މުޙައްމަދު އަނީސް ވ. އދ. ދަނގެތީ ކައުންސިލްގެ އިދާރާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- އދ. ދަގެނތީ މެޖިސްޓްރޭޓް ކޯޓު 2022-I6C-CIV-43
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަޢުވާގެ ޚުލާޞާއާއި އެދޭ ފަރުވާއާ ގުޅުމެއް ނެތް ދަޢުވާ ފޯމު، ދަޢުވާލިބޭ ފަރާތުގެ ވަކީލާ ގުޅޭ އިޖުރާއީ އިޢުތިރާޟަކާމެދު ގޮތެއް ނިންމުމުގެ ކުރިން، މައުޟޫޢީގޮތުން ނުބަލައި ބާޠިލުކުރުމަކީ ޤާނޫނީ ހަމަތަކާ ޚިލާފު ކަމެއްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މައްސަލަ ބަލާ ފަނޑިޔާރު ޙުކުމަށް ވާޞިލުވި ސަބަބު ބަޔާންކުރަންވާނެއެވެ؛ ވަކި ހެއްކެއް އެއްފަރާތްކުރާނަމަ އޭގެ ސަބަބުވެސް ބަޔާންކުރަންވާނެއެވެ؛ ސަބަބު ސާފުކޮށް ބަޔާންނުކުރުމަކީ އިސްތިއުނާފީ ޙައްޤަށް އުނިކަން އަންނަ ކަމެކެވެ (ސުޕްރީމް ކޯޓުގެ 2020/SC-A/100 ގެ 35 ވަނަ ނުކުތާ).
HN2 ދަޢުވާ ފޯމުގައިވާ އިޖުރާއީ ޢައިބެއްގެ ސަބަބުން ދަޢުވާ ފޯމު ބާޠިލުކުރުމަކީ އެއްވެސް ޚަޞްމަކު އެކަން ފާހަގަނުކުރި ނަމަވެސް މައްސަލަ ބަލާ ފަނޑިޔާރަށް ކުރެވިދާނެ ކަމެކެވެ.
HN3 ދަޢުވާ ފޯމުގައި ސާފު ދަޢުވާއެއް ނެތުމަކީ އެހެން އިޖުރާއީ އިޢުތިރާޟަކާމެދު (މިސާލު: ޤާނޫނީ ވަކީލުގެ މަޞްލަޙަތު ފުށުއެރުމާ ގުޅޭ އިޢުތިރާޟް) ގޮތް ކަނޑައެޅުމުގެ ކުރިން ދަޢުވާ ފޯމު ބާޠިލުކުރެވިދާނެ ޖާއިޒު ޙާލަތެކެވެ.
HN4 ދަޢުވާކުރާ ފަރާތަށް ދަޢުވާ ފޯމު ތައްޔާރުކޮށްދިނުމުގައި އެހީތެރިވި ލޯފަރމުން ދަޢުވާލިބޭ ފަރާތް ތަމްސީލުކުރުމާ ގުޅޭ އިޢުތިރާޟަކީ ޤާނޫނީ ވަކީލުންގެ ސުލޫކާ ސީދާ ގުޅުންހުރި ކަމަކަށްވާތީ، އެއީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ޤާނޫނީ ވަކީލުންގެ ބެލެނިވެރި ފަރާތްކަމުގައިވާ ބާ ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭ ކަމެއް ކަމަށާއި، އެފަދަ ކަންކަމަށް ދާއިމީ ޙައްލު ހޯދައިދޭން އެންމެ މުނާސިބު ފަރާތަކީ ބާ ކައުންސިލް ކަމަށް ކޯޓު ދެކެއެވެ.
HN5 ދަޢުވާގެ ޚުލާޞާގައި ބަޔާންކުރާ ކަންކަމާއި ހޯދުމަށް އެދޭ ފަރުވާއާ ގުޅުމެއް ނެތްނަމަ (މިސާލު: ގޯތި ވަކިކުރުމުގެ ޝަކުވާގައި ގޯތި މިލްކެއްކަމަށް ކަނޑައެޅުމަށް އެދި، އެކަމަށް ހެއްކެއް ހުށަނާޅާ)، ދަޢުވާއާއި ފަރުވާ ސާފުނުވާކަމަށް ބަޔާންކޮށް މައުޟޫޢީގޮތުން ނުބަލައި ދަޢުވާ ބާޠިލުކުރުމަކީ ޤާނޫނީ ހަމަތަކާ ޚިލާފު ކަމެއް ނޫނެވެ.
HN6 އިޖުރާއީ ސަބަބަކާ ހެދި ދަޢުވާ ފޯމު ބާޠިލުކުރުމުން، އެ ފަރާތުގެ ޙައްޤަށް އުނިކަމެއް އައިސްފައިވާކަމަށް ދެކޭނަމަ ފަރުވާ ހޯދުމަށް އަލުން ދަޢުވާކުރުމުގެ ފުރުޞަތު އޮންނާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ނިޔާޒް، ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، އ ރިއަތޮޅު ދެކުނުބުރީ ދަނގެތަމެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 2022-I6C-CIV-43 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މާލެ، ދަފްތަރު ނަންބަރު ރސ 4800، މުޙައްމަދު އަނީސްގެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލެވެ.
