ޓެގް އެފް އެންޑް ބީ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ނަސީމް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 262/VTR/2022 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޓެގް އެފް އެންޑް ބީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 262/VTR/2022
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- ޙަސަން ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2023/HC-A/393
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފޯމް
3. މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 26 ޑިސެންބަރު 2023 – ބާޠިލުކުރި ތާރީޚް: 31 މާރިޗު 2026
4. އިސްތިއުނާފް ކުރި ފަރާތް:
ފުރިހަމަ ނަން: ޓެގް އެފް އެންޑް ބީ ޕްރައިވެޓް ލިމިޓެޑް
5. އިސްތިއުނާފް ރައްދުވި ފަރާތް:
ފުރިހަމަ ނަން: މުޙައްމަދު ނަސީމް
6. ހުށަހެޅިފައިވާ މައްސަލަ:
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 262/VTR/2022 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޓެގް އެފް އެންޑް ބީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7. ހައިކޯޓުން ނިންމި ގޮތް:
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 262/VTR/2022 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޓެގް އެފް އެންޑް ބީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން މިކޯޓުގެ ނަންބަރު 2023/HC-A/393 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ އެ ކުންފުނިން އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންނުވާކަމަށްބުނެ އެ މައްސަލަ ބާޠިލްކޮށްދިނުމަށްއެދި ޓެގް އެފް އެންޑް ބީ ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ވަކީލް އަލްއުސްތާދް މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރުގެ ފަރާތުން 31 މާރިޗު 2026 ގައި މިކޯޓަށް އީމެއިލް ފޮނުވާފައިވާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/393 ޤަޟިއްޔާގެ ދަޢުވާ ފޯމް، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8. މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.