ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/47

ޢަލީ މުރުތަޟާ ވ. ރައުފިއްޔާ ޙުސައިން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 23 ޖޫން 2024ދަށު ކޯޓު: ކ. މާފުށި މެޖިސްޓްރޭޓް ކޯޓު 84/H12C/2021ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކ. މާފުށި މެޖިސްޓްރޭޓް ކޯޓު 84/H12C/2021
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކ. މާފުށި މެޖިސްޓްރޭޓް ކޯޓުން 84/H12C/2021 ނަންބަރުގައި ޤަޟިއްޔާއެއް ނިންމި. އެ ނިންމުމުގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
ވާޤިޢާ
ކ. މާފުށި، ވައިޓްފިޝް، ޢަލީ މުރުތަޝާގެ ފަރާތުން ރައުފިއްޔާ ޙުސައިންގެ މައްޗަށް ރައްދުވާ ގޮތަށް، ދަށުކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ 02 ފެބުރުވަރީ 2024 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކ. މާފުށި މެޖިސްޓްރޭޓް ކޯޓުގެ 84/H12C/2021 ޤަޟިއްޔާ އިސްތިއުނާފުކުރި ފަރާތުން، ދެފަރާތުގެ ޙުޞޫމާތް ކޯޓުން ބޭރުގައި ހައްލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުން މައްސަލަ އަނބުރާ ގެންދަން ބޭނުންވާކަމަށް ބުނެ ހައިކޯޓަށް ސިޓީ ފޮނުވުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ދެފަރާތުގެ ދެމެދު އުފެދިފައިވާ ޙުޞޫމާތް ކޯޓުން ބޭރުގައި ހައްލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާތީ، މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށާއި މައްސަލަ އަނބުރާ ގެންދަން ބޭނުންވާކަމަށް ބުނެ، އިސްތިއުނާފުކުރި ފަރާތުން 02 މޭ 2024 ގައި ހައިކޯޓަށް ސިޓީ ފޮނުވި.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުކުރި ފަރާތުން މައްސަލަ އަނބުރާ ގެންދަން އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާގެ ދަށުން، ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން 23 ޖޫން 2024 ގައި ދަޢުވާ ފޯމު ބާޠިލުކުރި.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ކ. މާފުށި މެޖިސްޓްރޭޓް ކޯޓުގެ 84/H12C/2021 ޤަޟިއްޔާއާމެދު ގޮތެއް ނުނިންމައި، އިސްތިއުނާފުކުރި ފަރާތުން މައްސަލަ އަނބުރާ ގެންދަން އެދުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު (ރިޔާސަތު)، ފަނޑިޔާރު ދީބާނާޒް ފަހުމީ
ރިޔާސަތު
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

މާލެ، ދިވެހިރާއްޖެ

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2023/HC-A/47

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމް

3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 02 ފެބުރުވަރީ 2024

* ބާޠިލުކުރި ތާރީޚް: 23 ޖޫން 2024

4އިސްތިއުނާފު ކުރި ފަރާތް:

* ފުރިހަމަ ނަން: ޢަލީ މުރުތަޝާ

* ޢާއްމު ނަން: -

* ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A085156

* މިހާރުގެ އެޑްރެސް: ވައިޓްފިޝް / ކ. މާފުށި

* ދާއިމީ އެޑްރެސް: ވައިޓްފިޝް / ކ. މާފުށި

5އިސްތިއުނާފު ރައްދުވި ފަރާތް:

* ފުރިހަމަ ނަން: ރައުފިއްޔާ ޙުސައިން

* ޢާއްމު ނަން: -

* ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A009602

* މިހާރުގެ އެޑްރެސް: ކާރނޭޝަންމާގެ / ކ. މާފުށި

* ދާއިމީ އެޑްރެސް: ކާރނޭޝަންމާގެ / ކ. މާފުށި

6ހުށަހެޅިފައިވާ މައްސަލަ:

މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 84/H12C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ކ. މާފުށި، ވައިޓްފިޝް، ޢަލީ މުރުތަޝާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.

7ހައިކޯޓުން ނިންމި ގޮތް:

މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 84/H12C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ކ. މާފުށި، ވައިޓްފިޝް، ޢަލީ މުރުތަޝާގެ ފަރާތުން ހުށަހެޅި މައްސަލަ އަނބުރާ ގެންދަން ބޭނުންވާކަމަށް ބުނެ، ޢަލީ މުރުތަޝާގެ ފަރާތުން 02 މޭ 2024 ގައި މިކޯޓަށް ސިޓީ ފޮނުވާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާގެ ދަށުން ކ. މާފުށި، ވައިޓްފިޝް، ޢަލީ މުރުތަޝާގެ ފަރާތުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/47 ޤަޟިއްޔާގެ ދަޢުވާ ފޯމު، މި ޤަޟިއްޔާ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.

8މައްސަލަ ނިންމި ފަނޑިޔާރުން:

ފަނޑިޔާރު މުޙައްމަދު ފައިޞަލް

ފަނޑިޔާރު ޙުޒައިފާ މުޙައްމަދު (ރިޔާސަތު)

ފަނޑިޔާރު ދީބާނާޒް ފަހުމީ

ފުޓްނޯޓު

  1. އެ ސިޓީގައި ޢަލީ މުރުތަޝާގެ ފަރާތުން ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް މި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށްފަހު، ޢަލީ މުރުތަޝާއާއި ރައުފިއްޔާ ޙުސައިންއާ ދެމެދު އުފެދިފައިވާ ޙުޞޫމާތް ކޯޓުން ބޭރުގައި ހައްލުކުރުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށާއި، އެހެންކަމުން މި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށެވެ.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