ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/62

ޙަސަން މުޣުނީ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 6 މާރިޗު 2022ދަށު ކޯޓު: ސިވިލް ކޯޓު 145-B5-CR-4/INDIV/2022/01ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 145-B5-CR-4/INDIV/2022/01
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަގުތީ އަމުރެއް ތަންފީޛުކުރުމަށް ހުށަހެޅި ތަންފީޛީ މައްސަލައެއްގައި، އެ އަމުރު ރައްދުނުވާ ތިންވަނަ ފަރާތެއް ތަދައްޚުލްކުރުވައި، އެ ފަރާތުގެ ކުލީގެ އެއްބަސްވުންތަކާއި ލިޔެކިޔުންތައް ހުށަހެޅުމަށް ސިވިލް ކޯޓުން އެންގުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ސިވިލް ކޯޓުގެ އެންގުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ތަންފީޛުކުރަން އެދޭ ވަގުތީ އަމުރު ރައްދުވާ ކުންފުންޏާއި ތިންވަނަ ފަރާތާ ދެމެދު އަމުރުގައި ބުނެވޭ މުދަލާ ގުޅޭ ތަޢާޤުދީ ގުޅުމެއް އުފެދިފައިވާއިރު، އަދި ވަގުތީ އަމުރު ހޯދި ފަރާތުގެ މަޞްލަޙަތު ބިނާވެފައިވަނީ އެ މުދަލުން ލިބޭ މާލީ މަންފާގެ މައްޗަށްކަމަށްވާއިރު، އެ ތިންވަނަ ފަރާތް ތަދައްޚުލްކުރުވައި ލިޔެކިޔުންތައް ހުށަހެޅުމަށް އެންގުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.

މަދަނީ › އެހެނިހެން

HN2 ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން މަޞްލަޙަތު އޮތް ކަމަށް ޤަބޫލުކުރެވޭ ފަރާތެއް ތަދައްޚުލްކުރުވުމަކީ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން ކުރެވިދާނެ ކަމެކެވެ. (ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު، ޕެރ. 12)

HN3 ޢާންމު އުޞޫލުން ވަގުތީ އަމުރަކީ އެ އަމުރު ރައްދުވާ ފަރާތެއް ޢަމަލުކުރުން ލާޒިމުވާ in personam އަމުރުތަކެއް ކަމުން، އެފަދަ އަމުރަކާ ޚިލާފުވުމުން އެޅޭ ފިޔަވަޅެއް އަޅަންވާނީ އަމުރު ރައްދުވާ ފަރާތަކަށެވެ. (ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު، ޕެރ. 12)

HN4 ކޯޓުގައި ހިނގަމުންދާ ތަންފީޛީ މައްސަލައެއްގައި އެ މައްސަލައާ ގުޅުންހުރި މުދަލާއި ފައިސާ ފަދަ ތަކެތި ޙިމާޔަތްކުރުމުގެ ގޮތުން ތިންވަނަ ފަރާތެއްގެ ބަސް ހޯދުން ނުވަތަ އެ ފަރާތުގެ ކިބައިން މަޢުލޫމާތު ހޯދުމަށް އެންގުމަކީ ޢާންމު އުޞޫލުން ޝަރީޢަތުން ޢަމަލުކުރަމުންދާ ގޮތެވެ؛ އެފަދަ ފަރާތަށް ވާހަކަދެއްކުމުގެ ފުރުޞަތު ލިބިގެންވާނަމަ އެ އެންގުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ. (ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު، ޕެރ. 13)

HN5 ވަގުތީ އަމުރަކީ މައްސަލަ ނިމެންދެން ދެވޭ ވަގުތީ ފަރުވާއެއް ކަމުން، އެ އަމުރު ތަންފީޛުނުވާނަމަ މައުޟޫޢީ މައްސަލަ ބަލާ ފަނޑިޔާރު ނޫން އެހެން ފަނޑިޔާރަކު ބަލާ ވަކި ތަންފީޛީ ޤަޟިއްޔާއެއް ހިންގުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ؛ އޮތް ފަރުވާއަކީ މައުޟޫޢީ މައްސަލައިގެ ތެރެއިން އިތުރު ފިޔަވަޅު އެޅުން ނުވަތަ ކޯޓު ޙުރުމަތް ކެނޑުމުގެ ފިޔަވަޅު އެޅުމެވެ. (ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު، ޕެރ. 14)

