ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/329

މުޙައްމަދު އިބްރާހީމް ވ. ހާރޕް މޯލްޑިވްސް އަދި ސުހްރާބު ޢަބްދުﷲ

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 7 އޮގަސްޓް 2024ދަށު ކޯޓު: ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު 51/B12C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު 51/B12C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުންފުންޏަކާއި އޭގެ ޑިރެކްޓަރެއްގެ މައްޗަށް ހުށަހެޅި ފައިސާ ހޯދުމުގެ ދަޢުވާއެއް، ކުންފުނި ތަމްސީލުނުކޮށް އަދި ކުންފުނީގެ ބަހެއް ނެތި، ހަމައެކަނި ޑިރެކްޓަރުގެ މައްޗަށް ދަޢުވާކުރެވުނު މައްސަލައެއްގެ ގޮތުގައި ބަލައި ނިންމިދާނެތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ރަޖިސްޓަރީ ކުރެވިފައިވާ ކުންފުންޏަކީ މެންބަރުންނާ ވަކިން އުފެދިފައިވާ، ދަޢުވާކުރުމާއި ދަޢުވާލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ.

HN2 ޢާންމު އުޞޫލުގެ ގޮތުން ކުންފުންޏެއް ކޯޓުގައި ތަމްސީލުކުރެވޭނީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ވަކީލަކަށެވެ؛ ނަމަވެސް ޤާނޫނާއި ޤަވާޢިދުން ލިބިދޭ އިސްތިސްނާތަކާއި، ކުންފުނީގެ މާލީ ޙާލަތު ފަދަ ޙާލަތްތަކުގައި ޢަދުލުއިންސާފުގެ ބޭނުމަށް ޑިރެކްޓަރުންނަށް ތަމްސީލުކުރުން ހުއްދަކުރެވެއެވެ.

HN3 ކުންފުންޏެއް ހިންގަންވާނީ ޑިރެކްޓަރުންގެ ބޯޑަކުންނެވެ؛ ކުންފުނި ހިންގުމުގެ ދައުރު އަދާކުރަނީ ޑިރެކްޓަރުންގެ ބޯޑެވެ.

HN4 މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދަށުކޯޓުގައި ހިނގި މައްސަލައެއްގައި ޚަޞްމުން ތަމްސީލުކުރުމާ ބެހޭގޮތުން ބަލަންޖެހެނީ މައްސަލަ ހުށަހެޅުނުއިރު ޢަމަލުކުރަމުންދިޔަ ޤާނޫނާއި ޤަވާޢިދަށެވެ.

HN5 އެ ދުވަސްވަރު ޢަމަލުކުރި ޝަރީޢަތްކުރުމާބެހޭ ޤަވާޢިދުގެ ދަށުން ކުންފުނީގެ ޗެއަރމަން، މެނޭޖިންގ ޑިރެކްޓަރު، ބޯޑުގެ މަސްއޫލުވެރި މެންބަރެއް ނުވަތަ ކުންފުނި ހިންގުމާ ޙަވާލުވެހުރި ވެރިއަކަށް ކުންފުނި ތަމްސީލުކުރުމުގެ ޢާންމު އަހުލިއްޔަތު ލިބިގެންވެއެވެ؛ ޕަވަރ އޮފް އެޓާރނީ ބޭނުންވަނީ ވަކީލަކު މެދުވެރިކޮށް ތަމްސީލުކުރާ ޙާލަތުގައެވެ.

HN6 ކުންފުނީގެ ވިޔަފާރިއަކީ ހަމައެކަނި ކުންފުނީގެ ވިޔަފާރިއެވެ؛ ކުންފުންޏާބެހޭ ޤާނޫނުގައިވާ ގޮތުން މެނުވީ ޙިއްޞާދާރުން ކުންފުނީގެ ދަރަންޏަށް ފަރުދީގޮތުން ޒިންމާ ނުވާނެއެވެ؛ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޒިންމާކުރުވާ ޙާލަތެއްގައި މެނުވީ ޑިރެކްޓަރުން ކުންފުނީގެ މުޢާމަލާތްތަކަށް ފަރުދީގޮތުން ޒިންމާ ނުވާނެއެވެ.

HN7 ކުންފުންޏަކާއި ޑިރެކްޓަރެއްގެ މައްޗަށް ހުށަހަޅާ ދަޢުވާއެއް ހަމައެކަނި ޑިރެކްޓަރުގެ މައްޗަށް ދަޢުވާ ލިބޭ މައްސަލައެއްގެ ގޮތުގައި ބަލައި ނިންމިދާނެ ކަމަކަށް ނުދެކެމެވެ؛ ކުންފުނީގެ ވިޔަފާރިއަށް ނެގި ފައިސާއެއްގެ ޚުޞޫމާތުގައި ކުންފުނީގެ ބަހެއް ނެތި ފައިސަލާކުރަނިވި ނިންމުމެއް ނިންމިދާނެ ކަމަކަށް ނުދެކެމެވެ؛ އެހެންކަމުން ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ފޮނުވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން ޝަހީދު، ޙަސަން ޝަފީޢު، ޙުޒައިފާ މުޙައްމަދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ޙުޒައިފާ މުޙައްމަދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓް ކޯޓުގެ ނަންބަރު 51/B12C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ހދ.ކުޅުދުއްފުށި / މާޒީ، މުޙައްމަދު އިބްރާހީމް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: […]) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ހާރޕ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 0128/2016-C) އާއި ހދ.ކުޅުދުއްފުށި / ސްކައިލާ ސުހރްބު ޢަބްދުﷲ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:[…]) އެވެ.

