މުޙައްމަދު ނަޢީމް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓުގެ ނަންބަރު 3075/CV-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މާލެ، މުޙައްމަދު ނަޢީމުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 3075/CV-C/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ)
ފަނޑިޔާރުން
- ބެންޗު
- އިބްރާހީމް މާހިރު، މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ދީބާނާޒް ފަހުމީ
- ރިޔާސަތު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2022/HC-A/6
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް
3. މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 03 ޖަނަވަރީ 2022 – ބާޠިލުކުރި ތާރީޚް: 17 އޮގަސްޓު 2026
4. އިސްތިއުނާފް ކުރި ފަރާތް:
ފުރިހަމަ ނަން: މުޙައްމަދު ނަޢީމް
5. އިސްތިއުނާފް ރައްދުވި ފަރާތް:
ފުރިހަމަ ނަން: ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް)
6. ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 3075/CV-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މާލެ، މުޙައްމަދު ނަޢީމުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7. ހައިކޯޓުން ނިންމި ގޮތް:
ހައިކޯޓުގެ ނަންބަރު 2022/HC-A/6 ޤަޟިއްޔާގައި ހުށަހަޅާފައިވާ މައުޟޫޢީ މައްސަލައިގެ ބަހުސްތައް، ދަށުކޯޓުގައި ކުރިއަށްދާ ތަންފީޒީ ޤަޟިއްޔާގެ ތެރެއިން ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ މަގު ފަހިވެފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 3075/CV-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މާލެ، މުޙައްމަދު ނަޢީމުގެ ފަރާތުން ހުށަހަޅާފައިވާ ހައިކޯޓުގެ ނަންބަރު 2022/HC-A/6 ޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދި މުޙައްމަދު ނަޢީމުގެ ވަކީލުގެ ފަރާތުން 17 އޮގަސްޓް 2026 ދުވަހު ސިޓީ ފޮނުވާފައިވާތީ، ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 75 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/6 ޤަޟިއްޔާގެ ދަޢުވާ ފޯމު، ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8. މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު އިބްރާހީމް މާހިރު
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)
ފަނޑިޔާރު ދީބާނާޒް ފަހުމީ
[1] މުޙައްމަދު ނަޢީމުގެ ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ ޤާނޫނީ ވަކީލު އަލްއުސްތާޛު މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރުގެ ފަރާތުން 17 އޮގަސްޓް 2026 ގައި ފޮނުވި ސިޓީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.