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ޙަމީދު، މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ނިޔާޒާއި ފަނޑިޔާރު ފާޠިމަތު ފަރްހީޒާ

ތާއީދުކުރެއެވެ .  މައްސަލައިގެ ޚުލާޞާ : 1- މިއީ، ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/INDIV/2022/01 )12 ޖަނަވަރީ 2022( ސިޓީން އަންގާފައިވާ އެންގުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ކަމަށްބުނެ، ޙަސަން މުޣުނީގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި އެއްވެސް ފަރާތް ބަޔާންކޮށްފައިނުވެއެވެ .  ކަން ހިނގާފައިވާ ގޮތް : 2- […] އެވެކިޔާ ގޯތީގައި ހަދާ ޢިމާރާތުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ ހެދުމަށްޓަކައި އަޙްމަދު ވަޙީދުގެ ފަރާތުން 1.5 މިލިއަން ދިވެހިރުފިޔާ އިންވެސްޓްކުރުމަށްޓަކައި އަޙްމަދު ވަޙީދާއި ޕެންބިނާން އެން.ޖީ .އެލް .ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ . މި އެއްބަސްވުމުގެ ދަށުން […] ގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާގެ ކުލީގެ %60 )ފަސްދޮޅަސް ޕަސަންޓް ( އިންވެސްޓްކުރާ ފަރާތަށް ލިބެންވާނެކަމަށާއި، އަދި ބާކީ %40 )ސާޅީސް ޕަސަންޓް ( ޕެންބިނާން އެން .ޖީ.އެލް .ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބޭނެކަމަށް އެއްބަސްވުމުގެ 4.2ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ . 3- […] އެވެކިޔާ ގޯތީގެ ގްރައުންޑް އަދި ފަސްޓް ފަންގިފިލާ ކުއްޔަށް ދިނުމާބެހޭ ގޮތުން ޕެންބިނާން އެން.ޖީ.އެލް .ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި […] / މާލެ، ޙަސަން މުޣުނީއާ ދެމެދު ޕެންބިނާން އެން.ޖީ .އެލް .ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ގެ ނަންބަރު NGLC/AZBIN/GR&1 އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ . މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާފަރާތުން ކުލީގެ ގޮތުގައި ކޮންމެ . ނަންބަރު NGLC/AGR/002 އެއްބަސްވުން. މީލާދީ މަހެއްގެ 10ވަނަ ދުވަހުގެ ކުރިން 75,000/-ރ) .ހަތްދިހަފަސްހާސް ދިވެހި ރުފިޔާ( ކުއްޔަށްދޭ ފަރާތަށް ދައްކަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ . 4- […] އެވެކިޔާ ގޯތި ޕެންބިނާން އެން .ޖީ.އެލް.ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިގު މުއްދަތަކަށް ޢިމާރާތްކުރުމަށްޓަކައި […] / މާލީ، އަޙްމަދު ވަޙީދާއި ޕެންބިނާން އެން .ޖީ .އެލް.ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން […] އެވެކިޔާ ކިޔާގޯތީގައި ކުރާ ޢި މާރާތުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިލާއަށް އަޙްމަދު ވަޙީދު ކޮށްފައިވާ އިންވެސްޓްމަންޓް ކަވަރުކުރުމުގެ ގޮތުން ލިބެންޖެހޭ ފައިސާ ޤަވާޢިދުން ނުލިބި، ދެ ފަރާތުގެ ދެމެދުވެފައިވާ އެއްބަސްވުމާ ޕެންބިނާން އެން.ޖީ.އެލް .ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާތީ، އަޙްމަދު ވަޙީދު މި ކަމަށް ޚަރަދުކޮށްފައިވާ އެހެނިހެން ފައިސާ ޕެންބިނާން އެން.ޖީ.އެލް .ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ގެ ކިބައިން ހޯދުމަށް އެދި ޕެންބިނާން އެން .ޖީ.އެލް .ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަޙްމަދު ވަޙީދު ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ . އެ މައްސަލައަކީ އެ ކޯޓުގ ނަންބަރު 2464/Cv-C/2020 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައެވެ . 5- ސިވިލް ކޯޓުގ ނަންބަރު 2464/Cv-C/2020 ޤަޟިއްޔާގައި ޙުކުމް ކުރަންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން […] އެވެކިޔާ ގޯތީގައި ހަދާފައިވާ ޢި މާރާތުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ އެއްވެސް ފަރާތަކަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި، އަޙްމަދު ވަޙީދަށް ގެއްލުންވާނެފަދަ އެއްވެސް ޢަމަލެއް ޕެންބިނާން އެން .ޖީ.އެލް .ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނުކުރުމަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް އަޙްމަދު ވަޙީދުގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. 6- އަޙްމަދު ވަޙީދުގެ މި އެދުމާ ގުޅިގެން އެ ޤަޟިއްޔާގެ ޙުކުމްކޮށް ނިމެންދެން ނުވަތަ ޝަރީޢަތުން ވަކި ގޮތަކަށް އަންގަންދެން، […] އެވެކިޔާ ގޯތީގައި ހަދާފައިވާ ޢި މާރާތުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ އެއްވެސް ފަރާތަކަށް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި، އަޙްމަދު ވަޙީދަށް ގެއްލުންވާނެފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ޕެންބިނާން އެން.ޖީ .އެލް.ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި، ސިވިލް ކޯޓުގެ ނަންބަރު 144-B2-CR2/VA/2021/01 ވަގުތީ އަމުރު، 10 ފެބުރުވަރީ 2021 ގައި އެ ކޯޓުން ނެރުއްވާފައިވެއެވެ. 7- ބަޔާންކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 144-B2-CR2/VA/2021/01 ވަގުތީ އަމުރު އެ ކޯޓުން ނެރެފައިވަނިކޮށް، އެ އަމުރާ ޚިލާފަށް ޕެންބިނާން އެން .ޖީ.އެލް .ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ޢަމަލުކުރަމުންދާ ކަމަށް ބަޔާންކޮށް އެ އަމުރު ތަންފީޛުކުރުމުގެ ގޮތުން އަޙްމަދު ވަޙީދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލެއް ހުށަހެޅިއެވެ . އެއީ އެ ކޯޓުގެ ނަންބަރު 3399/Cv-C/2021 ޤަޟިއްޔާއެވެ . 8- ސިވިލް ކޯޓުގެ ނަންބަރު 144-B2-CR2/VA/2021/01 ވަގުތީ އަމުރު ތަންފީޛުކޮށް ދިނުމަށް އެދި އަޙްމަދު ވަޙީދުގެ ފަރާތުން ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 3399/Cv-C/2021 ޤަޟިއްޔާއަށް ތަދައްޚުލް ކުރުވިކަމަށާއި، […] އެވެކިޔާ ގޯތީގައި ހަދާފައިވާ ޢި މާރާތުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ ޙަސަން މުޣުނީ ކުއްޔަށް ހިފުމަށް ވެވުނު އެއްބަސްވުންތަކާއި، ޙަސަން މުޣުނީގެ ފަރާތުން އެހެން ބަޔަކަށް އެ ތަންތަން ކުއްޔަށް ދީފައިވާނަމަ، އެ ކަމާބެހޭ އެންމެހައި ލިޔެކިޔުންތައް ސިވިލް ކޯޓަށް ހުށަހެޅުމަށް އަންގަ އ، […] / މާލެ، ޙަސަން މުޣުނީއަށް އެޑްރެސްކޮށް 2022 ޖަނަވަރީ 12ވަނަ ދުވަހުގެ ތާރީޚުގައި ސިވިލް ކޯޓުން ސިޓީއެއް ފޮނުވިއެވެ . މިއީ، އެ ސިޓީން ޙަސަން މުޣުނީއަށް އަންގާފައިވާ އެންގުން ޙަސަން މުޣުނީގެ ފަރާތުން އިސްތިއުނާފުކުރުމުން ބަލާފައިވާ މައްސަލައެވެ . ސިވިލް ކޯޓުގެ ސިޓީން އަންގާފައިވާ އެންގުން : 9- ސިވިލް ކޯޓުގެ ލެޓަރހެޑުގައި ލިޔެފައިވާ އެ ކޯޓުގެ ނަންބަރު 144-B5-CR-4/INDIV/2022/01 )12 ޖަނަވަރީ 2022( ސިޓީގައި ބަޔާންކޮށްފައިވަނީ : އަލްފާޟިލް ޙަސަން މުޣުނީއަށް، ވެދުން ސަލާމަށްފަހު ދަންނަވަމެވެ. ސިވިލް ކޯޓުގައި މިހާރު ހިނގަމުންދާ ނަންބަރު 2464/Cv-C/2020 ޤަޟިއްޔާއާ ގުޅިގެން ނެރެފައިވާ ނަންބަރު 144-B2-CR2/VA/2021/01 ވަގުތީ އަމުރުގައި […] އެވެކިޔާ ގޯތީގައި ހަދާފައިވާ އިމާރާތުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ އެއްވެސް ފަރާތަކަށް ކުއްޔަށް ނުދިނުމަށްއަމުރުކޮށްފާވަނިކޮށް އެ ތަން އެހެން ފަރާތަކަށް ކުއްޔަށް ދިންކަން ހާމަވާ ފަދައިން ޙަސަން މުޣުނީގެ ފަރާތުން […] / މާލެ އަޙްމަދު ވަޙީދަށް މެއިލްކޮށްފައިވާކަން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުންތަކުން ހާމަވާތީ، މި ކޯޓުގެ ނަންބަރު 144-B2-CR2/VA/2021/01 ވަގުތީ އަމުރު ތަންފީޛުކުރުމަށް ހުށަހެޅި ކުރިއަށްދާ ނަންބަރު 3399/Cv-C/2021 ޤަޟިއްޔއަށާ ތިޔަ ފަރާތް ތަދައްޚުލްކުރެވިފައިވާކަން އަންގަމެވެ. ވީމާ، […] އެވެކިޔާ ގޯތީގައި ހަދާފައިވާ އިމާރާތުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ ޙަސަން މުޣުނީ ކުއްޔަށް ހިފުމަށް ވެވުނު އެއްބަސްވުންތަކާއި ޙަސަން މުޣުނީގ ފަރާތުން އެހެން ބަޔަކަށް އެ ތަންތަން ކުއްޔަށް ދީފައިވާނަމަ، އެކަމާބެހޭ އެންމެހައި ލިޔެކިޔުންތައް 5 ދުވަހުގެ ތެރޭގައި މިކޯޓަށް ހުށަހެޅުމަށް އަންގަމެވެ، 9 ޖުމާދަލްއާޚިރާ 1443 12 ޖަނަވަރީ 2022 )ސޮއިކޮށްފައި ( ޒުބައިރު މުޙައްމަދު ޤާޟީ ހަސަން މުޣުނީ […] / މާލެ ދިވެހިރާއްޖެ  އިސްތިއުނާފީ ނުކުތާ ތައު: 10- ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/INDIV/2022/01 )12 ޖަނަވަރީ 2022( ސިޓީން އަންގާފައިވާ އެންގުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ކަމަށްބުނެ، ޙަސަން މުޣުނީގެ ފަރާތުން އިސްތިއުނާފުކުރުމަށް އަންނަނިވި ނުކުތާތައް ފާހަގަކޮށް އެ ނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . އެ ގޮތުން ހުށަހަޅާފައިވާ :  ފުރަތަމަ ނުކުތާއަކީ : އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ވަގުތީ އަމުރު ނެރެފައި ނުވާއިރު، ތަދައްޚުލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތީސް ވަގުތީ އަމުރު ތަންފީޛުކުރުމުގެ މައްސަލައަށް ތަދައްޚުލުކުރުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  ދެވަނަ ނުކުތާއަކީ : ޙުކުމް ތަންފީޛުކުރުމުގެ ޢާންމު އުޞޫލާ ޚިލާފަށް ވަގުތީ އަމުރު ތަންފީޛުކުރުމުގެ މައްސަލަ ކުރިޔަށް ގެންދިއުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ )ށ( ގެ 2ވަނަ ނަންބަރާ ޚިލާފުކަމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  ފާހަގަކުރެވުނު ނުކުތާތައް : 11- ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/INDIV/2022/01 )12 ޖަނަވަރީ 2022( ސިޓީން އަންގާފައިވާ އެންގު މަށާއި، ޙަސަން މުޣުނީގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާ ތަކަ ށާއި، އެ ނުކުތާތަކާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއި ރ، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ .

11.1- ސިވިލް ކޯޓުގެ ނަންބަރު 144-B2-CR2/VA/2021/01 ވަގުތީ އަމުރު ތަންފީޛުކޮށް ދިނުމަށް އެދި އަޙްމަދު ވަޙީދުގެ ފަރާތުން ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 3399/Cv-C/2021 ޤަޟިއްޔާއަށް ތަދައްޚުލް ކުރުވިކަމަށާއި، […] އެވެކިޔާ ގޯތީގައި ހަދާފައިވާ ޢި މާރާތުގެގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ ޙަސަން މުޣުނީ ކުއްޔަށް ހިފުމަށް ވެވުނު އެއްބަސްވުންތަކާއ، ޙަސަން މުޣުނީގެ ފަރާތުން އެހެން ބަޔަކަށް އެ ތަންތަން ކުއްޔަށް ދީފައިވާނަމަ، އެ ކަމާބެހޭ އެންމެހައި ލިޔެކިޔުންތައް ސިވިލް ކޯޓަށް ހުށަހެޅުމަށް އަންގަ އ، […] / މާލެ، ޙަސަން މުޣުނީއަށް އެޑްރެސްކޮށް 2022 ޖަނަވަރީ 12ވަނަ ދުވަހުގެ ތާރީޚުގައި ސިވިލް ކޯޓުން ސިޓީ އެއް ފޮނުވާފައިވާކަން އެނގެން އޮވެއެވެ .