ކަންހިނގާފައިވާ ގޮތް

2ހާރޕ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ފާނ އާއަ ފަރުމަސް ކޮށީގައި ދިރުވައި އާލާކުރުމަށްފަހު ފިނިކޮށް އެ ވިއްކުމަށްޓަކައި ފައިސާގެ އެހީއެއް ބޭނުންވެގެން ހާރޕ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަމަށްވާ ސހު ރާބް ޢަބްދުﷲ، މުޙައްމަދު އިބްރާހީމްގެ އަތުން އެކިފަހަރު ފައިސާ ނަގާފައިވާ ކަމަށް މުޙައްމަދު އިބްރާހީމް ބުނެއެވެ. އެގޮތުން ސުހްރާބު ޢަބްދުﷲ، މުޙައްމަދު އިބްރާހީމްގެ އަތުން -532,000/ ރ. (ފަސްލައްކަ ބައްތިރީސްހާސް) އާއި -320,000/ (ތިންލައްކަ ވިހިހާސް) ރުފިޔާ އާއި -212,000/ (ދެލައްކަ ބާރަހާސް) ރުފިޔާ ނަގާފައިވާ ކަމަށެވެ.

3އިސްވެ ބުނެވުނު ފައިސާ ހޯދުމަށް މަސައްކަތްކޮށް އެ ފައިސާ މުޙައްމަދު އިބްރާހީމް އަށް ލިބިފައިނުވާތީ އެ ފައިސާ ހޯދުމަށް އެކިފަހަރުމަތިން އެދިފައިވާނެކަމަށާއި ނަމަވެސް ފައިސާގެ އެއްވެސް މިންވަރެއް ލިބިފައިނުވާތީ، ހާރޕ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ސހުރާބު ޢަބްދުﷲ ގެ މައްޗަށް މުޙައްމަދު އިބްރާހީމް ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާކުރިއެވެ.

4އިސްތިއުނާފު ކުރެވިފައި މިވަނީ އިސްވެ ބުނެވުނު މައްސަލަ ބަލައި ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓުން ނިންމާފައިވާ ޤަޟިއްޔާއެވެ. ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިގޮތް:

5އިސްތިއުނާފު މިކުރެވޭ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 51/B12C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރޕޯޓަށި ބެލިއިރު، އެ ޤަޟިއްޔާއަކީ ހާރޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާނ އާއަ ފަރުމަސް ކޮށީގައި ދިރުވައި އާލާކުރުމަށްފަހު ފިނިކޮށް އެ ވިއްކުމަށްޓަކައި ފައިސާގެ އެހީއެއ ބޭނުންވެގެން އެ ކުންފުނީގެ ޑިރެކްޓަރެއް ކަމުގައިވާ ހދ.ކުޅުދުއްފުށި / ސްކައިލާ، ސުހްރާބު ޢަބްދުﷲ، ހދ.ކުޅުދުއްފުށި / މާޒީ، މުޙައްމަދު އިބްރާހީމްގެ އަތުން އެކި ފަހަރުމަތީން ނަގާފައިވާ -532,000/ ރ. (ފަސްލައްކަ ބައްތިރީސްހާސް) ރުފިޔާ ހޯދުމަށް އެދި ސުހްރާބު ޢަބްދުﷲ ގެ މައްޗަށް، ހދ.ކުޅުދުއްފުށި / މާޒީ، މުޙައްމަދު އިބްރާހީމް ހުށަހަޅާފައިވާ މައްސަލައެކެވެ.

