މުޙައްމަދު ޔޫސުފް މޫސާ ވ. އިބްރާހީމް ޝަފީގު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2022/HC-A/23
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- 19 އޮކްޓޫބަރު 2017 ގެ އެއްބަސްވުމުގައި މުޤާބިލެއް ނެތުމުން އެއީ ތަންފީޛުކުރެވޭނެ ޞައްޙަ އެއްބަސްވުމެއް ނޫންކަމަށް ސިވިލް ކޯޓުން ކަނޑައެޅުމާއި، އިސްތިއުނާފުކުރި ފަރާތުން ހާޟިރުކޮށްދިނުމަށް އެދުނު ހެކިވެރިޔާ (މާލިކް ޢަބްދުއްރައްޒާޤް) ގެ ހެކިބަސް ނުނަގައި މައްސަލަ ނިންމުން ރަނގަޅުތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުއަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހަމައެކަނި އެއް ފަރާތެއް ސޮއިކޮށްފައިވާ، އެއްބަސްވުމުގެ އެހެން ބައިވެރިން ސޮއިކޮށްފައިނުވާ ލިޔުމަކީ، އެކަނި ވަކިން ބަލާއިރު ކޮންޓްރެކްޓެއް ކަމުގައި ބެލެވިދާނެ އެއްބަސްވުމެއް ނޫނެވެ.
HN2 އެއްބަސްވުމެއްގައި މުޤާބިލެއް އޮތްތޯ ކަށަވަރުކުރެވޭނީ މުޢާމަލާތާ ގުޅުންހުރި މިލްކުވެރިކަމާއި ޙައްޤުތަކާ ބެހޭ ވާޤިޢާ ސާފުކުރުމަށްފަހުގައި ކަމުން، އެ ވާޤިޢާ ސާފުކުރުމަށް ފަރާތަކުން ހާޟިރުކޮށްދިނުމަށް އެދޭ ހެކިވެރިއެއްގެ ހެކިބަސް، އެކަމަށް ބާރުދޭ އިތުރު ހެއްކެއް ހުށަނޭޅޭނަމަ، ދަށު ކޯޓުން ނެގުން މުހިންމެވެ.
HN3 ތިންވަނަ ފަރާތުގެ ލިޔުމުގައިވާ ކަންކަން ޞައްޙަކަން ސާބިތުވެއްޖެނަމަ، ފައިސާ ދޭން އެއްބަސްވި ފަރާތުގެ އެދުމުގެ މަތިން އެ ފަރާތަށް ލޯނެއް ނެގުމަށް ގޯތީގެ ރަޖިސްޓްރީ ޙަވާލުކުރުމަކީ، އެ ފަރާތުން ފައިސާ ދޭން އެއްބަސްވުމުގެ މުޤާބިލެއް ކަމަށް ބަލަންޖެހޭނެއެވެ.
HN4 އެއްބަސްވުމަކީ ޤާނޫނީ ގޮތުން ތަންފީޛުކުރެވޭނެ އެއްބަސްވުމެއްތޯއާއި އޭގެ ދަށުން ފައިސާ ދައްކަންޖެހޭތޯ ބެހޭ ނުކުތާތަކާ މެދު އިސްތިއުނާފީ މަރުޙަލާގައި ގޮތެއް ކަނޑައެޅޭނީ، މައްސަލައިގެ ވާޤިޢާ ދަށު ކޯޓުން ސާފުކުރުމަށްފަހުގައެވެ؛ ވާޤިޢާ ކަށަވަރުނުކޮށް ނިންމާފައިވާނަމަ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަޙްވީލުކުރެވޭނެއެވެ.
HN5 ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮވެ ހުށަނޭޅާ ލިޔުމެއް (އެފިޑެވިޓެއް) އިސްތިއުނާފީ މަރުޙަލާގައި އަޑުއެހުން ނިމުމަށްފަހު ހުށަހަޅައިފިނަމަ، އެ ލިޔުމަށް ރިޢާޔަތް ނުކުރެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން މަޒީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފާޠިމަތު ފަރްހީޒާ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ ސިވިލް ކޯޓުގެ ނަންބަރު 4522/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މާލެ، […] މުޙައްމަދު ޔޫސުފް މޫސާ )ދރއ( ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކެމާލެ، […] އިބްރާހީމް ޝަފީޤު )ދރއ( އެވެ.
