ޒަައިދު މަޙްމޫދު ވ. ޢަބްދުލްޖަލީލު ޢަބްދުއްރަޙްމާން ހުޅުމާލެ 11236 (ފެހިތަރި)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-BHD5/CA/2024/02
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޙުކުމް ތަންފީޛުކުރުމުގެ ޤަޟިއްޔާއެއްގެ ތެރެއިން ދަރަނިވެރިޔާގެ މުސާރައިން މަހަކު 5,000 ރުފިޔާ އުނިކުރުމަށް ނެރުނު ކޯޓު އަމުރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 369 ވަނަ މާއްދާގައިވާ ގޮތަށް ދަރަނިވެރިޔާގެ މާލީ ޙާލަތު ވަޒަންކުރުމަކާ ނުލައި ނެރުނު އަމުރެއްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ކޯޓު އަމުރު ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަރަނިވެރިޔާއަށް މާލީ ޙާލަތު އަންގައިދޭ ހެކި ހުށަހެޅުމުގެ ފުރުޞަތު ދީ، ހުށަހެޅި ހެކިތަކާއި ކޯޓުގެ އިސްނެގުމުގައި އިދާރާތަކުން ސާފުކުރި މަޢުލޫމާތަށް ބަލައި، ދަރަނިވެރިޔާ ކުރަންޖެހޭ ޚަރަދުތައް ވަޒަންކޮށްގެން މުސާރައިން އުނިކުރާ މިންވަރު ކަނޑައަޅާފައިވާނަމަ، އެއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 369 ވަނަ މާއްދާގައިވާ ގޮތަށް ދަރަނިވެރިޔާގެ މާލީ ޙާލަތު ވަޒަންކުރުމަށްފަހު ކަނޑައަޅާފައިވާ ނިންމުމެކެވެ.
HN2 ދަރަނިވެރިޔާ ކުރަންޖެހޭ ޚަރަދެއްގެ ގޮތުގައި ބިލުތައް ހުށަހެޅި ނަމަވެސް އެ ޚަރަދުތައް ކުރިކަން އެނގޭ ހެކި ހުށަހަޅާފައި ނުވާނަމަ، ނުވަތަ މުސާރައިން ފައިސާ ކަނޑާކަމަށް ބުނާ ކަމެއް މުސާރައިގެ ތަފްޞީލުން ނޭނގޭނަމަ، އެ ޚަރަދުތައް ވަޒަން ނުކުރުމަކީ ހެކިތަކަށް ރިޢާޔަތް ނުކުރުމެއް ނޫނެވެ.
HN3 ތަންފީޛީ މަރުޙަލާގައި ކަނޑައަޅާ ދެއްކުމުގެ މުހުލަތު މައުޟޫޢީ ޤަޟިއްޔާގައި ކަނޑައެޅި މުހުލަތަށްވުރެ ގިނަ ގުނަ ދިގުކޮށް، ޖުމްލަ ދަރަންޏާ އަޅާބަލާއިރު ކޮންމެ މަހަކު ނިސްބަތުން މަދު އަދަދެއް އުނިކުރުމަށް ނިންމާފައިވާނަމަ، އެއީ ދަރަނިވެރިޔާގެ މަޞްލަޙަތުގައި ލުއި މިންގަނޑަކުން ކުރި ނިންމުމެކެވެ؛ ކޯޓު އަމުރު ޚިލާފުވާ ޤާނޫނީ ހަމައެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައި ނުވާނަމަ، އެ އަމުރު ބާޠިލުކުރަންޖެހޭ ތަނެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ފ.ދަރަނބޫދޫ، […] ޒައިދު މަޙްމޫދު އާއި ޢަބްދުލްޖަލީލު ޢަބްދުއްރަޙްމާން އާދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމަކާ ގުޅިގެން ކުއްޔާއި ޖުރުމާނާގެ ފައިސާ އަދި އެ އެއްބަސްވުމާ ގުޅޭ އެހެނިހެން ފައިސ ހޯދުމަށުޢަބްދުލްޖަލީލު ޢަބްދުއްރަޙްމާނގެ ފަރާތުން ސިވިލް ކޯޓެހުޅުމާލ ޑިވިޜަންގެ ނަންބަރު 203/Cv-C-HD/2021 ޤަޟިއްޔާގައި ދައުވާކުރިއެވެ.
