތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 139/VTR/2021 މައްސް ލާގައިނިންމާފައިވ ނިންމުނާ ބާތިލްކޮށް، މައްސަލަ ހުށަހެޅި ފަރާތް އަދާކުރަމުންދިޔަ ވަޒީފާގެ މުސާރަށްވ 6295/- )ހަހާސް ދުއިސައްތަ ނުވަދިހަ ފަސް ރުފިޔާ( އާއި އެލެވަންސް، އިސްތިއުނާފުކުރި ފަރާތި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މި މައްސަލަ ނިމޭ ދުވަހާއި ހަމައަށްޖެހޭ ފައިސާ ދިނުމަށާއި، އިސްތިއުނާފު ކުރާ ފަރާތުގެ ވަޒީފާ އަނބުރާ އިއާދަކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގައި ޙުކުމްކުރުން." އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާގުޅޭ
18މޫސާ އަންވަރުއަކީ ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 271 ވަނަ މާއްދާގެ )ނ( ގެ 6.1 އަދި
6.4 އަށް ރިޢާޔަތްކޮށް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ނ( ގެ 3 ވަނަ ނަންބަރުގެ ދަށުން 16 މާރިޗު 2021 ގައި، އެ ފަރާތުން އަދާކުރަމުންދިޔަ […] މަދަރުސާގެ ސްކޫލް އެޑްމިނިސްޓްރޭޓަރގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން
19މޫސާ އަންވަރު ވަޒީފާއިން ވަކިކުރެވުނީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން 2017 ވަނަ އަހަރުގެ ފައިސާގެ ހިސާބުތައް އޮޑިޓްކޮށް އެކުލަވާލައި، 12 ޖުލައި 2018 ގައި އެސްކޫލަށް ހަވާލުކުރެވުނު "އޮޑިޓް މަޝްވަރާ ކަރުދާސް" ގައި ފާހަގަކޮށްފައިވާ މައްސަލަތައް އިސްލާހުކުރުމަށި ދީފައިވާ ލަފަޔާ އެއްގޮތަށް އިސްލާހުކޮށްފައިނުވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގައި އެ ސްކޫލްގައި ކުރިއަށްގެންދިޔެ"އިންޓަރނަލް އޮޑިޓް" އިން ފާހަގަވުމާ ގުޅިގެން، އިސްތިއުނާފުކުރާ ފަރާތް ހިމެނޭހެން އެ ސްކޫލްގެ 3 މުވައްޒަފެއްގެ ބަޔާން ނަގައި، ތައްޔާރުކުރެވުނު "މ.އަތޮޅު މަދަރުސާގެ އިންޓަރނަލް އޮޑިޓްގައި ފާހަގަކުރެވުނު ކަންކަން އިތުރަށް ބެލި ބެލުމުން ފެނުނު ގޮތުގެ ރިޕޯޓް" ގެ މައްޗަށް ބިނާކޮށް ކަމަށާއި، ރިޕޯޓާއި، އެ ރިޕޯޓާ ހަވާލާދީމޫސާ އަންވަރު ދީފައިވާ ބަޔާނަށް ރިޢާޔަތްކުރާއިރު، އޭނާ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާކަނ ސާފުކޮށް އެނގޭކަމާއި، މޫސާ އަންވަރު ވަޒީފާއިން ވަކިކުރެވުނީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކަންކަން “balance of probability” ނުވަތަ ބޮޑަށް ބުރަވެވޭ މިންގަނޑުން ތަހުގީގަށް ސާބިތުވެފައިވާތީކަމަށްވެސ ސިވިލް ސަރވިސް ކޮމިޝަނުން