ދަށު ކޯޓަށް ހުށަހެޅުނު މައްސަލަ
2އުރިއަތޮޅު ދެކުނުބުރީ ދަނގެތީ މެޖިސްޓްރޭޓް ކޯޓަ ގެ ނަންބަރ 2022-I6C-CIV-43 ޤަޟިއްޔާގައި މުޙައްމަދު އަނީސްގެ ފަރާތުން ހުށަހެޅި މައްސަލައަކީ މުޙައްމަދު އަނީސް އަށް އދ. ދަނގެތިނ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް އުސޫލުން ބޭރުން ދޫކޮށްފައިވާ ކަމަށްބުނެ، ގޯތީގެ ރަޖިސްޓްރީ ބާޠިލްކޮށް މުޙައްމަދ އަނީސްގެ ކިބައިން އެ ގޯތި ވަކިކުރުމަށުނިންމުމަށްފަހު ދެވަނަ ފަހަރަށް ކައުންސިލްގެ ބޭނުމަށް މި ގޯތި ނަގަން ބޭނުންވެގެން އެ މަސައްކަތް ކުރަމުންދާ ކަމުގައި ބުނެ އެ މައްސަލަ ބަލައިދިނުނ އެދް އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ މައްޗަށް މުޙައްމަދު އަނީސް ހުށަހެޅި މައްސަލައެވެ.
3އީ މައްސަލައިގައި މުޙައްމަދު އަނީސްގެ ފަރާތުން ލިބިދިނުމަށް އެދިފައިވާ ފަރުވާއަކީ، އެ ދައުވާގައި އެ ކޯޓުން ގޮތެއް ކަނޑައެޅުމާހަމައަށް،އދ. ދަނގެތި "ވިލަމެންދޫ" އެވެ ކިޔާ ގޯތީގައި ކުރަމުންދާ މަސައްކަތަށް އެއްވެސް ހުރަހެއް ނޭޅުމަށާއި އެ ގޯތި މުޙައްމަދު އަނީސްގެ ކިބައިން ވަކިކުރުމާގުޅޭގޮތުނ . ދރއއެއްވެސ ފިޔަވަޅެއް ނޭޅުމަށް އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްދިނުމާއެކު، މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އދ. ދަނގެތ "ވިލަމެންދޫ" އެވެ ކިޔާ ގޯއްޗަކީ މުޙައްމަދު އަނީސްގެ މިލްކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. ދަށު ކޯޓުގެ ޙުކުމް އުރިއަތޮޅު ދެކުނުބުރީ ދަނގެތީ މެޖިސްޓްރޭޓް ކޯޓަ ގެ ނަންބަރ 2022-I6C-CIV-43 ޤަޟިއްޔާއެ ކޯޓުގައި މައުޟޫޢީގޮތުން ބަލާފައިނުވެއެވެ. އެގޮތުނއެ މައްސަލައިގައި ހުށަހެޅުނު ދައުވާ ސާފުނުވާކަމަށް ބަޔާންކޮށް އިޖުރާއީގޮތުން ކަންކަން ފާހަގަކުރުމަށްފަހު އެ މައްސަލައިގައި ޙުކުމް ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެފާހަގަކުރެވުނ ކަންކަނު މިގޮތުގެ މަތިން ހުރުމުން، ހުށަހެޅިފައިވާ ދައުވާއަކީ ފުރިހަމަނުވާ ދައުވާއެއް ކަމުގައިވާތީ، މައުޟޫޢގޮތުނ ދައުވާ ކުރިއަށްގެންދިއުމެއް ނެތި، ދައުވާފޯމު ބާޠިލްކޮށް މި ޤަޟިއްޔާ ނިންމީއެވެ." އިސްތިއުނާފީ ނުކުތާތައް
4އ ރިއަތޮޅަދެކުނުބުރީ ދަނގެތީ މެޖިސްޓްރޭޓް ކޯޓުގ ނަންބަރ 2022-I6C-CIV-43 ޤަޟިއްޔާ އިސްތިއުނާފުކުރަމުނ މުޙައްމަދު އަނީސްގެ ފަރާތުން އަންނަނިވި 02 )ދޭއް( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ:ދައުވާގެ ޚުލާސާގައި ބަޔާންކޮށްފައިވާ ފަދައިންދައުވާކުރާފަރާތުގެ ކިބައިން ގޯތި ވަކިކުރުމަށް އދ. ދަނގެތި ކައުންސިލުން ނިންމާފައިވާކަން އެނގޭ ލިޔުން ޝަރީޢަތަށް ހުށަހަޅާފައިވާއިރު އެކަމަށް ރިޢާޔަތްކޮށްފައިނުވ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ:ދައީ ވާލިބޭ ފަރާތުނު އައްޔަންކޮށްފައިވާ ޤާނޫނީ ވަކީލު ނިސްބަތްވާ ލޯފަރމަކ، ދައުވާކުރާފަރާތުގެ ވަކީލު ނިސްބަތްވާ ލޯފަރމް ކަމަށްވެފައި، މި މައްސަލައިގައި ދައުވާލިބޭފަރާތް ތަމްސީލުކުރުމަށް ހަމަ އެ ލޯފަރމްގެ ވަކީލަކު އައްޔަންކުރުމަކީ ދައުވާކުރާފަރާތުގެ މަސްލަހަތަށ އުނިކަން ލިބޭނެކަމެއްކަމަށް ވާއިރު، ދައުވާލިބޭ ފަރާތުން އައްޔަންކުރްވަކީލަށް މި މައްސަލައިގައ އެފަރާތް ތަމްސީލު ނުކުރެވޭނެ ކަމަށްދެކޭތީ، އެކަން އިޖުރާއީގޮތުން ފާހަގަކޮށި ހުށަހެޅުމުން ގޮތެއް ނުނިންމައި މައްސަލައިގެ ފޯމު ބާޠިލް ކުރި ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފު ނ ކުތާތަކާމެދު ދެފަރާތު ން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
5އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން މުޙައްމަދު އަނީސްގެ ފަރާތުން ފާހަގަކޮށްފައިވަނީ ދަށު ކޯޓުން ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅޮޙުކުމްކޮށްފައިވަނީ، މުޙައްމަދު އަނީސްގެ ފަރާތުން ހުށަހެޅި ހެކިތަކަށް ރިޢާޔަތްނުކޮށް ކަމަށެވެ. އެގޮތުން މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީކޫށްފައިވާ އދ. ދަނގެތ "ވިލަމަންދު" އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީ ބާޠިލްކުރުމަށް އެރަށު ކައުންސިލުން ނިންމާފައިވާކަން އެނގޭ ލިޔުން ދައުވާއާއެކު ދަށުކޯޓަށް ހުށަހެޅި ނަމަވެސް އެ ހެއްކަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. އަދި މުޙައްމަދ އަނީސް އަށް ދައުވާފޯމު ތައްޔާރުކޮށްދިނުމުގެ އެހީތެރިވި ލޯފަރމަ ކަމަށްވާ ޕްރައިމް ސްޓްރެޓެޖީސްގެ ފަރާތުނ ދަށު ކޯޓުގައު އިސްތިއުނާފުރައްދުވި ފަރާތް ތަމްސީލުކުރުމުން އެކަމާމެދު ހުށަހެޅި އިޖުރާއީ އިއުތިރާޒާމެދ ވެސި ދަށް ކޯޓުނު ގޮތެއް ކަނޑައަޅާފައިނުވާކަމަށެވެ.ހަމައެހެންމެ ދަށު ކޯޓުން ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ހިންގާ ޙުކުމްކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނާވެސ ޚިލާފަށް ކަމަށެވެ. އެގޮތުން އެ ޤާނޫނުގެ 165 ވަނަ މާއްދާގައިވާ ގޮތަށް މި މައްސަލައިގައި ޝަރީޢަތުގެ އަޑުއެހުމަކާނުލައި ހުކުމްކޮށްދިނުމަށް އދ ފޯމު އިސްތިއުނާފުރައްދުވާ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިނުވާކަމަށެވެ.އެހެންކަމުނ ދިވެހިރާއްޖޭގ ހައިކޯޓުގައި އެދެނީ ދަށު ކޯޓުގެ ޙުކުމް ބާޠިލްކޮށްދީ، މި ދައުވާ އަލުން ބެލުމަށް ދަށުކޯޓަށް ތަހުވީލުކޮށްދިނުން ކަމަށެވެ.
6ޖަވާބުގައި އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ ފަރާތުން ފާހަގަކޮށްފައިވަނީ މި މައްސަލައިގައި މުޙައްމަދު އަނީސްގެ ފަރާތުން ފާހަގަކުރްނިންމުމަކީ އެ ކައުންސިލުން އާންމުކޮށްފައިވާ ނިންމުމެއް ނޫން ކަމަށާއި މުޙައްމަދު އަނީސްއ ހިއްސާކޮށްފައިވާ ލިޔުމެއްވެސް ނޫން ކަމަށެވެ. އެގޮތުން ނިންމުމެއް ނިންމުމަށްފަހު އެ ނިންމުން އާންމު ނުކުރާނަމަ، އެ ނިންމުމަށް ޤާނޫނީ ބުރަދަނއ ނުދެވޭނެ ކަމަށެވެ. ހަމައެހެންމެ އިސްތިއުނާފީ ދެވަނަ ނުކުތާގައި ޤާނޫނީ ވަކީލާ ގުޅިގެން ފާހަގަކުރާ އިޖުރާއީ ނުކުތާއަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގެ ނިންމުން ދަމަހައްޓައިދިނުން އެދޭ ކަމަށެވެ. އިޖުރާއީ ނުކުތާއާމެދު ގޮތް ކަނޑައަޅާފައިނުވާކަމަށ ބުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް
7އިސްތިއުނާފީ ދެވަނަ ނުކުތާއަކީ އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލުން ދަށު ކޯޓުގައި އައްޔަންކޮށްފައިވ ޤާނޫނާ ވަކީލު ނިސްބަތްވާ ލޯފަރމަކު،ދައުވާކުރާފަރާތުގެ ވަކީލު ނިސްބަތްވާ ލޯފަރމް ކަމަށްވެފައި، މި މައްސަލައިގައި ދައުވާލިބޭފަރާތ ތަމްސީލުކުރުމަށް ހަމަ އެ ލޯފަރމްގެ ވަކީލަކު އައްޔަންކުރުމަކީ ދައުވާކުރާފަރާތުގެ މަސްލަހަތަށް އުނިކަން ލިބޭނެކަމެއްކަމަށް ވާއިރު، ދައުވާލިބޭ ފަރާތުނ އައްޔަންކުރްވަކީލަށް މި މައްސަލައިގައި އެފަރާތް ތަމްސީލު ނުކުރެވޭނެ ކަމަށްދެކޭތީ، އެކަން އިޖުރާއީގޮތުން ފާހަގަކޮށް ހުށަހެޅުމުން ގޮތެއް ނުނިންމައި މައްސަލައިގެ ފޯމު ބާޠިލް ކުރި ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އެގޮތުން ޕްރައިމާ ސްޓްރެޓެޖީސް ކިޔާ ލޯފާމުގެ ފަރާތުން މުޙައްމަދު އަނީސް އަށް ދައުވާ ފޯމު ތައްޔާރުކުރުމުގައި އެހީތެރިވުމަށްފަހު، މައްސަލައިގައި ދައުވާލިބުނުއަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލް ހަމަ އެ ލޯފަރމްގެ ފަރާތުން ތަމްސީލުކޮށްފައިވުމަކ ޤާނޫނީ ވަކީލުންގެ ސުލޫކާ ޚިލާފު ޢަމަލެއް ކަމަށްވާތީ އެފަދައިން މައްސަލަ ކުރިއަށް ގެންދިއުމާމެދު އިއުތިރާޟްކޮށ ހުށަހެޅި ހުށަހެޅުމެވެ.