6އެ ޤަޟިއްޔާ ބައްލަވައި ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމުގައިވަނީ؛ ދެންފަހެ، އިސްވެ ދެންނެވުނު ކަންކަން އެގޮތަށް ހުރުމުން ހާރޕ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާނ އާއަ ފަރުމަސް ކޮށީގައި ދިރުވައި އާލާކުރުމަށްފަހު ފިނިކޮށް އެ ވިއްކުމަށްޓަކައި ފައިސާގެ އެހީއެއް ބޭނުންވެގެން އެ ކުންފުނީގެ ޑިރެކްޓަރެއް ކަމުގައިވާ ހދ.ކުޅުދުއްފުށި / ސްކައިލާ، ސުހްރާބު ޢަބްދުﷲ، ހދ.ކުޅުދުއްފުށި / މާޒީ، މުޙައްމަދު އިބްރާހީމްގެ އަތުން އެކި ފަހަރުމަތިން ނަގާފައިވާ -532,000/ ރ. (ފަސްލައްކަ ތިރީސް ދެހާސް) ރުފިޔާ ހޯދުމަށް އެދި ސުހްރާބް ޢަބްދުﷲގެ މައްޗަށް، ހދ.ކުޅުދުއްފުށި / މާޒީ، މުޙައްމަދު އިބްރާހީމް ހުށަހެޅި މިދަޢުވާ ބެލިއިރު މުޙައްމަދު އިބްރާހީމްގެ ފަރާތުން އިސްވެ ބުނެވުނު ފައިސާ ދަޢުވާލިބޭ ސުހުރާބު ޢަބްދުﷲއަށް ލިބިފައިވާކަން ސުހުރާބު ޢަބްދުﷲގެ އިޢުތިރާފުން އެނގެން އޮންނަކަމާއި، އަދި ދަޢުވާކުރާ ފަރާތުން ހުށަހެޅި ހެކިންގެ ބަޔާންތަކުގައި ހުރި ގުޅިފައިވާ ވާހަކަތަކުން މުޙައްމަދު އިބްރާހީމް އެފައިސާ ސުހުރާބު ޢަބްދުﷲ އަށް ދީފައިވާކަން އެނގެން އޮތްކަމާއި އެފައިސާ އަކީ ހާރޕް މޯލްޑިވްސްގެ ސެއަރ ގަތުމަށް މުޙައްމަދު އިބްރާހީމްގެ ފަރާތުން ދީފައިވާ ފައިސާއެއްކަން ސުހުރާބު ޢަބްދުﷲ އަށް ސާބިތުކޮށް ދެވިފައި ނުވާކަމަށް ކަނޑައަޅައި، މިދަޢުވާގައި ބުނެފައިވާ -532,000/ ރ. (ފަސްލައްކަ ބައްތިރީސް ހާސް) ރުފިޔާއަކީ ހދ.ކުޅުދުއްފުށި / މާޒީ، މުޙައްމަދު އިބްރާހީމުގެ ފަރާތުން ދަޢުވާލިބޭ ހދ.ކުޅުދުއްފުށި / ސްކައިލާރ، ސުހްރާބް ޢަބްދުﷲއަށް ލިބިފައިވާ ފައިސާއެއް ކަން ސުހްރާބް ޢަބްދުﷲގެ އިޢުތިރާފުންނާއި ދަޢުވާލިބޭ ފަރާތުން ހުށަހެޅި ހެކިންގެ ބަޔާންތަކުގައިވ ގުޅިފައިވާ ވާހަކަތަކުން ޝަރީޢަތަށް ސާބިތުވީ ނަމަވެސް ބުނެވުނު ފައިސާގެ މުޢާމަލާތާއި ގުޅޭ ލިޔެފައިވާ އެއްބަސްވުމެއް ދެފަރާތުން ކުރެ ފަރާތަކުން ޝަރީޢަތަށް ހުށަހަޅާފައިނުވާތީ، އާއި އަދި ހެކިންގެ ހެކިބަހުން ވެސް މުޙައްމަދު އިބްރާހީމްގެ ފަރާތުން ސުހްރާބް ޢަބްދުﷲއަށް ލިބިފައިވާ ފައިސާއަކީ ކޮންގޮތަކަށް ކިހާ ދުވަހަކުން ނުވަތަ ކޮންކަމަކަށް ދީފައިވާ ފައިސާއެއްކަން ސާފުކޮށް ބުނެފައިނުވާތީ، އެފައިސާއަކީ ކޮންކަމަކަށް ކޮންދުވަހަކުން ކޮން ޝަރުޠަކާއެކު އަނބުރާ ދެއްކުމަށް މުޙައްމަދު އިބްރާހީމްގެ ފަރާތުން ސުހްރާބް ޢަބްދުﷲއަށް ދީފައިވާ ފައިސާއެއްކަމަށް ޝަރީޢަތުން މިވަގުތަށް ކަނޑައެޅެންނެތްކަމާއި، މިފައިސާ މުޙައްމަދު އިބްރާހީމްގެ އަތުން ހޯދުމުގައި ހީލަތްތެރިކަމެއް ނުވަތަ އޮޅުވާލުމެއް އޮތްކަމަށް ދަޢުވާކުރާ ފަރާތަށް ފެންނަނަމަ ޖިނާއީ ތަޙްޤީޤެއް ކޮށްދިނުމަށް ކަމާބެހޭ އިދާރާއަކަށް ހުށަހެޅުމުގެ ފުރުޞަތު ދަޢުވާލިބޭ ފަރާތަށް އޮތް ކަމުގައި ފެންނަކަމާއި، އެ ތަޙްޤީޤު ނިމޭ ގޮތެއްގެ މައްޗަށް އިސްވެ ބުނެވުނު ފައިސާއަކީ އަނބުރާ ދައްކާގޮތަށް މުޙައްމަދު އިބްރާހީމް ދީފައިވާ ފައިސާއެއްކަން ނުވަތަ ނޫންކަމާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅައި ދިނުމަށް މުޙައްމަދު އިބްރާހީމަށް ހުށަހެޅިދާނެ ކަމަށް ޙުކުމްކޮށްފީމެވެ. މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:

7ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 51/B12C/2019 ޤަޟިއޔް ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ހދ.ކުޅުދުއްފުށި / މާޒީ، މުޙައްމަދު އިބްރާހީމްގެ ފަރާތުން ތިރީގައިވާ ނުކުތތައާ ހުށަހަޅާ އެނުކުތާތަކއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

1.7- ދަޢުވާކުރާ ފަރާތުން ހޯދަން އެދިފައިވާ ފައިސާއަކީ، ދަޢުވާކުރާ ފަރާތުގެ އަތުން ދަޢުވާލިބޭ ފަރާތުން ނަގާފައިވާ ފައިސާކަން ހެކިންގެ ހެކިބަހުންނާއި، ދަޢުވާލިބޭ ފަރާތުގެ އަމިއްލަ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވެފައިވާއިރުވެސް، އަދި އެފައިސާއަކީ ދަޢުވާކުރާ ފަރާތަށް ދަޢުވާލިބޭ ފަރާތުގެ އަތުން ލިބެންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވާއިރުވެސް، އެފައިސާ ދަޢުވާކުރާ ފަރާތަށް ދޭން ނުޖެހޭކަމުގައި ކަނޑައަޅާފައިވުން؛

2.7- ދަޢުވާލިބޭ ފަރާތުގެ ދަފްޢު އެފަރާތަށް ސާބިތުކޮށްދެވިފައި ނުވާއިރު، ޝަރީޢަތުން އަމިއްލައަށް ތަޞައްވަރުކުރި އަސްލެއްނެތް ބަހަނާއެއްގެ މައްޗަށް ބިނާކޮށް، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދެވެން ނެތްކަމުގައި ކަނޑައަޅާފައިވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި ޚިލާފަށްކަން؛ ފާހަގަކުރެވުނު ނުކުތާތައް:

8މި މައްސަލައިގައި، ހުށަހެޅި ލިޔުންތަކަށާއި އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދެއްކި ވާހަކަތކަ ށ ޝަރުޢީ އަދ ޤާނޫނީ ހަމަތަކުން ބަލާއިރު ތިރީގައިވާ ކަންކަން އެގޮތުގައި ހުރިކަމަށް އަހުރެންނަށް ޤަބޫލު ކުރެވެއެވެ.

9އިސްތިއުނާފުކުރެވިފައި މިވާ މައްސަލގައާ ދަށުކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައި، ދަޢުވާލިބޭ ފަރތްތަކުގާ ގޮތުގައި ހާރޕ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ސުހރާބް ޢަބްދުﷲ ބަޔާންކޮށްފައިވީނމަވެސް، ދށަ ކޯޓުގެ މި މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެރިޕޯޓުގައި ހާރޕ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ގުޅޭ އެއްވެސްކަމެއް ބަޔާންކޮށްފައިވާކަން އެނގެން ނެތެވެ.

10ދަށު ކޯޓަށް ހުށަހެޅުނު މައްސަލައިގައި ހާރޕ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޚަޞްމެއްގެ ގޮތުގައި އިންނަމަވެސް، ހާރޕ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގު ފަރާތުން މައްސަލައަށް ޙޟިރުވާނާ ފަރާތެއް އައްޔަންކޮށް ދަށު ކޯޓުގައި ތަމްސީލްކޮށްފައި ނުވާނެކަމަށާއި، ދަށު ކޯޓގައު މި މައްސަލައާއި ގުޅިގެން ހަމައެކަނި ޙޟިރުވެފައިވަނާ ސހުރާބު ޢަބްދުﷲ ކަމަށް ހާރޕ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ. ކަންމިހެން އޮތުމުން ދޭހަކޮށްދެނީ މި މައްސަލަ ދަށު ކޯޓުގައި ހިންގާފައިވަނީ ކުންފުނީގެ ބަހެއް ނެތިކަމާއ ކޯޓަށި ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ ސުހްރާބު ޢަބްދުﷲ ޙާޟިރުވެފައިވަނީ ކުންފުނީގެ ބޯޑުގެ އެއްވެސް ނިންމުމެއްނެތި ކުންފުނީގެ ފަރާތުން ކޯޓަށް ޙާޟިރުވާނެ ފަރާ ތެއް ކަނޑައަޅާފައާ ނުވަނީސްކަމެވެ.

11HN1ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ކުންފުންޏަށް ލިބިފައިވާ ޙައްޤުތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ މާއްދާގައި ބަޔާންކުރަނީ، 15 (ހ) މި ޤާނޫނުގައިވާ ގޮތުގެމަތިން، ކޮންމެ ކުންފުންޏެއް ރަޖިސްޓަރީ ވުމުން، އެ ކުންފުންޏަކީ، ކުންފުނީގެ ނަންކަމުގައި އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބުނެފައިވާ ނަމުގައި، މިޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ގައިވާ ކަންތައްތައް ހިންގުމާއި، ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ޤާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މިކަންކަމުގައި ޙައްޤު ލިބިގެންވާ، އަދި ވަކި ސިއްކައެއް އޮންނަ، މެންބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ .

(ށ) ކުންފުނީގެ އަސާސީ ގަވާއިދާއި ހ ންގ ގަވާއިދާ ރަޖިސްޓަރީ ވުމުން، އެގަވާއިދު ތަކުގައިވާ މާއްދާތަކަށް ޢަމަލު ކުރުމަކީ، އެގަވާއިދެއްގައ ސޮއިކުރި މެންބަރުން ފަދައިން، އެކުންފުންޏެއްގެ މައްޗަށާއި، އެކުންފުންޏެއްގެ ކޮންމެ މެންބަރެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. މިފަދައިންނެވެ. މިމާއްދާއިން ސާފުކޮށް އެނގޭ ގޮތުގައި، ކުންފުންޏަކީ، މެންބަރުންނާއި ވަކިން އުފެދިފައިވާ ޤާނޫނަ ގޮތުން އަމިއްލަ ޝަޚްޞެކެވެ.

12HN2ކުންފުންޏެއް ކޯޓުގައި ތަމްސީލު ކުރުމުގެ ޢާންމު އުޞޫލު ނުވަތަ battle” in “rule ބޔާންކުރަ ގޮތުން، ކުންފުންޏެއް ކޯޓުގައި ތަމްސީލު ކުރެވޭނީ، ޤާނޫނީ ވަކީލުކަމުގެ ހުއްދައޮތ ޤާނޫން ވަކީލަކަށެވެ. ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރު، ޑިރެކްޓަރުން ނުވަތަ އެނޫންވެސް ކުންފުނީގެ އެހެން އޮފިޝަލަކަށް ކޯޓުގައި ކުންފުނި ތަމްސީލެއް ނުކޮށްދެވނެއެވެ. ސަބަބަކީ، ކުންފުންޏަކީ، މެންބަރުންނާއި މުޅިން ވަކިން އުފެދިފައި އޮންނަ އަމިއްލަ ހައިޞިއްޔަތެއް އޮންނަ ޤާނޫނީ ޝަޚްޞަކަށްވުމެވެ. ކޮންމެ އުޞޫލަކަށްވެސް އިސްތިސްނާއެއް އޮންނަ ފަދައިން މި އުޞޫލަށްވެސް އިސްތިސްނާ ތަކެއްވެއެވެ. އެގޮތުން އެތަނެއްގައި ޢަމަލުކުރާ ޤާނޫނާއި ޤަވާޢިދުތަކުން ލިބިދީފައިވާ އިސްތިސްނާތަކާއި، ކުންފުނީގެ ޙާލަތަށް ބަލައި މިސާލަކަށް، ކުންފުނީގެ މާލީ ޙާލަތުގެ ސަބަބުން ވަކީލަކު ޢައްޔަން ކުރެވެން ނެތްނަމަ، ޢަދުލު އިންސާފުގެ ބޭނުމަށްޓަކައި ކުންފުނި ތަމްސީލުކުރުން ކުންފުނީގެ ޑިރެކްޓަރުންނަށް ހުއްދަ ކުރެވެއެވެ އެއީ، ކޯޓުތަކުގއަ ތަމްސީލުކުރާނެ ފަރާތެއްނެތި، މައްސަލަތައް ހިނގާން ގޮތްނުވެ، ކުންފުނީގެ ޣައިރު ޙާޟިރުގައި މައްސަލަތައް ހިންގުން ޖެހިދާނެ ކަމަށްޓަކައެވެ.

13HN3ކުންފުންޏަކީ ޤާނޫނީ ޝަޚްޞަކަށްވާތީ، ކުންފުނި ހިންގައި އެކުންފުނި ތަމްސީލު ކުރާނީ ކޮންމެވެސް ޠަބީޢީ ޝަޚްޞެއް ނުވަތަ އިންސާނެކެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، "ކޮންމެ ކުންފުންޏެއްވެސް ހިންގަންވާނީ، ޑިރެކްޓަރުންގެ ބޯޑަކުންނެވެ. " އަދި އެޤާނޫނުގެ 45 ވަނަ މާއްދާގެ (ބ) ގައި "ކޮންމެ ކުންފުންޏެއްގައިވެސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކު ހުންނަންވާނެ... " ކަމަށް ބަޔާންކުރެއެވެ. ވީމާ، ކުންފުންޏެއް ހިންގުމުގެ ދައުރު އަދާކރު ފަރާތަކީ ޑިރެކްޓަރުންގެ ބޯޑެވެ.