2އ ޤަޟިއްޔާގައި އެކޯޓުން ޙުކުމްކޮށްފައިވަނީ ޒައިދު މަޙްމޫދުގެ ފަރާތުންޢަބްދުލްޖަލީލ ޢަބްދުއްރަޙްމާން އަށް ޖުމްލަ 156,340/-ރ. )އެއްލައްކަ ފަންސާސް ހަހާސް ތިންސަތޭކަ ސާޅީސް ރުފިޔާ( ލިބިދޭންޖެހޭކަން ސާބިތުވާތީ، 30 ޖެނުއަރީ 2023 އިން ފެށިގެން 03 )ތިނެއް( މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ ފައިސާގެ ޢަދަދަށްވުރެ މަދުނޫން ފައިސާގެ ޢަދަދެއް ސިވިލް ކޯޓަށް ދައްކަމުންގޮސް މިދަރަނި ޚަލާސްކރުމަށެވެ.
3ޒައިދު މަޙްމޫދުގެ ފަރާތުންސިވިލ ކޯޓް ހުޅުމާލެ ޑިވިޜަނގް ނަންބަރު 203/CV-C-HD/2021 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، އ ޤަޟިއްޔާގެ ޙުކުމް ތަންފީޛުކޮށްދިނުން އެދި ޢަބްދުލްޖަލީލު ޢަބްދުއްރަޙްމާނު ގެ ފަރާތުން ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނަށް ނަންބަރ 251-CVCHD-2023 ޤަޟިއްޔާ ގައި ހުށަހަޅާފައިވެއެވެ. . ދރއ. ދރއ
4ބުނެވުނު ތަންފީޛީ ޤަޟިއްޔާގެ ތެރެއިން ތަންފީޛީ ފިޔަވަޅެއްގެ ގޮތުގައި،ޒައިދު މަޙްމޫދުގެ މުސާރައިން ދަރަނީގެ ފައިސ އުނިކުރަމުނ ގެންދިއުމަށް އަންގައި ޒައިދު މަޙްމޫދު ވަޒީފާ އަދާކުރާތަނުގެ މައްޗަށްކޯޓު އަމުރެއް ނެރެފައިވެއެވެ. އެ އަމުރުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާގައި ހުރި ފ.ދަރަނބޫދޫ، […] ޒައިދު މަޙްމޫދު )އައިޑީކާޑް ނަންބަރ ( ގެ މުސާރައިން، 2024 ވަނަ އަހަރުގެ މެއި މަހުން ފެށިގެން، ފުރަތަމަ 31 )އެއްތިރީސް( މަހުގައި މަހަކު 5,000/-ރ. )ފަސްހާ ރުފިޔާ( އަދި އެއާ ވިދިގެން އަންނަ 32 )ބައްތިރީސް( ވަނަ މަހުގައި 4,340/-ރ. )ހަތަރުހާސް ތިންސަތޭކަ ސާޅީސް ރުފިޔާ( އުނިކޮށް، މިފަދައިން އުނިކުރެވޭ ފައިސެސިވިލ ކޯޓް