8ބަޔާންވެދިޔައިޖުރާއީނުކުތ މުޙައްމަދާ އަނީސްގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާކަން ދަށު ކޯޓުގ ރިޕޯޓުގައި ހިމެނިފައިވާ ލިޔުންތަކަށް ބެލުމުން އެނގެއެވެ. ނަމަވެސް މި އިއުތރާޟާގުޅިގެނ ދަށް ކޯޓުގު ރިޕޯޓުގައި އެއްވެސް ނުކުތާއެއް ފާހަގަކޮށްފައިނުވެއެވެ. އަދި މިނުކުތާއާ ގުޅިގެނި ވަކި ގޮތެއް ކަނޑައަޅާފައވެސ ނެތެވެ.
9HN1މައްސަލް ބަލަ ފަނޑިޔރުނާ ޙުކުމަށް ވާސިލުވި ސަބަބު ބަޔާންކުރުމުގެ މުހިންމުކަމާމެދ ކަންކަނު ފާހަގަކުރައްވައި، ވަކި ހެއްކެއް އެއްފަރާތް ކުރަން ނިންމާނަމަ އެކަމުގެ ސަބަބުވެސް ބަޔާންކުރަންވާނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޙަސަނެ ޤަޟިއްޔގާ 35 ވަނަ ނުކުތާގައި ކަނޑައަޅުއްވފައި ވއެވެ.އަދިޙުކުމަށިވާސިލުވި ސަބަބުތައް ސާފުކޮށް ބަޔާންކޮށްފައިނުވާނަމަ އެކަމަކު އިސްތިއުނާފީ ޙައްޤަށް އުނިކަން އަންނާނެ ކަމެއްކަންވެސް އެ ޤަޟިއްޔާގައި ފާހަގަކުރައްވާފައ ވެއެވެ.
10HN2HN3މ މައްސަލާގައި ދަށު ކޯޓުން ޢަމަލުކޮށްފައިވާ ގޮތޯބުނެވިދިޔަ އުސޫލޯޚިލާފވޭތ ބަލާއިރު،މިއީދަށ ކޯޓުނ މައްސަލައިގެ ދަޢުވާ ސާފުނުވާކަމަށް ބަޔާންކޮށް ދާޢުވާފޯމު ބާޠިލުކޮށް ޤަޟިއްޔާނިންމި މައްސަލައިކެވެ. އަދަދަށ ކޯޓުނު އެ މައްސަލެމއުޟޫއީގޮތުން ބަލާފައި ނުވއެވެ.ދަޢުވާ ފޯމާ ބާޠިލުކޮށްފައިވަނީ ދަޢުވާ ފޯމުގައ އޮތި އިޖުރާއީ އައިބުގެ ސަބަބުން ކަން އެ ނިންމުމުން އެނގެން އވެއެވަ.އެއްވެސް ޚަސްމަކު އެފަދަ ކަމެއް ފާހަގަނުކުރި ނަމަވެސް، ދައުވާގައި ހިމެނޭ އެފަދަ އައިބަކީ ގުޅިގެނާ ދައުވާފޯމު ބާޠިލްކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް ކުރެވިދާނެ ކަމެކެވެ. މިމައްސަލާގައ އެއިޖުރާއީ އައިބު ފާހަގަކޮށް ދައުވާލިބުނު އަރިއަތޮޅު . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާ ދެކުނުބުރީ ދަނގެތީ ކައުންސިލުން 6 ޑިސެންބަރު 2022 ދުވަހު ދަށު ކޯޓަށް އިޖުރާއީ ނުކުތާ ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ.އެހެންކަމުން ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ދަޢުވީސާފުނުވާތީ އިޖުރާއީގޮތުން ދަޢުވް ފޯމާ ބާޠިލު ކުރުމަކީ އެ މައްސަލައިގެ ތެރެއިނުޤާނޫނީ ވަކީލުގެ މަސްލަޙަތު ފުށުއެރުމާމެދާހުށަހަޅާފައިވުއިޖުރާއީ އިޢުތިރްޟާމެދ ގޮތް ނިންމުމުގެ ކުރިނީކުރެވިދާނެކަމެކެވެ.އެހެނ ދަޢުވާ ފޯމުގައީސާފު ދަޢުވާއެއް ނެތމަކްއެހެންއިޖުރާއީ އިޢުތިރާޟަކަށާގޮތް ކަނޑައެޅުމުގެ ކުރިނެދަޢުވ ފޯމް ބާޠިލުކުރެވިދާނެ ޖާއިޒު ޙާލަތެކެވެ.