14HN4މިމައްސަލައަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނު އަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ދަށު ކޯޓުގައި ހިނގް ނިންމާފައިވާ ޤަޟިއްޔާއެކެވެ. އެހެންކަމުން، އެ ޤާނޫނުގައި ޚަޞްމުން ތަމްސީލުކުރުމާއި ގުޅޭގޮތުން ބަޔާންކުރާ އިޖުރާއަތެއް މިމައްސަލައިގެ މައްޗަކަށް ހިންގޭނެ ތަނެއް ނެތެވެ. ވީމާ، ބަލަންޖެހެނީ މިމައްސަލަ ހުށަހެޅުނުއިރު ޢަމަލުކުރަމުންދިޔަ ޤާނޫނަށް ނުވަތަ ޤަވާޢިދަށެވެ. މިގޮތުން ބަލާއިރު، ޝަރީޢަތް ކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާއިދާ (6) ގެ 178 ވަނަ މާއްދާގައި އޮތް، "ޝަރީޢަތުގެ މަޖިލީހުގައި ބަދަލު ޤަބޫލުކުރުމާއި، ޤާނޫނީ ވަކީލެއްގެ ހައިޞިއްޔަތުން ވަކާލާތު ކުރުމަށް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމުގެ ގަވާއިދު "ގައި ކުންފުނި ނުވަތި ޖަމްޢިއްޔާތައް ތަމްސީލު ކުރުމާގުޅޭ ގޮތުން އޮތީ : .178 (6) ކުންފުންޏެއް ނުވަތަ ޖަމްޢިއްޔާއަކުނ ދަޢުވް ކުރާ ނުވަތާ އެއިންފަރާތަކަށ ދަޢުވް ލިބާ މަދަނީ މައްސަލަތަކުގައި ކޯޓަށް ހާޒިރުވާންވާނީ، ކުންފުންޏެއްނަމަ، އެކުންފުންޏެއްގެ ޗެއަރމަން ނުވަތަ މެނޭޖިންގ ޑިރެކްޓަރު ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލުވެރި އެހެން މެންބަރެއް ނުވަތަ އެކުންފުންޏެއް ހިންގުމާ ހަވާލުވެހުންނަ ވެރިއެކެވެ. ޖަމްޢިއްޔާއެއްނަމަ، އެޖަމްޢިއްޔާގެ ރައީސް ނުވަތަ ނާއިބު ރައީސް ނުވަތަ އެޖަމްޢިއްޔާއެއްގެ މަސްއޫލު މެންބަރަކު ނުވަތަ އެޖަމްޢިއްޔާއެއް ހިންގުމާ ހަވާލުވެ ހުންނަ މީހެކެވެ. (9) ކުންފުންޏެއްގެ ނުވަތަ ޖަމްޢިއްޔާއެއްގ ގަވާއިދެ އެއްގޮތްވާ ގޮތުގެމަތިން އެކުންފުންޏެއްގެ ނުވަތަ ޖަމްޢިއްޔާއެއްގެ ފަރާތުން ކޯޓުގައި ދައްކަންޖެހޭ ހުރިހާ ވާހަކައެއް ދައްކައި، ޖަވާބުދާރީ ވާންޖެހޭ ހުރިހާ ކަމަކަށް ޖަވާބުދާރީވެ، ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް ޕަވަރއޮފް އެޓަރނީއެއް ދީފައިވާ، ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލަކަށް އެ ކުންފުންޏެއްގެ ނުވަތަ އެޖަމްޢިއްޔާއެއްގެ ފަރާތުން ކޯޓަށް ހާޒިރުވެވިދާނެއެވެ. މިފަދައިންނެވެ.

15HN5އެހެންކަމުން، މިމައްސަލަ ދަށު ކޯޓުން ނިންމިއިރު، ދިވެހިރާއްޖޭގައި މިއޮތް ޤނޫނ އުޞޫލީ ބަޔާންކުރާ ގޮތުން، ކުންފުންޏެއް ތަމްސީލުކުރެވޭނީ ހަމައެކަނި ޤާނޫނީ ވަކީލުކަމުގެ ހުއްދައޮތް ވަކީލުންނަކަށް ނޫނެވެ. ޤާނޫނު ނަންބަރު: 2021/32 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 79 ވަނަ މާއްދާ ކުންފުންޏަކަށް ދަޢވު ލިބޭ މަދަނީ މައްސަލަތަކުގައި، ކުންފުނީގެ ޗެއަރމަން ނުވަތަ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލުވެރި އެހެން މެންބަރެއް ނުވަތަ އެ ކުންފުންޏެއް ހިންގުމާ ޙވާލުވަ ހުންނަ ވެރިއަކަށް އެ ކުންފުނި ކޯޓުގައި ތަމްސީލުކުރެވިދާނެކަން އެނގެއެވެ. ޕަވަރ އޮފް އެޓާރނީއެއް ހޯދަންޖެހޭ ޙާލަތަކީ ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލަކު މެދުވެރިކޮށް ކުންފުނި ތަމްސީލު ކުރާ ޙާލަތުގައިކަންވެސ އެނގެން އޮވެއެވެ.

