ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 63/S4C/2021 ޤަޟިއްޔާގެ 'ކޯޓުގެ ޙުރުމަތް ކެނޑުމާމެދު ނިންމިގޮތް' އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓު 63/S4C/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ނިންމުން ދަށު ކޯޓުން ބާޠިލުކުރުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- އިބްރާހީމް މާހިރު، ޙަސަން ޝަފީޢު (ރިޔާސަތު)، ޢަބްދުﷲ ޖަމީލް މޫސާ
- ރިޔާސަތު
- ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2024/HC-A/01
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި
3. މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 03 ޖަނަވަރީ 2024 – ބާޠިލުކުރި ތާރީޚް: 26 ޖަނަވަރީ 2026
6. އިސްތިއުނާފް ކުރި ފަރާތް:
ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
7. އިސްތިއުނާފް ރައްދުވި ފަރާތް:
ފުރިހަމަ ނަން: ނެތް
8. ހުށަހެޅިފައިވާ މައްސަލަ:
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 63/S4C/2021 ޤަޟިއްޔާގެ 'ކޯޓުގެ ޙުރުމަތް ކެނޑުމާމެދު ނިންމިގޮތް' އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
9. ހައިކޯޓުން ނިންމި ގޮތް:
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 63/S4C/2021 ޤަޟިއްޔާގެ 'ކޯޓުގެ ޙުރުމަތް ކެނޑުމާމެދު ނިންމިގޮތް' އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން ބެލުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/01 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގައި، އިސްތިއުނާފު ކޮށްފައިވާ ނިންމުން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން މުރާޖައާކޮށް އެ ނިންމުން ބާޠިލުކޮށްފައިވާތީ، އެ ނިންމުމާ ގުޅޭ އިސްތިއުނާފު ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތުމުން، މި މައްސަލައިގެ އިސްތިއުނާފު އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާތީ، އިސްތިއުނާފު ފޯމު ބާޠިލުކޮށްދިނުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފޮނުވި، އެ އޮފީހުގެ ނަންބަރު: 196-A/95/2026/7 (07 ޖަނަވަރީ 2026) ގެ ސިޓީއާ ގުޅިގެން، ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ނ)ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/01 ޤަޟިއްޔާގެ ދަޢުވާ ފޯމު، ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
10. މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު އިބްރާހީމް މާހިރު
ފަނޑިޔާރު ޙަސަން ޝަފީޢު (ރިޔާސަތު)
ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.