މައްސަލައިގެ ފަސްފަހަތް
2މާލެ، […] މުޙައްމަދު ޔޫސުފު މޫސާ އާއި މާލެ، […] އިބްރާހީމެ ޝަފީޤް އާ ދެމެދު 19 އޮކްޓޫބަރު 2017 ތާރީޚުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.މި އެއްބަސްވުމުގައި އިބްރާހީމް ޝަފީޤު އާއި މުޙައްމަދު ޔޫސުފް މޫސާ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ. އަދ މި އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓްރީކުރެވިފައިވެއެވެ.
3މި އެއްބަސްވުމުގެ "ތަޢާރަފް" މިބައިގައ އަންނަނިވި ކަންކަން ބަޔާންކޮށްފައިވެއެވެ.
3.1. […] އެވެ ކިޔާ ގޯއްޗަކީ މާލިކް ޢަބްދުއްރައްޒާޤް )( ގ ނަމުގައި އޮތް ގޯއްޗެއްކަން. . ސިވިލް ކޯޓަށް ޑޮކިއުމަންޓް 1 ގެ ގޮތުގައި ހުށަހެޅިފައިވާ 19 އޮކްޓޫބަރު 2017 ތާރީޚުގެ "އެއްބަސްވުން"
3.2. މާލިކް ޢަބްދުއްރައްޒް ޤް އާއި މުޙައްމަދު ޔޫސުފް މޫސާ އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުނ […] އެވެ ކިޔާ ގޯތި ވިއްކުމަށް ދެފަރާތުގެ ދެމެދު އެއްބަސްވެވި، މާލިކް ޢަބްދުއްރައްޒާޤު އަށް މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ގޯތި ވިއްކި ފައިސާ ލިބިފައިވާކަން.
3.3. ނ މަވެސް މާލިކް ޢަބްދުއްރައްޒާޤް ގެ ދަރަނިތަކެއް ހުރުމުގެ ސަބަބުން ގޯތީގެ ރަޖިސްޓްރީ މުޙައްމަދަ ޔޫސުފް މޫސާ އަށް ބަދަލު ނުކޮށް، މުޙައްމަދު ޔޫސުފް މޫސާގެ އަތުގައި […] އެވެކިޔ ގޯތީގެ ރަޖިސްޓްރީ ބޭއްވިކަން.
3.4. މާލިކް ޢަބްދުއްރައްޒާޤް ގެ ދަރަނިތައް މުޙެ އްމަދަ ޔޫސުފު މޫސާގެ ފަރާތުން އަދާކޮށްދެމުނ ގެންދާކަމާއި އޭގެ ތެރެއިން ބޮޑު ބައެއް އަދާކޮށް ނިމިފައިވާއިރު، ބާކީ ހުރި ދަރަނިތައް ކޮންމެ މަހަކު އަދާކޮށްދިނުމުގެ އިތުރުން މާލިކް ޢަބްދުއްރައްޒާޤް ސްރީލަންކާގައި ދިރިއުޅުމަށް އިނާޔަތެއް ދެމުން ގެންދާކަން.
3.5. އިބްރާހމީ ޝަފީޤް ގެ ފަރާތުން ބޭންކް އޮފް ސިލޯން )މާލެ ބްރާންޗް( އިން ލޯނެއް ނެގުމަށްޓަކައި ރަހުނެއ ބޭނުންވެގެން މުޙައްމަދް ޔޫސުފު މޫސާ ގާތުގައި އެދުނުހިނދު، މާލިކް ޢަބްދުއްރައްޒާޤު ގެ ރުހުމުގެ މަތިން، […] އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީ ބޭންކް އޮފް ސިލނުގައ ރަހުނުކޮށް، އިބްރާހީމް ޝަފީޤުވަނީ ލޯނެއް ނަގާފައިކަން.
3.6. ބޭންކް އޮފް ސިލޯނުން […] އަގުކޮށްފައިވަނީ 10,000,000/- )ދިހަ މިލިއަން ރުފިޔާ( އަށް ކަން.
3.7. އިބްރާހީމް ޝަފީޤް ލޯނު އެއްބަސްވުމާ އެއްގޮތަށްފައިސާ ނުދެއްކުމުގެ ސަބަބުން ބޭންކް އޮފް ސިލޯނުން […] އެވެ ކިޔާ ގޯތި ނީލަމުގައި 710,000/-$ )ހަތްލައްކަ ދިހަ ހާސް( އެމެރިކާ ޑޮލަރަށް ވިއްކާލފައިވާކަން.
3.8. މިކަންކަމާ ޙަވާލާދީ 20 ސެޕްޓެންބަރު 2017 ތާރީޚުގައި ކޮޅުނބުގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލެއް ހެކިކޮށް، މާލިކް ޢަބްދުއްރައްޒާޤް އަންނަނިވ ކަންކަމަށް އެއްބަސްވެ ސޮއިކޮށްފައިވާކަން.
