ކަރުނަގަރަން ތިޔަގަރާޖަހް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު (4420-CVC-2022)
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުގެ 4420-CVC-2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން، ހައިކޯޓުގެ 2023/HC-A/317 ޤަޟިއްޔާއިން މައްސަލަ ބަލަމުން ދިޔައެވެ. މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކުރެވުނީ 18 އޮކްޓޫބަރު 2023 ގައެވެ.
- ވާޤިޢާ
- ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ކަރުނަގަރަން ތިޔަގަރާޖަހް، އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ހިނގި މަދަނީ މައްސަލައެއްގައި ސިވިލް ކޯޓުން ނިންމި ނިންމުމަށް އިސްތިއުނާފުކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހާޒިރުވުމުގެ އަމުރު ރައްދުވެފައިވަނިކޮށް އިސްތިއުނާފުކުރި ފަރާތުގެ ވަކީލު ޝަރީޢަތުގެ މަޖިލީހަށް ހާޒިރުނުވުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޝަރީޢަތުގެ މަޖިލިސް 29 ޖޫން 2025 ގެ 09:00 ގައި ބޭއްވުމަށް، އިސްތިއުނާފުކުރާ ފަރާތުން އައްޔަންކުރި ވަކީލު ޗެމްބަރސް އެލް.އެލް.ޕީއަށް 15 ޖޫން 2025 ގައި ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނެވެ. އެ ފަރާތުން އައްޔަންކުރި ވަކީލު މުޙައްމަދު ޙިލްމީ ކަނޑައެޅި ގަޑިއަށް ހާޒިރުވެފައެއް ނުވާތީއާއި، ހާޒިރުނުވެވުނު މަޤުބޫލު ސަބަބެއްވެސް ކޯޓަށް އަންގާފައެއް ނުވެއެވެ.
- ކޯޓުގެ ސަބަބުތައް
- ހާޒިރުވުމުގެ އަމުރު ރައްދުވެފައިވަނިކޮށް އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ކަނޑައެޅި ގަޑިއަށް ކޯޓަށް ހާޒިރުނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 48 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން އިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލުކުރިއެވެ. މައްސަލައިގެ ޤާނޫނީ ނުކުތާއަކާމެދު ހައިކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭއިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- —
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2023/HC-A/317
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 18 އޮކްޓޫބަރު 2023 * ބާޠިލުކުރި ތާރީޚް: 29 ޖޫން 2025
4އިސްތިއުނާފްކުރި ފަރާތް: * ފުރިހަމަ ނަން: ކަރުނަގަރަން ތިޔަގަރާޖަހް * ވަރކް ޕަރމިޓް ނަންބަރު: N10872292 * ޢާއްމު ނަން: - * މިހާރުގެ އެޑްރެސް: ނަންބަރު286/ ވިލިމާލެ * ދާއިމީ އެޑްރެސް: ނަންބަރު 11 2/2 އިނިޝިއަމް ރޯޑް، ދެހިވަލަ/ ސްރީލަންކާ
5އިސްތިއުނާފް ރައްދުވި ފަރާތް: * ފުރިހަމަ ނަން: އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް * ރަޖިސްޓްރޭޝަން ނަންބަރު: C-20/89 * ދާއިމީ އެޑްރެސް: މ.ވޯލްޑް ޑްރީމް/ މާލެ
6ހުށަހެޅިފައިވާ މައްސަލަ: މިއީ، ސިވިލް ކޯޓުގެ ނަންބަރު 4420-CVC-2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ސްރީލަންކާގެ ރައްޔިތެއްކަމަށްވާ، ކަރުނަގަރަން ތިޔަގަރާޖަހް (ވަރކް ޕަރމިޓް ނަންބަރު N10872292) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައެވެ.
7ހައިކޯޓުން ނިންމި ގޮތް: ސިވިލް ކޯޓުގެ ނަންބަރު 4420-CVC-2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ސްރީލަންކާގެ ރައްޔިތެއްކަމަށްވާ، ކަރުނަގަރަން ތިޔަގަރާޖަހް (ވަރކް ޕަރމިޓް ނަންބަރު N10872292)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ބެލުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/317 ޤަޞިއްޔާގެ ޝަރީޢަތް 2025 ޓޫން 29 ވަނަ ދުވަހުގެ 09:00 ގައި ބޭއްވުމަށްޓަކައި މި މައްސަލައިގައި އިސްތިއުނާފުކުރާ ކަރުނަގަރަން ތިޔަގަރާޖަހްގެ ފަރާތުން އައްޔަންކޮށްފައިވާ ލޯ ފަރމް، ވަކީލު ޗެމްބަރސް އެލް.އެލް.ޕީއަށް މިކޯޓުގެ ނަންބަރު 95-B6/CHT/2025/2336 (15 ޓޫން 2025) "ކޯޓަށް ހާޒިރުވުމުގެ އަމުރު" ރައްދުކުރެވިފައިވެއެވެ. މިކޯޓުގެ ނަންބަރު 95-B6/CHT/2025/2336 (15 ޓޫން 2025) "ކޯޓަށް ހާޒިރުވުމުގެ އަމުރު" ވަކީލު ޗެމްބަރސް އެލް.އެލް.ޕީއަށް ރައްދުވެ، ވަކީލު ޗެމްބަރސް އެލް.އެލް.ޕީގެ ފަރާތުން އައްޔަންކޮށްފައިވާ ވަކީލު، މުޙައްމަދު ޙިލްމީ، އެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާސިރުވެފައިނުވާތީއާއި، އަދި ގަޑިއަށް ޙާސިރުވެވެން ނެތް މަޤުބޫލް ސަބަބުވެސް ކޯޓަށް އަންގާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކަރުނަގަރަން ތިޔަގަރާޖަހްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/317 ޤަޞިއްޔާގެ ދަޢުވާ ފޯމު، ހައިކޯޓުގައި މިޤަސިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 48 ވަނަ މާއްދާގެ (ހ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.