އިބްރާހީމް ޢަބްދުﷲ ވ. ޖޭ.އޭ.އާރު.އެޗް މޯލްޑިވްސް ޕވޓ ލޓޑ
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 222/VTR/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އިބްރާހީމް ޢަބްދުﷲ ގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 222/VTR/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތް ޙާޟިރުނުވުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ)
ފަނޑިޔާރުން
- ބެންޗު
- އިބްރާހީމް މާހިރު، ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)، ޙުސައިން މަޒީދު
- ރިޔާސަތު
- ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2022/HC-A/331
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް
3. މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 01 ސެޕްޓެންބަރު 2022 – ބާޠިލުކުރި ތާރީޚް: 05 މެއި 2026
4. އިސްތިއުނާފް ކުރި ފަރާތް:
ފުރިހަމަ ނަން: އިބްރާހީމް ޢަބްދުﷲ
5. އިސްތިއުނާފް ރައްދުވި ފަރާތް:
ފުރިހަމަ ނަން: ޖޭ.އޭ.އާރު.އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
6. ހުށަހެޅިފައިވާ މައްސަލަ:
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 222/VTR/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އިބްރާހީމް ޢަބްދުﷲ ގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7. ހައިކޯޓުން ނިންމި ގޮތް:
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 222/VTR/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އިބްރާހީމް ޢަބްދުﷲގެ ފަރާތުން ހުށަހެޅުމުން ބެލުމަށް ހަމަޖެހިފައިވާ މިކޯޓުގެ ނަންބަރު 2022/HC-A/331 ޤަޟިއްޔާގެ ޝަރީޢަތް ބޭއްވުމަށްޓަކައި، އިބްރާހީމް ޢަބްދުﷲގެ ޤާނޫނީ ވަކީލަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވުމަށް އަންގައި ފޮނުވި މިކޯޓުގެ ނަންބަރު 95-B4/CHT/2026/1256 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ރައްދުވެފައިވާއިރު، އެ އަމުރުގައިވާ ގޮތުގެ މަތިން، އެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް އިބްރާހީމް ޢަބްދުﷲގެ ޤާނޫނީ ވަކީލު ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވެފައިނުވާތީއާއި އަދި ޙާޟިރުނުވި ސަބަބެއްވެސް އަންގާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އިބްރާހީމް ޢަބްދުﷲގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/331 ޤަޟިއްޔާގެ ދަޢުވާ ފޯމް، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8. މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު އިބްރާހީމް މާހިރު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)
ފަނޑިޔާރު ޙުސައިން މަޒީދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.