ހުޅުމާލެ ޑިވިޜަނުގ ނަންބަރ 203/CV-C-HD/2021 ޤަޟިއްޔާގެ ޙުކުމުން ސާބިތުވެ ހުޅުމާލެ 11236 )ފެހިތަރި( ޢަބްދުލްޖަލީލު ޢަބްދުއްރަޙްމާން )އައިޑީ( އަށް ލިބެންޖެހޭ ދަރަނީގެ ފައިސގާ ގޮތުގައެ ޢަބްދުލްޖަލީލު ޢަބްދުއްރަޙްމާންއަށް ލިބިދިނުމި ށްޓަކައި، ސިވިލް ކޯޓަށް ޖަމާކުރަމުން ދިއުމަށާއި، މ އިންތިޒާމް މި އަމުރު ނެރޭ ތާރީޚުން )23 އެޕްރީލް 2024އިން( ފެށިގެން 10 )ދިހައެއް( ދުވަހުގެ ތެރޭގައި ހަމަޖައްސައި އެކަނި ލިޔުމުން މި ކޯޓަށް އެންގުމަށާއި އަދި މިބުނެވުނު މުއްދަތު ހަމަވުމުގެ ކުރިން ޒައިދު މަޙްމޫދަ،ދިވެހި ފުލުހުންގެ ޚިދުމަތުން ވަކިވެއްޖެނަމަ ނުވަތަ ވާކިކޮށްފިނީމަ، އެކަން ހިނގާ ތްރޚުނ ފެށިގެން 10 )ދިހައެއް( ދުވަހުގެ ތެރޭގައި އެކަން މިކޯޓާއި،ޢަބްދުލްޖަލީލު ޢަބްދުއްރަޙްމާންގެ ސަމާލުކަމަށް ގެނައަމަށް ދިވެހި ފުލުހުންގެ ޚިދި މަތށް އަންގައި އަމުރުކޮށްފީމެވެ."
5މިފަދައިން ސިވިލް ކޯޓުން އަމުރުކޮށްފައިވާ މައިގަނޑު ސަބަބަކީ ޢަބްދުލްޖަލީލު ޢަބްދުއްރަޙްމާންގ ފަރާތުން ހުށަހެޅި ހުށަހެޅުމަށާއި، ޒައިދެމަޙްމޫދގުފަރާތުން ހުށަހެޅި ހުށަހެޅުމަށާއި ޒައިދު މަޙްމޫދިކުރަންޖެހޭ ޚަރަދުކަމަށް ބަޔާންކޮށް ހުށަހެޅި ހެކިތަކާއި ކޯޓު މެދުވެރިކޮށް ސާފުކުރި ކަންކަން ވަޒަންކުރުމަށްފަހުގައ މުސާރައިން މަހަކު 5,000/-ރ. )ފަސްހާސް ރުފިޔާ( އުނިކުރުމަށް އޮތް ހުރަހެއް ފެންނަން ނެތުމެވެ.
6އިސްވެ ބުނެވުނުސިވިލ ކޯޓް ހުޅުމާލެ ޑިވިޜަންގެ ނަންބަރ 144-BHD5/CA/2024/02 ކޯޓު އަމުރާމެދު ހިތްހަމަނުޖެހިގެން އެ އަމުރު އިސްތިއުނާފުކުރުމަށް ޒައިދު މަޙްމޫދުގެ ފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޢަބްދުލްޖަލީލު ޢަބްދުއްރަޙްމާން އަށެވެ.
