މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. އަމިން ބިލްޑްވެއަރ ޕްރައިވެޓް ލިމިޓެޑް ބާޠިލުކުރި ތާރީޚް: 15 އޮކްޓޫބަރު 2025
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2020/031 މައްސަލަ އިސްތިއުނާފު ކުރުމަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ޓެކްސް އެޕީލް ޓްރައިބިއުނަލް TAT-CA-B/2020/031
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާ
ފަނޑިޔާރުން
- ބެންޗު
- ޙަސަން ޝަފީޢު، ޙުޒައިފާ މުޙައްމަދު (ރިޔާސަތު)، ދީބާނާޒް ފަހުމީ
- ރިޔާސަތު
- ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2022/HC-A/368
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމް
3. މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 02 އޮކްޓޫބަރު 2022 – ބާޠިލުކުރި ތާރީޚް: 15 އޮކްޓޫބަރު 2025
4. އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
5. އިސްތިއުނާފު ރައްދުވި ފަރާތް:
ފުރިހަމަ ނަން: އަމިން ބިލްޑްވެއަރ ޕްރައިވެޓް ލިމިޓެޑް ބާޠިލުކުރި ތާރީޚް: 15 އޮކްޓޫބަރު 2025
6. ހުށަހެޅިފައިވާ މައްސަލަ:
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2020/031 މައްސަލަ އިސްތިއުނާފު ކުރުމަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7. ހައިކޯޓުން ނިންމި ގޮތް:
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2020/031 މައްސަލަ އިސްތިއުނާފުކުރުމަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ މި ކޯޓުން ބަލަމުންދަނީ މި ކޯޓުގެ ނަންބަރު 2022/HC-A/368 ޤަޟިއްޔާއިންނެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ ނުކުތާތަކީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކުރުމުގެ މުއްދަތު ގުނުމާ ގުޅޭ އިޖުރާއީ ނުކުތާއެއްކަމަށްވާއިރު، މިހާރު މި ނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާ ހައްލެއް ހޯއްދަވާދެއްވާފައިވާތީ މި މައްސަލަ އަނބުރާ ގެންދިޔުމަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން މިކޯޓަށް ސިޓީ[1] ފޮނުވާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/368 ޤަޟިއްޔާގެ ދަޢުވާ ފޯމު، މި ޤަޟިއްޔާ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8. މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު (ރިޔާސަތު)
ފަނޑިޔާރު ދީބާނާޒް ފަހުމީ
[1] މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު 220-LSS/95/2025/34 (14 އޮކްޓޫބަރު 2025) ސިޓީ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.