3.8.1. […] އެވެ ކިޔާ ގޯއްޗަކީ މުޙައްމަދު ޔޫސުފް މޫސާ އަށް އެއްބަސްވުމެއްގެ ދަށުން ވިއްކާފައިވާ ގޯއްޗެއްކަމުން އެގޯތި ބޭންކް އޮފް ސިލޯނުން ވިއްކާލާފައިވީނަމަވެސް، އަދި ބޭންކް އޮފް ސިލޯނުން ކަހަނބުގެ ވިއްކާލާ 710,000/-$ )ހަތްލައްކަ ދިހަ ހާސް( އެމެރިކާ ޑޮލަރު އެއީ އެގޯތީގެ މާކެޓް އަގު ކަމުގައިވީނަމަވެސް އަދި ގޯތީގެ މާކެޓް އަގާއި މުޙައްމަދު ޔޫސުފް މޫސާ އަށް ވިއްކި އަގުގައި ފަރަގު ހުރިނަމަވެސް،މާލިކް ޢަބްދުއްރައްޒާޤް ގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާ އަށް ނުވަތަ އިބްރާހީމް ޝަފީޤްގެ މައްޗަށް އެއްވެސް ދަޢުވާއެއް ނުކުރުން.
3.8.2. ނަމަވެސެ ގެރެންޓަރުގެ ހައިސިއްޔަތުން ލޯނާ ގުޅިގެން މާލިކް ޢަބްދުއްރައްޒާޤް ޒިންމާ ކުރުވުމަށ ބޭންކް އޮފް ސިލޯނުން މަސައްކަތް ކޮށްފިނަމަ، މާލިކް ޢަބްދުއްރައްޒާޤު އަށް ލިބް ކޮންމެ ގެއްލުމެއްގެ ބަދަލު ހޯދުމަށް އިބްރާހީމް ޝަފީޤު ގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު މާލިކް ޢަބްދުއްރައްޒާޤު އަށް ލިބިގެންވާކަން.
3.8.3. ބޭންކ އޮފް ސިލޯނުން […] އެ އަގުގައި ވިއްކާލުމުން މުޙައްމަދު ޔޫސުފް މޫސާ އަށް އެ އަގުގެ ގެއްލުންވެފައިވާކަނ މާލިކް ޢަބްދުއްރައްޒާޤް ޤަބ ލުކުރާކަން އަދި އެފައިސާ އަކީ އިބްރާހީމް ޝަފީޤުގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާ އަށް ދެއްކުމަށް އެއްބަސްވާ ފައިސާކަމަށް މާލިކް ޢަބްދުއްރައްޒާޤް އެއްބަސްވާކަން. . މާލިކް ޢަބްދުއްރައްޒާޤް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާ ފައިވާ އެއްބަސްވުނ )20 ސެޕްޓެންބަރު 2017( ޑޮކިއުމަންޓް 2 ގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހެޅިފައިވެއެވެ. މި އެއްބަސްވުމުގައި އިބްރާހީމް ޝަފީޤް އާއި މުޙައްމަދު ޔޫސުފް މޫސާ ސޮއިކޮށްފައިނުވެއެވެ.
4މީގެ އިތުރުން އިބްރާހީމް ޝަފީޤުގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާއަށ 710,000/-$ )ހަތްލައްކަ ދިހަ ހާސް( އެމެރިކާ ޑޮލަރު ދެއްކުމަށާއި އެއީ ދަރަންޏެއް ކަމަށް 19 އޮކްޓޫބަރު 2017 ތާރީޚުގެ އެއްބަސްވުމުގައިއިބްރާހީމް ޝަފީޤުގެ ފަރާތުން އެއްބަސްވެފައިވެއެވެ. އަދި އެފައިސާ ދައްކާނީ އިބްރާހީމް ޝަފީޤް އާއު މުޙައްމަދު ޔޫސުފް މޫސާއާ ދެފަރާތުން މަޝްވަރާކޮށް އެއްބަސްވާގޮތުގެ މަތިންކަން އެއްބަސްވުމުގައި ބަޔާންވެގެން ވެއެވެ.