އިސްތިއުނާފީ ނުކުތާތައް
7ސިވިލ ކޯޓް ހުޅުމާލެ ޑިވިޜަނގް ނަންބަރ 144-BHD5/CA/2024/02 ކޯޓު އަމުރް އިސްތިއުނާފުކުރަމުންޒައިދު މަޙްމޫދގެ ފަރާތުނ އަންނަނިވި 03 )ތިނެއް( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ:ސިވިލ ކޯޓް ހުޅުމާލެ ޑިވިޜަނގް ނަންބަރު 251-CVCHD-2023 ޤަޟިއްޔއާއ ގުޅިގެނި ނެރެފައިވާ އެކޯޓުގެ ނަންބަރާ 144-BHD5/CA/2024/02 އަމުރުގެ ދށުން އިސްތިއުނާފ ކުރް ފަރާތުގާމުސާރއިނަ އުނިކުރުމަށް ކަނޑައަޅާފައިވް 5000/-ރ. )ފަސްހާސް ރުފިޔާ( އަކީ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32ގ( 369 ވަނަ މާއްދާގެ )ހ( އާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދު )ޤަވާއިދު ނަންބަރު 2022/R-105( ގެ 167 ނަންބަރުގައިބަޔާންކޮށްފައިވާ ފަދައިން ދަރަނާ ވެރިޔާގެ މާލީ ޙާލަތު ރަނގަޅަށ ވަޒަން ކުރުމަކާއި ނުލައި، މަދަނީ އިޖުރަ އެތުގެ ޤާނޫނާއި، މާދަނީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވ ކަންކަމާއި ޚިލާފަށް އަދި ޤާނޫނު ނަންބަރު 13/2020 )ދިވެހިރާއްޖޭގ ފަނޑިޔާރުގެ ޤާނޫނު( ގެ 5 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރާޚިލާފަށް ނިންމި ފައިވާ ނިންމުމެއް ކަމުގައުވުމާއި، މިނިންމުމަކ މަދަނީ އިޖރާއަތުގ ޤާނޫނެ )ޤާނޫނ ނަންބަރު 2021/32( ގެ 369 ވަނަ މާއްދާގެ )ނ( އާއި ޚިލާފަށް ނިންމާފައވ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ:ސިވިލ ކޯޓް ހުޅުމާލެ ޑިވިޜަނގް ނަންބަރު 251-CVCHD-2023 ޤަޟިއްޔއާގުޅިގެން އިސްތިއުނާފުކުރާ ފަރާތުގެ މާލީ ޙާލަތު ބަޔާންކޮށް ހުށަހަޅާފައިވާ ބަޔާނާއި، އެބަޔާނާއ އެކި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވްކަންކަމުގެ ތެރެއިން އިސްތިއުނާފ ކުރު ފަރާތުގާ ނަމުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮންޕެނީއަށ ކޮންމެ މަހަކު މުސާރައިން ކަނޑާކަމަށ ބަޔާންކޮށްފައިވް 4553/-ރ. )ހަތަރުހާސް ފައްސަތޭކަ ފަންސާސެތިން ރުފިޔާ( އާއި އިސްތިއުނާފެކުރާ ފަރާތުން ދިރިއުޅުމަށް ކުއްޔަށް ހިފާފައިވާ ތަނުގު ޔޫޓިލިޓީ ބިލްތަކުގެ ގޮތުގައި އެވްރެޖްކޮށް މަހެއްގެ މައްޗަށ 4000/-ރ. )ހަތަރުހާސް ރުފިޔާ( އާއި 5000/-ރ. )ފަންހާސް ރުފިޔާ( އާއި ދެމެދުގެ ހަރަދެއ ކުރަންޖެހޭކަމަށް ބަޔާންކޮށް މިތަނުގެ ހަތަރު މަހުގެ ފެން ބިލާއި ކަރަންޓް ބިލް ހުށަހަޅާފައި ވީނަމަވެސް، މިފައިސާއަކީ އިސްތިއުނާފ ކުރާ ފަރާތުނެކުރަންޖެހޭ ހަރަދެއްކަމަށް ބަލައި ނުގަންނަން ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 369 ވަނަ މާއްދާގެ )ށ( އަދި )ރ( ގައި ބަޔާންކޮށްފައިވާ ފަދައިން ޢަމަލު ކުރުމުގެ ފުރުޞަތު ކޯޓަށް އޮވެމެ އެގޮތުގެ މަތިން ޢަމަލު ކުރުމަކާއި ނުލައި މަދަނީ އިޖުރާއަތުގެ ޤާނޫނ )ޤާނޫނު ނަންބަރު 2021/32( ގެ 369 ވުނ މާއްދާގަ )ހ( އާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދު )ޤަވާއިދު ނަންބަރު 2022/R-105( ގެ 167 ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ދަރަނިވެރިޔާގެ މާލީ ހާލަތު ރަނގަޅަށް ވަޒަން ކުރުމަކްނުލައި، މަދަނީ އިޖުރާއަތުގެ ޤާނޫނާއި، މަދަނީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާއި ޚިލާފަށީކަމަށްވާތީ، މިނިންމުމަކ ޤާނޫނު ނަންބަރު 2010/13 )ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު( ގެ 5 ވަނަ މާއް ދާގެ )ށ( ގެ )1 ( ވަނަ ނަންބަރާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާ އަކީ؛ސިވިލ ކޯޓް ހުޅުމާލެ ޑިވިޜަނގް ނަންބަރު 251-CVCHD-2023 ޤަޟިއްޔާއާގުޅިގެން އިސްތިއުނާފުކުރާ ފަރާތުގެ މާލީ ޙާލަތު ބަޔާންކޮށް ހުށަހަޅާފައިވާ ބަޔާނެއެކ ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ 1.6 ގައު އިސްތިއުނާފުކުރި ފަރާތުގާ ދެ ކުދިންގެ ޓިއުޝަން ފީގެ ގޮތުގައި ދ ލެންގުއޭޖް ލާނިންގ ސެންޓަރަށް މަހަކު 2470/-ރ. )ދެހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ( ދައްކަން ޖެހޭކަމަށް ބަޔާންކޮށް ލިޔެކިޔުނަހުށަހަޅާފައި ވީނަމަވެސް، މިކަމަށް ރްޢާޔުތ ކުރުމަކާއި ނުލައި މައްސަލަ ނިންމފައިވަނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32( ގެ 369 ވުނ މާއްދާގަ )ހ( އާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދު )ޤަވާއިދު ނަންބަރު 2022/R-105( ގެ 167 ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ދަރަނިވެރިޔާގެ މާލިހާލަތު ރަނގަޅަށް ވަޒަން ކުރުމަކާއި ނުލައި، މަދަނީ އިޖުރާއަތުގެ ޤާނޫނާއި، މަދަނީ އިޖުރާއަތު ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާއި ޚިލާފަށް އަދ ޤާނޫނު ނަންބަރ 2010/13 )ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު( ގެ 5 ވަނަ މާއްދާގެ )ށ( ގެ ) 1( ވަނަ ނަންބަރެޚިލާފަށް ކަމުގައިވުމާއި، މިކަމަށް ރިޢާޔަތް ކުރުމަކާއި ނުލައި މައްސަލަ ނިންމަވާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 369 ވަނި މާއްދާގަ )ށ( އަދި )ރ( ގައި ބަޔާންކޮށްފައިވާ ފަދައިން އަމަލ ކުރުމުގު ފުރުޞަތު ކޯޓަށް އޮވެމެ އެގޮތުގެ މަތިން ޢަމަލު ކުރުމަކާއި ނުލައކަމަށ ބުން ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞަ
8އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ޒައިދު މަޙްމޫދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ދަށު ކޯޓުގެ ކޯޓު އަމުރަކީ، ޒައިދު މަޙްމޫދު ކުރަންޖެހަޚަރަދު ބަޔާންކޮށްދިނުމަށް ހުށަހެޅް ހެކިތުކަށް ރިޢާޔަތްކުރުމަކާނުލައި ނެރެފައިވާ ކޯޓު އަމުރެއް ކަމަށެވެ. އެގޮތުން ހެކިތަކަށް ރިޢާޔަތްކުރިނަމަ މަހަކު 5,000/-ރ. )ފަސްހާސް ރުފިޔާ( އުނިކުރުމަށް ދަށު ކޯޓުން ކަނޑަނާޅާނެ ކަމަށެވެ. ހެކިތަކަށް ރިޢާޔަތްކުރިނަމަ މުސާރައިން އުނިކުރަން ނިންމާނީ މަހެއްގެ މައްޗަށް މިސާލަކަށް 2,500/-ރ. )ދެހާސް ފަސް ސަތޭކަ ރުފިޔާ( ވަރު ކަމަށެވެ.އެހެންކަމުނ ދަށް ކޯޓުގު އަމުރެ ނެރެފައިވަނީ މަދަނީ އިޖރާއަތުގ ޤާނޫނުގެ ކަމާބެހޭ އިޖުރާއަތާ ޚިލާފަށް ކަމަށެވެ. ވުމާއެކު އެއަމުރ ބާޠިލްކޮށްދިނުން އެދޭ ކަމަށެވެ.
