މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ވ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ICOM-2022/65
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ICOM-C/2022/65 ނަންބަރުގައި ނިންމުމެއް ނިންމި. އެ ނިންމުމުގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
- ވާޤިޢާ
- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުން އިލްތިމާސްކުރުމަށް، އެ އޮފީހުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅި މައްސަލަ 26 ސެޕްޓެމްބަރު 2022 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ICOM-C/2022/65 ނިންމުމުން އިލްތިމާސްކުރި ދައުލަތުގެ މިނިސްޓްރީގެ ފަރާތުން، ބަންޑާރަ ނައިބުގެ އޮފީހުން މައްސަލަ މުރާޖަޢާކޮށް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދުމުން، ކޯޓުތަކުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ބަންޑާރަ ނައިބުގެ އޮފީހުން މައްސަލަ މުރާޖަޢާކޮށް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި، ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް 32-CLD/2024/305 ނަންބަރުގެ (10 ޑިސެމްބަރު 2024) ސިޓީއިން ހައިކޯޓަށް އެދުނު.
- ކޯޓުގެ ސަބަބުތައް
- ބަންޑާރަ ނައިބުގެ އޮފީހުން އެދުމުން، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން 11 ޑިސެމްބަރު 2024 ގައި ދަޢުވާ ފޯމު ބާޠިލުކުރި.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭއިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ICOM-C/2022/65 ނިންމުމާމެދު ގޮތެއް ނުނިންމައި، އިސްތިއުނާފުކުރި ފަރާތުގެ ބަދަލުގައި ބަންޑާރަ ނައިބުގެ އޮފީހުން އެދުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތް ތަމްސީލުކުރީ
- ބަންޑާރަ ނައިބުގެ އޮފީސް
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ސަލީމް، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2022/HC-A/360
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފް ކުރުމަށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 26 ސެޕްޓެންބަރު 2022
* ބާޠިލްކުރި ތާރީޚް: 11 ޑިސެމްބަރު 2024
4އިސްތިއުނާފު ކުރި ފަރާތް:
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
5އިސްތިއުނާފު ރައްދުވާ ފަރާތް:
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
6ހުށަހެޅިފައިވާ މައްސަލަ:
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަންބަރު ICOM-C/2022/65 ނިންމުން އިލްތިމާސްކުރުމަށް އެދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުންސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސްގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ.
7ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް:
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަންބަރު ICOM-C/2022/65 ނިންމުން އިލްތިމާސްކުރުމަށް އެދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުންސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސްގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/360 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން މުރާޖަޢާކޮށް، މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް އެ އޮފީހުގެ ފަރާތުން ނިންމާފައިވާތީ، މި މައްސަލައިގެ ދައުވާ ފޯމު ބާޠިލްކޮށްދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ނަންބަރު 32-CLD/2024/305 (10 ޑިސެންބަރު 2024) ސިޓީއިން އެދިފައިވާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/360 ޤަޟިއްޔާގެ ދަޢުވާ ފޯމް، މި ޤަޟިއްޔާ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު މުޙައްމަދު ސަލީމް
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ށ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.