ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ސިއްރުކުރެވިފައި
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ޖުވަނައިލް ކޯޓު 15/Jv-C/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޖުވެނައިލް ކޯޓުގެ ނަންބަރު 15/Jv-C/2020 ޤަޟިއްޔާގައި ނިންމި ނިންމުން (ތަފްސީލު ރިޕޯޓުގައި ނުހިމެނެއެވެ).
- ވާޤިޢާ
- ޖުވެނައިލް ކޯޓުގެ ނަންބަރު 15/Jv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 2022 ވަނަ އަހަރު ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެއަށްފަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސިޓީއެއް ފޮނުވައި މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޤަޟިއްޔާ އަނބުރާ ފޮނުވައިދިނުމަށް އެދި އިސްތިއުނާފުކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސިޓީ ފޮނުވާފައިވާ ޙާލަތުގައި، އިސްތިއުނާފުގެ ދަޢުވާ ފޯމާމެދު ހައިކޯޓުން ކަނޑައަޅާނީ ކޮން ގޮތަކަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް ހުށަހެޅި 6 މީހުންގެ މައްޗަށް ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށް ސާބިތުނުވާކަމަށް ކަނޑައެޅުމުން، މަސްތުވާތަކެތި ހުރި ޑިންގީ ދިވެހިރާއްޖެއިން ބޭރުން އައިކަން ސާބިތުކޮށްދެވޭ މިންވަރަށް ހެކި ނެތީތީ އެ ދަޢުވާ އިސްތިއުނާފުނުކުރަން ނިންމިކަމަށާއި، އެހެންކަމުން ޖުވެނައިލް ކޯޓުގެ ނިންމުން ބަދަލުކުރެވިދާނެކަމަށް ނުފެންނާތީ މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދޭކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އިސްތިއުނާފުކުރި ފަރާތުން މައްސަލަ އަނބުރާ ފޮނުވައިދިނުމަށް ސިޓީ ފޮނުވާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާގެ ދަށުން ޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލުކުރިއެވެ.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޤަޟިއްޔާ އަނބުރާ ފޮނުވައިދިނުމަށް އެދުނީތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާގެ ދަށުން ދަޢުވާ ފޯމު ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުﷲ ޖަމީލް މޫސާ، ޙުޒައިފާ މުޙައްމަދު (ރިޔާސަތު)، ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ފަރާތްތަކާއި ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި މި ލިޔުމުން ބައެއް ނަންތަކާއި ތަފްޞީލު ފޮރުވާފައިވޭ.
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
ދިވެހިރާއްޖޭގެ ހައިކޯޓު
މާލެ، ދިވެހިރާއްޖެ
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2022/HC-A/233
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 09 އޮގަސްޓު 2022
* ބާޠިލުކުރި ތާރީޚް: 25 ނޮވެންބަރު 2026
4އިސްތިއުނާފް ކުރި ފަރާތް:
* ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ފޯނު ނަންބަރު:
* ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: -
* ވަގުތީ އެޑްރެސް: […]
* ދާއިމީ އެޑްރެސް: […]
5އިސްތިއުނާފް ރައްދުވި ފަރާތް:
* ފުރިހަމަ ނަން: ޖއމ
* ފޯނު ނަންބަރު: -
* ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: [REDACTED]
* ވަގުތީ އެޑްރެސް: [REDACTED]
* ދާއިމީ އެޑްރެސް: [REDACTED]
6ހުށަހެޅިފައިވާ މައްސަލަ:
ޖުވެނައިލް ކޯޓުގެ ނަންބަރު 15/Jv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް:
ޖުވެނައިލް ކޯޓުގެ ނަންބަރު 15/Jv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ މި ކޯޓުން ބަލަމުންދަނީ މި ކޯޓުގެ ނަންބަރު 2022/HC-A/233 ޤަޟިއްޔާއިންނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/233 ޤަޟިއްޔާ އަނބުރާ ފޮނުވައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި ކޯޓަށް ސިޓީ ފޮނުވާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/233 ޤަޟިއްޔާގެ ދަޢުވާ ފޯމު، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު (ރިޔާސަތު)
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފުޓްނޯޓު
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2026/271 (22 ނޮވެންބަރު 2026) ސިޓީގައި ބަޔާންކުރަނީ މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި ފަހުން، މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް ހުށަހެޅި 6 (ހައެއް) މީހުންގެ މައްޗަށް ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށް ސާބިތުނުވާކަމަށް ކަނޑައެޅުމާއި ގުޅިގެން، އެ ދަޢުވާ އިސްތިއުނާފުނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ނިންމާފައިވަނީ މަސްތުވާތަކެތި ހުރި ޑިންގީ ދިވެހިރާއްޖެއިން ބޭރުން އައިކަން ދައުލަތަށް ސާބިތުކޮށްދެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާކަމަށް ނުފެންނާތީކަމަށާއި، މި ކަން މިހެން އޮތުމުން މި މައްސަލައިގައި އޮތް ޖުވެނައިލް ކޯޓުގެ ނިންމުން ބަދަލުކުރެވިދާނެކަމަށް ނުފެންނާތީ މި މައްސަލަ އަނބުރާ ފޮނުވައިދިނުމަށެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.