ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނާޘިމް ޢަބްދުއްސައްތާރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 528/Cr-C/2022
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން 528/Cr-C/2022 ނަންބަރުގައި ޙުކުމެއް ކުރި. އެ ޙުކުމުގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ؛ ރައްދުވާ ފަރާތުން އެ ޙުކުމް ތަންފީޒުކޮށް ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބަޔާންކުރި.
- ވާޤިޢާ
- ކްރިމިނަލް ކޯޓުގެ 528/Cr-C/2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، އަޙްމަދު ނާޡިމް ޢަބްދުއްސައްތާރުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅި މައްސަލަ 26 އޮކްޓޫބަރު 2022 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކްރިމިނަލް ކޯޓުގެ 528/Cr-C/2022 ޤަޟިއްޔާ އިސްތިއުނާފުކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ރައްދުވާ ފަރާތުން ދަށުކޯޓުގެ ޙުކުމް ތަންފީޒުކޮށް ނިންމާފައިވާތީ މައްސަލަ ކުރިޔަށް ގެންދިއުމުގެ މަޞްލަޙަތެއް ނެތްކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދަށުކޯޓަށް ހުށަހެޅުނު ދަޢުވާގައި ބަޔާންކުރާ ކުށުގެ ޢަދަބަކީ ނިސްބަތުން ކުޑަ ޢަދަބަކަށްވެފައި، އިސްތިއުނާފުކުރިފަހުން މުއްދަތެއް ހޭދަވެ، ރައްދުވާ ފަރާތުން ޙުކުމް ތަންފީޒުކޮށް ނިންމާފައިވާތީ މައްސަލަ ކުރިޔަށް ގެންދިއުމުގެ މަޞްލަޙަތެއް ނެތްކަމަށް ބުނެ، މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 15 ނޮވެންބަރު 2023 ގައި ހައިކޯޓަށް ސިޓީ ފޮނުވި.
- ކޯޓުގެ ސަބަބުތައް
- އިސްތިއުނާފުކުރި ފަރާތުން މައްސަލަ ކުރިޔަށް ނުގެންދިއުމަށް ނިންމައި އަނބުރާ ފޮނުވައިދިނުމަށް އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން 19 ނޮވެންބަރު 2023 ގައި ދަޢުވާ ފޯމު ބާޠިލުކުރި.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭކްރިމިނަލް ކޯޓުގެ 528/Cr-C/2022 ޤަޟިއްޔާއާމެދު ގޮތެއް ނުނިންމައި، އިސްތިއުނާފުކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ ކުރިޔަށް ނުގެންދިއުމަށް ނިންމައި އެދުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު މުޙައްމަދު ސަލީމް (ރިޔާސަތު)، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ރިޔާސަތު
- ފަނޑިޔާރު މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2022/HC-A/401
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފޯމް
* ފޯމު ނަންބަރު:-
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 26 އޮކްޓޫބަރު 2022
* ބާޠިލުކުރި ތާރީޚް: 19 ނޮވެންބަރު 2023
4އިސްތިއުނާފް ކުރި ފަރާތް:
* ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައިޑީ ކާޑު ނަންބަރު: -
* ޢާއްމު ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: ހ. ވެލާނާގެ/ މާލެ
5އިސްތިއުނާފް ރައްދުވި ފަރާތް:
* ފުރިހަމަ ނަން: އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު
* އައި.ޑީކާޑު ނަންބަރު: A011115
* ޢާއްމު ނަން: ނާޡިމް
* ދާއިމީ އެޑްރެސް: ގ. ކެނެރީގެ/ މާލެ
* މިހާރުގެ އެޑްރެސް: ގ. ޓެޓްރާ/ މާލެ
6ހުށަހެޅިފައިވާ މައްސަލަ:
ކްރިމިނަލް ކޯޓުގެ ނަންބަރު 528/Cr-C/2022 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް:
ކްރިމިނަލް ކޯޓުގެ ނަންބަރު 528/Cr-C/2022 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ނަންބަރު 2022/HC-A/401 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުރާޖަޢާކޮށް ބެލިއިރު، އެ މައްސަލައިގައި ދަށުކޯޓަށް ހުށަހެޅުނު ދަޢުވާގައި ބަޔާންކުރާ ކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ ޢަދަބަކީ ނިސްބަތުން ކުޑަ ޢަދަބެއް ކަމަށްވެފައި މައްސަލަ އިސްތިއުނާފުކުރި ފަހުން ހޭދަވެފައިވާ މުއްދަތަށާއި، ދަށު ކޯޓުގެ ޙުކުމާ އެއްގޮތަށް އިސްތިއުނާފު ރައްދުވާފަރާތުން ޙުކުމް ތަންފީޒުކޮށް ނިންމާފައިވާތީ އިސްތިއުނާފީ މިމައްސަލަ ކުރިޔަށް ގެންދިއުމުގެ މަސްލަޙަތެއް މިހާރު ނެތަތީ، މި މައްސަލަ ކުރިޔަށް ނުގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ކަމަށް ބަޔާންކޮށް، މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 15 ނޮވެންބަރު 2023 ގައި މިކޯޓަށް ސިޓީ ފޮނުވާފައިވާތީ، ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/401 ޤަޟިއްޔާގެ ދަޢުވާ ފޯމު، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
• މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙުސައިން މަޒީދު
ފަނޑިޔާރު މުޙައްމަދު ސަލީމް (ރިޔާސަތު)
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ފުޓްނޯޓު
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2023/541 ސިޓީ. (15 ނޮވެންބަރު 2023)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ހ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.