މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ޓެކްސް އެޕީލް ޓްރައިބިއުނަލް TAT-CA-G/20202/009
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޓެކްސް ދައްކާ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅި އިސްތިއުނާފަކީ، އިއުތިރާޒުކުރާކަމުގެ އެންގުމާ ގުޅިގެން މީރާއިން ނިންމި ނިންމުމުގެ މައްޗަށް ހުށަހެޅި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓްރައިބިއުނަލަށް ބެލޭނެ މައްސަލައެއްތޯ؛ އަދި މީރާގެ އިސްތިއުނާފު ހައިކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނީ މުއްދަތުގެ ތެރޭގައިތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިޖުރާއީ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމެއް ހައިކޯޓަށް އިސްތިއުނާފުކުރެވޭނީ އެ ނިންމުން ނިންމާތާ 60 ދުވަހުގެ ތެރޭގައި ކަމަށްވާއިރު، ހައިކޯޓު ގަވާއިދުގެ 29 ވަނަ މާއްދާގެ (ބ) ގެ ދަށުން އެ މުއްދަތު ގުނާނީ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާ ދެމެދު އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ. އެގޮތުން މުއްދަތު ހަމަވުމުގެ ކުރިން ހުށަހެޅި އިސްތިއުނާފަކީ ބަލައިގަނެވޭނެ އިސްތިއުނާފެކެވެ.
HN2 ޓްރައިބިއުނަލްގެ މައުޟޫޢީ ނިންމުން އެއްވެސް ފަރާތަކުން އިސްތިއުނާފުނުކޮށް، އިސްތިއުނާފުކުރި ފަރާތުން ބައެއް ނުކުތާތައް އަނބުރާ ގެންގޮސްފިނަމަ، ހައިކޯޓުން ގޮތް ކަނޑައަޅަނީ ބާކީ ހުރި ނުކުތާއާއި އިސްތިއުނާފުކުރެވިފައިވާ އިޖުރާއީ ނިންމުމާ މެދުގައި އެކަންޏެވެ.
HN3 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކުރެވޭނީ ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމާ ގުޅިގެން މީރާއިން ނިންމާ ނިންމުމެކެވެ. މައްސަލަ ބަލައިގަތުމުގެ ކުރިން، ޓެކްސް ދައްކާ ފަރާތުން މީރާއަށް އިއުތިރާޒުކުރިކަން އަންގާފައިވޭތޯއާއި އެކަން އަންގާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 35 ވަނަ މާއްދާގެ އިޖުރާއަތާ އެއްގޮތަށްތޯ ޓްރައިބިއުނަލުން ކަށަވަރުކުރަންޖެހެއެވެ.
HN4 އިއުތިރާޒުގެ މަރުޙަލާއާއި ޓްރައިބިއުނަލްގެ މަރުޙަލާގައި ބަހުސްކުރެވެނީ ހަމަ އެއް މުޢާމަލާތާއި އެއް ސުވާލަކާ (މިސާލަކަށް ޖީ.އެސް.ޓީ ދައްކަންޖެހޭތޯ) ގުޅިގެން ކަމަށްވާނަމަ، ޓްރައިބިއުނަލުގައި އިތުރު ޤާނޫނީ މާއްދާތަކަށް ހަވާލާދީގެން ބަހުސްކުރުމަކުން އެ އިސްތިއުނާފަކީ މީރާގެ އިއުތިރާޒު ނިންމުމުގެ އިމުން ބޭރުގައިވާ އިސްތިއުނާފަކަށް ނުވެއެވެ.
HN5 ޓްރައިބިއުނަލަށް ހުށަހެޅި ބަހުސަކީ އަސްލު ޚުޞޫމާތާ ގުޅުމެއް ނެތް، ނުވަތަ އިއުތިރާޒު މަރުޙަލާގައި ފާހަގަނުކުރާ ތަފާތު ހެކި ނުވަތަ ޤާނޫނީ ކަންކަން ހިމެނޭ، ނުވަތަ ޚުޞޫމާތުގެ ޠަބީޢަތަށް ބަދަލު ގެނުވާ ބަހުސެއްކަން އިސްތިއުނާފުކުރާ ފަރާތުން ދައްކައިދީފައި ނުވާނަމަ، ޓްރައިބިއުނަލްގެ އިޖުރާއީ ނިންމުމަށް ބަދަލު ގެނެވޭނެ ސަބަބެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙަސަން ޝަފީޢު، ޙުސައިން ޝަހީދު (އިސްފަނޑިޔާރު)، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
ތަޢާރުފު
1މިއީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2020/009 ނިންމުން އިސްތިއުނާފުކުރުމަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން 'މީރާ') ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ފައިވާ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން 'ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސް') އެވެ .
ކަން ހިނގާފައިވާގޮތް
2މީރާ އިން ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސް، 01 ޑިސެންބަރު 2014 އިން 28 ފެބުރުވަރީ 2018 ގެ ނިޔަލަށް އޮޑިޓްކޮށް، މީރާގެ ނަންބަރު 1021055/NOTA-GGST/LBD/2019/04 "ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް" އަދި މީރާގެ ނަންބަރު: AR-LBD/GST/2019/111 (22 ޑިސެންބަރު 2019) "ގުޑްސް އެންޑް ސަރވިސަސް ޓެކްސް އޮޑިޓް ރިޕޯޓް" ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްއަށް ފޮނުވިއެވެ.
3މީރާގެ އޮޑިޓްގައި، ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްއިން އިތުރަށް ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާ 571,870ރ. (ފަސްލައްކަ ހަތްދިހަ އެއްހާސް އަށްސަތޭކަ ހަތްދިހަ ދިވެހި ރުފިޔާ) އަށް އިއުތިރާޒުކޮށް، 06 ޖަނަވަރީ 2020 ގައި ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްއިން އިއުތިރާޒުކުރާކަން އަންގާ އެންގުން މީރާއަށް ފޮނުވާފައިވެއެވެ.
4ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްއިން އިއުތިރާޒު ކުރުމުން، މީރާގެ އޮޑިޓްގެ ނިންމުން ރަނގަޅުކަމަށާއި، އޮޑިޓުގެ ނިންމުމަށް ބަދަލު ގެންނަންނުޖެހޭކަމަށް ނިންމައި، މީރާގެ ނަންބަރު 220-03/OA/2020 އިއުތިރާޒުކުރި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު މެދުވެރިކޮށް 18 މާރިޗް 2020 ގައި ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްއަށް ފޮނުވުމުން އެ ނިންމުން އިސްތިއުނާފުކުރުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާފައިވެއެވ. އެ މައްސަލަ ބަލާފައިވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2020/009 މައްސަލައިގައެވެ.
5ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އިސްތިއުނާފު ނުކުތާގެ ގޮތުގައި ހުށަހަޅާފައިވަނީ، ޚުޞޫމާތު އުފެދިފައިވާ މުޢާމަލާތްތަކުން ޖީ.އެސް.ޓީ ދައްކަންޖެހޭ ކަމަށް މީރާއިން ނިންމާފައިވަނީ ޖީ.އެސް.ޓީ ޤާނޫނުގެ 20 ވަނަ މާއްދާގެ (ދ) އާއި ޖީ.އެސް.ޓީ ގަވާއިދުގެ 37 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2020/009 މައްސަލައިގައި އިޖުރާއީ ގޮތުން ދެ ނިންމުމަކާއި މައުޟޫއީ ނިންމުމެއް ނިންމާފައިވެއެވެ.
7މިއީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2020/009 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރު TAT-CA-G/2020/009 މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނިންމުން
8ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައަކީ ޓެކްސް އެޕީލް ޓްރައިބިއުނަލުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ބުނެ މީރާގެ ފަރާތުން 01 ނޮވެންބަރު 2020 ގައި ނެގި އިޖުރާއީ ނުކުތާއާ ގުޅިގެން އެ ޓްރައިބިއުނަލުން 28 ސެޕްޓެންބަރު 2021 ގައި ނިންމާފައިވަނީ އަންނަނިވި ގޮތަށެވެ. "ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނީގެ ރަޖިސްޓްރޭޝަން ނަންބަރު: C-0395/2013) ގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު 220-03/OA/2020 "އޮބްޖެކްޝަން ރިވިއު ރިޕޯޓް" އަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ތަރަހައިގެ ތެރޭގައި ހިމެނޭ މި ޓްރައިބިއުނަލަށް އިސްތިއުނާފުކުރެވޭނެފަދަ ނިންމުމެއްކަމަށް ކަނޑައަޅައި، މީރާއިން ހުށަހަޅާފައިވާ އިޖުރާއީ ނުކުތާ ބަލައިނުގަނެ، މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމައިފީމެވެ."
9މީގެ އިތުރުން، މި މައްސަލައަކީ ޓެކްސް އެޕީލް ޓްރައިބިއުނަލުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ބުނެ 15 ޖުލައި 2021 ގައި މީރާގެ ފަރާތުން ނެގި އިޖުރާއީ ނުކުތާއާ ގުޅިގެން ނިންމުމެއް ނިންމާފައިވެއެވެ. "ދެންފަހެ، އިސްވެބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އިސްތިއުނާފުކޮށްފައިވާ ނަންބަރު TAT-CA-G/2020/009 މައްސަލައިގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން 15 ޖުލައި 2021 ގައި ނަގާފައިވާ އިޖުރާއީ ނުކުތާ މި ހިނދުގައި ބަލައިނުގަނެ، މައްސަލަ މައުޟޫޢީގޮތުން ކުރިއަށް ގެންދިއުމަށް މި މައްސަލަ ބަލަމުންދާ 3 (ތިނެއް) މެންބަރުންގެ އިއްތިފާޤުން ނިންމައިފީމެވެ."
10ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރު TAT-CA-G/2020/009 މައްސަލަ މައުޟޫއީ ގޮތުން ބަލައި އެ ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ކަނޑައަޅާފައިވަނީ އަންނަނިވި ގޮތަށެވެ. "ދެންފަހެ، އިސްވެބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C-0395/2013) ގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު 220-03/OA/2020 "އޮބްޖެކްޝަން ރިވިއު ރިޕޯޓް" ގައި މީރާއިން ނިންމާފައިވާ ނިންމުމަކީ
2. މިނިންމުން ނިންމާފައިވަނީ 24 އޯގަސްޓް 2021ގައި
3. މައްސަލަ މައުޟޫއީ ގޮތުން ބަލައި ނިންމާފައިވަނީ 07 ޑިސެންބަރު 2022 މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ދ) އާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިފީމެވެ." އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
11މީރާގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި އަންނަނިވި ނުކުތާތައް މި ކޯޓަށް ހުށަހަޅާފައިވެއެވ. އެގޮތުން، ހުށަހެޅެނީ:
11.1 ފުރަތަމަ ނުކުތާއަކީ، ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އިސްތިއުނާފު ބިނާކޮށްފައިވަނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޓެކްސް ދައްކާ ފަރާތަކުން ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމި ނިންމުމުގެ މައްޗަށް ކަމުގައި ނުވި ނަމަވެސް، އެގޮތުގެ މަތިން އެ މައްސަލަ ޓްރައިބިއުނަލްއިން ބަލައިގަނެފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށާއި، އެ މައްސަލަ ބަލައިގަތުމަށް ޓްރައިބިއުނަލްއިން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ތަޠުބީޤުކޮށްފައިވަނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
11.2 ދެވަނަ ނުކުތާއަކީ، ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު ފަހަނައަޅާ ދިޔަފަހުން ކަމުގައިވީ ނަމަވެސް، އެ މައްސަލަ ޓްރައިބިއުނަލްއިން ބަލައިގެންފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ނ) އަދި ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 77 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11.3 ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/29 ޤަޟިއްޔާ ޚުޞޫމާތު އުފެދިފައިވާ މައްސަލައަށް ތަޠުބީޤުކުރުން ވެގެންދާނީ ޤާނޫނު ރަޖުޢީކޮށް ތަޠުބީޤުކުރުން ކަމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްއިން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 އަދި ނަންބަރު 2017/SC-E/05 ޤަޟިއްޔާތަކާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11.4 ހަތަރުވަނަ ނުކުތާއަކީ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ބަލައިނުގެންފި ހިނދެއްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) އިން އިސްތިއުނާފުކުރާ ފަރާތަށް ލިއްބައިދޭ ޙައްޤުތައް ގެއްލިގެންދާނެ ކަމަށް ބަޔާންކޮށް އެ މާއްދާތައް ތަޠުބީޤުކޮށްފައިވަނީ އެ މާއްދާތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
12HN2މީރާގެ ފަރާތުން އިސްވެ ބަޔާންކުރެވުނު 4 (ހަތަރެއް) ނުކުތާ ހުށަހަޅާފައިވީ ނަމަވެސް، 11 އޮކްޓޫބަރު 2023 ގައި މި ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އިސްތިއުނާފީ ފުރަތަމަ ނުކުތާ ފިޔަވައި ދެންހުރި ނުކުތާތައް އަނބުރާ ގެންގޮސްފައިވެއެވެ.
13ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރު TAT-CA-G/2020/009 މައްސަލައިގައި މައުޟޫއީ ގޮތުން ނިންމި ނިންމުން އެއްވެސް ޚަސްމަކު މި ކޯޓުގައި އިސްތިއުނާފުކޮށްފައިނުވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން
14ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުން ޓެކްސް ދައްކާ ފަރާތަކުން ހުށަހަޅާ އިއުތިރާޒުކުރުމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމާ ކޮންމެ ނިންމުމެއް ޓްރައިބިއުނަލްގައި އިސްތިއުނާފުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާކަމާއި މި މާއްދާއާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) މައްސަލައަށް ތަޠުބީޤުކުރާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އިސްތިއުނާފުކުރެވޭނެ ނިންމުމަކީ އިއުތިރާޒްކުރާކަމުގެ އެންގުމަކާއި ގުޅިގެން މީރާއިން ނިންމާ ނިންމުންތައްކަމާއި ގަވާއިދު ނަންބަރު 2012/R-25 ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އިން މިކަމަށް ބާރުލިބިދޭކަމަށް މީރާއިން ފާހަގަކޮށްފައިވެއެވެ.