16މިއިން އަންގައިދޭ ކަމަކީ، އެ ކުންފުންޏެއް ތަމްސީލު ކުރުމަށް ކުންފުނީގެ ޗެއަރމަން ނުވަތަ މެނޭޖިންގ ޑިރެކްޓަރު ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލުވެރި އެހެން މެންބަރެއް ކޯޓަށް ޙާޟިރުވާ ޙާލަތުގައި، ކުންފުނި ތަމްސީލު ކުރުމުގެ ޢާންމު ޤާނޫނީ އަހުލިއްޔަތެއް އެފަރާތްތަކުގެ ކިބައިގައި އޮންނާނެ ކަމަށް މިއުޞޫލު ޤަބޫލު ކުރާކަމެވެ. އެހެންކަމުން ސހުރާބު ޢަބްދުﷲ ދަށު ކޯޓަށް ޙާޟިރުވާ ހާރޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ތަމްސީލްކޮށް އެ ކުންފުނީގެ ދިފާއުގައި ވަކާލާތު ކުރިނަމަވެސް ކުންފުނި ތަމްސީލުކޮށްފައިވަނީ މެނޭޖިންގ ޑިރެކްޓަރ އަށް ލިބިދީފައިވާ ބާރުގެ ތެރެއިން ކަމަށް ބެލެވެއެވެ.

17HN6ކުންފުންޏަކީ ކުންފުނީގެ ޙިއްސާދާރުންނާއި ޑިރެކްޓަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްޞަކަށް ވުމުން، ކުންފުނީގެ ވިޔަފާރި ވާނީ ހަމައެކަނި ކުންފުނީގެ ވިޔަފާރިއަކަށެވެ. ކުންފުނީގެ ޙިއްޞާދާރުންގެ ނުވަތަ ޑިރެކްޓަރުންގެ ވިޔަފާރިއަކަށް ނޫނެވެ. އަދި ކުންފުންޏަކީ ކުންފުނީގެ ޙިއްސާދާރުންގެ އެޖެންޓެއް ނުވަތަ ޓްރަސްޓީއެއްވެސް ނޫނެވެ. ކުންފުންޏާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން މެނުވީ ކުންފުނީގެ ޙިއްސާދާރުން ކުންފުނީގެ ދަރަންޏަށް ފަރުދީގޮތުން ޒިންމާވާން ނުޖެހޭނެކަމީ ދަރަންޏއަ ޒިންމާވާ (ލިމިޓެޑު ލައިބިލިޓީ) ކުންފުނީގެ އެންމެ އަސާސީ އެއް މަފްޙޫމެވެ. އަދި ޑިރެކްޓަރުން ވެސް ޤާނޫނީ ހަމަތަކުގެ މަތިން ޒިންމާކުރުވާ ޙާލަތެއްގައި މެނުވީ ކުންފުނީގެ ވިޔަފާރީގެ މުޢާމަލާތްތަކަކަށ ފަރުދީގޮތުން ޒިންމާވާކަށް ވެސް ނުޖެހޭނެއެވެ.

18HN7މި މައްސަލައަކީ ކުންފުންޏަކަށް އަދި ކުންފުނީގެ ޑިރެކްޓަރެއްގެ މައްޗަށް ދަޢުވާކުރެވިފައިވާ މައްސަލައަކަށްވާއިރު، އާންމު އުޞޫލުން ކުންފުނީގެ ޑިރެކްޓަރުން އެ ކުންފުނީގެ ކަންކަމުގައި ފަރުދީ ގޮތުން ޒިންމާ އުފުލަން ނުޖެހޭއިރު، މި މައްސަލަ ދަށު ކޯޓުގައި ހިންގުނުއިރު ހަމައެކަނި ސުހރާބް ޢަބްދުﷲ ގެ މައްޗަށް ދަޢުވާލިބޭ މައްސަލައެއްކަމަށް ފެންނަގޮތަށް މައްސަލަ ބަލައި ނިންމިދާނެ ކަމަކަށް ނުދެކެމެވެ. އަދި މީގެ އިތުރުންވެސް، ކުންފުންޏަކީ މެންބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެއްކަނ އެނގެން އޮންނައިރު، މި މައްސަލައަކީ ހާރޕ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާނ އާއަ ފަރުމަސް ކޮށީގައި ދިރުވައި އާލާކުރުމަށްފަހު ފިނިކޮށް އެ ވިއްކުމަށްޓަކައި ފައިސާގެ އެހީއެއް ބޭނުންވެގެން ނަގާފައިވާ ފައިސާއެއްގެ ހުސޫމާތު އުފެދިގެން ހުށަހަޅާފައިވާ މައްސަލައެއްގައި، ކުންފުނީގެ ބަހެއް ނެތި މި މައްސަލާގައި ފައިސަލާނަކުރަނިވި ނިންމުމެއް ނިންމިދާނެ ކަމަކަށް ނުދެކެމެވެ.

19ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ އެ ނުކުތާތަކުގެ މައްޗަށް ބަލައިގެން އެ ނުކުތާތަކާމެދު މިވަގުތަށް ގޮތެއް ކަނޑައަޅަންޖެހޭފަދަ ނުކުތާތަކެއް ކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަގޮތް

20އިސްވެ ބަޔާންކުރަނިވި ކަންކަން އެގޮތުގެ މަތީން ހުރުމުން، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 51/B12C/2019 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، ތިލަދުންމަތީ ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 51/B12C/2019 ޤަޟިއްޔާ އަލުން ބަލައި ފައިސަލާ ކުރަނިވި ޙުކުމެއް ކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކޮށް، މި މައްސަލަ ނިންމަން ފެނެއެވެ. ފނޑިޔާރަ ޙަސަނު ޝަފީޢގު ރައުޔު؛

21އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. ފނޑިޔާރަ ޙުޒައިފާ މުޙައްމަދު ގ ރައުޔު؛

22އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

23މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ . މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ) 2022/HC-A/329 (2022/HC-N-A/12) 12 :, :, ;, C. .,,,,, 0:,.,,, 0 :, ;, :, 0 ,,, c. ;,x c. 0 / 0 _,,, .,,,,a~.,,, t. 0 C.,,,,, 0 t. ..... <¥>/'V_r .J°.?.r'.,r/.J° 'r.,;,.,,,.-.,,- ./4'.J°.? .S,J°.S.A rvrv .J'./4'..... V./4'/1<¥> _p,-...-,.,,,, ' ✓_,,1./4'.r ~ ~ ,,, ~ ,,, ,,, ,,, ox.:, -1,, 0.:,.:, -1,, ,,, ox .,,,, ~ 0 ,,, :, .,,,, 0.,,,,. t..>O Ot.t. 0 0 t. .:, 0.:,.:,.:, '.rV/fit# .,;,v.,,,; .J'.A.,I /V .A.S/1.A~ :i 51 /B12C/2019 ..... <¥>./4'/4' .s EV E.,,,.-E,-...-,e.? /'.,I A_r ,,J, V ,,, ,,, ,,, ,,, ,,, ~ ':,.,,,. 0.,,, ~ .,,, ox,.,,,~ .,,, ~ 0 ,,,,, .s.,;,vrv .J'.A.,1 .rv .S ✓.,1 A .S .,1'1.A~ :i ,,, ,,, ,,, .,,,.,,,a.,,,;,:, 0 t..:,.:, ,,, .:, -1,,,,, ,,, ,,, ,,, 0 .:,,,, -1,, 0 ,,, :, .,,,,, 0.,,,, t..:, 0 'AVE.r.?.,,,.-v A .,?V ./. _pr.,,,.-v /,-...-,A.,1 A/<¥> /'/A /1.A~.:i 51/B 12C/2019 _,,...,,rr .s EV ,,, ,,, ,,, ,,, ,,, ,,,

0 .:,,,, t. ,~o~ ,,, ,,, t. (;, :,;, ?.' t. .:, ,,, .:, 0 C.LC. 0 ~ C. ) ;, .,,,, 0.,,,,, :, ,., ~ .? r.r.r .s (.r) .S_r.A.? r .P 46 .s rr.s .SV.J°EV .Se.A.,,,.- ✓ .P_r 22/2010 _,,...,,rr rr:i ,,, ,,, ,,, .,,,a,.,, .,,,,.,. o.,,,,, .J°.?./4'_,r/.J° /,-...-,A.? ~ ,,, C. C. ox O :, :, 0 :, ~ 0 c.o:,~ .,,,,, c. .,,,,.,,,,, o.,,,,. •.J'.?.,1/'V.,?V./. ./4'.S.,1.J°.A.A .S /'.,,,.-.,1'1 t../4'.,1 /<¥> /,-...-,A.? .? ~ .,,,,, .,,,, ,,, ,,, ,,, >O>> _,_,. -,,,0 _, :..,..v.7v.,,,; A/• /1A~.S.7 # .,,, .,,, .,,, _? 0 :,.,,,,o.,,,,:, ~ .,,,,:, :,~ .,,, :, .,,,, .,,,, :,~ .,,, _r .? A ./..? .,I A (! ./. .,,,.-/1 t. ./4'.,I --1.,I ,-...-,✓• _,,...,, t. r .,I ,,, ,,, ~ ,,, ,-::, O> :,:,:,~ o{?,,,, ,uo-::- C. ' /.? './""'J./"' ✓ (!_~•A '~V--: ✓ J eA_,,,c-::_p~ www-highcourt-gov-mv info@ highcourt- go v- mv

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ (ހ)، (ށ)
  • ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 45 ވަނަ މާއްދާގެ (ބ)
  • ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު — 'ޝަރީޢަތުގެ މަޖިލީހުގައި ބަދަލު ޤަބޫލުކުރުމާއި، ޤާނޫނީ ވަކީލެއްގެ ހައިޞިއްޔަތުން ވަކާލާތުކުރުމަށް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމުގެ ގަވާއިދު' (178 ވަނަ މާއްދާ / (6) އަދި (9))
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 79 ވަނަ މާއްދާ (މި މައްސަލައަށް ނުހިންގޭކަމަށް)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