ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/77

އއ.ތޮއްޑޫ ކައުންސިލް ވ. އަޒްމަތު ޚަލީލް އަދި އިތުރު ފަރާތްތައް

ވަގުތީ އަމުރުގެ ފާއިލިއްޔަތު ގޮސްފައިވާތީ ދަށުކޯޓުގެ އަމުރަށް…
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 25 އޮކްޓޫބަރު 2023ދަށު ކޯޓު: އއ. ތޮއްޑޫ މެޖިސްޓްރޭޓް ކޯޓު U.1.MC/2023/01ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
އއ. ތޮއްޑޫ މެޖިސްޓްރޭޓް ކޯޓު U.1.MC/2023/01
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ބަންޑާރަ ގޯތި ދޫކުރުމުގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކާ ގޯއްޗެއް ހަވާލުނުކުރުމަށް ކައުންސިލަށް މެޖިސްޓްރޭޓް ކޯޓުން ނެރުނު ވަގުތީ އަމުރު ޤާނޫނާ ޚިލާފުތޯ؛ އަދި އިސްތިއުނާފު ބަލަމުންދަނިކޮށް މައުޟޫޢީ މައްސަލައިގައި ޙުކުމްކޮށްފައިވާ ޙާލަތުގައި ވަގުތީ އަމުރާމެދު ގޮތެއް ނިންމަންޖެހޭތޯ.

ނިންމުން

ވަގުތީ އަމުރުގެ ފާއިލިއްޔަތު ގޮސްފައިވާތީ ދަށުކޯޓުގެ އަމުރަށް…

ވަގުތީ އަމުރުގެ ފާއިލިއްޔަތު ގޮސްފައިވާތީ ދަށުކޯޓުގެ އަމުރަށް ބަދަލެއް ނުގެނެސް އިސްތިއުނާފު ނިންމި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވަގުތީ އަމުރެއް ނެރެފައިވަނީ މައުޟޫޢީ މައްސަލައިގައި ޙުކުމްކުރެވެންދެން ކަމުގައިވާނަމަ، މައުޟޫޢީ މައްސަލައިގައި ޙުކުމްކުރުމާއެކު އެ ވަގުތީ އަމުރުގެ ފާއިލިއްޔަތު ނެތިގެންދެއެވެ.

HN2 ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ މައުޟޫޢާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެ މައުޟޫޢުގައި އިދާރާއަކުން އިދާރީ ފިޔަވަޅުތައް އަޅަން ދޫކޮށްލެވިއްޖެނަމަ މައްސަލަ ފައިޞަލާކުރުމުގެ ބޭނުން ނެތިގެން ދިއުމަށް ޖެހޭތީ، މައުޟޫޢީ ދަޢުވާގެ މައުޟޫޢު ރައްކާތެރިކޮށް ބެހެއްޓުމަށް ވަގުތީ އަމުރުން އިދާރީ ފިޔަވަޅު ހުއްޓުވުމަކީ ޤާނޫނީ ގޯހެއް ފާޅުކަން ބޮޑުގޮތެއްގައި ފެންނަ ކަމެއް ނޫނެވެ.

HN3 ވަގުތީ އަމުރު ނެރުމުގައި ޤާނޫނާ ޚިލާފު ކަމެއް ފާޅުކަން ބޮޑުގޮތެއްގައި ފެންނަން ނެތް ޙާލަތެއްގައި، މައުޟޫޢު ނެތިފައިވާ ފަހުން ފަނޑިޔާރު ޤާނޫނު އެޕްލައިކުރި ގޮތާއި އިޚްތިޔާރުގެ ބޭނުންކުރި ގޮތާމެދު އިތުރަށް ބަޙުޘްކުރުމުގެ ބޭނުމެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢަލީ ސަޢީދު
ބެންޗު
މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، މިރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް އަދި ފަނޑިޔާރު ޙުސައިން

މަޒީދު ތާއީދު ކުރެއެވެ.

ތަޢާރުފު

1މިއީ، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓގު ނަންބަރު: U.1.01/MC/2023 "ވަގުތީ އަމުރާމެދު ނިންމިގޮތް" އިސްތިއުނާފުކުރުމަށް އެދި އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ (މީގެ ފަހުން "ތޮއްޑޫ ކައުންސިލް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް މިރިޕޯޓުގައި ބަޔާންކުރާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތްތަކަކީ، 2 1 އއ.ތޮއްޑޫ، ނައިޓްރޯސް / އަޒުމަތު ޚަލީލް އާއި އއ.ތޮއްޑޫ، ފެރޯސް / އާމިނަތު މަޖްދާ އާއި އއ.ތޮއްޑޫ، 4 3 ކާމަރަގަގަސްދޮށުގެ / މަރްޔަމް ނަޒުމާ އަދި އއ.ތޮއްޑޫ، […] / ޢާއިޝަތު ޝަކީލާ (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތްތައް" ކަމުގައި މިރިޕޯޓުގައި ބަޔާންކުރާ) އެވެ.