15މީގެ އިތުރުން، މީރާއިން ފާހަގަކޮށްފައިވަނީ، ހައިކޯޓުގެ ނަންބަރު 2013/HC-A/203 (މީރާ ވ. ޓްރެވަލް ލޭންޑް މޯލްޑިވްސް) ގައި ޓްރައިބިއުނަލަށް ލިބިފައިވާ އިޚްތިޞާޞްތައް ޓްރައިބިއުނަލްގެ ގަވާއިދުގެ 6 ވަނަ މާއްދާގައި އޮންނަކަމާއި މީރާއިން ނިންމާ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކޮށް މީރާއަށް ހުށަހެޅުމުން މީރާއިން ނިންމާ ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ، އެ ނިންމުން ޓްރައިބިއުނަލްއަށް އިސްތިއުނާފުކުރެވޭކަން އެނގެން އޮންނަކަމަށާއި ހައިކޯޓުގެ ނަންބަރު 2013/HC-A/200 (މީރާ ވ. ޓްރެވަލް ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް) ޤަޟިއްޔާގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އެއްވެސް މައްސަލައެއް ހުށަހަޅަނީނަމަ އިސްތިއުނާފު ކުރެވެނީ މީރާއިން ނިންމި ނިންމުމަކަށް ޓެކްސް ދައްކަންޖެހޭ ފަރާތުން އިއުތިރާޒުކޮށް މީރާއަށް ހުށަހެޅުމުން، މީރާއިން އެކަމާ ގުޅޭ ގޮތުން ނިންމާ ނިންމުމަކަށް ވާން ޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމާއި އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/58 (މީރާ ވ. ނޫމަޑި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކޮށް ބަހުސް ކުރެވޭނީ އިއުތިރާޒު ކުރާކަމުގެ އެންގުމާ ގުޅިގެން މީރާއިން އިއުތިރާޒު މަރުޙަލާގައި ނިންމާ ނިންމުންތައްކަމަށް ބަޔާންކުރާކަމަށެވެ.
16ހަވާލާދީފައިވާ ޤާނޫނީ މާއްދާތަކަށާއި ޤަޟިއްޔާތަކާމެދު ވިސްނާއިރު، ސާފުވާކަމަކީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ކުރެވޭ އިސްތިއުނާފާއި، ކުރެވޭ ބަހުސަކީ އޭގެ ޒާތުގައި އިއުތިރާޒު މަރުޙަލާގައި މީރާއިން ނިންމި ނިންމުންކަމަށް ވާންޖެހޭނެ ކަމަށާއި، އެ ޙާލަތުގައި ގޮތް ކަނޑައެޅޭނީ މީރާގެ އެ ނިންމުން ނިންމާފައިވަނީ ޤާނޫނީ އިމުގެ ތެރެއިން ރަނގަޅަށް ކަމާމެދުގައި ކަމަށް ފާހަގަކޮށް، މީރާގެ ފަރާތުން ގޮތް ނިންމާނީ އެ ފަރާތަކުން އިއުތިރާޒުކުރާ ކަންތައްތަކާ ގުޅޭގޮތުން ކަމަށް ފާހަގަކޮށްފައިވެއެވެ.
17މި މައްސަލައިގައި ޓޯޓަލް ޓްރާންސްޓް ސޮލިއުޝަންސް އޮޑިޓް ކުރުމަށްފަހު އެ ފަރާތުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހިސާބުކުރުމަށްފަހު އޮޑިޓް ރިޕޯޓާއި ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް އެ ފަރާތަށް ފޮނުވުމުން، އެ ފަރާތުން ނޯޓިސް އޮފް އޮބްޖެކްޝަން ގައި އެ ފަރާތުގެ އިއުތިރާޒު މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ އެ ފަރާތުން ފޯރުކޮށްދީފައިވާ އެންސިލަރީ ސަރވިސްއަކީ ދިވެހިރާއްޖޭގައި ފޯރުކޮށްދިން ޚިދުމަތަކަށް ނުވާތީ އެ ޚިދުމަތުން ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ޖީ.އެސް.ޓީ ނުނެގޭނެކަމަށާއި، ޓެކްސް ރޫލިންގ TR-2010/G8 ގައި ޕްރިންސިޕަލެއްގެ ބަދަލުގައި އޭޖެންޓަކު ކޮށްފައިވާ މުޢާމަލާތަކާ ގުޅިގެން އެ އޭޖެންޓް ޚަރަދު އެ ޕްރިންސިޕަލްގެ އަތުން އަނބުރާ ހޯދި ނަމަވެސް، އެ މުޢާމަލާތުގެ އަގު އަދާކުރުމަށް ޤާނޫނީ ގޮތުން ޒިންމާވާންޖެހޭނީ އޭޖެންޓު ކަމުގައި ނުވާނަމަ، އެގޮތުން އަނބުރާ ހޯދާ އަދަދުން އޭޖެންޓު ޖީ.އެސް.ޓީ ނަގައިގެންނުވާނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، އެހެންކަމުން TR-2010/G8 ގެ ޕެރެގްރާފު 16 ގައި ބަޔާންކޮށްފައިވާ ފަދައިން ޚުޞޫމާތު އުފެދިފައިވާ މުޢާމަލާތުގައި އެ ފަރާތުން އަދާކޮށްފައިވާ ރޯލަކީ އޭޖެންޓްގެ ރޯލުކަމުން މި މުޢާމަލާތުގެ ޖީ.އެސް.ޓީ ދައްކަން ނުޖެހޭނެކަމަށާއި، އޮބްޖެކްޝަން ރިވިއު ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ނަޒަރުކުރުމުން، ޚުޞޫމާތު އުފެދިފައިވާ މުޢާމަލާތާއި ގުޅިގެން މީރާގެ ނިންމުން ބިނާވެފައިވަނީ ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ނޯޓިސް އޮފް އޮބްޖެކްޝަންގެ މައްޗަށް ކަމަށް މީރާއިން ފާހަގަކޮށްފައިވެއެވެ.
18މީރާގެ އޮބްޖެކްޝަން ރިވިއު ރިޕޯޓުގައި ނިންމާފައިވަނީ އަންނަނިވި ފަދައިންކަމަށް މީރާއިން ފާހަގަކޮށްފައިވެއެވެ.
18.1 ޖީ.އެސް.ޓީ ޤާނޫނުގެ 20 ވަނަ މާއްދާގެ (ދ) ގެ ދަށުން އިސްތިސްނާވާ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ޚިދުމަތުގެ ތެރޭގައި އެންސިލަރީ ޚިދުމަތްތައް ނުހިމެނޭކަން ޖީ.އެސް.ޓީ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަން.
18.2 ޖީ.އެސް.ޓީ ގަވާއިދުގެ 104 ވަނަ މާއްދާގެ (ށ) ގައި މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދޭ ވަގުތު، އެ މުދާ ނުވަތަ ޚިދުމަތް ފޯރުވައިދޭ ފަރާތް ހުރީ ދިވެހިރާއްޖެއިން ބޭރުގައިކަމަށް ވިޔަސް، އެ ޚިދުމަތެއް ނުވަތަ އެއިން ބައެއް ފޯރުވައިދިނީ އެ ޚިދުމަތް ފޯރުވައިދެވުނުއިރު ދިވެހިރާއްޖޭގައި ހުރި ފަރާތެއް މެދުވެރިކޮށް ކަމުގައިވާނަމަ އެ މުދާ ނުވަތަ ޚިދުމަތް ފޯރުވައިދެވެނީ ދިވެހިރާއްޖޭގައި ކަމުގައި ބެލެވޭނެކަން.
18.3 ޖީ.އެސް.ޓީ ގަވާއިދުގެ 104 އަދި 37 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރަށް ބެލުމުން ބައިނަލްއަޤްވާމީ ދަތުރުފަތުރާ ގުޅިގެންދެވޭ އެންސިލަރީ ޚިދުމަތްތަކަކީ ޖީ.އެސް.ޓީ ނެގޭނެ ޚިދުމަތެއްކަން ގަވާއިދުގައި ބަޔާންކޮށްފައިވާކަން.
