ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2022/HC-A/371ހައިކޯޓު · 15 އޮކްޓޫބަރު 2025 · ދައުވާ ފޯމް ބާތިލުކުރުން

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 15 އޮކްޓޫބަރު 2025ދަށު ކޯޓު: ޓެކްސް އެޕީލް ޓްރައިބިއުނަލް TAT-CA-B/2020/033ބާވަތް: ޓެކްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2020/033 މައްސަލަ އިސްތިއުނާފު ކުރުމަށްއެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ޓެކްސް އެޕީލް ޓްރައިބިއުނަލް TAT-CA-B/2020/033
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާ

ފަނޑިޔާރުން

ބެންޗު
ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ (ރިޔާސަތު)، ޙުޒައިފާ މުޙައްމަދު
ރިޔާސަތު
ދީބާނާޒް ފަހުމީ
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1. ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2022/HC-A/371

2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު

3. މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 04 އޮކްޓޯބަރ 2022 – ބާޠިލުކުރި ތާރީޚް: 15 އޮކްޓޯބަރ 2025

4. އިސްތިއުނާފު ކުރި ފަރާތް:

ފުރިހަމަ ނަން: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

5. އިސްތިއުނާފު ރައްދުވި ފަރާތް:

ފުރިހަމަ ނަން: އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

6. ހުށަހެޅިފައިވާ މައްސަލަ:

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2020/033 މައްސަލަ އިސްތިއުނާފު ކުރުމަށްއެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.

7. ހައިކޯޓުން ނިންމި ގޮތް:

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2020/033 މައްސަލަ އިސްތިއުނާފު ކުރުމަށްއެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ހުށަހެޅި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/371 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައެކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/371 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅިފަހުން، މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކަކީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކުރުމުގެ މުއްދަތު ގުނުމާގުޅޭ އިޖުރާއީ ނުކުތާތަކަކަށްވާއިރު، އެ ނުކުތާތަކާ ގުޅޭގޮތުން މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅުއްވައި ޙައްލެއް ހޯއްދަވައި ދެވާފައިވާތީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ހުށަހަޅާފައިވާ އިސްތިއުނާފު އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާކަމަށާއި މައްސަލަ އަނބުރާ ގެންދިޔުމަށް، އެ އޮތޯރިޓީގެ ނަންބަރު 220-LSS/95/2025/34 (14 އޮކްޓޯބަރ 2025) ސިޓީއިން އެދިފައިވެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން އެދިފައިވާގޮތަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/371 ޤަޟިއްޔާއިން ބަލަމުން ގެންދިޔަ އިސްތިއުނާފުގެ މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.

8. މައްސަލަ ނިންމި ފަނޑިޔާރުން:

ފަނޑިޔާރު ޙަސަން ޝަފީޢު

ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު)

ފަނޑިޔާރު ޙުޒައިފާ މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