2މިޤަޟިއްޔާއާއި ގުޅިގެން 24 އޮގަސްޓް 2023 ދުވަހުގެ 10:15 ގައި ޝަރީޢަތުގެ މަޖިލިސް ބޭއްވުމަށްޓަކައި ފޮނުވުނު ނަންބަރު B2/CHT/2023/3506-95 (17 އޮގަސްޓް 2023) "ކޯޓަށް ޙާޟިރުވުމުގެ އަމުރު" އާއި މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ އެއްފަރާތްކަމުގައިވާ އއ.ތޮއްޑޫ، […] / މަރްޔަމް ނަޒުމާ 22 އޮގަސްޓް 2023 ދުވަހު ހަވާލުވެފައިވީނަމަވެސް، އެއަމުރުގައިވާ ގަޑިއަށް ކޯޓަށް ޙާޟިރުވެފައިނުވެއެވެ. އަދި ގަޑިއަށް ޙާޟިވެވެނ ނެތް މަޤްބޫލު ސަބަބުވެސް ކޯޓަށް އަންގާފައިނުވެއެވެ. އެހެންކަމުން އެދުވަހުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ މަރްޔަމް ނަޒުމާގެ ޣައިރު ޙާޟިރުގައެވެ.

ކަންހިނގާފައިވާ ގޮތް

3އއ.ތޮއްޑޫއިން 3000 އަކަފޫޓުގެ 100 ގޯތި ދޫކުރުމަށް، 13 އޮކްޓޫބަރު 2022 ގައި ކޮށްފައިވާ އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލުގެ ނަންބަރު: ESMS/339/2022/126-(IUL)339 އިއުލާނާއި ގުޅިގެން ޢާއްމުކޮށްފައިވާ "ދިރިއުޅުމަށްޓަކައި ބަންޑާރި ގޯތި ދޫކުރުމުގެ އުޞޫލު" ގައި ވާ ބައެއް މާއްދާތަކުގެ ސަބަބުން އެކަމަށް ކުރިމަތިލާފައިވާ ގިނަ ފަރާތްތަކެއްގެ ޙައްޤުތައް ގއްލެ ކަމަށޭ ބަޔާންކޮށް، އެއުސޫލުގައިވާ އެ މާއްދާތަކަކީ ބާޠިލް މާއްދާތަކެއްކަމުގައި ކަނޑައަޅައިދީ، އިސްވެ ދެންނެވުނު އިއުލާނާއ ގުޅިގެނި ޕޮއިންޓް ދިނުމަށްފަހު އިއުލާން ކޮށްފައިވާ ވަގުތީ ލިސްޓު ބާޠިލްކޮށްދިނުމަށް އެދިތޮއްޑޫ ކައުންސިލްގެ އިދާރާގެ މައްޗަށް އިސްތިއުނާފު ރައްދުވާ ހަތަރު ފަރާތުން ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާކަ ރިއެވެ. މިމައްސަލަ ބަލާފައިވަނީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-U1C-CIV-6 ޤަޟިއްޔާއިންނެވެ.

4އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލައަށް މައުޟޫޢީ ގޮތުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ތޮއްޑޫ ކައުންސިލްގެ ފަރާތުން ކޮށްފައިވާ ނަންބަރު ESMS/339/2022/126-L)339(IU އިއުލާނާއި ގުޅިގެން ގޯތި ދޫކުރުމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި، ގޯތި ދޫކުރުމާއި ގުޅޭގޮތުން އާންމުކޮށްފައިވާ ލިސްޓަށް ޢަމަލުކުރުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދުނެވެ.

5އިސްތިއުނާފު ރައްދުވާ ފަރާތްތަކނު އެދިފައިވާ ގޮތަށް ތޮއްޑޫ މެޖިސްޓްރޭޓްގެ ނަންބަރު 2023-U1C-CIV-6 ޤަޟިއްޔާއިން ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން އއ.ތޮއްޑޫ ކައުންސިލް އިދާރާގެ ނަންބަރު ESMS/339/2022/126-(IUL)339 އިއުލާނާއ ގުޅިގެނި ގޯއްޗަށް އެދިފައިވާ އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ "އިޚްތި ލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު" ނަންބަރު U1MC/2023/08 (27 ޖަނަވަރީ )2023 އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ "އިޚްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު" ނަންބަރު U1MC/2023/31 (31 ޖަނަވަރީ )2023 އެއްވެސް ފަރާތަކާ އެއްވެސް ގޯއްޗެއް ހަވާލު ނުކުރުމަށް އއ.ތޮއްޑޫ ކައުންސިލްގެ މައްޗަށް ވަގުތީ އަމުރެއް އެކޯޓުން ނެރެފައިވެއެވެ. ތޮއްޑޫ ކައުންސިލް އިދާރާގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީ މި އަމުރެވެ. އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ވަގުތީ އަމުރާއިމެދު ނިންމި ގޮތް:

6އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު U.1.01/MC/2023 "ވަގުތީ އަމުރާމެދު ނިންމިގޮތް" އިން އަމުރުކޮށްފައިވާ މިމައްސަލައާއި ގުޅޭ ބައި ތިރީގައި އެވަނީއެވެ؛ ".....ދައުވާކުރާ ފަރާތްތަކަކީ އއ.ތޮއްޑޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު އެކައުންސިލް އިދާރާގެ ނަންބަރު ESMS/339/2022/126-(IUL)339 އިޢުލާނާއި ގުޅިގެން، ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯތި ނުލިބޭ މީހުންގެ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކަކަށްވެފައި، ދައުވާކޮށްފައިވާ ފަރާތްތަކަކީ ގޯތި ނުލިބިގެން ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވާ ފަރާތްތަކަކަށްވާތީ، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް މިމައްސަލައިގައި ފެންނަން އޮތަތީ، އަދުލުވެރިކަމާއެކު ގޯތި ލިބޭ މީހުން ކަނޑައެޅިގެން ދިއުމަކީ ދަޢުވާކުރާ ފަރާތްތަކުގެ މަސްލަޙަތުއޮތްކަމެއްކަމާއި، އަދި ދަޢުވާ ކޮށްފައިވާ ފަރާތްތަކަކީ އއ.ތޮއްޑޫއިނ ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ނުލިބޭ މީހުންގެ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކަކަށް ވާތީ އެފަރާތްތައް ގޯތި ނުލިބޭ މީހުންގެ ލިސްޓުގައި ހިމެނިފައިވަނީ މާރކްސް ދިނުމުގައި އުސޫލްތަކާއި ޚިލާފަށްކަމާއި އެހެންކަމުން ގޯތި ލިބުމުގެ ޙައްޤަށް އުނިކަމެއް އައިސްފައިވާނަމަ އެޙައްޤު ހޯދުމަށް އެދި ދަޢުވާ ކުރުމުގެ ޙައްޤު އެފަރާތްތަކަށް ލިބިގެންވާކަމާއި، އެހެންކަމުން މިދަޢުވާ އާއި ގުޅިގެން މިފަދަ އަމުރަކަށް އެދުމުގެ ޙައިޞިއްޔަތު ދަޢުވާކޮށްފައިވާ ފަރާތްތަކަށް ލިބިފައިވާކަމާއި، ހުށަހެޅި ހިނގަމުންދާ މިކޯޓުގެ ނަންބަރު 2023-U1C-CIV-6 ޤަޟިއްޔާ އާއި ގުޅިގެން އއ.ތޮއްޑޫ ކައުންސިލް އިދާރާއިން "ދިރިއުޅުމަށް ބަންޑާރަ ގޯތި" ދޫކުރުމަށް ކޮށްފައިވާ އެކައުންސިލް އިދާރާގެ ނަންބަރު ESMS/339/2022/126-9(IUL)33 އިޢުލާނާއި ގުޅިގެން ގޯތި ދޫކުރުމަށް ކައުންސިލުން ކުރަމުންދާ އިދާރީ މަސައްކަތްތައްކުރުމަކީ މިމައްސަލާގައި ދަޢުވާކުރާ ފަރާތްތަކުގެ ޙައްޤަކަށް އިޢާދަ ނުކުރެވޭނެ ގެއްލުމެއް ލިބިދާނެކަމެއް ކަމުގައި ޝަރީޢަތަށް ޤަބޫލުނުކުރެވޭތީ، އިސްވެދެންނެވުނު އިޢުލާނާއި ގުޅިގެން އިދާރީ އެއްވެސް މަސައްކަތެއް ނުކުރުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށާއި، އއ.ތޮއްޑޫ ކައުންސިލްގެ ނަންބަރު ESMS/339/2022/126-(IUL)339 އިޢުލާނާއި ގުޅިގެން ގޯއްޗަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭނެކަމަށް ކައުންސިލުން ކަނޑައަޅާ ފަރާތްތަކާއި، މިކޯޓުގެ ނަންބަރު 2023-U1C-CIV-6 ޤަޟިއްޔާއިން ފައިސަލާ ކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން ގޯތި ހަވާލުކޮށްފިނަމަ މިމައްސަލާގައި ދަޢުވާކުރާ ފަރާތްތަކަށް މިވަގުތު ގޯތި ދޫކުރުމަށް ނިންމާފައިވާ ސަރަހައްދުން ގޯތި ނުލިބުމުގެ ފުރުސަތު އޮތުމުންނާއި، ކޯޓުން ނިންމާ ނިންމުމަކާއ ގުޅިގެނި އަލުން އެފަރާތްތަކަށް ގޯތި ދިނުމަށް އެންގި ނަމަވެސް އއ.ތޮއްޑޫ ކައުންސިލް އިދާރާގެ ނަންބަރު ESMS/339/2022/126-(IUL)339 އިޢުލާނާއި ގުޅިގެން ގޯތި ހަވާލުކޮށް ގޯތި ވެރިފަރާތުން، ބަދަލުގެ އެއްމެހައި ކަންތައްތައް ހަމަޖައްސައި، ނިންމާފައިވާނަމަ، މިދެންނެވުނު ސަރަހައްދުން ގޯތި ނުލިބުމަކީ ދަޢުވާކުރާ ފަރާތަށް އެކަމުގެ ސަބަބުން އިޤްތިސާދީ ގޮތުންނާއި، އިޖުތިމާއީ ގޮތުން އިއާދަ ނުކުރެވޭނެވަރުގެ ގެއްލުމެއް ލިބިދާނެކަމަށް ޝަރީޢަތަށް ފެންނާތީ މިކޯޓުގެ ނަންބަރު 2023-U1C-CIV-6 ޤަޟިއްޔާއިން ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން އއ.ތޮއް ޑޫ ކައުންސިލް އިދާރާގެ ނަންބަރު ESMS/339/2022/126-(IUL)339 އިއުލާނާއ ގުޅިގެނި ގޯއްޗައް އެދިފައިވާ އެއްވެސް ފަރާތަކާއި އެއްވެސް ގޯއްޗެއް ހަވާލުނުކުރުމަށް އއ.ތޮއްޑޫ ކައުންސިލްގެ މައްޗަށް އަންގާ އަމުރުކޮށްފީމެވެ." މިފަދައިންނެވެ.