20މޫސާ އަންވަރުގެ ބަޔާނުގައި ކިޔައިދީފައިވާ ކަންކަމަށް ބަލާއިރު، އެ ކަންކަމަކީ ވަކި ޚާއްސަކަމަކާ ގުޅޭ ގޮތުން އެ ފްރާތާ ކުރެވުނު ސުވާލުތަކަކާއި އެ ކަންކަމާ ގުޅޭގޮތުން އެ ފަރާތުން ދީފައިވާ ޖަވާބުތަކެއް ހިމަނާ ލިޔެފައިވާ ބަޔާނެއްކްން އެނގޭކަމާއި، "މ.އަތޮޅު މަދަރުސާގެ އިންޓަރނަލް އޮޑިޓްގައި ފާހަގަކުރެވުނު ކަންކަން އިތުރަށް ބެލި ބެލުމުން ފެނުނު ގޮތުގެ ރިޕޯޓް" ގައި ފާހަގަކޮށްފައިވާ ކަންކަމާއި މޫސާ އަންވަރުގެ ބަޔާނަށް ބަލާއިރު، ބަޔާނަކީ އިދާރީ ތަހުގީގ ހިންގުނު ދާއިރާގެ ތެރެއިން ކުރެވުނު ސުވާލުތަކެއްގެ މައްޗަށް ދީފައިވާ "ތަހުގީގީ" ބަޔާނެއްކަން ސާފުކޮށް އެނގޭކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މޫސާ އަންވަރުގެ ބަޔާނުގައި ދީފައިވާ ޖަވާބުތަކަށް ބަލާއިރު، ސުވާލު ކުރެވުނު ކަންކަމަކީ އ ފަރާތުން ކުރަމުން އައި ކަންކަން ކަން އެނގޭކަމާއި، އަދި އެ ކ ންކަމުގައި އިހުމާލުވެފައިވާކަން އެނގޭކަމާއި، ބަޔާނުގެ އެއްވެސް ހިސާބެއްގައި އެ ސުވާލު ކުރެވުނު ކަންކަމަކީ އެ ފަރާތުން އަދާކުރަމުން ނުދާ ނުވަތަ އ ފަރާތާ ހިއްސާކޮށްފައިނުވ މަސްއޫލިއްޔަތަކާ ގުޅާ ކަމެއް ކަމުގައި އެ ފަރާތުން ބުނެފައި ނުވާކަން ބަޔާނަށް ބެލުމެން އެނގޭކަމާއި، […] މަދަރުސާގެ އިދާރީ އެންމެ އިސް މުވައްޒަފުގެ މަގާމުގައި ހުރީ މޫސާ އަންވަރުކަމަށް ވެފައި، އެ ފަރާތުގެ ބަޔާނުގައި ހުރި ކަންކަމަށާއި، މައްސަލައިގައި ނަގާފައިވާ އީމަދަރުސާގ އިދާރީ މުވައްޒަފުންގެ ބަޔާންތަކުން ފައިސާގެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ އެންމެ އިސްފަރާތަކ އިސްތިއުނާފުކުރެ ފަރާތާ ކަމާއި އަދި ފައިސާއާ ގުޅޭ ކަންކަމުގެ ހުރިހާ ޒިންމާއެއް ނަގަންޖެހެނީ ވެސް އ ފަރާތުންކަން އެނގެން އޮންނަކަމަށް ފާހަގަކޮށްފައިވެއެވ.
21އިސްތިއުނާފުކުރާ ފަރާތުން ތަހުގީގު ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިނުވާކަމަށް ބުނި ނަމަވެސް، އެ ފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަމާއި، ބަޔާން ނެގި ފަރާތުންވެސް އ ބަޔާނުގައި ސޮއިކޮށްފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކށްފައިވެއެވެ.
2201 ފެބުރުވަރީ 2015 ގައި މޫސާ އަންވަރު ސޮއިކޮށްފައިވާ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގެ ވަޒީފާގެ ބަޔާނުގައި، އިދާރީ މުވައްޒަފުންގެ މަސައްކަތްތައް ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސާފައިވާ އުޞޫލުން ސުޕަވައިޒްކޮށް، ސްޓާފް އެޕްރައިޒަލް ފޯމުތައް ފުރާ މާކްސްދީ އްޕްޑޭޓް ކުރުމާއި ސްކޫލުގެ އިދާރީ ކަންކަން ދުވަހުން ދުވަހަށް ހިނގާނޭގޮތް ރާވައި އެކަންކަމާބެހޭ މުވައްޒަފުން ލައްވާ އެ މަސައްކަތްތައް ކުރުވުމާއި، ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތަށް ސްކޫލްގެ މުދަލާއި ފައިސާ ބެލެހެއްޓޭނ ގޮތެ ރާވައި އެކަނ ހިންގުމާއި، ސްކޫލަމުވައްޒަފުންނަށ ފަސޭހައިން ޚިދުމަތްތައް ލިބޭނެގޮތާއި ސްކޫލްގެ ވަޞީލަތްތައް ބޭނުންކުރެވޭނ ގޮތެ ހަމަޖައްސާ ކަމާބެހޭ މުވައްޒަފުން ލައްވާ އެކަން ކުރުވުން، މަސްއޫލިއްޔިތގެ ތެރޭގައި ބަޔާންކޮށްފައިވާކަމާއި، އަދި 30 ޖުލައި 2015 ގައި މޫސާ އަންވަރުގެ މަޤާމު ސްކޫލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ބަދަލުކުރެވިފައިވަނީ އިސްވެ ދެންނެވުނު މަސްއޫލިއްޔަތުތަކާ އެކުގައި ކަމާއި، އެ މަޤާމަށް ބަދަލުވި ތާރީޚުން ފެށިގެންވެސް މޫސާ އަންވަރު އަދާކުރަމުން ގޮސެފައިވަނީ އެ މަސްއޫލިއްޔަތުތައް ކަމާއި މިކަން އިސްވެ ފާހަގަކުރި ކަންކަމާއި، މޫސާ އަންވަރުގެ ބަޔާނާއި، މައްސަލައިގައި ނަގާފައިވާ އެހެން މުވައްޒަފުންގެ ބަޔާންތަކުންވެސ އެނގެން އޮންކަމަށ ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
23ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމާ ގުޅޭގޮތުން، 12 ޖަނަވަރީ 2020 ގައީ މޫސާ އަންވަރުގެ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށ ހުށަހެޅް ލިޔުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، "...އިޞްލާހ މަސައްކަތް ފަށާފައިވާނެ..." ކަމަށާއި، "...ޒޯން ކޯޑިނޭޓަރާ މަޝްވަރާކުރި..." ކަމަށާއި، "...މިނިސްޓްރީއަށް އަންގާފައިވާނ "... ކަމަށާއި، "...ފަރުހާދު މުޙައްމަދަށް ބަޖެޓުގެ މަސައްކަތް ހަވާލުކުރި..." ކަމަށާއި، "...އޭރުވެސް ދިޔައީ އިސްލާހު ކުރަމުން..." ކަމަށާއި، "...މަޝްވަރާ ކަރުދާހުގެ ހަތްދިހަ ފަހެއް އިންސައްތަ އިސްލާހިކުރެވިފައިވާ..." ކަމަށާއި، މ..." ކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގޮސްފައި ނުވަނީ ފަރުހާދ މުޙައްމަދު އޮފީހަށް ނުކުތުން ހުންނަ ގޮތުންނާއި މަސައްކަތުގައި ފަރުވާކުޑަކަމުން..." ކަމުގައި ބުނެފައިވާކަން އެނގޭއިރު،މިކަންކަމަށް ބެލުމުން، މައްސަލައިގައި ސުވާލުކުރެވުނު އަދި އެ ފަރާތް ވަޒީފާއިން ވަކިކުރުމަށް މެދުވެރިވި ކަންކަމަކީ އެ ފަރާތުން ކުރަމުންދިޔަ މަސައްކަތްތަކެއް ކަން ސަރީޙަކޮށް އެނގެން އޮތްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