18.4 ޓެކްސް ރޫލިންގ TR-2012/G8 ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "ޕްރިންސިޕަލެއްގެ ބަދަލުގައި އޭޖެންޓަކު ކޮށްފައިވާ މުޢާމަލާތަކާ ގުޅިގެން އެ އޭޖެންޓް ކޮށްފައިވާ ޚަރަދު އެ ޕްރިންސިޕަލްގެ އަތުން އަނބުރާ ހޯދިނަމަވެސް، އެ މުޢާމަލާތުގެ އަގު އަދާކުރުމަށް ޤާނޫނީ ގޮތުން ޒިންމާވާން ޖެހެނީ އޭޖެންޓު ކަމުގައި ނުވާނަމަ، އެގޮތުން އަނބުރާ ހޯދާ އަދަދުން އޭޖެންޓް ޖީ.އެސް.ޓީ ނަގައިގެން ނުވާނެއެވެ. މި ޙާލަތުގައި، ޕްރިންސިޕަލަކީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްނަމަ، އަދި ޕްރިންސިޕަލް ބެހޭ މައުލޫމާތު ހިމެނޭ ޞައްޙަ ޓެކްސް އިންވޮއިސްއެއް (އިންޕުޓް ޓެކްސް އުނިކުރަން ހުށަހަޅާއިރު) އެ ފަރާތުގެ އަތުގައި އޮތްނަމަ، އެ މުޢާމަލާތާ ގުޅޭ އިންޕުޓް ޓެކްސް ޕްރިންސިޕަލަށް އުނިކުރެވިދާނެއެވެ."
18.5 TR-2012/G8 ރޫލިންގ ޕެރެގްރާފް 16 އެޕްލައިވާނީ ޕްރިންސިޕަލެއްގެ ބަދަލުގައި އޭޖަންޓެއް ކޮށްފައިވާ ޚަރަދު ޕްރިންސިޕަލްގެ އަތުން އަނބުރާ ހޯދައި ހާލަތުގައިކަމާއި ނަމަވެސް މި މައްސަލައިގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ސަޕްލަޔަރުގެ އޭޖެންޓް ނޫންކަމާއި އެ ފަރާތުން ކަސްޓަމަރުންގެ ޕޭމަންޓްތައް ރީއިންބާރސް ކުރުމަށްފަހު ޚިދުމަތް ފޯރުވައިދޭ ފަރާތަށް އެ ޕޭމަންޓް ރެމިޓް ކުރަނީ ކަމުގައި ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްއިން ބުނެފައިވާތީއާއި އަދި އޮޑިޓުން ބެލިބެލުމުން އެކަން އެނގެން އޮތުމުން، ޓެކްސް ރޫލިންގ ނަންބަރު TR-2012/G8 ގެ 16 ވަނަ ޕެރެގްރާފް ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްއަށް އެޕްލައި ނުވާނެކަން.
19ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ އިސްތިއުނާފު ބިނާކޮށްފައިވަނީ އޮޑިޓް މަރުހަލާއާއި އިއުތިރާޒު މަރުހަލާގައި އެ ފަރާތުން ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ސުވާލުއުފެދިފައިވާ މުޢާމަލާތްތަކުން ޖީ.އެސް.ޓީ ދައްކަންޖެހޭކަމަށް މީރާއިން ނިންމާފައިވަނީ ޖީ.އެސް.ޓީ ޤާނޫނުގެ 20 ވަނަ މާއްދާގެ (ދ) އާއި ޖީ.އެސް.ޓީ ގަވާއިދުގެ 37 ވަނަ މާއްދާއާ ޚިލާފަށްކަމާއި އެހެނީ އެ ފަރާތަކީ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ޚިދުމަތް ފޯރުވައިދޭ ފަރާތެއްކަމަށާއި މި މައްސަލައިގައި ޚުޞޫމާތު އުފެދިފައިވަނީ ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން ފޯރުވައިދީފައިވާ ޚިދުމަތަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ޓެކްސް އިންވޮއިސްތަކުގައި ޚިދުމަތުގެ އަގު ބަޔާންކުރުމުގައި ފާހަގަކޮށްފައިވާ ވަކިވަކި ބައެއް ކަންކަން އެއީ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ މާނައިގެ ތެރޭގައި ނުހިމެނޭ އޭގެ ޒާތުގައި ވަކި ޚިދުމަތެއްކަމަށް ބަލައި އެކަންކަމާއި ގުޅިގެން ޖީ.އެސް.ޓީ ދައްކަން މީރާއިން އެންގި އެންގުމާ ގުޅިގެންކަމަށާއި ޖީ.އެސް.ޓީ ޤާނޫނުގެ 20 ވަނަ މާއްދާގެ (ދ) ގައި ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ޚިދުމަތެއްކަމުގައިވާނަމަ އެއީ ޖީ.އެސް.ޓީ ނެގުމުން އިސްތިސްނާވެގެންވާ ޚިދުމަތެއްކަމަށް ބަޔާންކޮށްފައި އޮންނައޮތުމުން މި މުޢާމަލާތާއި ގުޅިގެން އެ ފަރާތުން ޖީ.އެސް.ޓީ ދައްކަން ނުޖެހޭނަކަމުގެ މައްޗަށް ކަމަށް މީރާއިން ފާހަގަކޮށްފައިވެއެވެ.
20ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތާ ޚިލާފަށް އިއުތިރާޒުގެ މަރުޙަލާގެ ބޭނުމަކީ، އޮޑިޓުގައި މީރާއިން ނިންމާފައިވާ ނިންމުން ރަނގަޅު ނޫންކަން ސާފުކޮށްދީ އެކަން ސާބިތުކޮށްދިނުންކަމަށާއި، އެކަން ސާބިތުކޮށްދޭންޖެހޭ މަރުޙަލާއަކީވެސް އިއުތިރާޒުގެ މަރުހަލާކަމާއި އެ މަރުޙަލާގައި މީރާއިން ގޮތެއް ނިންމުމުގައި ބުރަވާނީ މުޅިންވެސް ޓެކްސް ދައްކާ ފަރާތުން ފާހަގަކުރާ ނުކުތާތަކާ ހުށަހަޅާ ހެކިތަކުގެ ދާއިރާގެ ތެރޭގައިކަމާއި އެ ފަރާތުން ހުށަހަޅާފައިނުވާ ކަންކަމަށް ގޮތްތަކެއް ނިންމޭނެ ޙާލަތެއް މެދުވެރިއެއް ނުވާނެކަމަށް މީރާއިން ބަޔާންކޮށްފައިވެއެވެ.
21އެހެންކަމުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި އިސްތިއުނާފުކުރެވޭނީ "އިއުތިރާޒުކުރާ ކަމުގެ އެންގުމާ ގުޅިގެން މީރާއިން ނިންމާ ނިންމުން" ކަން ސާފުވާން އޮންނައިރު، އިއުތިރާޒުގެ މަރުހަލާގައި މީރާއިން ނިންމާފައި ނުވާ ނިންމުމަކާ މެދު ބަހުސްކުރެވި ޓްރައިބިއުނަލުން ގޮތްތަކެއް ކަނޑައެޅުމަކީ އެ މާއްދާގެ ރޫޙާ ޚިލާފަށްކުރެވޭ ކަމަކަށް ނޫނީ ނުވާނެ ކަމަށް މީރާއިން ފާހަގަކުރެއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
22އިސްތިއުނާފުކުރާ ފަރާތުން އެދެނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2020/009 މައްސަލައިގައި، ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ހުށަހެޅި އިސްތިއުނާފަކީ ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ބެލުމުގެ އިޚްތިސާސް ލިބިފައިވާ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި، އެ މައްސަލަ ޓްރައިބިއުނަލްއަށް ބަލައިގަނެވޭނެކަމަށް ނިންމާފައިވާ ނިންމުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި، އެ އިޖުރާއީ ނިންމުން ބާޠިލްކޮށް، އެކަމަށް ބަރޯސާވެ ބަލަން ފަށާ މައުޟޫއީ ގޮތުން ނިންމާފައިވާ ނިންމުމަކީ ބާޠިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން
23އިސްތިއުނާފުކޮށްފައިމިވާ މައްސަލައިގައި މައުޟޫއީ ގޮތުން ނިންމާފައިވާ ނިންމުން އިސްތިއުނާފު ނުކުރުމަށް ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން ނިންމާފައިވާތީ މައްސަލައިގެ އިޖުރާއީ ކަންކަމާ ގުޅޭގޮތުން އިސްތިއުނާފުކުރުމަށް މީރާގެ ފަރާތުން ހުށަހަޅާފައިމިވާ މައްސަލައަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުގައި ނުދެކޭކަމަށް ބުނެ ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްއިން ޖަވާބުދީފައިވެއެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
24މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ކަންކަމާއި ޤާނޫނީ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ފައިސަލާކުރުވަނިވި ޙުކުމެއް ކޮށްދެއްވުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވެއެވެ.
ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން
25މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭކަމަށް އަހުރެންނަށް ފާހަގަކުރެވެނީ 2 (ދޭއް) ކަމެއްގެ މައްޗަށެވެ. އެގޮތުން، ގޮތް ކަނޑައަޅަންޖެހޭކަމަށް ފާހަގަކުރެވޭ ފުރަތަމަ ކަމަކީ، ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން މި ކޯޓުގައި އިސްތިއުނާފުގައި ފާހަގަކުރި އިޖުރާއީ ނުކުތާއާމެދުގައެވެ. އަދި ދެވަނަ ކަމަކީ، މީރާގެ ފަރާތުން މި ކޯޓުގައި އިސްތިއުނާފުގައި ފާހަގަކުރި ފުރަތަމަ އިސްތިއުނާފީ ނުކުތާއާމެދުގައެވެ. އެހެންކަމުން، އެކަންކަމާ ގުޅިގެން އަހުރެންނަށް ފާހަގަކުރެވުނު ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސް ގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާއާ ގުޅޭ
26ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގައިވާ އިސްތިއުނާފުކުރުމުގެ މުއްދަތުގެ ފަހުން ހުށަހަޅާފައިވާ މައްސަލައަކަށްވާތީ މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމުގައި ނުދެކޭކަމަށް ބުނެ ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްއިން އިޖުރާއީ ނުކުތާއެއް ހުށަހަޅާފައިވެއެވ.
27މި ނުކުތާގެ ތަފްސީލްގައި ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުން، ޓްރައިބިއުނަލްގެ ނިންމުން ހައިކޯޓުގައި، އިސްތިއުނާފު ކުރުމުގެ މުއްދަތަކީ، އެ މައްސަލައެއް ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކަމަށާއި، އިސްތިއުނާފުކޮށްފައިމިވާ މައްސަލަ ޓްރައިބިއުނަލުން ނިންމީ 7 ޑިސެންބަރު 2022 ގައި ކަމަށްވާއިރު، އިސްތިއުނާފު ކުރުމަށް ލިބޭ މުއްދަތު ހަމަވާނީ، 5 ފެބުރުވަރީ 2023 އަށް ކަމަށާއި، މި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވަނީ، 1 މާރިޗް 2023 ގައި ކަމަށްވުމުން، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ މުއްދަތު
28HN1ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ: "55. (ހ) ޓްރައިބިއުނަލުން ނިންމާ މައްސަލައެއް ނިންމާފައިވަނީ، ޝަރުޢީ އުސޫލަކާ ނުވަތަ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަމަށް ފެނިއްޖެ ހިނދެއްގައި، ނުވަތަ ޓްރައިބިއުނަލަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެންކަމަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލައެއް ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު މީރާއަށާއި ޓެކްސް ދައްކާ ފަރާތަށް ލިބިގެންވެއެވެ."
29ހައިކޯޓު ޤަވާއިދުގެ 29 ވަނަ މާއްދާގައި އިސްތިއުނާފު މުއްދަތު ގުނާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ: "29. (ބ) މި މާއްދާގެ ދަށުން ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަތައް ހުށަހަޅަންޖެހޭ މުއްދަތު ގުނާނީ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭގޮތުގެ މަތީންނެވެ."
30އިސްވެ ބަޔާންކުރެވުނު މާއްދާތަކުގައިވާ ގޮތަށް އިސްތިއުނާފުގެ މުއްދަތު ގުނާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލުން 7 ޑިސެންބަރު 2022 ގައި ނިންމާފައިވާ މައްސަލައެއް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ، 02 މާރިޗް 2023 އެވެ. މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ 01 މާރިޗް 2023 ގައި ކަމުން މިއީ، އިސްތިއުނާފު މުއްދަތު ތެރޭގައި ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮވެއެވެ. އެހެންކަމުން، މި އިޖުރާއީ ނުކުތާއަކީ ބަލައިގަނެވޭނެ ނުކުތާއެއް ނޫންކަމުގައި އަހުރެން ދެކެމެވެ. މީރާގެ ފަރާތުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާއާ ގުޅޭ
31މި އިސްތިއުނާފާ ގުޅިގެން މައުޟޫއީ ގޮތުން މި ކޯޓުން ގޮތް ކަނޑައަޅަންޖެހެނީ، ޓެކްސް އެޕީލް ޓްރައިބިއުނަލުން 28 ސެޕްޓެންބަރު 2021 ގައި ނިންމާފައިވާ އިޖުރާއީ ނިންމުމާމެދުގައި އެކަންޏެވެ. އެގޮތުން، ގޮތް ކަނޑައަޅަންޖެހެނީ ހަމަ އެކަނި އިސްތިއުނާފީ ފުރަތަމަ ނުކުތާއާމެދުގައެވެ.
32މީރާގެ ފަރާތުން އެ އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއް ކަމަށެވެ. އަދި އެ މާއްދާ ތަޠުބީޤުކޮށްފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ
(ހ) އަދި 10 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށެވެ.
33HN3ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ: "44 (ހ) މި ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ޓެކްސް ދައްކާ ފަރާތަކުން މީރާއަށް ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމާ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ."
34މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ: "3. ޢާންމު މާނައަށް ބެލުމުގެ އުސޫލު ޤާނޫނު މާނަކުރުމުގައި ބޭނުންކުރާނީ، އަންނަނިވި ކަންކަން ހާސިލުކުރުމަށެވެ.
(ހ)ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކުރުމުގައި، ވަކި ކަމެއް އެ ޤާނޫނުގައި ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަސް ނުވަތަ ޢިބާރާތް ނުވަތަ ޖުމްލައިން ދޭހަވާ ޢާންމު މާނަ، އެގޮތުގައި ދެމެހެއްޓުމަށް އިސްކަންދިނުން."
35މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ: "10.ވަކި ބަހެއް ނުވަތަ ގިނަ ބަސްތަކެއް ނުވަތަ ޖުމްލައެއްގެ މާނަ ދެނެގަތުމަށްޓަކައި، އެ ޤާނޫނެއްގެ ތެރެއިން، އަންނަނިވި ވަސީލަތްތަކުގެ އެހީ ހޯދިދާނެއެވެ.