11.2- ސިވިލް ކޯޓުގެ ނަންބަރު 144-B2-CR2/VA/2021/01 ވަގުތީ އަމުރަކީ ސިވިލް ކޯޓުގެ ނަންބަރު 2464/Cv-C/2020 ޤަޟިއްޔާގެ ދަށުން ނެރުއްވާފައިވާ އަމުރެކެވެ. ސިވިލް ކޯޓުގެ ނަންބަރު 2464/Cv-C/2020 ޤަޟިއްޔާގެ ދަށުން އަޙްމަދު ވަޙީދުކޮށްފައިވާ ދަޢުވާއަކީ،[…] އެވެކިޔާ ގޯތި ޕެންބިނާން އެން.ޖީ .އެލް .ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިގު މުއްދަތަކަށް ޢިމާރާތްކުރުމަށްޓަކައި […] / މާލް،އަޙްމަދު ވަޙީދާއި ޕެންބިނާން އެން.ޖީ .އެލް.ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން […] އެވެކިޔާ ގޯތީގައި ކުރާ ޢި މާރާތުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިލާއަށް އަޙްމަދު ވަޙީދު ކޮށްފައިވާ އިންވެސްޓްމަންޓް ކަވަރުކުރުމުގެ ގޮތުން ލިބެންޖެހޭ ފައިސާ ޤަވާޢިދުން ނުލިބި، ދެ ފަރާތުގެ ދެމެދުވެފައިވާ އެއްބަސްވުމާ ޕެންބިނާން އެން.ޖީ .އެލް.ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ން ޚިލާފުވެފައިވާތީ، އަޙްމަދު ވަޙީދު މި ކަމަށް ޚަރަދުކޮށްފައިވާ އެހެނިހެން ފައިސާ ޕެންބިނާން އެން.ޖީ .އެލް.ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ގެ ކިބައިން ހޯދުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަން އެނގެން އޮވެއެވެ .

11.3- ސިވިލް ކޯޓުގެ ނަންބަރު 3399/Cv-C/2021 ޤަޟިއްޔާގެ ދަށުން އަޙްމަދު ވަޙީދުގެ ފަރާތުން ތަންފީޛުކުރުމަށް އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 144-B2-CR2/VA/2021/01 ވަގުތީ އަމުރެ ވެ. އެ އަމުރު ރައްދުވަނީ ޕެންބިނާން އެން .ޖީ.އެލް .ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަ ށްކަން އެނގެން އޮވެއެވެ . އަދި އަޙްމަދު ވަޙީދުގެ ފަރާތުން ހުށަހަޅާފައިވާ ތަންފީޛީ މައްސަލައިގައި ޙަސަން މުޣުނީ ޚަ ޞް މ އްގެ ގޮތުގައި ހިމަނާފައިވާކަން އެނގެން ނެތެވެ .

11.4- ސިވިލް ކޯޓުގެ ނަންބަރު 2464/Cv-C/2020 ޤަޟިއްޔާގައި ޙުކުމް ކުރަންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން […] އެވެކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ އެއްވެސް ފަރާތަކަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި، އަޙްމަދު ވަޙީދަށް ގެއްލުންވާނެފަދަ އެއްވެސް ޢަމަލެއް ޕެންބިނާން އެން .ޖީ.އެލް .ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނުކުރުމަށް ސިވިލް ކޯޓުގެ ނަންބަރު 144-B2-CR2/VA/2021/01 ވަގުތީ އަމުރުން އަންގާފައިވާ ކަން އެނގެން އޮންނައިރު، […] ން އެވެކިޔާ ގޯތީގެ ގްރައުންޑް އަދި ފ ރަތަމަފަންގިފިލާ ކުއްޔަށް ދިނުމާބެހޭ ގޮތުން ޕެންބިނާން އެން.ޖީ .އެލް .ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މި މައްސަލަ އިސްތިއުނާފުކޮށްފައިވާ ޙަސަން މުޣުނީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން އެނގެން އޮވެއެވެ . އަދި މި އެއްބަސްވުމުގެ ދަށުން […] ން އެވެކިޔާ ގޯތީގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ އާ ގުޅޭ ގޮތުން ޕެންބިނާން އެން.ޖީ.އެލް .ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަސަން މުޣުނީއާ ދެމެދު ތަޢާޤުދީ ގުޅުމެއް އުފެދިފައިވާކަން އެނގެއެވެ . އަޙްމަދު ވަޙީދުގެ ޙައްޤާއި މަޞްލަޙަތު ބިނާވެފައިވަނީ […] ން އެވެކިޔާ ގޯތީގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާއިން ލިބޭ މާލީ މަންފާގެ މައްޗަށެވެ .

11.5- އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/INDIV/2022/01 )12 ޖަނަވަރީ 2022( ސިޓީން އަންގާފައިވާ އެންގުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ .

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު

12- ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، މަސްލަޙަތު އޮތް ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ ފަރާތެއް ތަދައް ޚު ލްކުރުވުމަކީ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން ކުރެވިދާނެ ކަމެ ކެވެ . މި ތަޤްދީރީ ބާރު ބޭނުންކުރެވިފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫ ލުތަކާ ޚިލާފަށް ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ދެކޭ ސަބަބެއް ކމުގައަ ފާހަގަކޮށްފައިވަނީ ތަންފީޛުކުރެވެމުންދާ ވަގުތީ އަމުރަކީ އެފަރާތުގެ މައްޗަށް ކުރެވޭ އަމުރަކަށް ނުވުމެވެ . ޢާންމު އުޞޫ ލުން ބަލާއިރު، ވަގުތީ އަމުރަކީ އެ އަމުރު ރައްދުވާ ފަރާތެއް އެ މައްޗަށް ޢަމަލުކުރުން ލާޒިމުވާ އިން ޕާރސަނަމް (in personam) އަމުރުތަކެވެ . އެހެންކަމުން އެ ފަދަ އަމުރަކާ ޚިލާފުވެގެން އެޅޭ ފިޔަވަޅެއް އަޅަންވާނީ އަމުރު ރައްދުވާ ފަރާތަކަށެވެ . . ޕެންބިނާން އެން .ޖީ .އެލް.ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު NGLC/AZBIN/GR&1 އެއްބަސްވު ން . 13- އެހެންނަމަވެސް، ކޯޓުގައި ހިނގަމުންދާ ތަންފީޛީ މައްސަލައެއްގައި އެ މައްސަލައާ ގުޅުންހުރި މުދަލާއި ފައިސާ ފަދަ ތަކެތި ޙިމާޔަތްކުރުމުގެ ގޮތު ން ތިންވަނަ ފަރާތެއްގެ ބަހެއް ހޯދުން ނުވަތަ އެ ފަރާތުގެ ކިބައިން މަޢުލޫމާތު ހޯދުމަށް އެންގުމަކީ ޢާންމު އޞު ލުން ޝަރީޢަތުން ޢަމަލުކުރަމުންދާ ގޮތެވެ . މި މައްސަލައާ ގުޅިގެން އިސްތިއުނާފކުރު ފަރާތުގެ ކިބައިން ހުށަހެޅުމަށް ޝަރީޢަތުން އެދިފައިވާ ލިޔެކިޔުމަކީ މައްސަލައާ ގުޅޭ ލިޔެކިޔުންތަކެއް ކަން އެނގެން އޮންނާތީއާއި މައްސަލައަށް އިސްތިއުނާފު ކުރާ ފަރާތް ތަދައްޚުލްކުރި ކުރުމާ ގުޅޭގޮތުން އެ ޝަރީޢަތުގައި ވާހަކަދެއްކުމުގެ ފުރުޞަތު އިސްތިއުނާފު ކުރާ ފަރާތަށް ލިބިގެންވާކަން އެނގެން އޮތުމުން، ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/INDIV/2022/01 )12 ޖަނަވަރީ 2022( ސިޓީން އަންގާފައިވާ އެންގުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް އޮތް ކަމުގައި ނުދެކެމެވެ . އަދި މިގޮތަށް ތަދައްޚުލްކުރުމުން ނުވަތަ ލިޔެކިޔުންތައް ހުށަހަޅަން އެންގުމުން މައްސަލައިގެ މައުޟޫޢު ހުޅުވިގެންދާކަން މި ހިނދުގއަ އެނގެން ނެތެވެ . 14- ހުށަހެޅިފައިވާ މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު 2464/Cv-C/2020 ޤަޟިއްޔާގައި ނެރެ ފައިވާ ވަގުތީ އަމުރެއް ތަންފީޛުކުރުމުގެ ގޮތުން އެ ކޯޓުގެ އެހެން ސެކްޝަނަކުން ބަލަމުންދާ ސިވިލް ކޯޓުގެ ނަންބަރު 3399/Cv-C/2021 ތަންފީޛީ ޤަޟިއްޔާއާ ގުޅިގެން އެނގިފައިވާ އެންގުމެއްގެ އިސްތިއުނާފެކެވެ . ވަގުތީ އަމުރުތަކަކީ ކޯޓަކުން ބަލަމުންދާ މައްސަލައެއްގައި ވަކި ކަމަކަށް ވަގުތީ ޙި މާޔަތެއް ދިނުމަށްޓަކައި ކޯޓުން އެހެން ގޮތެއް އަންގަންދެން ނުވަތަ މައްސަލަ ނިމެންދެން ދެވޭ ވަގުތީ ފަރުވާއެކެވެ . މި ގޮތުން ނެރޭވަގުތީ އަމުރެއް ތަންފީޛުނުވާތީ،ތަންފީޛީ ވަކި މައްސަލައެއް ހުށަހަޅައި މައުޟޫޢީ މައްސަލަ ބަލަމުންދާ ފަނޑިޔާރު ނޫން އެހެން ފަނޑިޔާރަކު ބަލާ މައްސަލައެއްގެ ގޮތުގައި ހިންގައި އެ އަމުރު ތަންފީޛުކުރުމުގެ ގޮތުން ވަކި ޤަޟިއްޔާއެއް ހިންގުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކެމެވެ . ވަގުތީ އަމުރެއް ނެރެ ތަންފީޛުނުވާނަމަ އޮތް ފަރުވާއަކީ މައުޟޫޢީ މައްސަލައިގެ ތެރެއިން ޚަ ޞް މުން އެދޭ އިތުރު ހަރުދަނާ ފިޔަވަޅު އެޅުން ނުވަތަ ކޯޓު ޙުރުމަތް ކެނޑުމުގެ ސަބަބުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުންކަމުގައި ދެކެމެވ. 15- ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/INDIV/2022/01 )12 ޖަނަވަރީ 2022( ސިޓީން އަންގާފައިވާ އެންގުމަށް Ut.O,.Ot.>,-., -" errr .s.7.r "" '' ;) ';) 0/ 0 ;) ~ "' • .P./"./".,I./" /'./"./"~ .n t.../".,I "' 0:1:1:1 0 / C.>X t. 0/0/ >>t.>O~, /:l/~:1> >>C.:I/,~ t.O ' ./".?~ / ./".J0 .? .S .JO .S A ./" v ./" v ./".P~ V ./"/1 a> A .S V .J0.J0 V ./" ./".P~ V .S /,1 .P ,_...,A "' :1/0/ t.>CJ D

12) 144- B5 -CR -4/IND IV /2022/0 1 ~ ""rr .s e "' .7.P ,_..., "'"' "'""",,,., /'.?.S./"A""' , 0 ' -" errr .s.7.r "" (. ' ox 0 > > •.J'.?,,/'V,?V,/. + :JO;J;J ~~ ~0 ~ ~v_;,v.;. A/" .nA..:- s # ~ ~ 0 (:' L 0~ L ? x ::> .; o ,. 0 , ::> ::IJ ::; ~ , (> / ' -:~.r__, , ' ~!!""-: .-" www- hi ghcourt-gov-mv :e-: ;::...... .. info@ highcourt-gov- mv ;_;t;.A.?.A./ ' "

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

—

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