24ޓްރައިބިއުނަލްގެ ނިންމުމުގައި، މައުޟޫއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ކަނޑައަޅާފައިވަނީ، ލިޔެކިޔުންތަކުނ ފެންނަން ހުރް ޙަޤީޤަތްތަކެއްގެ މައްޗަށް ބުރަވެ، އެ ޓްރައިބިއުނަލްގެ ގަވާއިދާއި، މިކަމ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2010/HC-A/24 ޤަޟިއްޔާއާއި ނަންބަރު 2011/HC-A/134 ޤަޟިއްޔާއާއި ނަންބަރު 2012/HC-A/280 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
ދެވަނަ ނުކުތާއާގުޅޭ
25ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ސިވިލް ސަރވިސް ކޮމިޝަނުން ހުށަހެޅި ފުރަތަމަ ބަޔާނާއި ދެވަނަ ބަޔާނުގައިވެސް، އިސްތިއުނާފުކުރާ ފަރާތުގެ މަގާމު އެޑްމިނިސްޓްރޭޓަރގެ މަގާމަށް ބަދަލުކުރެވިފައިވަނ 1 ފެބުރުވަރީ 2015 ގައި ސޮއިކުރެވިފައިއެވާ ޑެޕިއުޓީ ޕްރިންސިޕަލްގެ މި ގާމުގެ މަސްއޫލިއްޔަތުތަކާއެކުކަމަށަ ބަޔާންކޮށްފައިވާއިރު އެ ކަންކަމަށް މޫސާ އަންވަރު އިންކާރުކޮށްފައި ނެތްކަން އެ ފަރާތުން ހުށަހެޅ ލިޔުންތަކުންއެނގޭކަމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 10.2 ވަނަ ނަންބަރުގައި އެފަދައިން ކަނޑައަޅާފައިވަނީ، މައްސަލައިގައި ހުށަހެޅުނު ލިޔުންތަކުގެ މައްޗަށް ބިނާކޮށްގެންކަން އެނގޭކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބަޔާންކޮށްފައިވެއެވެ.
26މޫސާ އަންވަރުގެ ފަރާތުން ތަހުޤީޤަށް ދީފައިވާ ބަޔާނާއި، ޖަވާބުދާރީވުމުގެ ފުރުސަތަށް ބަލާއިރު، މި ބުނުމަށް ބާރުލިބޭ ކަމާއި، އެގޮތުން، އޭރު، މޫސާ އަންވަރުގެ ފަރާތުން އަދާކުރަމުންދިޔަ މަސްއޫލިއްޔަތުތަކެއ ކަމަށް އިންކާރުކޮށްފައިނުވާކަމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ލިޔުންތަކާއި، އިސްތިއުނާފު ފޯމުގައިވެސް، އ ކަމަށެ ރިޢާޔަތްކޮށްފައިނުވާކަމާއި، ވަޒީފާގެ ބަޔާނެއް ހަވާލުކޮށްފައި ނެތްކަމަށް ބުނެ، އެ ފަރާތުން އަދާކުރާ މަސްއޫލިއްޔަތަކީ އެ ފަރާތުން އަދާކުރަންނުޖެހޭ މަސްއޫލިއްޔަތެއް ކަމުގައި ބަލާނެ ހަމައެއް ނެތްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
27މި މައްސަލައިގައި، މޫސާ އަންވަރު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް މެދުވެރިވެފައިވާކަމަށާއި، މައުޟޫޢީ ޢަދުލުވެރިކަން ގާއިމުކޮށްފައިވާކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/24 ޤަޟިއްޔާ، ނަންބަރު 2011/HC-A/134 ޤަޟިއްޔާ އަދި ނަންބަރު 2012/HC-A/280 ޤަޟިއްޔާގައ ކަނޑައަޅާފައިވި ގޮތުގެ މަތިން ކަމަށާއި، ސަރުކާރުގެ މުދަލާއި، ފައިސާއާއި، އޮފީހުގެ އެންމެހައި ވަޞީލަތްތައް ބޭނުން ކުރުމުގައި އެއިން އެއްޗަކަށް ގެއްލުންވެދާނެފަދ ގޮތަކަށް މޫސާ އަންވަރު ޢަމަލުކޮށްފައިވާކަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރިއަށް ގެންދިޔަ އިންޓަރނަލ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާކަމާއި، އެކަމާ ގުޅިގެން އިތުއަށް އެ މައްސަލަ ބަލައި އެކުލަވާލެވުނު "މ.އަތޮޅު މަދަރުސާގެ އިންޓަރނަލް އޮޑިޓްގައި ފާހަގަކުރެވުނު ކަންކަން އިތުރަށް ބެލި ބެލުމުން ފެނުނުގޮތުގ ރިޕޯޓު"ން ފައިސާގެ ކަންކަމާއި، އިދާރީ މަސްއޫލިއްޔަތު އަދާކުރުމުގައްއިސްތިއުނާފުކުރާ ފަރާތުން އިހުމާލު ވެފައިވާކަނ ބޮޑަށް ބުރަވެވޭ މިންގަނޑުން ބަލާއިރު ސާބިތުވާކަމާއި، މައުޟޫއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ކަނޑައަޅާފައިވަނީ މި ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކޮށްގެންކަން ވަޒީފާއާބެހޭ ޓްރައިބިއުނަލގް މައްސަލެ ނިމެނީ ގޮތުގު ރިޕޯޓގު 9 އަދި 10 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން އެނގެން އޮންނަކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް
28ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އެދިފައިވަނީ: "އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 139/VTR/2021 މައްސަލައިގައ އިސްތިއުނާފި ރައްދުވު ފަރާތާ ވަޒީފާއިން ވަކިކުރި ކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން ގާއިމްކޮށްފައިވާކަމަށް ކަނޑައަޅީ އ، އެ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން ގާއިމުކޮށްފައިވުމުގެ ސަބަބުން އެފަރާތުގެ ވަޒީފާ އަނބުރާ އިއާދަކުރެވޭނެތަނެއް ނެތްކަމުގައި ކަނޑައަޅައި، އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނެތަތީ، ގާނޫނު ނަންބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު( ގ 87 ވަން މާއްދާގަ )ށ( އަށް ރިޢާޔަތްކޮށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ފަރާތް އަދާކުރަމުންދިޔަ ވަޒީފާގެ މުސާރައިގެ ނިސްބަތުން 6 )ހައެއް( މަސްދުހަށްވާ މުސާރަ ނަގައިދިނުމަށް އެ ޓަރްއިބިއުނަލުން ކަނޑައަޅާފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 އާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ވަޒީފާއާބެހޭ ޤާނޫނި އ މަތި މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ކަނޑައަޅުއްވައި ދެއްވައި، ދެންނެވުނު ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމުގައި ކަނޑައަޅުއްވައިދެއްވައި މައްސަލަ ނިންމަވައިދެއްވުމަށެވެ." ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން
29މ އިސްތިއުނާފުގައި އިސްތިއުނާފި ދީ ނުކުތެ ހުށަހަޅާފައިވެއެވެ. ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވަނީ، ޓްރައިބިއުނަލުން މައްސަލަ ބަލާފައިވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާއި ޚިލާފަށްކަމަށެވެ. ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވަނ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް މައްސަލަ ބެލުމުގައި ޢަމަލުކޮށްފައިވާކަމަށެވެ. މި ދެ ނުކުތާގެ ތަފްސީލަށް ބެލިއިރު، މޫސާ އަންވަރުގެ ފަރާތުން ފާހަގަކުރާ މައިގަނޑު ޝަކުވާއަކީ، އޭނާ އަދާކުރަމުންދިޔަ ވަޒީފާގެ މަސްއޫލިއްޔަތުތަކާ މަޤާމަށް ބަދަލު ގެނެސް އޭނާއަށް ވަޒީފާގެ ބަޔާނެއް ހަވާލުކޮށްފައިނުވާތީފަހުނ ބަދަލުކުރެވުނު މަޤާމުގެ މަސްއޫލިއްޔަތާ ގުޅިގެން އޭނާގެ މައްޗަށް ފިޔަވަޅެއް ނޭޅޭނެ ކަމަށް އޭނާގެ ފަރާތުނ ދެކި، އެކަން ޓްރައިބިއުނަލްގައި ފާހަގަކުރުމުން، ޓްރައިބިއުނަލުން އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށްބުނ ކުރާ ޝަކުވާއެއް ކަމަށް އަހުރެންނަށް ދޭހަވެއެވެ.