(ހ) ޤާނޫނެއްގައި ހިމެނިގެންވާ ވަކި ބަހެއް ނުވަތަ ގިނަ ބަސްތަކެއް ނުވަތަ ޖުމްލައެއް ހިމެނިގެންވާ ޕެރެގްރާފް ނުވަތަ މާއްދާ ނުވަތަ ބާބު އެކުގައި ކިޔާލުމުން، އެ ބަހެއް ނުވަތަ ގިނަ ބަސްތަކެއް ނުވަތަ ޖުމްލައެއް ބޭނުންކުރެވިފައިވާ މާނަ ނުވަތަ އޭގެ މަޤާމު ނުވަތަ މަޙައްލު ދެނެގަނެވިދާނެއެވެ."
36ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން މީރާގެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ނުކުތާއަކީ، ޚުޞޫމާތު އުފެދިފައިވާ މުޢާމަލާތްތަކުން ޖީ.އެސް.ޓީ ދައްކަންޖެހޭ ކަމަށް މީރާއިން ނިންމާފައިވަނީ ޖީ.އެސް.ޓީ ޤާނޫނުގެ 20 ވަނަ މާއްދާގެ (ދ) އާއި ޖީ.އެސް.ޓީ ގަވާއިދުގެ 37 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
37މީރާއިން ފާހަގަކޮށްފައިވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރެވޭނީ، އިއުތިރާޒު މަރުހަލާގައި މީރާއިން ނިންމާފައިވާ ނިންމުން ކަމަށާއި، ނިންމާފައިނުވާ ނިންމުމެއް އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ.
38މީރާގެ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓްއާމެދު ހިތްހަމަނުޖެހިގެން ޓޯޓަލް ޓްރާންސްޕޯޓްސް ސޮލިއުޝަންސްގެ ފަރާތުން މީރާއަށް ހުށަހަޅާފައިވާ ނޯޓިސް އޮފް އޮބްޖެކްޝަންގައި އޮބްޖެކްޝަން ބިނާ ކުރި އަސާސްގެ ގޮތުގައި އެ ފޯމުގައި 2 ވަނަ ނަންބަރުގެ ދަށުން ބަޔާންކޮށްފައިވަނީ، “Reference to GST Regulation Section 104(a) Goods and services are deemed to be supplied in the Maldives if the supplier is in the Maldives at the time that the goods and services are supplied and the services or part of such services are physically performed in the Maldives by a person who is in the Maldives at the time the services are performed. In our opinion ancillary services provided at port of loading is not a service provided in the Maldives and are out of scope of GST. Reference to Tax ruling TR-2012/B8 Section 16. Where an agent who is registered person charges its principal to recover expenditure in the nature of a disbursement incurred by the agent on behalf of the principal, the agent shall not charge GST on that amount if the agent is not legally liable to make payment for the supply. The Company not being the agent of the supplier, reimbursed the payment from the suppliers client in Male’ and remitted the payments to the service provider residing outside Maldives. Hence, we would like to object the decision by MIRA in the audit finding #4.1. This is kindly to request you to revise the audit report accordingly.”
39އެހެންކަމުން، އެ ކުންފުނީގެ އިއުތިރާޒު ބިނާކޮށްފައިވަނީ، އެ ފަރާތުން ފޯރުކޮށްދީފައިވާ އެންސިލަރީ ސަރވިސްއަކީ ދިވެހިރާއްޖޭގައި ފޯރުކޮށްދިން ޚިދުމަތަކަށްނުވާތީ އެ ޚިދުމަތުން ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ޖީ.އެސް.ޓީ ނުނެގޭނެ ކަމަށާއި، ޓެކްސް ރޫލިންގ TR-2012/B8 ގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ޕްރިންސިޕަލެއްގެ ބަދަލުގައި އޭޖެންޓަކު ކޮށްފައިވާ މުޢާމަލާތަކާ ގުޅިގެން އެ އޭޖެންޓް ކުރި ޚަރަދު ޕްރިންސިޕަލް އަނބުރާ ހޯދި ނަމަވެސް، މުޢާމަލާތުގެ އަގު އަދާކުރުމަށް ޤާނޫނީ ގޮތުން ޒިންމާވާންޖެހެނީ އޭޖެންޓު ކަމުގައިނުވާނަމަ، އެ ގޮތުން އަނބުރާ ހޯދާ އަދަދުން ޖީ.އެސް.ޓީ ނަގައިގެން ނުވާނެކަން އެނގޭކަމާއި، ޚުޞޫމާތު އުފެދިފައިވާ މުޢާމަލާތުގައި، ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން އަދާކޮށްފައިވަނީ އޭޖެންޓްގެ ރޯލުކަމުން އެ މުޢާމަލާތުން ޖީ.އެސް.ޓީ ނުނެގޭނެކަމަށް ބަޔާންކޮށް، މީރާއިން އޮޑިޓް ފައިންޑިންގްސްގެ 4.1 ވަނަ ނަންބަރުގައި ނިންމާފައިވާ ނިންމުމާމެދު އިއުތިރާޒުކޮށްފައިވާކަން އެނގެއެވެ.
40ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން ހަވާލާދީފައިވާ މީރާގެ އޮޑިޓް ފައިންޑިންގްސް ގެ 4.1 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވަނީ: # Finding Recommendation TaxImpact (MVR) Legal Reference
4.1 Taxpayer has not charged GST on value of supplies, which are subject to GST. Taxpayer should charge GST on all supplies other than those prescribed in the Act as zero rated, tax exempted and other considerations not within the scope of the Act. Since the taxpayer has failed to charge GST on supply of ancillary services in relation to international transportation that are subject to GST under the GST regulation, the total amount charged from the customer will be treated as the amount inclusive of GST. In addition Goods and services are deemed to be supplied in the Maldives if the supplier is in the Maldives at the time that the goods and services are supplied. Taxpayer is required to pay additional tax on the said amounts as specified in Annexure 1. 571,870 GST Act GST Act GST Regulation GST Regulation S.104(a)
41ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފަށް ހުށަހަޅާފައިވާ ފޯމުގައި، މީރާއިން ނިންމާފައިވާ ނިންމުން ރަނގަޅު ނޫން ކަމަށް ދެކޭ ސަބަބުތަކުގެ ތަފްސީލްގެ ގޮތުގައި ފާހަގަކޮށްފައިވަނީ: "ހުސޫމާތު އުފެދިފައިވާ މުއާމަލާތްތަކުން ޖީ.އެސް.ޓީ ދައްކަންޖެހޭ ކަމަށް މީރާއިން ނިންމާފައިވަނީ ޖީ.އެސް.ޓީ ގާނޫނުގެ 20 ވަނަ މާއްދާގެ (ދ) އާއި ޖީ.އެސް.ޓީ ގަވާއިދުގެ 37 ވަނަ މާއްދާއާ ޚިލާފަށްކަމަށް ވުން"
42ބުނެވިދިޔަ ނުކުތާގެ ތަފްސީލްގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްއަކީ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ޚިދުމަތް ފޯރުވައިދޭ ފަރާތެއް ކަމަށާއި، މި ޚުޞޫމާތު އުފެދެނީ ޓެކްސް އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ ވަކިވަކި ބައެއް ކަންތައްތަކަކީ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ތެރޭގައި ނުހިމެނޭ ވަކި ޚިދުމަތްތަކެއްކަމަށް ބަލައި ޖީ.އެސް.ޓީ ދައްކަން މީރާއިން އެންގި އެންގުމުންކަމަށް ޓޯޓަލް ޓްރާންސްޕޯޓް ސޮއިލުޝަންސް މޯލްޑިވްސްއިން ފާހަގަކޮށްފައިވެއެވެ.
43މީރާގެ ފަރާތުން މި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން ޖަވާބުގައި ވަކި ކަމެއް ފާހަގަކުރުމުގެ މަޞްލަޙަތު ނެތް ކަމަށް ބަޔާންކޮށްފައިވެއެވެ.