11HN4ދަށު ކޯޓުންޤާނޫނީ ވަކީލުގެ މަސްލަޙަތު ފުށުއެރުމާމެދު ހުށަހަޅާފައިވާ އިޖުރާއީ އިޢުތިރްޟާމެދ ގޮތެއް ކަނޑައަޅާފައިނުވިނަމަވެސް،ބަހުސްގެ ބޭނުމަށް މި އިއުތިރާޟަށް ބަލާއިރު، މިނުކުތާގައި ހުށަހެޅުނު އިއުތިރާޟަކ ޤާނޫނީ ވަކީލުންގެ ސުލޫކާ ސީދާ ގުޅްންހުރި ކަމެކެވެ. އެހެންކަމުނ މިއީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ބެލެނިވެރި ފަރާތް ކަމަށްވާ، ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭގޮތަށވެސިއޮތ ކަމެއް ކަން އެނގެއެވެ. އަދިއެފަދަ ކަންކަމުގައި ދާއިމީ ގޮތެއްގައީހަޤީޤީ ޙައްލު ހޯދައިދޭން އެންމެ މުނާސަބު ފަރާތަކާ ޤާނޫނީ ވަކީލުންގެ ބެލެނިވެރިފަރާތްކަމުގައިވ ބ ކައުންސިލާ ކަމުގައި ދެކެމެވެ. . އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލުން 6 ޑިސެންބަރު 2022 ދުވަހު ދަށު ކޯޓަށް ހުށަހެޅި އިޖުރާއީ ނުކުތާ ހިމެނޭ ބަޔާން . ޤާނޫނު ނަންބަރު 2019/5 ހެއްކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް
12އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީދައުވާގެ ޚުލާސާގައި ބަޔާންކޮށްފައިވާ ފަދައިންދައުވާކުރާފަރާތުގ ކިބައިން ގޯތި ވަކިކުރުމަށް އދ. ދަނގެތި ކައުންސިލުން ނިންމާފައިވާކަން އެނގޭ ލިޔުން ޝަރީޢަތަށް ހުށަހަޅާފައިވާއިރު އެކަމަށް ރިޢާޔަތްކޮށްފައިނުވ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
13ދަށާ ކޯޓަށު މުޙައްމަދް އަނީސް ހުށަހެޅި ދަޢުވާ ފޯމަށް ބަލާއިރު، ދަޢުވާގެ ޚުލާޞާ އާއިދަޢުވާކުރ ފަރާތުން ހޯދުމަށް އެދް ފަރުވާއަށް ބލުމުނ އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ.
13.1. އަރިއަތޮޅު ދެކުނުބުރީ ދަނގެތީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2022-I6C-CIV-43 ޤަޟިއްޔާގައި މުޙައްމަދު އަނީސްގެ ފަރާތުން ހުށަހެޅި ދަޢުވާގެ ޚުލާޞާގައިވަނީ އަންނަނިވ ފަދައިންނެވެ. " އަރިއަތޮޅު އުތުރުބުރީ ދަނގެތިން ދިރިއުޅުމް ށ މުޙައްމަދް އަނީސް އަށް ދޫކޮށްފައިވާ ގޯއްޗަކީ އުސޫލުން ބޭރުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ކަމަށް ބުނެ، މުޙައްމަދު އަނީސްމެނ ފަދައިން ރަށަށް ހިޖުރަކުރި ފަރާތަކަށް ދިރިއުޅުމަށް ދޫކުރި ގޯއްޗެއް އަމިއްލަކުރުމަށްފަހު ވިއްކާލާފައިވާތީ، އެގޮތަށް އަމަލުކރުމަށައިތުރު ފަރާތަކަށް ފުރުސަތު ނުދިނުމަށްޓެ ކައި، މުޙައްމަދްއަނީސ އަށް ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީ ބާޠިލްކޮށް މުޙައްމަދު އަނީސްގެ ކިބައިން