މުޙައްމަދު ވަޙީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓު 32/S5C/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ 32/S5C/2020 ޤަޟިއްޔާއިން މުޙައްމަދު ވަޙީދުގެ މައްޗަށް ޖަލު އަދަބު ކަނޑައެޅި. ކުށުގެ ބާވަތާއި އަދަބުގެ މުއްދަތު ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
- ވާޤިޢާ
- ސ.ފޭދޫ، ކަނީރުމާގެ / މުޙައްމަދު ވަޙީދު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ދެކޮޅަށް ދަށުކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ 20 އޮކްޓޯބަރ 2022 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު. މައްސަލަ ބެލުމަށް ހަމަޖެހިފައިވަނިކޮށް، 22 ޖޫން 2023 ގައި ޤާނޫނު ނަންބަރު 2/2010 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އޭނާގެ ޖަލު އަދަބު ލުއިކޮށް މަޢާފުދީ އޭނާ މިނިވަންވި.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ 32/S5C/2020 ޤަޟިއްޔާއިން ކުރި ޖަލު އަދަބު، ޤާނޫނު ނަންބަރު 2/2010 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ލުއިކޮށް މަޢާފުދީ އިސްތިއުނާފުކުރި ފަރާތް މިނިވަންވުމުން އޭނާ އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ރައީސުލްޖުމްހޫރިއްޔާގެ މަޢާފުން މިނިވަންވުމުން، ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދި އިސްތިއުނާފުކުރި ފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހައި 09 ސެޕްޓެމްބަރ 2024 ގައި ހައިކޯޓަށް ސިޓީ ފޮނުވި.
- ކޯޓުގެ ސަބަބުތައް
- ޖަލު އަދަބު ލުއިކޮށް މަޢާފުދީ އިސްތިއުނާފުކުރި ފަރާތް މިނިވަންވެ، ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އޭނާ އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ ދަށުން، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން 10 ސެޕްޓެމްބަރު 2024 ގައި ދަޢުވާ ފޯމު ބާޠިލުކުރި.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭއައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ 32/S5C/2020 ޤަޟިއްޔާގެ ޙުކުމާމެދު ގޮތެއް ނުނިންމައި، ރައީސުލްޖުމްހޫރިއްޔާގެ މަޢާފުން މިނިވަންވުމުން އިސްތިއުނާފުކުރި ފަރާތުން އެދުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު މުޙައްމަދު ނިޔާޒް (ރިޔާސަތު)، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ރިޔާސަތު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
މާލެ، ދިވެހިރާއްޖެ
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2022/HC-A/386
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 އޮކްޓޯބަރ 2022
* ބާޠިލުކުރި ތާރީޚް: 10 ސެޕްޓެންބަރު 2024
4އިސްތިއުނާފް ކުރި ފަރާތް:
* ފުރިހަމަ ނަން: މުޙައްމަދު ވަޙީދު
* އައިޑީ ކާޑު ނަންބަރު: A044353
* ޢާއްމު ނަން: ވަޙީދު
* މިހާރުގެ އެޑްރެސް: ބެލޫން / ސ.ފޭދޫ
* ދާއިމީ އެޑްރެސް: ކަނީރުމާގެ / ސ.ފޭދޫ
5އިސްތިއުނާފް ރައްދުވި ފަރާތް:
* ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައިޑީ ކާޑު ނަންބަރު: -
* ޢާއްމު ނަން: -
* މިހާރުގެ އެޑްރެސް: ހ.ވެލާނާގެ / މާލެ
* ދާއިމީ އެޑްރެސް: ހ.ވެލާނާގެ / މާލެ
6ހުށަހެޅިފައިވާ މައްސަލަ:
އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/S5C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ސ.ފޭދޫ، ކަނީރުމާގެ / މުޙައްމަދު ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ މައްސަލަ.
7ނިންމި ގޮތް:
އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/S5C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ސ.ފޭދޫ، ކަނީރުމާގެ / މުޙައްމަދު ވަޙީދުގެ ފަރާތުން ހުށަހެޅި މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/386 ޤަޟިއްޔާއިން ބެލުމަށް ހަމަޖެހިފައިވަނިކޮށް، ޤާނޫނު ނަންބަރު 2/2010 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) އިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރާއި ބާރުގެ ދަށުން، 22 ޖޫން 2023 ގައި މުޙައްމަދު ވަޙީދުގެ މައްޗަށް އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/S5C/2020 ޤަޟިއްޔާއިން ކޮށްފައިވާ ޖަލު އަދަބު ލުއިކޮށް ރައީސުލްޖުމްހޫރިއްޔާ މަޢާފުދީ މުޙައްމަދު ވަޙީދު މިނިވަންވެފައިވާތީ، މިމައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށްދެއްވުމަށް އެދި މުޙައްމަދު ވަޙީދުގެ ފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހައި 09 ސެޕްޓެމްބަރ 2024 ދުވަހު މިކޯޓަށް ސިޓީ ފޮނުވާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/386 ޤަޟިއްޔާއިން ބަލަމުންގެންދިޔަ މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު މުޙައްމަދު ފައިޞަލް
ފަނޑިޔާރު މުޙައްމަދު ނިޔާޒް (ރިޔާސަތު)
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2010 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.