ވަޒީފާ ބަޔާން ހަވާލުކޮށްފައިނުވުން
30HN3މޫސާ އަންވަރުގެ ވަޒީފާ ބަޔާނެއް މި މައްސަލައާއެކު ޓްރައިބިއުނަލަށް ހުށަހަޅާފައިވާކަން މައްސަލައިގެ ލިޔުންތަކުން ފެންނަން އެބައޮތެވެ. އެ ވަޒީފާ ބަޔާނުގައި، ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީޚަކީ، 01 ޖަނަވަރީ 2015 އެވެ. މަޤާމުގެ ނަމަކީ، ޑެޕިއުޓީ ޕްރިންސިޕަލްއެވެ. މޫސާ އަންވަރުގެ ވަޒީފާ ބަދަލުކުރިކަން ވެސް، މައްސަލައިގެ ލިޔުންތަކުންނާއި ޓްރައިބިއުނަލްގެ ނިންމުމުން އެނގެއެވެ.ސިވިލ ސަރވިސް ކޮމިޝަންގެ ނަންބަރ (3)00873/CSC/2018 "ވަޒީފާ ބަދަލާ ކުރެއްވި ޗިޓް") 22 އޮކްޓޫބަރު 2018( އަށް ބަލާއިރު، މޫސާ އަންވަރު އަދާކުރަމުންދިޔަ ޑެޕިއުޓީ ޕްރިންސިޕަލް އެޑްމިނިސްޓްރޭޝަންގެ މަޤާމުން، ސްކޫލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް، 30 ޖުލައި 2015 އިން ފެށިގެން ބަދަލުކުރިކަން އެނގެން އޮވެއެވެ.
31ޓްރައިބިއުނަލްގެ ނިންމުމުގެ ނަންބަރު 10.2 ގައި ބަޔާންކޮށްފައިވަނީ؛ "މ މައްސަލައި ގުޅިގެނާ މައްސަލް ރައްދުވަ ފަރާތުން ހުށަހަޅާފައިވާ "ވަޒީފާ ބަޔާން" އަކީ މައްސަލަ ހުށަހެޅި ފަރާތް ޑެޕިއުޓީ ޕްރިންސިޕަލެއްގެ މަގާމަށ 01 ފެބުރުވަރީ 2015 ގައި ސޮއިކޮށްފައިވާ ވަޒީފާގެ ބަޔާނެއްކަން އެނގެން އޮތްއިރު، މައްސަލަ ރައްދުވި ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 11 އޮގަސްޓް 2021 ގައް ހުށަހަޅާފައިވި "ސިވލިސަރވިސް ކޮމިޝަނުން ހުށަހަޅާ ފުރަތަމަ ބަޔާން" އިން މައްސަލަ ހުށަހެޅި ފަރާތުގެ މަގާމު އެޑްމިނިސްޓްރޭޓަރގެ މަގާމަށް ބަދަލުކުރެވިފައިވަނ ސޮއިކުރެވިފައިއެވާ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގެ މަސްއޫލިއްޔަތުތަކާއެކުކަމަށް ބަޔާންކޮށްފައިވާއިރު، މައްސަލަ ހުށަހެޅ ފަރާތުން އެކަމަށް އިންކާރުކޮށްފައިނުވާކަން ފާހަގަކުރެވެއެވެ."
