ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ރިފްޝާން
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 21/M8C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު 21/M8C/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ނ)
ފަނޑިޔާރުން
- ބެންޗު
- ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ (ރިޔާސަތު)، ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2023/HC-A/46
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3. މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 01 ފެބްރުއަރީ 2023 ބާޠިލްކުރި ތާރީޚް: 06 އޮކްޓޯބަރ 2026
4. އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
5. އިސްތިއުނާފު ރައްދުވާ ފަރާތް:
ފުރިހަމަ ނަން: އަޙްމަދު ރިފްޝާން
6. ހުށަހެޅިފައިވާ މައްސަލަ:
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 21/M8C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7. ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމިގޮތް:
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 21/M8C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/46 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/46 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅިފަހުން، އިސްތިއުނާފު ރައްދުވާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، އެ އޮފީހުގެ ފަރާތުން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 21/M8C/2020 ޤަޟިއްޔާ މުރާޖަޢާކޮށް ބެލިއިރު، މި މައްސަލައިގެ ހާދިސާ ހިނގައިދިޔަފަހުން 6 (ހައެއް) އަހަރު ފާއިތުވެފައިވާތީއާއި، މި މައްސަލައިގައި ދައުލަތަށް މާލީގެއްލުމެއް ލިބިފައިނުވާތީއާއި، އިސްތިއުނާފު ރައްދުވާ ފަރާތުގެ އިތުރު ކުށުގެ ރިކޯޑެއް ނެތަތީއާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް މި މައްސަލަ އިސްތިއުނާފު ކުރުމަށްއެދި ހުށަހެޅިފަހުން ގާތްގަނޑަކަށް 4 (ހަތަރެއް) އަހަރުވެފައިވުމާއި، އިސްތިއުނާފީ ނުކުތާތަކުގައިވާ ކަންކަމަށް މަތީމަރުޙަލާގެ ނިންމުންތަކުން ޙައްލު ލިބިފައިވާތީ، މި މައްސަލަ އިތުރަށް ކުރިއަށް ގެންދިޔުމުގެ މަސްލަޙަތެއްނެތަތީ، މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ނ)ގެ ދަށުން މި މައްސަލަ ބާޠިލު ކޮށްދިނުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2026/228 (04 އޮކްޓޯބަރ 2026) ސިޓީއިން އެދިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/46 ޤަޟިއްޔާ ހުށަހެޅުމަށްފަހު، 21 ޖޫން 2023 އިން ފެށިގެން 17 އޮގަސްޓު 2026 އާދެމެދު މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާއިރު، އޭގެތެރެއިން ގިނައަޑުއެހުންތަކެއް ކެންސަލްކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަކީލުގެ އެދުމުގެމަތިންކަން މި ކޯޓުގެ އިދާރީ ލިޔުންތަކުން ދައްކައެވެ.
މި މައްސަލައިގައި ދައުލަތުން އެދިފައިވާގޮތަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/46 ޤަޟިއްޔާއިން ބަލަމުން ގެންދިޔަ އިސްތިއުނާފުގެ މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011ގެ 35 ވަނަ މާއްދާގެދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8. މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު)
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.