ސިވިލް ކޯޓުގައި ކުރެވުނު ދަޢުވާ
5އިސްވެ ބަޔާންކުރެވުނު 19 އޮކްޓޫބަރު 2017 ތާރީޚުގެ އެ އްބަސްވުމުގައިވ ގޮތަށާ އިބްރާހީމް ޝަފީޤެ މުޙައްމަދ ޔޫސުފު މޫސާ އަށް ދައްކަންޖެހޭ ފައިސާގް އެއްވެސ މިންވަރެއް ދައްކާފައިނުވާކަމަށްބުނެ،އެ ފައިސ، USD710,000.00 )ހަތްލައްކަ ދިހަހާސް އެމެރިކާ ޑޮލަރު( އިބްރާހީމް ޝަފީޤުގެ ކިބައިނަހޯދުމަށް އިބްރާހީމާ ޝަފީޤުގެ މާ އްޗަށް މުޙައްމަދު ޔޫސުފް މޫސެ ގެ ފަރެ ތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އ މައްސަލު ބަލާފައިވަނީ އެކޯޓުގެ ނަންބަރ 4522/Cv-C/2019 ޤަޟިއްޔާ ގައެވެ. އަދި އަންނަނިވި ފަދައިން އ ޤަޟިއްޔާގައ ޙުކުމް ކޮށްފައިވެއެވެ.
ސިވިލް ކޯޓުގެ ޙުކުމް
6ސިވިލް ކޯޓުގެ ނަންބަރު 4522/Cv-C/2019 ޤަޟިއްޔާ ގ ޙުކުމުގައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، […] / މާލެ އިބްރާހީމް ޝަފީޤުގެ މައްޗަށް […] / މާލެ މުޙައްމަދު ޔޫސުފް މޫސާ ހުށަހަޅާފައިވާ މިދަޢުވ ބިނާކޮށްފައިވާ އެއްބަސްވުމަކާ ކޮންޓރެކްޓެއ ވުޖޫދުވުމަށް ލާޒިމްވާ އުންޞުރުތައް ފުރިހަމަވެފައިވާ އެއްބަސްވުމަކަށްނުވާތީ، އެ އެއްބަސްވުމަކީ ޤާނޫނީގޮތުން ތަންފީޛުކުރެވޭނެ ޞައްޙަ އެއްބަސްވުމެއްނޫންކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." ސިވިލް ކޯޓުގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް
7އިސްވެ ބަޔާންކުރެވުނު ޙުކުމް ސިވިލް ކޯޓުން ކޮށްފައިވަނީ އަންނަނިވި މައިގަނޑު ސަބަބު ތަކުގެ މައްޗަށ ބިނާކޮށެވެ.
7.1. އިބްރާހީމު ޝަފީޤް ލޯނެއް ނެގުމަށް ރަހުނުކުރި ގޯތީގެ މިލްކުވެރިކަން މުޙައްމަދު ޔޫސުފް މޫސާ އަށު ޤާނޫނީގޮތުން ބަދަލުކުރެވިފައިވާކަން އެނގެން ނެތުމުން އެ ގޯއްޗަކީ މާލިކް ޢަބްދުއްރައްޒާޤު ގެ ގޯޗެއްކަނ އެނގެން އޮތުން.
7.2. މުޙައްމަދ ޔޫސުފު މ ސ އަށާ ދިނުމަށް އިބްރާހީމް ޝަފެ ޤު އެއްބަސްވި ފައިސާގެ މުޤާބިލެއް މުޙައްމަދ ޔޫސުފު މޫސާގެ ފަރާތުން އޮތް ކަމަށް ބެލެވޭނީ މުޙައްމަދު ޔޫސުފް މޫސާގެ ނަމުގައި އ ގޯތި ރަޖސްޓްރީވެފައިވާނަމަކަން.
7.3. މުޙައްމަދު ޔޫސުފް މޫސާ އާއި އިބްރާހީމް ޝަފީޤުއ ދެމެދާ ތަޢާޤުދީ އިލްތިޒާމެއް އުފެދިފައިވާކަން ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުން އެނގެން ނެތުން، މިއެވެ.