32HN1HN2މޫސާ އަންވަރުގެ ފަރާތުން ޓްރައިބިއުނަލްގައިވެސް، މިކޯޓުގައިވެސް އުފައްދަން ގަސްދުކުރާ ބަހުސަކީ،އޭނާ އަދާކުރަމުންދިޔަ، ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުން، އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ބަދަލުކޮށް، ވަޒީފާގެ ބަޔާނެއް ދީފައިނުވާތީ، އޭނާއަށް އޭނާގެ މަސްއޫލިއްޔަތު ސާފުނުވާކަމަށް ބުނެ އުފައްދަން ގަސްދުކުރ ބަހުސެއްކަމަށ އަހުރެންނަށް ބެލެވެއެވެ. މޫސާ އަންވަރެދެކެނީ، ކުރިން އޭނާއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް ބަދަލުވެގެން އައު ވަޒީފާގެ ބަޔާނެއް ދީފައިނުވާތީ، އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުގ ތެރެއިން އޭނާ މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް، އޭނާއާ މެދު ފިޔަވަޅެއް އެޅޭނެ އެއްވެސ ހައިސިއްޔަތެއް، ވަޒީފާ ބަޔާނެއް ހަވާލުކޮށްފައިނުވާތީ ސިވިލް ސަރވިސް ކޮމިޝަނަށްނޯންނާނެކަމަށެވެ. އަހުރެންނަށް މޫސާ އަންވަރުގެ މި ވިސްނުމާ އެއްބަހެއް ނުވެވެއެވެ. މޫސާ އަންވަރުގ ވަޒީފާގެ މަޤާމަށް ނުވަތަ މަޤާމުގެ ނަމަށް ބަދަލު ގެނައި ނަމަވެސް، އޭނާއަށް އައު ވަޒީފާ ބަޔާނެއް ދީފައި ނެތް ހާލަތުގައި، އޭނ ސޮއިކޮށްފައިވާ ވަޒީފާ ބަޔާނުގައި ހުރި މަސްއޫލިއްޔަތުތައް އޭނާގެ ކިބައިނެވަގުތުނ ކެނޑިގެންދާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. މޫސާ އަންވަރު ފާހަގަކުރާ ފަދައިން، މަޤާމުގެ ނަން ބަދަލުވުމުން، ނުވަތަ މަޤާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލެއް އައިސްފިނަމަ، އެންމެ ރަނގަޅު ގޮތަކީ، އޭނާއަށް އައު ވަޒީފާ ބަޔާނެއް ދީ ސޮއިކުރުވުނ ކަމަށް އަހުރެންނަށް އެއްބަސްވެއެވެ. އެހެންނަމަވެސް، އައު ވަޒީފާ ބަޔާނެއްދީ ސޮއިކޮށްފައި ނެތް ނެތުމުގެ މައްޗަށް އެކަނި ބަލައި، މޫސާ އަންވަރު ފާހަގަކުރާ ފަދައިން އޭނެއ މެދާ ފިޔަވަޅެއް އެޅުމުގާ ފުރުސަތެއް ނޯންނާނކަމަށ ބަލަންޖެހޭ ޤާނޫނީ ހަމައެއް މޫސާ އަންވަރުއަށް ބުނެދެވިފައިވާކަމަށް އަހުރެން ނުދެކެމެވެ.
33HN4މޫސާ އަންވަރުގ އިސްތިއުނާފެ ދީ ނުކުތާވެސް ބިނާކޮށްފައިވަނީ، އިސްވެ ފާހަގަކުރެވުނު ވަޒީފާގެ ބަޔާން ހަވާލުކޮށްފައިނުވާކަމަށް ފާހަގަކުރި ކުރުމަށް ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާތަކެއްގެ މައްޗަށުކަމު ގައި އަހުރެންނަށް ފާހަގަވާއިރި، ޓްރައިބިއުނަލްގެ ނިންމުމގައަ އެކަމަށް ރިޢާޔަތްކޮށްފައިވާކމާއ އަދި ރިޢާޔަތްކޮށްފައިވާ ގޮތް ބަޔާންކޮށްފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ. މޫސާ އަންވަރު ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތް ކާއަ އެ ނުކުތާތަކުގެ ތަފުސީލުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލައި ޓްރައިބިއުނަލުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް މޫސާ އަންވަރަށ މިކޯޓުގައި ބަޔާންކޮށްދެވިފައިވާކަމކަށ އަހުރެން ނުދެކެމެވެ.