އެގޯތި ވަކިކުރުމަށް ނިންމުމަށްފަހު، ދެވަނަ ފަހަރު މިގޯތި ކައުންސިލުގެ ބޭނުމަށް ނަގަން ބޭނުންވާތީ، އެކަމަށްޓަކައި ގޮތެއް ކަނޑައެޅުމަށް ކައުންސިލްގެ އާންމު ޖަލްސާއެއް ބޭއްވުމަށް ނިންމެވުމާއި، މިގޯތި މުޙައްމަދ އަނީސްގެ ކިބައިން ވަކިކުރެވޭނެ އިތުރުގޮތެއް ފެނޭތޯ ތަފާތު ގޮތްގޮތުން އެހް ރާއި މިހުރުގެ ކައުންސިލުން މަސައްކަތް ކޮށްފައިވުން، އެގޮތުން ކައުންސިލް އިސްނެގުމުގެ މަތިން ރަށް ގެ ރައްޔިތުންގެ ޕެޓިޝަނެއް "ގޯތިނަގަންފެންނަކަމުގ ސޮއި" ތައްޔާރުކުރަނ އުޅުއްވާފައިވުނ" މިފަދައިންނެވެ. އަދި އެ ދަޢުވާ ފޯމުގައި ދަޢުވާކުރާ ފަރާތުނ ހޯދުމަށް އެދޭ ފަރުވާގެ ގޮތުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދިވެހި ދައުލަތުން ދިވެހި ރައްޔިތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ގެދޮރަކީހުރުމަތްތެރިވެގެންވާ ޚާއްސުއަސާސ ޙައްޤެއްކަމަށްވެފައި، އެފަދަ އަސާސީ ޙައްޤެއް ދައުލަތުގެ ޚާއްސަ ބޭނުމަކަށް ނެގުމަށް ޤާނޫނުއަސާސީ އާއި ޤާނޫނ ހުއްދަކޮށްފައިވާ ހަމަތަކާއި އުސޫލުތަކުގެ މަތިން ޝަރުއީ ކޯޓަކުން އެކަމަށް ކަނޑައަޅުއްވާ ޚާއްސަ އިސްތިސްނާ ހާލަތެއްގެ މަތިންމެނުވިމީސްމީހުންގެ ގޯތި ގެދޮރަކީ އެ މީސްމީހުންނާ ވަކިނުކުރެވޭނެ އަސާސީ ޙައްޤެއްކަން އެނގޭ ހިނދު އދ. ދަނގެތިނ މުޙައްމަދް އަނީސް އަށް ދޫކޮށްފައިވާ ގޯތާމުޙައްމަދު އަނީސްގެ ކިބައިން ވަކިކުރުމަށް ސިލްސިލްގެތެއްގައި ދަނގެތި ކައުންސިލުން ކުރައްވަމުނެގންދަވާ ޢަމަލަކީ، ޤާނޫނުއަސާސީގެ 41 ވަނަ މާއްދާ އާއި 40 ވަނަ މާއްދާ އާއި އަދި 20 ވަނަ މާއްދާއާ ޚިލާފު ޢަމަލެއްކަމަށްވާތީ، މި މައްސަލަ ތިޔަ ކޯޓުން ބައްލަވައި ގޮތެއް ކަނޑައެޅުއްވުމާ ހަމައަށް އދ. ދަނގެތިނ މުޙައްމަދް އަނީސް އަށް ދޫކޮށްފައިވް "ވިލަމެންދޫ" އެވެކިޔ ގޯތީގައި ކުރަމުންދާ މަސައްކަތަށް އެއްވެސް ހުރަހެއް ނޭޅުމަށާއި އެ ގޯތި މުޙައްމަދު އަނީސްގެ ކިބައިން ވަކިކުރުމާގުޅޭގޮތުނ އެއްވެސް ފިޔަވަޅެއް ނޭޅުމަށް އދ. ދުނގެތީ ކައުންސިލަށާއި ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އަންގައި އަމުރުކޮށްދެއްވުމާއެކު، އަރިއަތޮޅު ދެކުނުބުރީ ދަނގެތީން ދަފްތަރު ނަންބަރ 4800 މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗަކީ އޭނާގެ މިލްކެއް ކަމަށް ކަނޑައަޅުއްވައި އެގޮތުގެ މަތިން ޙުކުމް ކޮށްދެއްވުން."
14ދަޢުވާގައި ހިމެނޭ ކަންކަނާސާބިތުކުރުމަށ މުޙައްމަދް އަނީސްގެ ފަރާތުން އަންނަނިވި ހެކިތައް ހުށަހަޅފައ ވެއެވެ.