8ސިވިލް ކޯޓުގެ މި ނިންމުމާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު ޔޫސުފް މ ސ ގެ ފަރާތުނު ސިވިލް ކޯޓުގ ނަންބަރ 4522/Cv-C/2019 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކުތާތައް
9ސިވިލް ކޯޓުގެ ނަންބަރު 4522/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރަމުން […] މުޙައްމަދު ޔޫސުފް މޫސގެ ފަރާތުން އަންނަނިވި 04 )ހަތަރެއް( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ:ހ.ޝަފީޤުގެ އިބްރާހީމެ ޝަފީޤް އެއާ މުޙައްމަދު ޔޫސުފު މޫސާ އާދެމެދ 19 އޮކްޓބަރޯ 2017 ދުވަހު ސޮއިކޮށް ސިވިލް ކޯޓުގައި ރަޖިސްޓަރީކޮށްފައިވ އެއްބަސްވުމަކާ ޤާނޫނާ ގޮތުން ތަންފީޛު ކުރެވޭނެ ޞައްޙަ އެއްބަސްވުމެއް ނޫންކަމަށް ކަނޑައު ޅާފައިވަނީ ޤު ނޫން ނަންބަރ 91/4 ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ )ހ( އާއި އެޤާނޫނުގެ 5 ވަނަ މާއްދާއާއި އެޤާނޫނުގެ 20 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ:އިސްތިއުނާފުކުރ މުޙައްމަދާ ޔޫސުފު މޫސާ އެއާ އިބްރާހީމް ޝަފީޤުއާ ދެމެދު 19 އޮކްޓޯބަރު 2017 ދުވަހު ސޮއިކޮށް ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ދަޢުވާގައިބުނ ފައިސާ އިބްރާހީމް ޝަފީޤު މުޙައްމަދު ޔޫސުފް މޫސާއަށް ދައްކަންޖެހޭކަމަށް ބަޔާންކޮށްފައިވާއިރު އެފައިސާ އިބްރާހީމް ޝަފީޤުގެ އަތުން ނަގައިދީފައިނުވ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާ އަކީ:ގ.ކަހަނބުގެ ގަތުމަށްޓަކައި ދައްކަނަޖެހޭ އެންމެހައި ފައިސާ މާލިކު ޢެ ބްދުއްރައްޒާޤުއަށ މުޙައްމަދް ޔޫސުފު މޫސާ ދައްކާފައިވާއިރު މުޙައްމަދު ޔޫސުފް މޫސާގެ ނަމަށް […] ގޯތީގެ ރަޖިސްޓްރީ ބަދަލުނުވެ އޮތުމުން އިބްރާހީމް ޝަފީޤު ވެފައިވާ ވަޢުދުގ ރައްދުގައި އިބްރާހީމް ޝަފީޤުއަށ މުޤާބިލެއް ދީފައިވާނުވާކަމަށް ކަނޑައޅާފައިވ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ހަތަރުވަނަ ނުކުތާ އަކީ: ހެއްކެއްގ ގޮތުގައެ ޙާޟިރު ކުރުމަށް އެދިފައިވާ ފަރާތް ކަމުގައިވާ މާލިކު ޢަބްދުއްރައްޒާޤު ޝަރީޢަތަށް ޙާޟިރކޮށްފައިނުވ ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
10އިސްތިއުނާފި ނުކުތާތަކާ ގުޅިގެން މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ދިވެހރާއްޖޭގި ހައިކޯޓުގައި މައިގަނޑގޮތެއްގައި ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓަށް 2 އެއްބަސްވުމެއް ހުށަހެޅުނުކަމަށާއި މާލިކް ޢްބްދުއްރައްޒާޤް ސޮއިކޮށްފައިވާ އެއްބަސްވުމެއްވެސ ހުށަހެޅުން ކަމަށެވެ. އަދި އެއްބަސްވުމުގައިވާ ކަންކަމަށް ބެލުމުން USD710,000.00 )ހަތްލައްކަ ދިހަހާސް އެމެރިކާ ޑޮލަރު( އަކީ އިބްރާހީމް ޝަފީޤުގެ ފަރާތުނ މުޙައްމަދު ޔޫސުފް މޫސާ އަށް ދެއްކުމަށް އެއްބަސްވެފައިވާ ފައިސާކަން އެނގޭކަމަށެވެ. އަދި އެއްބަސްވުމުގައިވާ ކަންކަމަށް ބަލާއިރު، ގޯތީގެ ޝަރުޢީ މިލްކުވެރި ފަރާތަކީ މުޙައްމަދު ޔޫސުފް މޫސާ ކަން އެނގެން އޮތް އިރު، އެއްބަސްވުމުގައި މުޤާބިލެއް ނެތްކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އެހެންކަމް ނ ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭ ގޮތަކީ ދަށު ކޯޓުގެ ޙުކުމް ބާޠިލްކުރުމާއެކު، ދަށު ކޯޓުގައި ދަޢުވާކޮށް ހޯދުމަށް އެދިފައިވާ ފައިސާ އަކީ އިބްރާހީމް ޝަފީޤުގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާއަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައިދިނުންކަމަށެވެ.
11ޖަވާބުގައިއިބްރާހީމް ޝަފީޤުގެ ފަރާތުން ބުނެފައިވަނީ އެއްބޮސްވުމުގައި ސޮއިކުރުވާފައިވަނ އ ޅުވާލައިގެން ކަމަށާއްމުޙައްމަދ ޔޫސުފު މޫސާ އާއި އިބްރާހީމް ޝަފީޤުއ ދެމެދާ އެއްވެސް މުޢާމަލާތެއް ހިނގާފައި ނުވާކަމަށެވެ. އަދި […] އެވެ ކިޔާ ގޯއްޗަކީ މުޙައްމަދު ޔޫސުފް މޫސާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގޯއްޗެއްވެސް ނޫންކަމަށެވެ. އެހެންކަމުން އެއްބަސްވުން ސައްޙަ އެއްބަސްވުމެއްކަމަށ ނުދެކޭ ކަމަށާއި ދަށު ކޯޓުގެ ނިންމުން ސައްޙަކަމަށް ކަނޑައަޅައިދިނުން އެދޭކަމަށެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާއާއި ހަތަރުވަނަ ނުކުތާއާ މެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް
12އިސްތިއުނާފީ ތިންވަނަ ނުކުތާ އަކީ […] ގަތުމަށްޓަކައި ދައްކަންޖެހޭ އެންމެހައި ފައިސާ މާލިކު ޢީ ބްދުއްރައްޒާޤުއަށ މުޙައްމަދް ޔޫސުފު މޫސާ ދައްކާފައިވާއިރު މުޙައްމަދު ޔޫސުފް މޫސާގެ ނަމަށް […] ގޯތީގެ ރަޖިސްޓްރީ ބަދަލުނުވެ އޮތުމުން އިބްރާހީމް ޝަފީޤު ވެފައިވާ ވަޢުދުގެ ރައްދުގައި އިބްރާހީމް ޝަފީޤުއަށ މުޤާބިލެއް ދީފައިވާނުވާކަމަށ ކަނޑައަޅާފައިވް ކަމަށާ ބުން ފާހަގަކުރި ނުކުތާއެވެ.އަދި ހަތަރުވަނަ ނުކުތާއަކީ ހެއްކެއްގެ ގޮތުގައި ޙާޟިރު ކުރުމަށް އެދިފައިވާ ފަރާތް ކަމުގު އިވާ މާލިކް ޢަބްދުއްރައްޒާޤު ޝަރީޢަތަށް ޙާޟިރުކޮށްފައިނުވ ކަމަށްބުނާ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާތަކަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
13HN1މައްސަލއިގަ ފަސްފަހަތް ބަޔާންކުރެވުނއިރ، 2 )ދޭއް( އެއްބަސްވުމެއްގެ ވާހަކަ ބަޔާންކުރެވި ހިނގައްޖެއެވެ. އެއިގެ ތެރޭގައި ހިމެނެނީ، ހަމައެކަނި މާލިކް ޢަބްދުއްރައްޒާޤް ސޮއިކޮށްފައިވާ އެއްބަސްވުމަކާއި، އިބްރާހިމް ޝަފީޤު އާއި މުޙައްމަދު ޔޫސުފް މޫސާއާ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ. ހަމައެކާ ނ މާލިކް ޢަބްދުއްރަޒާއްޤް ސޮއިކޮށްފައިވާ އެ ލިޔުމަކީ އެއްބަސްވުމުގެ އެހެން ބައިވެރިން ސޮއިކޮށްފައިވާ އެއްބަސްމެއ ކަމަށް ނުވާތީ، ހަމައެކަނި އެ އެއްބަސްވުމަށް ވަކިން ރިޢާޔަތްކުރާއިރު، އެ އެއްބަސްވުމަކީ ކޮންޓްރެކްޓެއް ކަމުގައި ބެލެވިދާނެ އެއްބަސްވުމެއް ނޫނެވެ.
