ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/52

އާދަމް ޢަލީ މަނިކު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 26 އޮގަސްޓް 2024ދަށު ކޯޓު: ކ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު 104/HMC/2020ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު 104/HMC/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން 104/HMC/2020 ނަންބަރުގައި ޖިނާއީ ޤަޟިއްޔާއެއް ނިންމި. އެ ނިންމުމުގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
ވާޤިޢާ
ތ. ތިމަރަފުށި/ މިނިވަންއައްސޭރި، އާދަމް ޢަލީމަނިކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ދެކޮޅަށް ދަށުކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ 08 ފެބްރުވަރީ 2023 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު. އިސްތިއުނާފު ބަލަމުންދަނިކޮށް 27 މޭ 2024 ގައި އިސްތިއުނާފުކުރި ފަރާތް ނިޔާވި.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ 104/HMC/2020 ޖިނާއީ ޤަޟިއްޔާ އިސްތިއުނާފުކުރި ފަރާތް، އިސްތިއުނާފު ހައިކޯޓުގައި ބަލަމުންދަނިކޮށް ނިޔާވެފައިވާކަން މަރުސާބިތުކުރި ލިޔުމުން އެނގުމުން، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 93 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 52 ވަނަ މާއްދާގެ ދަށުން އެ ޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތް ނިޔާވެފައިވާތީ އިސްތިއުނާފު ފޯމު ބާޠިލުކޮށްދިނުމަށް އެދި، އޭނާގެ ވަކީލު ޝަޒީމު ވަހީދު 17 އޮގަސްޓް 2024 ގައި ހައިކޯޓަށް ސިޓީ ފޮނުވި.
ކޯޓުގެ ސަބަބުތައް
ހައިކޯޓުން ބެލި ބެލުމުން، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ E0006467 ނަންބަރުގެ "މަރުސާބިތުކުރި ލިޔުމުން" އިސްތިއުނާފުކުރި ފަރާތް 27 މޭ 2024 ގައި ނިޔާވެފައިވާކަން އެނގުނު. އެހެންކަމުން، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 93 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 52 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން 26 އޮގަސްޓް 2024 ގައި ދަޢުވާ ފޯމު ބާޠިލުކުރި.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ކ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ 104/HMC/2020 ޤަޟިއްޔާއާމެދު ގޮތެއް ނުނިންމައި، އިސްތިއުނާފުކުރި ފަރާތް ނިޔާވުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޝަޒީމު ވަހީދު
ބެންޗު
ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ސަލީމް (ރިޔާސަތު)، ފަނޑިޔާރު ޙަސަން ޝަފީޢު
ރިޔާސަތު
ފަނޑިޔާރު މުޙައްމަދު ސަލީމް
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2023/HC-A/52

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފޯމް

* ފޯމު ނަންބަރު:-

3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 ފެބްރުވަރީ 2023

* ބާޠިލުކުރި ތާރީޚް: 26 އޮގަސްޓް 2024

4އިސްތިއުނާފު ކުރި ފަރާތް:

* ފުރިހަމަ ނަން: އާދަމް ޢަލީމަނިކް

* އާއްމު ނަން: އާދަމް

* އައިޑީ ކާޑު ނަންބަރު: A084735

* ދާއިމީ އެޑްރެސް: މިނިވަންއައްސޭރި/ ތ. ތިމަރަފުށި

5އިސްތިއުނާފު ރައްދުވި ފަރާތް:

* ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

* އާއްމު ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

* އައިޑީ ކާޑު ނަންބަރު: -

* ދާއިމީ އެޑްރެސް: ހ. ވެލާނާގެ/ މާލެ

6ހުށަހެޅިފައިވާ މައްސަލަ:

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 104/HMC/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ތ. ތިމަރަފުށި/ މިނިވަންއައްސޭރި، އާދަމް ޢަލީމަނިކުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.

7ހައިކޯޓުން ނިންމި ގޮތް:

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 104/HMC/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ތ. ތިމަރަފުށި/ މިނިވަންއައްސޭރި، އާދަމް ޢަލީމަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލަމުންދާ ނަންބަރު 2023/HC-A/52 ޤަޟިއްޔާގެ އިސްތިއުނާފުކުރި ފަރާތްކަމަށްވާ އާދަމް ޢަލީމަނިކު ނިޔާވެފައިވާ ކަމަށް ބަޔާންކޮށް މި ޤަޟިއްޔާގެ އިސްތިއުނާފު ފޯމު ބާޠިލްކޮށްދިނުމަށް އެދި އާދަމް އަލީމަނިކުގެ ވަކީލު އޒ. ޝަޒީމު ވަހީދުގެ ފަރާތުން 17 އޮގަސްޓް 2024 ދުވަހު މިކޯޓަށް ސިޓީ ފޮނުވާފައިވެއެވެ. ބުނެވިދިޔަ ސިޓީއާއި ގުޅިގެން، މި ކޯޓުން ބެލި ބެލުމުން، އާދަމް އަލީމަނިކު، 2024 މޭ 27 ވަނަ ދުވަހު ނިޔާވެފައިވާކަން ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ނަންބަރު E0006467 "މަރުސާބިތުކުރި ލިޔުން" އިން އެނގެން އޮވެއެވެ.

ވީމާ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 93 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 52 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/52 ޤަޟިއްޔާގެ ދަޢުވާ ފޯމް، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.

● މައްސަލަ ނިންމި ފަނޑިޔާރުން:

ފަނޑިޔާރު މުޙައްމަދު ނިޔާޒް

ފަނޑިޔާރު މުޙައްމަދު ސަލީމް (ރިޔާސަތު)

ފަނޑިޔާރު ޙަސަން ޝަފީޢު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 93 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 52 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