14.1. މުޙައްމަދު އަނީސް އަށް އދ. ދަނގެތިން ލިބިފައިވާ ގޯތީގައި ރާނާހިޔާކުރަންއުޅޭގެ ކާކުކަން ނޭނގޭ ފަރާތަކުން ތަޅާލާފައިވާތީ އެ މައްސަލަ ބަލައިދިނުނ އެދް އދ. ދަނގެތި އޮފީހަށް މުޙައްމަދ އަނީސް 18 އޮގަސްޓް 2009 ދުވަހު ފޮނުވާފައިވާ ސިޓީ )އެގްޒިބިޓް 1(
14.2. "އެކިއެކ ބޮޑެތި މަސައްކަތްތަކަށާއި ކަންތައްތަކަށް ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ބިން ދޫކުރުމާބެހޭ އެއްބަސްވުން" )އެގްޒިބިޓ 2(
14.3. މުޙައްމަދު އަނީސް އަށް އދ. ދަނގެތިން ލިބިފައިވާ ގޯއްޗާއި ކުއްޔަށް ނަގާފައިވާ ގޯތީގައި ރާނާފައިވާ ވަށާފާރު ކާކުކަން ނޭނގޭ ފަރާތަކުން ތަޅާލާފައިވާތީ އެ މައްސަލަ ބަލައިދިނުނ އެދް 25 ޖޫން 2006 ގައި އދ. ދަނގެތި އޮފީހަށް މުޙައްމަދު އަނީސް ފޮނުވި ސިޓީ )އެގްޒިބިޓް 2(
14.4. މުޙައްމަދު އަނީސް އަށް އދ. ދަނގެތިނ ކުއްޔަށް ދޫކޮށްފައިވާ ބިން އަނބުރާ ހަވާލުކޮށްދިނުން އެދި އދ. ދަނގެތި އޮފީހުން މުޙައްމަދު އަނީސް އަށް ފޮނުވި 11 އެޕްރީލް 2006 ދުވަހުގެ މެސެޖު )އެގްޒިބިޓ 2(
14.5. ގޯތީގައި ރާނާފައިވާ ބައިތަކުގެ ފޮޓޯ )އެގްޒިބިޓް 3(
14.6. މުޙައްމަދު އަނީސް އަށް އދ. ދަނގެތިން ލިބިފައިވާ ގޯތީގައި ރާނާފައިވާ ވަށާފާރު ކާކުކަން ނޭނގޭ ފަރާތަކުން ތަޅާލާފައިވާތީ އެ މައްސަލަ ބަލައިދިނުނ އެދް 15 މާރިޗު 2010 ގައި އދ. އަތޮޅު އޮފީހަށް މުޙައްމަދު އަނީސް ފޮނުވި ސިޓީ )އެގްޒިބިޓ 3(
14.7. މުޙައްމަދު އަނީސް އަށް އދ. ދަނގެތިން ދޫކޮށްފައިވާ "ވިލަމެންދޫ" އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީ ބާޠިލްކޮށް މުޙައްމަދް އަނީސް އަށް އެނގުމަށް އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލުން 21 މޭ 2022 ދުވަހު ނިންމި ނިންމުން
14.8. އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލް 56 ވަނަ އާންމު ޖަލްސާގެ އެޖެންޑާ ހިމެނޭ ދައުވަތު )އެގްޒިބިޓ 5(
14.9. ފެނުގެ ނުވަތަ ނަރުދަމާގެ ޚިދުމަތަށް އެދޭ ފޯމު )އެގްޒިބިޓް 6(
14.10. ގޯތީގެ އުތުރުން އޮތް ހުސްބިން ގޯއްޗަށް ވާ އުނދަގޫ ފިލުވުމަށް ވިނަތައް ނޮޅައި ސާފުކުރުމުގެ ޒިންމ އާއާ ދިރިއުޅުމަށް ދޫކުރި ގޯތީގެ މަގުގޯޅިތައް ސާފުކުރުމަކީ ގޯތީގެ ވެރިފަރާތުގެ ޒިންމާއެއް ކަމާއި، ގޯތީގެ އިންފާރު މަތީގައި ހުންނަ ރީއޫރުކަކީ ގޯތީގެ ވެރިފަރާތުން ބަދަލުދިނުމުނ ނޫން ކަނޑާނުލެވޭނެ އެއްޗެއްކަމާއި، އެ ރުކަށ ބަދަލް ލިބުމުން އެ ރުއް ކަނޑާ އޭގެ އުނދަގޫ ފިލުވުމަކީވެސް ގޯތީގެ ވެރިފަރާތުން ކުރަންޖެހޭކަމެއް ކަމަށް އަންގައި އަރިއަތޮޅު ދެކުނުބުރީ ދަނގެތ ކައުންސިލުން 16 އޮކްޓޫބަރު 2014 ދުވަހު މުޙައްމަދު އަންސީ އަށް ފޮނުވި ސިޓީގެ ޖަވާބު )އެގްޒިބިޓ 7( 9 8
15ދަށު ކޯޓުނު މުޙައްމަދު އަނީސް ކޮށްފައިވާ ދައުވާ ސާފުނުވާކަމަށް އަދި އެދޭގޮތް ސާފުނުވާކަމަށް ފާހަގަކޮށް ދައުވާފޯމު ވަނީބާޠިލްކޮށފްއެވެ.އެގޮތުން ދައުވާގައި ބަޔާންކުރާކަންކަން އެހާ ސާފުނުވުމާއި މައްސަލައިގަ އ އެދޭގޮތުގައެއދ. ދަނގެތި "ވިލުމެންދޫ" އެވެ ކިޔާ ގޯއްޗަކީ މުޙައްމަދު އަނީސްގެ މިލްކް ގޯއްޗެއްކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވާތީ އެދައުވާއަކީ ދައުވާގެ ހުލާސާ އާއި އެދޭގޮތުގައި ގުޅުމެއް ނެތް، ފުރިހަމަނުވާ ދައުވާއެއްކަމަށް ދަށު ކޯޓުން ފާހަގަކޮށްފައިވެއެވެ.
16ދަށުކޯޓަށް ހުށަހެޅުނުދައުވާގައީމުޙއްމަދު އަނީސްގެ މައިގަނޑު ޝަކުވާއަކައދ. ދަނގެތި "ވިލިމެންދޫ" އެވެ ކިޔާ ގޯތްމުޙައްމަދު އަނީސްގެ ކިބައިން ވަކިކުރުމަށް އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލުން މަސައްކަތްކުރަމުން ދިޔުންކަން ދައުވާ އަށް ބެލުމުން ދޭހަވާން އޮތް ނަމަވެސް، ދައުވާފޯމުގައީހޯދުމަށް އެދޭ ފަރުވާގެ ބައިގައި ދެބައެއ ހިމެނޭކަން އެނގެއެވެ. އެއް އަންނަނިވި ފަދައިންދަށު ކޯޓުން މައްސަލައިގައ ގޮތެއް ކަނޑައެޅުމާހަމައަށް ހޯދުމަށް އެދޭ ވަގުތީ ފަރުވާ އަކާއިމުޅ މައްސަލައިގައި ހޯދުމަށް އެދޭ ފަރުވގ ބައެވެ.