44HN4އޮބްޖެކްޝަން މަރުޙަލާއާއި ޓްރައިބިއުނަލް މަރުޙަލާގައި ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އެ ދެމަރުޙަލާގައިވެސް ފާހަގަކުރި މުޢާމަލާތަކީ އެއް މުޢާމަލާތެއްކަން އެނގެއެވެ. އަދި އެ މުޢާމަލާތާ ގުޅިގެން އެ ދެމަރުޙަލާގައިވެސް އޮތް ބަހުސަކީ އެ މުޢާމަލާތާ ގުޅިގެން ޖީ.އެސް.ޓީ ދައްކަންޖެހޭނެތޯ ނުވަތަ ނޫންތޯ އޮތް ބަހުސްކަންވެސް އެނގެއެވެ.
45ޓްރައިބިއުނަލް މަރުޙަލާގައި ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްއިން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އެ ފަރާތުން ފާހަގަކޮށްފައިވަނީ، މީރާއަކީ ޓްރައިބިއުނަލެއް ނޫންކަމަށާއި، ޓެކްސްގެ ޤާނޫނުގެ ދަށުން ކަނޑައެޅޭ ޢަދަދުތަކާ ގުޅިގެން އެންމެ ފުރަތަމަ މަރުޙަލާގެ ޓްރައިބިއުނަލެއް ނުވަތަ ކޯޓެއް ކަމަށް ބަޔާންކޮށްފައި އޮންނަނީ ޓެކްސް އެޕީލް ޓްރައިބިއުނަލް ކަމުން، ހުށަހަޅަން ބޭނުންވާ ހުރިހާ ލިޔެކިޔުމަކާއި ހުރިހާ ޤާނޫނީ ނުކުތާތަކާއި ފާހަގަކުރަން ބޭނުންވާ އެންމެހައި ކަންކަން ފާހަގަކުރުމުގެ ފުރުޞަތު ދީފައި އެބައޮތްކަމަށެވެ. އަދި، ދިވެހިރާއްޖޭގެ ޝަރުޢީ މަރުޙަލާގެ އިސްތިއުނާފީ ކޯޓުތައް ފެށެނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކަމާއި، ޓެކްސް އެޕީލް ޓްރައިބިއުނަލަކީ، އިސްތިއުނާފީ ކޯޓެއް ނޫންކަމަށާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ކުރާ އިސްތިއުނާފަކީ، އިސްތިއުނާފުގެ އާއްމު މާނަ ނޫންކަމަށްވެސް ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްއިން ފާހަގަކޮށްފައިވެއެވެ.
46ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ އިޖުރާއަތުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު މީރާއިން ބަޔާންކޮށްފައިވާ ފަދައިން ހައިކޯޓުގެ ނަންބަރު 2013/HC-A/203 ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، "މީރާއިން ނިންމި ނިންމުމަކާއި" މެދު ޓެކްސް ދައްކާފަރާތުން އިޢުތިރާޒުކުރާނަމަ، އެ އެންގުން އެންގި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން މީރާއަށް ޓެކްސް ދައްކާފަރާތުން ލިޔުމުން އަންގަންވާނެކަމަށާއި އަދި އެލިޔުމުގައި އޭނާ އެކަމަށް އިޢުތިރާޒުކުރާ ސަބަބު ތަފްސީލުކޮށް ބަޔާންކުރަންވާނެކަމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އިޢުތިރާޒުކުރުމުގެ އިޖުރާއާތުތައް މި ޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދެއްގައި ބަޔާންކުރަންވާނެކަމަށް ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި މިމާއްދާގެ ދަށުން ޙަވާލާދީފައިވާ "އިޢުތިރާޒުކުރުމުގެ އިޖުރާއާތު" ކަނޑައެޅިފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤަވާޢިދުގައި ކަމާއި، މިގޮތުން އެޤަވާޢިދުގެ 35 ވަނަ މާއްދާގައި "މީރާއިން ނިންމި ނިންމުމަކާމެދު ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުން އިޢުތިރާޟުކުރާނަމަ އެކަން މީރާއަށް ހުށަހަޅަންވާނީ، އެއިޢުތިރާޒުކުރާ ނިންމުމެއް މީރާއިން އެފަރާތަކަށް އެންގި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި "އިޢުތިރާޒުކުރާ ކަމުގެ އެންގުން" (MIRA903) ފޯމު މެދުވެރިކޮށް، އެފޯމުގައި ކަނޑައަޅައިފައިވާ އެންމެހާ މަޢުލޫމާތާއި ލިޔެކިޔުންތަކާ އެކުގައިކަމަށް، އަދި އިޢުތިރާޒުކުރާ ސަބަބުތަކާއި، އެފަރާތުގެ ނަޒަރުގައި ދައްކަންޖެހޭ ޢަދަދަކީ ކޮބައިކަން އަދި އެ ޢަދަދު ހިސާބުކޮށްފައިވާ ގޮތުގެ ތަފްސީލު ހިމަނައިގެންކަމަށް "ބަޔާންކޮށްފައިވާކަމާއި، މިހެންކަމުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެމާއްދާގައި ބަޔާންކުރާ މީރާއިން ނިންމި ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރެވިއްޖެނަމަ އެމައްސަލަ ބަލައިގަތުމުގެ ކުރިން ޓެކްސް ދައްކާ ފަރާތުން މީރާއަށް އިޢުތިރާޒުކުރިކަން އަންގާފައިވޭތޯ އާއި އަދި އިޢުތިރާޒުކުރިކަން އަންގާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤަވާޢިދުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރަންޖެހޭނެކަން އެނގޭކަމަށެވެ."
47އެހެންނަމަވެސް،އިސްވެ ބަޔާންވެދިޔަ އިޖުރާއާތާ ޚިލާފު ނިންމުމެއް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިޖުރާއީ ނިންމުމުންވެސ ފެންނަން ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
48ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައަކީ، އެ ފަރާތުން މީރާއަށް ހުށަހެޅި އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމާފައިވާ ނިންމުމަކާމެދު އެ ފަރާތުން ހިތްހަމަ ނުޖެހިގެން، ހުށަހެޅި މައްސަލައެއްކަން އެނގެއެވެ. ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން އިއުތިރާޒުކުރާ ނިންމުމަކީ، މި މައްސަލައިގައި ވާހަކަދެވޭ މުޢާމަލާތާގުޅިގެން، ޖީ.އެސް.ޓީ ހިސާބުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށްބުނެ، އެ މުޢާމަލާތާ ގުޅިގެން ޖީ.އެސް.ޓީ ދައްކަން ޖެހޭކަމަށް މީރާއިން ނިންމި ނިންމުންކަން އެނގެއެވެ. އަދި އެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އިސްތިއުނާފުކުރަމުން، އެ ނިންމުން ރަނގަޅު ނޫންކަމަށް ދެކޭ ސަބަބަކީ، އެ ނިންމުން ޖީ.އެސް.ޓީ ޤާނޫނުގެ 20 ވަނަ މާއްދާގެ (ދ) އާއި ޖީ.އެސް.ޓީ ގަވާއިދުގެ 37 ވަނަ މާއްދާއާ ޚިލާފުފުވާތީކަމަށް ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވާކަން އެނގެއެވެ.
49ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްއިން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އިސްތިއުނާފު ބިނާކޮށްފައިވަނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނުނު) ގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޓެކްސް ދައްކާ ފަރާތަކުން ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމި ނިންމުމެއްގެ މައްޗަށްނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެ، އެ މައްސަލަ ޓްރައިބިއުނަލަށް ބަލައިގަނެ ހިންގާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނުނުގެ 44 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށާއި، އެ މައްސަލަ ބަލައިގަތުމަށް ޓްރައިބިއުނަލްއިން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނުނުގެ 44 ވަނަ މާއްދާގެ (ހ) ތަޠުބީޤުކޮށްފައިވަނީ ޤާނުނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނުނު) ގެ 44 ވަނަ މާއްދާގެ (ހ) އާއި، ޤާނުނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނުނު) ގެ 3 ވަނަ މާއްދާގެ (ހ) އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނުނުގެ 10 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު، ފެންނަން އޮތް ޙަޤީޤަތަކީ، ޓެކްސް އެޕީލް ޓްރައިބިއުނަލުން ބަލައިގަނެ ހިންގާފައިވަނީ ޤާނުނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނުނު) ގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޓެކްސް ދައްކާ ފަރާތަކުން ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމި ނިންމުމެއްގެ މައްޗަށްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
50HN5ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި އިސްތިއުނާފުގައި ތައާރަފްކުރިކަމަށް މީރާއިންދެކޭ އައު އިސްތިއުނާފީ ނުކުތާއަކީ މީރާގެ ނިންމުމުގައި ފާހަގަކޮށްފައިވާ މައިގަނޑު ޚުޞޫމާތާ ގުޅުން ނެތްކަމެއްކަން މި ކޯޓަށް ހުށަހެޅި އިސްތިއުނާފުގައި މީރާއަށް ބުނެދެވިފައިވާކަމަށް އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
51އެހެންކަމުން، އަހުރެންނަށް ފާހަގަކުރެވެނީ، ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން
52ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި ބަހުސަކީ، އިއުތިރާޒުގައި ބަޔާންކުރާ ޓެކްސް އެސެސްމަންޓާއި މީރާއިން ނިންމި ނިންމުމާ ގުޅުންނެތް ވާހަކަތަކެއްގެ މައްޗަށް ހުށަހެޅިފައި އޮތް އިސްތިއުނާފެއްކަން މި ކޯޓަށް ހުށަހެޅި އިސްތިއުނާފުގައި މީރާއަށް ބުނެދެވިފައިވާކަމަށް އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
53އެހެންކަމުން، އަހުރެންނަށް ފާހަގަކުރެވެނީ، ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން
54ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި އިސްތިއުނާފުގައި އޮތް ބަހުސަކީ، އިއުތިރާޒު ކުރުމުގެ މަރުހަލާގައި ފާހަގަނުކުރާ ތަފާތު ހެކި ނުވަތަ ތަފާތު ގާނޫނީ ކަންކަން ހިމެނޭ ބަހުސެއްކަން މި ކޯޓަށް ހުށަހެޅި އިސްތިއުނާފުގައި މީރާއަށް ބުނެދެވިފައިވާކަމަށް އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
55އެހެންކަމުން، އަހުރެންނަށް ފާހަގަކުރެވެނީ، ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން
56ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި އިސްތިއުނާފުގައި އޮތް ބަހުސަކީ، އަސްލު އޮތް ޚުޞޫމާތުގެ ޠަބީޢަތަށް ބަދަލެއް ގެނުވާފަދަ ބަހުސެއްކަން މި ކޯޓަށް ހުށަހެޅި އިސްތިއުނާފުގައި މީރާއަށް ބުނެދެވިފައިވާކަމަށް އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
57އެހެންކަމުން، އަހުރެންނަށް ފާހަގަކުރެވެނީ، ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް މޯލްޑިވްސްގެ ފަރާތުން
58އެހެންކަމުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިޖުރާއީ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް އަހުރެން ދެކެމެވެ.
ނިންމަން ފެންނަގޮތް
59އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2020/009 މައްސަލައާ ގުޅިގެން 28 ސެޕްޓެންބަރު 2021 ގައި ނިންމާފައިވާ އިޖުރާއީ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނުނީ ސަބަބެއް ނެތުމުން، އެ ނިންމުމަށް ތާއީދުކޮށް މައްސަލަ ނިންމަން ފެނެއެވެ.
އިސްފަނޑިޔާރު ޙުސައިން ޝަހީދު ރަޢުޔު
60އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ރަޢުޔު
61އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ޓެކްސް އެފީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2020/009 މައްސަލައާ ގުޅިގެން 28 ސެޕްޓެންބަރު 2021 ގައި ނިންމާފައިވާ އިޖުރާއީ ނިންމުން ބާޠިލްކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ. މި ޤަސިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- ރަޖިސްޓްރީ ނަންބަރު: C-0395/2013
- މިނިންމުން ނިންމާފައިވަނީ 24 އޯގަސްޓް 2021ގައި
- މައްސަލަ މައުޟޫއީ ގޮތުން ބަލައި ނިންމާފައިވަނީ 07 ޑިސެންބަރު 2022 ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 6 ޝަރީޢަތް ނިމުނު ގޮތް 2023/HC-A/132 މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ދ) އާއެ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިފީމެވެ."
- މި ރައުޔުގައި މީގެ ފަހުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ކަމަށް ބަޔާންކޮށްފައިވާނީ ޤާނޫނު ނަންބަރު 3/2010 އާ ހަވާލާދީއެވެ.
- އިސްތިއުނާފީ ފޯމުގެ 6.1 ވަނަ ނުކުތާ
- އިސްތިއުނާފީ ފޯމުގެ 6.2 ވަނަ ނުކުތާ
- އިސްތިއުނާފީ ފޯމުގެ 6.3 ވަނަ ނުކުތާ
- އިސްތިއުނާފީ ފޯމުގެ 6.4 ވަނަ ނުކުތާ
- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2020/009
- މީރާގެ ފަރާތުން މި މައްސަލަތައް އިސްތިއުނާފަށް ހުށަހެޅިއިރު އިސްތިއުނާފީ 4 (ހަތަރެއް) ނުކުތާ ހުށަހަޅާފައިވި ނަމަވެސް، 28 ސެޕްޓެންބަރު 2021 ގެ އިޖުރާއީ ނިންމުމާ ގުޅިގެން ހުށަހެޅި އިސްތިއުނާފު ނުކުތާ (ފުރަތަމަ އިސްތިއުނާފު ނުކުތާ) ފިޔަވައި ދެން ހުރި އިސްތިއުނާފު ނުކުތާތައް އަނބުރާ ގެންގޮސްފައިވެއެވެ.
- ޤާނޫނު ނަންބަރު 4/2011
- ޤާނޫނު ނަންބަރު 4/2011
- ޤާނޫނު ނަންބަރު 4/2011
- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2020/009 މައްސަލައާއި ގުޅިގެން 10 ޖަނަވަރީ 2021 ގައި ބާއްވާފައިވާ އަޑުއެހުމުގެ މަޙްޟަރު ބަޔާން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 42 ވަނަ މާއްދާ، 43 ވަނަ މާއްދާ، 44 ވަނަ މާއްދާގެ (ހ)، 55 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އަދި 10 ވަނަ މާއްދާގެ (ހ)
- ހައިކޯޓު ގަވާއިދުގެ 29 ވަނަ މާއްދާގެ (ބ)
- ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 35 ވަނަ މާއްދާ
- މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ދ) (ޚުޞޫމާތުގެ ތަފްޞީލުގައި)
- މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 37 ވަނަ މާއްދާ (ޚުޞޫމާތުގެ ތަފްޞީލުގައި)
- ހައިކޯޓުގެ ނަންބަރު 2013/HC-A/203 (މީރާ ވ. ޓްރެވަލް ލޭންޑް މޯލްޑިވްސް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.