އިސްތިއުނާފީ ނުކުތތައާ

7އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:U.1.01/MC/2023 "ވަގުތީ އަމުރާމެދު ނިންމިގޮތް" ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ އެއަމުރު އިސްތިއުނާފު ކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ 4 ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ: ފުރަތަމަ ނުކުތާއަކީ: އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: U.1.01/MC/2023 "ވަގުތީ އަމުރާމެދު ނިންމިގޮތް" ގައި ގޯއްޗަށް އެދިފައިވާ އެއްވެސް ފަރާތަކާއި އެއްވެސް ގޯއްޗއ ހަވާލުނުކުރުމަށް އަމުރުކޮށް ނިންމާފައިވަން ޤާނޫނީ ނަންބަރ 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 39 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. ދެވަނަ ނުކުތާއަކީ: އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ގޯތި ނުލިބިގެން ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވާ ފަރާތްތަކެއްކަމަށް ވުމަކީ އެފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމްވެގެންވުން ކަމުގައި އއ.ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު U.1.01/MC/2023 "ވަގުތީ އަމުރާމެދު ނިންމިގޮތް" ގައި ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ގެ (ހ) ގައި ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެނ ވާންޖެހޭނެކަމަށް ބަޔާންކޮށްފައި އޮންނަ އުސޫލާ ޚިލާފަށް އަދި މައްސަލައިގެ ވާޤިޢާތަކަށް ފުރިހަމައަށް ރިޢާޔަތްކުރެއްވުމެއްނެތި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ތިންވަނަ ނުކުތާއަކީ؛ ވަގުތީ ލިސްޓަށް ޢަމަލުކުރުމަކީ އިޢާދަނުކުރެވޭ ގެއްލުމެއް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބިގެންދާނކެ މެއަކަމަށް ނުބެލެވޭކަމަށް އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: U.1.01/MC/2023 "ވަގުތީ އަމުރާމެދު ނިންމިގޮތް" ގައި ކަނޑައެޅުއްވުމަށްފަހު ގޯތި ދިނުމަށް ނިންމާފައިވާ ސަރަހައްދުން ގޯތި ނުލިބުމަކީ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް އެކަމގު ސަބަބުން އިޤްތިސާދީ ގޮތުންނާއި، އިޖުތިމާއީ ގޮތުން އިޢާދަ ނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެކަމެއްކަނ ޝަރީޢަތަށް ފެންނަކަމަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ގެ (ށ) ގައި ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮންނަންޖެހޭކަމަށް ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް އަދި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގ 5 ވަނަ މާއްދާގެ (ށ) އާ ހަތަރުވަނަ ނުކުތާއަކީ؛ އިސްތިއުނާފު ރައްދުވާ ފަރާތްތަކކަ ވަގުތީ އަމުރަކަށް އެދުމުގެ "ޞިފަތު" (capacity) ނުވަތަ ހައިޘިއްޔަތު ލިބިގެންވާ ފަރާތްތަކެއް ނޫންކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކުރުމެއްނެތި އއ.ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: U.1.01/MC/2023 "ވަގުތީ އަމުރާމެދު ނިންމިގޮތް" ނިންމާފައިވަނީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) އާ އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް

8އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރެވިފައިމިވާ ވަގުތީ އަމުރުގެ މައުޟޫޢީ މައްސަލަ މިހާރު ދަށު ކޯޓުގައި ނެތްކަމަށާއި، މައުޟޫޢީ މައްސަލަ 27 އޭޕްރީލް 2023 ގައި ނިމިފައިވާކަމަށެވެ. ވަގުތީ އަމުރު އިސްތިއުނާފުކުރެވިފައިވަނީ އޭރުގައި އޮތް ހާލަތަށް ބަލައިގެންކަމަށާއި، އެހެންކަމުން މިމައްސަލައިގައި މައުޟޫޢީ މައްސަލަ ނިމިފައިވީނަމަވެސް، ގޮތެއް ނިންމަންޖެހޭނީ އެހާލަތުގެ މައްޗަށް ބަލައިގެންކަމަށެވެ. އެހެންކަމުން، މިހާރު މައްސަލައިގެ މައުޟޫޢު ނިމިފައިވުމުން އިސްތިއުނާފުކުރާ ފަރާތުން އެދެނީ އޭރު އަމުރު ނެރެފައިވާ ޤާނޫނީ އަސާސްއަކީ އެއީ ގޯސް އަސާސެއްކަމަށް ކަނޑައަޅައި ދިނުމަށްކަމަށވެ. އަދި މިގޮތަށް ކަނޑައަޅައިދިނުމުގައ އިސްތިއުނާފުކުރި ފަރާތުގާ އިސްތިއުނާފެ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށްދިނުމަށެވެ.

9މިގޮތުން، އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސީލްގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ހަސްމުން ނޭދޭ ފަރުވާއެއް ޝަރީޢަތުގެ އިސްނެގުމަށް ވަގުތީ އަމުރުން ނަގާދީފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާގައި ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް ނިންމުމުގައި ޙަސްމަކ އެދިފައިވު ފަރުވާއާ ތަފާތު ފަރުވާއެއް ނުވަތަ ހަސްމަކު އެދުނު ފަރުވާގެ އިތުރުން އެހެން ފަރުވާއެއް ނަގައިދީގެން ނުވާނެކަމަށް ބަޔާންކޮށްފައި އޮތްއޮތުމާއި ޚިލާފަށްކަމަށެވެ.

10އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ވަގުތީ އަމުރުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ވަގުތީ ލިސްޓުގައި ނަން އޮތް ފަރާތްތަކަކަށވެފައި، އެފަރާތްތަކަކީ ގ ތޯ ނުލިބިގެން ދަޢުވާކުރުމުގެ ހައްޤު ލިބިގެންވާ ފަރާތްތަކަކަށްވުމަކީ އެފަރާތްތަކުގެ މައުޟޫއީ ހައްޤު ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުންކަމަށް ވަގުތީ އަމުރުގައި ބަޔާންކޮށްފައިވާއިރު، މައުޟޫޢީ ދައުވާއެއް ކުރުމުގެ ޙައްޤު ލިބިގެންވުމަކީ އޮޓަމެޓިކުން އެފަރާތެއްގެ މައުޟޫޢީ ޙައްޤެއްނުވަތަ ހިމާޔަތްކުރަންޖެހޭ ޤާނޫނީ މަރުކަޒެއް އުފަންވުމެއް ނޫންކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ގޯތި ލިބޭ ލިސްޓުގައި ނުހިމެނޭ އަދި ނުލިބޭ ލިސްޓުގެ މެދުތެރެއާއ ފަހަތުގައި ނަން އޮތް ފަރާތްތަކެއް ކަމަށްވާއިރު، އެފަރާތްތަކަށް ދައުވާއެއް ކާމިޔާބުވުމުގެ ފުރުސަތު ޕްރައިމަ ފޭސީކޮށް އޮތްތޯ ނުވަތަ ނެތްތޯ އެއްވެސް ވަރަކަށް ދަށު ކޯޓުން ބަލާފައިނުވާކަމަށެވެ. އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގައި ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމްވެގެންވާކަމަށް ނިންމަވާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.

11އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކޮށްފައިނުވާކަމެއް އަދި އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބިދާނެކަމުގެ އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅާފައިނުވާއިރު ކޯޓުގެ އަމިއްލަ އިސްނެގުމަށް އެފަދައިން ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/44-SC/2013 (އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްއީލް ރަޝީދު) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށްކަމަށެ ވެ. އެގޮތުން، ތޮއްޑޫ ކައުންސިލުގެ އިޚްތިސާސްގައ ހިމެނި ތޮއްޑޫ އަކީ ނިސްބަތުން ބިމުގެ ތަނވަސަކަނ ބޮޑް ރަށެއްކަމަށްވެފައި، މިމައްސަލައިގައި ދައުވާކޮށްފައިވަނީ 4 ފަރާތަކުންކަމަށްވާއިރު، މައްސަލަ ނިމޭގޮތަކުން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ގޯތި ދޭންޖެހޭ ފަދަ ހާލަތެއް އޮތްކަމަށް ކަނޑައެޅިގެންދާ ހާލަތުގައި ކައުންސިލަށް 4 ފަރާތަށް ގޯތި ދިނުމަކީ ދަތިކަމެއް ނޫންކަމަށެވެ. އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބޭނެ އިއާދަނުކުރެވޭ އަދި ތަދާރުކުނުކުރެވޭ ގެއްލުމެއް އޮތްކަމުގައި ނުދެކޭކަމަށެވެ.

12އިސްތިއުފީ ހަތަރުވަނަ ނުކުތާގެ ތަފްސީލްގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގައި އިސްތިއުނާ ފ ރައްދުވު ފަރާތްތަކަކީ ވަގުތީ އަމުރަށް އެދުމުގެ ޟިފަތު ލިބިގެންވާ ފަރާތްތަކެއް ނޫންކަމަށް ފާހަގަކޮށްފައިވީނަމަވެސް، އެކަންކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތް

13އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: U.1.01/MC/2023 ވަގުތީ އަމުރަކީ ބާޠިލް އަމުރެއްކަމަށް ކަނޑައަޅާދެއްވައި، މިމައްސަލައިގއަ ވަގުތީ އަމުރު ނެރެންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައިދެއްވައި މައްސަލަ ނިންމަވައި ދެއްވުމަކަށްކަމަށެވެ.

އިސްތިއުނާފުރައްދުވާ ފަރާތްތަކުނ ދެއްކި ވާހަކަތައް

14އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން، އަޒުމަތ ޚަލީލު ބުނެފައިވަނީ، މިމައްސަލަ މިހާރު މައުޟޫޢީ ގޮތުން ނިމިފައިވާކަމަށާއި، އެހެންކަމުން ވަގުތީ އަމުރުގެ ބާރު ކެނޑިފައިވާކަމަށެވެ. އަދި ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ ރަނގަޅަށްކަމަށް ދެކޭކަމަށެވެ.

15އިސްތިއުނާފު ރައްދުވާ އާމިނތަ މަޖް ދާ އަދި ޢާއިޝަތު ޝަކީލާ ބުނެފައިވަނީ، މިމައްސަލައަކީ މިހާރު ނިމިފައިވާ މައްސަލައަކަށްވާތީވެ، މިމައްސަލައިގައި ކޮންމެ ގޮތަކަށް ނިންމިކަމުގައިވީނަމަވެސް، އެއްވެސް އިއުތިރާޒެއް ނެތްކަމަށެވެ. އަދި ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ ރނގަޅަށްކަމަށަ ދެކޭކަމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވޭ ކަންތައްތައް

16މިމައްސަލައާއި ގުޅިގެނި އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދެއްކި ވާހަކަތަކަށާއި އަދި ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކަށް ބަލާއިރު، އަންނަނި ކަންކަން ފާހަގަކުރެވިފައިވެއެވެ.

17HN1އއ.ތޮއްޑޫއިން 3000 އަކަފޫޓުގެ 100 ގޯތި ދޫކުރުމަށް، 13 އޮކްޓޫބަރު 2022 ގައި ކޮށްފައިވާ އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލުގެ ނަންބަރު: ESMS/339/2022/126-(IUL)339 އިއުލާނާއި ގުޅިގެން ޢާއްމުކޮށްފައިވާ "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު"ގައި ވާ ބައެއް މާއްދާތަކުގެ ސަބަބުން އެކަމަށް ކުރިމަތިލާފައިވާ ގިނަ ފަރާތްތަކެއްގެ ޙައްޤުތައް ގެއްލޭކަމަށް ބަޔާންކޮށް، އެއުސޫލުގައިވާ އެ މާއްދާތަކަކީ ބާޠިލް މާއްދާތަކެއްކަމުގައި ކަނޑައަޅައިދީ، އިސްވެ ދެންނެވުނު އިއުލާނާއ ގުޅިގެނި ޕޮއިންޓް ދިނުމަށްފަހު އިއުލާން ކޮށްފައިވާ ވަގުތީ ލިސްޓު ބާޠިލްކޮށްދިނުމަށް އެދިތޮއްޑޫ ކައުންސިލްގެ އިދާރާގެ މައްޗަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ތޮއްޑޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން ބަލަމުންދިޔަ އެކޯޓުގެ ނަންބަރު 2023-U1C-CIV-6 ޤަޟިއްޔާގެ ތެރެއިން ނެރެފައިވާ ވަގުތީ އަމުރެކެވެ. މިވަގުތީ އަމުރު ނެރެފައިވަނީ އިޝާރާތްކުރެވުނު ޤަޟިއްޔާގައި މައުޟޫއީ ގޮތުން ޙުކުމެއް ކުރެވެންދެންކަން މިއަމުރަށް ބެލެމުން އެނގެން އޮވެއެވެ.