16.1. ވަގުތީ ފަރުވާ:އދ. ދަނގެތި "ވިލަމެންދޫ" އެވެ ކިޔާ ގޯތީގައި ކުރަމުންދާ މަސައްކަތަށް އެއްވެސ ހުރަހެއް ނޭޅުމަށާއި އެ ގޯތި މުޙައްމަދު އަނީސްގެ ކިބައިން ވަކިކުރުމާގުޅޭގޮތުނ އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައް ޗަށ އަމުރުކޮށްދިނުން
16.2. މައްސަލައިގައި ހޯދުމަށް އެދޭ މައިގަނޑު ފަރުވާ:ހޯދުމަށް އެދް މައިގަނޑު ފަރުވާގެ ގޮތުގައި ބަޔާންކޮށްފައިވަނީ އދ. ދަނގެތަ"ވިލަމެންދޫ" އެވެ ކިޔާ ގޯއްޗަކީ މުޙައްމަދު އަނީސްގެ މިލްކެއް ކަމަށު ކަނޑައަޅް އިދިނނ، މިއެވެ.
17HN5ކަންމިހެން އޮތްއިރު، މައްސަލައިގައި މުޙައްމަދު އަނީސް ހޯދުމަށް އެދުނު ފަރުވާއަކީއދ. ދަނގެތި "ވިލަމެންދޫ" އެވެ ކިޔާ ގޯއްޗަކީ މުޙައްމަދު އަނީސްގެ މިލްކެއް ކަމަށް ކަނޑައަޅައިދިނުން ކަން އެނގެން އޮތް ނަމަވެސް، އެކަމާ ގުޅޭ އެއްވެސް ހެއްކެއް ދަށު ކޯޓަށް ހުށަހަޅާފައިވާކަން އެނގޭކަށް ނެތެވެ.އަދި ހުށަހެޅާފައިވާ ލިއުންތަކުނ އެނގެން އޮތް ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްކަމެވ. އެހެންކަމުން ދައުވާގެ ޚުލާސާގައި ބަޔާންކޮށްފައިވާ ކަންކަމާއި، މައްސަލައިގައި ހޯދުމަށް އެދޭ ފަރުވާގައި ގުޅުމެއް ނެތްކަން އެނގެއެވެ. . ދަށު ކޯޓަށް ހުށަހެޅުނު ދައުވާ ހުށަހަޅާ ފޯމު )6 ނޮވންބަރެ 2022( . މުޙައްމަދު އަނީސް އަށް އދ. ދަނގެތިން ދޫކޮށްފައިވާ "ވިލަމެންދޫ" އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީ ބާޠިލްކޮށް މުޙައްމަދު އަނީސް އަށް އެނގުމަށް އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލުން 21 މޭ 2022 ދުވަހު ނިންމި ނިންމުން ނަންބަރު 46/2022
18އެހެންކަމުން،ދައުވާއާއި، މައްސަލައިގައި ހޯދުމަށް އެދޭ ފަރުވާ ސާފުނުވާކަމަށް ބަޔާންކޮށް މައްސަލަ މައުޟޫޢީގޮތުން ބެލުމަކާނުލައްދަށ ކޯޓުނު މައްސަލް ބާޠިލްކޮށްފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށ ކަނޑައެޅިދާނެކަމަކަށް އަހުރެންނަށ ނުފެނެއެވެ.
19HN6ނަމަވެސް އދ. ދަނގެތިނ މުޙައްމަދް އަނީސް ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީ ބާޠިލްކުރުމާމެދު އެރަށުގެ ކައުންސިލުން މުޙައްމަދު އަނީސްއަށް ގެއްލުންވާގޮތަށް ނިންމުމެއް ނިންމާފައިވާކަމަށ މުޙައްމަދު އަނީސްއަށް ޤަބޫލުކުރެވޭނަމްއެކަމަކުން އޭނާގެ ޙައްޤަކަށް އުނިކަމެއް އައިސްފައިވާކަމަށް ދެކިގެން އެކަމުގައި ފަރުވާއެއް ހޯދުމަށީކޯޓުގައި ދަޢވާކުރު މަކ މުޙައްމަދު އަނީސްއަށް އޮންނާނެފުރުޞެތެކވ.
ނިންމަން ފެންނަގޮތް
20އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، އެރިއަތޮޅު ދެކުނުބުރީ ދަނގެތީ މެޖިސްޓްރޭޓް ކޯޓުގ ނަންބަރ 2022-I6C-CIV-43 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށު ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދް ނ ޔާޒގެ ރައުޔު؛
21ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު؛
22ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
23މ ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ށ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ނ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޙަސަން) ޤަޟިއްޔާގެ 35 ވަނަ ނުކުތާ
- ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (އިސްތިއުނާފުގެ މުއްދަތު)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.