14އެހެންކަމުން މާލިކް ޢަބްދުއްރައްޒާޤު އެކަން ސޮއިކޮށްފައިވާ އެއްބަސްވުންމިހިނދަށް އެއްފަރާތްކޮށްލައ އިބްރާހިމް ޝަފީޤު އާއި މުޙައްމަދު ޔޫސުފް މޫސާއާ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމަށަ ބަލާލާނަމަވެ. އެގޮތުން ބަލާއިރު، ބައިވެރިން ސޮއިކޮށްފައިވާ އެއްބަސްވުމުގައި މާލިކް ޢަބްދުއްރައްޒާޤު އާއް މުޙައްމަދ ޔޫސުފް މޫސާ އާ ދެމެދު […] އެވެ ކިޔާ ގޯތި ވިއްކާލުމުގެ ގޮތުން މުޢާމަލާތެއް ހިނގާފައިވާކަން ބަޔާންކޮށްފައި އެބައޮތެވެ. އަދި ޤާނޫނީގޮތުން އެ ގޯތީގެ މިލްކުވެރިކަން މުޙއްމަދަ ޔޫސުފު މޫސާއަށ ބަދަލުކުރެވިފައިނުވާ ސަބަބުވެސް ބަޔާންވެގެންވެއެވެ. އަދި ބުނެވުނު މުޢާމަލާތުގެ ފަހުން، އިބްރާހީމް ޝަފީޤުގެ އެދުމަކަށް ލޯނެއް ނެގުމަށްޓަކައި […] އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީ މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން އިބްރާހީމް ޝަފީޤާއާ ޙަވާލުކުރެވުނުކަމާއި، އެ ލޯނު ނުދެއްކުމުގެ ސަބަބުން […] އެވެ ކިޔާ ގޯތި ބޭންކް އޮފް ސިލޯނުން ވިއްކާލާފައިވުކަންވެސް އެ އެއްބިސްވމުގައ އެވަނީ ބަޔާންވެގެންނެވެ. އަދި އެފަދައިން އެ ގޯތި ވިއްކާލި އަގު، އިބްރާހީމް ޝަފީޤުގެ ފަރާތުން މުޙައްމަދު ޔޫސުފޮ މޫސާ އަށް ދެއްކުމަށް އެވަނީ އެއްބަސްވެ ދެފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހައި ސިވިލް ކޯޓުގައި ރަޖިސްޓްރީވެސ ކޮށްފައެވެ.
15[…] އެވެ ކިޔާ ގޯތީގެ މިލްކުވެރިކަމާއި އެއާ ގުޅިފައިވާ ޙައްޤުތަކާ ގުޅިގެން އިބްރާހީމް ޝަފީޤުގެ ފަރާތުން ސިވިލް ކޯޓުގައްސުވާލު އުފައްދައި ދިފާޢު ބިނާކޮށްފައިވާތީވެ މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުނ ސިވިލް ކޯޓަށް ހެއްކެއްގެ ގޮތުގައި […] ރަޖިސްޓަރީ ކުރެވިފައިވާ މާލިކް ޢަބްދުއްރައްޒާޤް ގެ ނަން ހުށަހެޅިއެވެ.
16ނަމަވެސެ ދަށް ކޯޓުނު މާލިކް ޢަބްދުއްރައްޒާޤްގެ ހެކިބަސް ނަގާފައިނުވެއެވެ. ސިވިލް ކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގެ )އ( ގައި މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ޙާޟިރުކޮށްދިނުމަށް އެދޭ ހެކި ޙާޟިރުނުކުރުމަށް ނިންމާފައިވާ ސަބަބު ބަޔާނީ ކޮށްފައިވެއެވެ. އެގޮތުން އ ސަބަބަކީ […] ވިއްކަން އެއްބަސްވިކަމާއި އެ ގޯތި ގަތުމަށް އަގު ދެއްކިކަން ސާބިތުކޮށްދިނުމަކ މ ޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ދަށު ކޯޓުގައި އިބްރާހީމް ޝަފީޤުގެ ކިބައިން ހޯދުމަށް އެދިފައިވާ ފައިސާއާ ގުޅުމެއްހުރިކަމެއް ކަމަށް ނުބެލެވޭތީ ކަމަށް ބުނުވެނު ނުކުތާގައި ބަޔާންކޮށްފައިވެއެވެ.
17HN2[…] ބުގޭގެ މިލްކުވެރިކަމާ ގުޅިފައިވާ ޙައްޤު ނުވަތަ ކަނހަބުގެ ރަހުނުކޮށް ނެގި ލޯނު ނުދެއްކިގެން އެ ގޯތި ވިއްކާލައި ލިބުނު ފައިސާގެ ޙައްޤާމެދޮ މި މައްސަލައިގެ ވާގިއާ އާ ގުޅޭ ކަންކަން ސާފުކެށްގެނ މެނުވީ، އިބްރާހިމް ޝަފީޤު އާއި މުޙައްމަދު ޔޫސުފް މޫސާއާ ދެމެދު ހިނގާފައިވާ މުޢާމަލާތުގައި މުޤާބިލެއް އޮތްތޯ ނުވަތަ ނެތްތޯ ކަށަވަރުކުރެވިދާނެކަމަކަށް ނުދެކެމެވެ. މުޙައްމަދް ޔޫސުފު މޫސާގެ ފަރާތުންދަށ ކޯޓަށު ހެއްކެއްގެ ގޮތުން މާލިކް ޢަބްދުއްރައްޒާޤު ޙާޟިރުކޮށްދިނުމަށް އެދިފައިވަނީވެސް މިބޭނުމަށެވެ. އެހެންކަމުނ މި މައްސަލައިގެ ވާޤިއާ ކަށަވަރުކުރުކޮށް، އިބްރާހިމް ޝަފީޤު އާއި މުޙައްމަދު ޔޫސުފް މޫސާއާ ދެމެދު ވެވުނު އެއްބަސްވުމުގައި މުޤާބިލެއް އޮތްތޯ ބެލުމަށްޓަކައި، އެކަމަށް ބާރުދޭ އިތުރު ހެއްކެއް ހުށަނޭޅޭނަމަ،މާލިކް ޢަބްދުއްރައްޒާޤްގެ ހެކިބަސް ދަށު ކޯޓުންނެގުން މުހިންމުކަމުގައި އަހުރެން ދެކެމެވެ.