18އިސްތިއުނާފުކުރެވިފައިމިވ ވަގުތާ އަމުރާއި ގުޅިގެން ހައިކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އިޝާރާތްކުރެވުނު ޤަޟިއްޔާ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުން މައުޟޫޢީ ގޮތުން ބަލައި 27 އޭޕްރީލް 2023 ގައި ޙުކުމްކޮށްފައިވެއެވެ. މިޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސުވާލު އުފައްދާފައިވާ އުސޫލު ޤަބޫލްކޮށް އެފަރާތްތަކުން "ދިރިއުޅުމަށްޓަކައ ދޫކުރި ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ހުށަހަޅާފައިވާތީ އާއި، "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު" ހެދުމުގެ މަރުހަލާގައި އެއްވެސް މުއައްސަސާއަކަށް ޝަކުވާއެއް ހުށަހަޅާފައިވާކަން އެނގެން ނެތަތީއާއި، މިއުސޫލު ހެދުމުގެ މަރުހަލާ ނިމިފައިވާތީ، މިއުސޫލުގެ ބައެއް ނަމަވެސް ބާޠިލްކުރެވޭނެ ތަނެއް ނެތްކަމށަ ކަނޑައަޅައި، އަދި ގޯތި ދޫކުރުމަށް އަމަލުކޮށްފައިވާ މުޅި އިޖުރާއަތު ބާޠިލްކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ. މިނިންމުން ދެފަރާތުންކުރެ ފަރާތެއް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިނުވެއެވެ.

19HN2މައްސަލައިގއަ މައުޟޫއީގޮތުން ޙުކުމްކޮށްފައިވާތީ، ތޮއްޑޫ ކައުންސިލްގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ ވަގުތީ އަމުރުގެ ފާއިލިއްޔަތު ގޮސްފައިވާކަން އެނގެން އޮވެއެވެ. ނަމަވެސް، މިމައްސަލައިގައި، ދަށު ކޯޓުން އަމުރު ނެރުނު ޙާލަތަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައެޅުމަށް އެދިފައިވާ އެދުމަށް ޖުމްލަ ގޮތެއްގައި ބަލާއިރު، އއ.ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ ހުށަހެޅި މަޢުޟޫޢީ ދަޢުވާގައި ބަޔާންކުރާ "މައުޟޫޢު" ރައްކާތެރިކޮށް ބޭއްވުމަށްކަމަށ ބުރަވެވެން އޮވެއެވެ. ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ މަޢުޟޫޢާމެދ ކޯޓުނު ގޮތެއް ކަނޑައެޅުމުގެ ކުރިން، އެމަޢުޟޫޢުގައި އެހެން އިދާރާއަކުން އިދާރީ ގޮތުން އަޅަމުންދާ ފިޔަވަޅުތައް އަޅަން ދޫކޮށްލެވިއްޖެނަމަ، އެމައްސަލަ ފައިޞަލާ ކުރުމުގެ ބޭނުން ނެތިގެން ހިގައިދާނެއެވެ. މިމައްސަލައިގައި، އއ.ތޮއްޑޫ ކައުންސިލުން ގޯތި ދޫކުރުމުގެ ކަންކަން ވަގުތީ އަމުރެއްގެ ދަށުން ކޯޓުން ހުއްޓުވާފައިވަނީ އެހެންވެ ކަމަށް ބުރވަ ވެން އޮވެއެވެ. އަދި އެކަމުގައި ދަށު ކޯޓުން ހަދާފައިވާ ޤާނޫނީ ގޯހެއް ފާޅުކަން ބޮޑު ގޮތެއްގައި ފެންނާކަށް ނެތެވެ. އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާތަކުގައި ބަޔާންކޮށްފައިވާ ކަންކަމަކީ، ފަނޑިޔާރު ޤާނޫނު އެޕްލައިކުރ ގޮތާއި ގުޅި ކަންތައްތަކެވެ.