ނިންމަން ފެންނަގޮތް
34ބުނެވިދިޔ ކަންކަނަ އެގޮތުގައި ހުރުމުން، އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި ޓްރައިބިއުނަލުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރަޢުޔު
35އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރާއަޔަށް ތއދުކުރަމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރހާ މގް ރަޢުޔު
36އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރާއަޔަށް ތއދުކުރަމެވެ. ,.,.,-,.,- ✓✓-, (.,..,...; ;;.;, ,rv-ol"r r ,;-,.,- ,e,,,.-,..r,r (✓) p ? UC _,, 0,,,. C 1Z:OZ!Z£ ;; C + .,,. C, f,:["{) , v 8Z ? 097 ; ,: ,.,-,.,- ✓✓-, (;~,; ,,,,,.;,.,.,..,,,,.,:,,rr f ;{'"{) r ,;-,.,- .,..,..,.-r (--- ) +CC C l Z:OZ/Z£ C? .,,. C "I , t,8Z ; ; +o?, ; c ,i/,,. ,.,-,.,-CCC ✓✓-, l Z:OZ / Z£ (.,.,,,.; ; .; vi'C ?,r'vpl'.r "'C 7 f -;';"{) ,r t,8Z ,;-,.,- .evr""r ( -- ) + o-,:,, .,, ,.. ? f ✓"; u';,I" Y',----4V ✓ Ci),_/ f ✓ { v-,,r Y,-4,,/ ,-:,4 -;,-V .,, ?C C ,.. 0 ,.. C ,- ?C~~ ,- C - • ~~ ,,,,. ,,, ~ C V,.....-4+ eo/ ;:,-If";. ;,l"vi) .r vvoFr,: ✓ Y'ACA ✓ TC6• ,,.o ,,,,,,,, , , ~on, 0 ~ C O C C O XO ? ? ,.. ✓✓ CC ✓ eor./+v .r ✓✓✓ oF✓ V ✓ oFAC ✓ TZOZ / KLA / 6£1 OC/0 //?O ,o~, .,,,.,o ,o,,.,o ,.. .,, ~ .,,.,,,, V,.....-46 eou'✓ A;,l"lf" ✓ A ✓ A ✓ v.roF.r CoF✓ /;,l"C ✓, ,f"i) fveo/ .;;J;,l"veov ✓+.r 0? /~ 0 C ? C C / 0 / 0 ? XC? .,,. 0 CCC 0 _,, ~~,,, O.,,. C /0? .,, ,.. ;,I" Y.;;J ✓ eo ✓A ✓ If",.....-4 ;;.,.....-4:;.V ✓ T✓ / ✓ /:;.,✓ V6 • c)/0 ~XO? 0 0 C ~ /0 C ,,,,. 7 ~ ? ? ? t, ? :-ra1 Y"lf"+A ;,I" o,f';,1",<,f", c) C .,,,.~CC ~ ~ ? ? £ ,_/,f" /,f° · V;:,- V C vr./o,f',r ,<~C ✓✓✓ Y'6+A ✓ T::. ✓ lf" ✓C, ::.-:;.V ✓ TA;,l"C.r C,,,,77 Z: ? CO.,,,.C? ,,,, OC0,'0 .,,..~CXO/ C~// 0 C~CCCC? ,.. ,.. ,.. ,.. /VAoJ ✓ C F.~Vu' ✓✓C ,- c) C O .,,. 0~ 0~ ,.. ,.. V,----4oFV ✓ TA;,l"C ✓ o c~ccc.,,,.o ,, ,, ,, .,, ,, F. ,..;; i,- if ;-If:. ,,rV iJ r /VAoJ ✓ ✓✓CC ✓, V,----4oFV ✓ TA ;,l"C ✓ ,,,. o~ , ,ip.on, , c)CO OCCO 0 C~CCC/0 .,,. .,,. .,,. .,,. ,_._.,.,_._, ~A ~Cr ,,.;, ~... .,. •ll',./,1../r./,.J",.J" o c_.cccc, c_,,c ,_.oxo co -.;-4,~oS'"' ~,c",,J'; S"v° Il _, _,O C C XO
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2015/R-20 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު) ގެ 39 ވަނަ މާއްދާ
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 76 ވަނަ މާއްދާ (ހ)، (ނ)
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 271 ވަނަ މާއްދާގެ (ނ)
- ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.