18HN3އަދި އެފަދައިން މައްސަލައިގެ ވާގިއާ ކަށަވަރުވާ، މާލިކް ޢަބްދުއްރައްޒާޤްގެ ފަރާތުން ސޮއިކޮށްފައިވާ ލިޔުމުގައިވ ކަންކަމަކީ ސައްޙަ ކަންކަނާކަމަށް ޝަރީޢަތަށް ސާފުވެގެންދަ ޙާލަތުގައި، އިބްރާހީމް ޝަފީޤު ލޯނު ނެގުމަށްޓަކައި […] އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީ މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުނ އިބްރާހީމް ޝަފީޤުއާ ޙަވާލުކުރުމަކީ، 19 އޮކްޓޫބަރު 2017 ތާރީޚުގައި ދެފެ ރާތުގަ މެދުގައި ވެވުނު އެއްބަސްވުމުގް ދަށުނި އިބްރާހީމް ޝަފީޤު މުޙައްމަދު ޔޫސުފް މޫސާއަށް ދޭން އެއްބަސްވި ފައިސާގެ މުޤާބިލެއް ކަމަށް ބަލަންޖެހޭކަމުގައވެސ އަހުރެން ދެކެމެވެ.
19HN4މި މައްސަލައިގައި އެއްބަސްވުމާ ގުޅިގެން އިތުރަށް ހުށަހެޅިފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތަ އަދ ދެވަން ނުކުތްއަކީވެސ ޤާނޫނީގޮތުން ތަންފީޒުކުރެވޭނެ އެއްބަސްވުމެއް ވެފައިވާކަމާއި އެއްބަސްވުމުގެ ދަށުނ އިބްރާހީމް ޝަފީޤުގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާއަށ ފައިސާ ދައްކަންޖެހޭނެކަންބަޔާންކޮށް ހުށަހަޅާފައވާދެ ނުކުތާކަމުގައި ވާއިރު،މި ދެ ނުކުތާއމެދ އިސްތިއުނާފު މަރުހަލާގައި ގޮތެއް ކަނޑައެޅޭނީ މި މައްސަލައިގެ ވާޤިޢާ އިސްވެ ބުނެވުނު ފަދައިން ދަށު ކޯޓުން ސާފުކުރެވިގެނ ކަމުގައް ދެކެމެވެ.
20HN5މާ މައްސަލައިގެ އަޑުއެހުން ނިމުނުފަހުން މުޙައްމަދު ޔް ސުފް މޫސގެ ފަރާތުން އެފިޑެވިޓެއް މިކޯޓަށ ހުށަހެޅިއެވެ. ނަމަވެސް އެ ލިޔުމަކީ ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮވެ، ދަށު ކޯޓަށް ހުށަހަޅާފައިނުވާ ލިޔުމަކަށްވާތީ އެ ލިޔުމަށް މި ޤަޟިއްޔާގައި ރިޢާޔަތްކޮށްފައިނުވާނެއެވެ.
ނިންމަން ފެންނަ ގޮތް
21އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، އަހުރެންނަށް ބުރަވެވެނީ މައްސަލައިގާ ވާޤިއީ ކަށަވަރުކޮށް މައްސަލް އަލުން ބެލުމަށްޓަކައި ސިވިލް ކޯޓށ ތަޙްވީލުކުރަންޖެހޭކަމަށެވެ.
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ރައުޔު؛
22ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު؛
23ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތާ ބަޔާންކޮށްދިނުން
24މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މ ޤަޟިއްޔ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމުގެ މުއްދަތަކް ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައ ޙުކުމް ކުރާ ތާރީޚުން ފެށިގެން
30 )ތިރީސް( ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނ( ގެ 284 ވަނަ މާއްދާގެ )ހ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.