20HN3ތޮއް ޑޫ މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ، މައްސަލައިގެ މައުޟޫއީގޮތުން ހުކުމް ކުރެވެންދެންކަމަށްވެފައި، މިހާރު އެމަޟޫއު ނެތުމާއިއެކު އެއަމުރު ނެރުމުގައި ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ކަމެއް ފާޅުކަން ބޮޑުގޮތެއްގައި ފެންނަން ނެތީސް، ދަށު ކޯޓުގެ ފަނޑިޔާރު ޤާނޫނު އެޕްލައިކުރި ގޮތާއި ޤާނޫނުން ފަނޑިޔާރަށް ލިބޭ އިޚްތިޔާރުގެ ބޭނުންކުރި ގޮތާއިމެދު އިތުރަށް ބަހުޘް ކުރުމުގެ ބޭނުމެއް އޮތްކަމަށް ބުރައެއް ނުވވެ އެވެ.

ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔް

21ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

22ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

23މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މ ދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) ~2Q02;3~/~H~C~-~A~l17l7________________________J1■t1~1,1e11t111J!1~1L_14 0;,:, ;, 0 .,. t. ;,,x' a.,,,,. o.,,,. ;,;,c.;,o~, ,,,,,. ,.,,,.. .::,. ;, , ;,;,c.:,,.,,,.~ ' 0 C..,,,,,. 0' ,_,,.,.::,.,/ .r.,o.::>.,. .S_,o .SA .rv.rv ./4'.J'_;,'V./4'fl<P .,.A .S V .,0.,0 V ./4' ./4'.J'_I" V .S ✓_,I _pp.-J.A.,. , ✓,,,,_,,.,.r :, t. ~ :,..,,. ,.,,,.,, :, .,,,, 0.,,, ' > CJ OU O 0 :,:,ox :, :, :, :, ,x.,. .,. ,r.::>-' .;:>A _,o .s.P U-1-MC/2023 /01 :.,..._,,.,_,,., .sev e.,e-c.::>.,. ' t..A.,O ., <P_;,'.,O.A .)-.,0.A.,;,',, A + + ~ .,,~_,,,,..,,,:, o:,~.,, '-*~ co o:,, >>OX :,:, >> >X ✓ ✓ 0 ✓ > > > ~ > 0 ff ox 0 .PA_,I .J, ✓.r✓ ./4'.,0.,;,'_,I .S-',r.A J/p.-J./4'.AV t..A.,O _I" "'-'.JO.A .)-.,0.A.,;,' A <_,,.-_;:,_, V _,l./4'.A.,Op.-J.A .,0.S _;:>_r_r .,. ,, .,. .,,, .,,, .,,,. .,,, :,, ,;,:,,,ox, ' VAAA.;:>.J'A_,lp.-JJ.,, .,, .,, .,0./4'.,, .s' .::>.l".r':, :, ' :, :,.,; (. 0 :>:, t. 0 ~ 0 t. ✓ Ot..X >X 0.,,,. ,~ 0 t..,, ~ / OX 0/ ~ ~ :,:, ?. .,, > :, l. 0 , CJ -'.::>AA ,_,,.,.::>.,o.r .r.r.r.,I A .S A.,0.S t. <P .rv.J,_,,1 .A.;:>V.J'A_,,1.rV .r.,,1/.,;, A.r'./4'.S A.S .;:>.,;,'./4' ,, ,, .rev ,, ,, ,, ,, > CJ ,, t.t.L. 0 ~ ,, ,, 0/ 0/ / 0 t. 0 C.,,,,,.,,, :,:, ?. Ut.O; > > + 0 , CJ /"',, ' ,,.A.S ev.A/,, .S cA-'/.P,r,, ',, /p.-J.A_;:>.;:>,, .,,.-.;:,v_,o_r.,1<r><r>p.-J .r.r.s / cr.,v /~"',, .rev.;:,.,. + t. t. ox O :, :, .,,,. .,,,,. ✓ ✓ 0 :, * 0 •.P.::>_,,1.rv.;:>V/. .A.)-A t..rv .r.s_,,1.,0.A.A .,.;, .,,,. ,,,,, ,,, > o>> .,,,.,,, ~o .,; :_, V .;:>V/. A/• .,l'f.A,_:.J J _;;, .,,, .,, .,, .,, ,r:,d-(! _;;,.,, ./4'0 .,,,A p.-J.,, /.:,--':,~fl .,,,t../4'_,I.,, o> >>>+ , c, ,,, 1.u.o? c. www -highcourt-gov-mv :;,:;:...., __,, info@highcourt-gov -m v

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (އިސްތިއުނާފުގެ މުއްދަތު)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