ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/348

ވޯޓަރ ފްރަންޓް ހޮޓެލް އެންޑް ލެޝަރ ޕްރައިވެޓް ލިމިޓެޑް ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 27 ޖަނަވަރީ 2025ދަށު ކޯޓު: ސިވިލް ކޯޓު 14/Cv-C-HD/2022ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 14/Cv-C-HD/2022
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވޯޓަރ ފްރަންޓް ހޮޓެލް އެންޑް ލެޝަރ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް ހުށަހެޅި 14/Cv-C-HD/2022 ޤަޟިއްޔާގައި، އެ ކޯޓުން ނަންބަރު 144-BHD11/VN/2022/01 "ވަގުތީ އަމުރާމެދު ނިންމިގޮތް" ނެރުނު.
ވާޤިޢާ
އެ ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފުކުރުމަށް ވޯޓަރ ފްރަންޓް ހޮޓެލް އެންޑް ލެޝަރ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މައްސަލަ 15 ސެޕްޓެމްބަރ 2022 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރި. އޭގެ ފަހުން، އެ ކުންފުނީގެ އެދުމުން ދަށު ކޯޓުން މައުޟޫޢީ މައްސަލައިގެ ދަޢުވާފޯމު ބާޠިލުކޮށް 25 ނޮވެމްބަރ 2024 ގައި މައްސަލަ ނިންމި.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުން ނެރުނު ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފުކޮށްފައިވާއިރު، އެ ނިންމުމާ ގުޅުންހުރި މައުޟޫޢީ މައްސަލައިގެ ދަޢުވާފޯމު، ދަޢުވާކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން ދަށު ކޯޓުން ބާޠިލުކޮށް މައްސަލަ ނިމިފައިވާ ހާލަތުގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ އެދުމަށް ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރުން.
ޚަޞްމުންގެ ހުށަހެޅުންތައް
ވަގުތީ އަމުރާ ގުޅުންހުރި މައުޟޫޢީ މައްސަލަ ނެތުމުން އިސްތިއުނާފު ބާޠިލުކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ނަންބަރު HDC(161)-CLA/95/2025/2 (07 ޖަނަވަރީ 2025) ސިޓީއިން އެދުނު. އިސްތިއުނާފުކުރި ފަރާތުގެ ޚިޔާލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
ކޯޓުގެ ސަބަބުތައް
ވަގުތީ އަމުރާމެދު ނިންމިގޮތާ ގުޅުންހުރި މައުޟޫޢީ މައްސަލަ ދަށު ކޯޓުން ބާޠިލުކޮށް ނިމިފައިވާތީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ އެދުމަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން 27 ޖަނަވަރީ 2025 ގައި އިސްތިއުނާފު ބާޠިލުކުރި.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ 14/Cv-C-HD/2022 ޤަޟިއްޔާގައި ނެރުނު ނަންބަރު 144-BHD11/VN/2022/01 ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފުކުރުމަށް ހުށަހެޅި ފޯމު ބާޠިލުކުރި (މައުޟޫޢީ މައްސަލަ ދަށު ކޯޓުން ނިމިފައިވާތީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ އެދުމަށް)؛ ދަށު ކޯޓުގެ ނިންމުމާމެދު ގޮތެއް ނުނިންމާ.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު)، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ރިޔާސަތު
ފަނޑިޔާރު ދީބާނާޒް ފަހުމީ
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2022/HC-A/348

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: ވަގުތީ އަމުރާމެދު ނިންމިގޮތް

3މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 15 ސެޕްޓެމްބަރ 2022

ބާޠިލްކުރި ތާރީޚް: 27 ޖަނަވަރީ 2025

4އިސްތިއުނާފު ކުރި ފަރާތް:

ފުރިހަމަ ނަން: ވޯޓަރ ފްރަންޓް ހޮޓެލް އެންޑް ލެޝަރ ޕްރައިވެޓް ލިމިޓެޑް

ރަޖިސްޓްރީ ނަންބަރު: C-0804/2017

ޢާއްމު ނަން: ވޯޓަރ ފްރަންޓް ހޮޓެލް އެންޑް ލެޝަރ ޕްރައިވެޓް ލިމިޓެޑް

ދާއިމީ އެޑްރެސް: މ.ހަސޯވާ، މާލެ

މިހާރުގެ އެޑްރެސް: މ.ހަސޯވާ، މާލެ

5އިސްތިއުނާފު ރައްދުވާ ފަރާތް:

ފުރިހަމަ ނަން: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: -

ދާއިމީ އެޑްރެސް: އެޗް.ޑީ.ސީ ބިލްޑިންގ، މާލެ

މިހާރުގެ އެޑްރެސް: އެޗް.ޑީ.ސީ ބިލްޑިންގ، މާލެ

6ހުށަހެޅިފައިވާ މައްސަލަ:

ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 14/Cv-C-HD/2022 ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާ މައްސަލައިގައި، އެ ކޯޓުން ނެރެފައިވާ ނަންބަރު 144-BHD11/VN/2022/01 "ވަގުތީ އަމުރާމެދު ނިންމިގޮތް" އިސްތިއުނާފު ކުރުމަށްއެދި، ވޯޓަރ ފްރަންޓް ހޮޓެލް އެންޑް ލެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.

7ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމިގޮތް:

ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 144-BHD11/VN/2022/01 "ވަގުތީ އަމުރާމެދު ނިންމިގޮތް" އިސްތިއުނާފު ކުރުމަށްއެދި ވޯޓަރ ފްރަންޓް ހޮޓެލް އެންޑް ލެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/348 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/348 ޤަޟިއްޔާއިން ބެލުމަށް ހަމަޖެހިފައިވާ މައްސަލަ، އިސްތިއުނާފުކުރުމަށް ހުށަހެޅިފަހުން، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 144-BHD11/VN/2022/01 "ވަގުތީ އަމުރާމެދު ނިންމިގޮތް" އާ ގުޅުންހުރި، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 14/Cv-C-HD/2022 ޤަޟިއްޔާއިން ބައްލަވަމުން ގެންދެވި މައްސަލައިގެ ދަޢުވާފޯމު އަނބުރާ ގެންދިއުމަށްއެދި ވޯޓަރ ފްރަންޓް ހޮޓެލް އެންޑް ލެޝަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލައިގެ ދަޢުވާފޯމު ބާޠިލުކޮށް، 25 ނޮވެމްބަރ 2024 ދުވަހު މައްސަލަ ނިންމަވާފައިވާތީ، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 144-BHD11/VN/2022/01 "ވަގުތީ އަމުރާމެދު ނިންމިގޮތް"އާ ގުޅުންހުރި މައުޟޫޢީ މައްސަލަ މިހާރު ނެތުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/348 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގެ ދަޢުވާފޯމު ބާޠިލުކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު HDC(161)-CLA/95/2025/2 (07 ޖަނަވަރީ 2025) ސިޓީއިން އެދިފައިވެއެވެ.

މި މައްސަލައިގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އެދިފައިވާގޮތަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/348 ޤަޟިއްޔާއިން ބަލަމުން ގެންދިޔަ އިސްތިއުނާފުގެ މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ބާޠިލުކޮށްފީމެވެ.

8މައްސަލަ ނިންމި ފަނޑިޔާރުން:

ފަނޑިޔާރު މުޙައްމަދު ނިޔާޒް

ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު)

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