9ޖަވާބުގައި ޢަބްދުލްޖަލީލު ޢަބްދުއްރަޙްމާންގެ ފަރާތުން ބުނެފައިވަންދަށ ކޯޓުނު ގޮތް ކަނޑައަޅާފައިވަނީ ޒައިދު މަޙްމޫދުގެ ފަރާތުން ހުށަހެޅި ހެކިތަކަށް ވެސް ރިޢާޔަތްކޮށްގެނުޒައިދު މަޙްމޫދުގެ މާލިހާލަތ ވަޒަންކުރުމަށްފަހުގައ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ދަށު ކޯޓުގެ ފަނޑިޔާރު ހެދި ޤާނޫނީ ގޯހެއް ބަޔާންކޮށްދެއްވިފައި ނުވާކަމަށެވެ. ވުމާއެކު ދަށު ކޯޓުގެ އަމުރު ދަމަހައްޓައިދިނުން އެދޭ ކަމަށެވެ. މާލީ ހާލަތު ވަޒަންކުރުމާ ގުޅޭގޮތުން ހުށަހެޅި ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް
10HN1HN2HN3މ އިސްތިއުނާފުގައި ޒައިދު މަޙްމޫދުގެ ފަރާތުން ފާހަގަކުރާ މައިގަނޑު ކަމަކީ ޒެއިދްމަޙްމޫދުގ މުސާރައިން ފަސހާސ ރުފިޔް އުނިކުރަމުނ ދިއުމަށް އަންގައި ދަށު ކޯޓުން އަމުރުކޮށްފައިވަނީ ޒައިދު މަޙްމޫދުގެ މާލީ ހާލަތު ބަޔާންކޮށްދިނުމަށް ހުށަހެޅި ހެކިތަކަށް ރިޢާޔަތްކޮށްގެން ނޫން ކަމަށެވެ. އެގޮތުން މި އިސްތިއުނާފަށް ބަލައި، ރިޢާޔަތްކުރާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
10.1. އެސްތިއުނާފުކުރެވިފައިވ ކޯޓާ އަމުރަށް ބެލިއިރު، ދަށު ކޯޓުން ފާހަގަކޮށްފައިވަނީ މި ދަރަނި އަދާކުރުމުގައި ޒައިދު މަޙްމޫދުގެ ފަރާތުން ހުށަހެޅުމެއް ހުށަހެޅި ކަމަށެވެ. އެގޮތުން ޒައިދު މަޙްމޫދުގ އެހެން ދަރަނީގެ މައްސަލައަކާ ގުޅިގެން އެއިރު ޒައިދު މަޙްމޫދުގެ މުސާރައިން މަހަކު 5,000/ރ. )ފަސްހާސް ރުފިޔާ( ކަނޑަމުންދާކަމަށާއި، އެ ދަރަނި 2023 ނެވެންބަރުގެ ނިޔަލަށް ޚަލާސްވެ ނިމުމުން، ހަމަ އ 5,000/-ރ. )ފަސްހާސް ރުފިޔާ( މި ޤަޟިއްޔާގެ ދަރަނި ޚަލާސްކުރުމަށ އުނިކުރމުނ ދިއުމަށް އެދް ހުށަހެޅުކަމަށެވެ. ނަމަވެސް މި ހުށަހެޅުމާ ޢަބްދުލްޖަލީލު ޢަބްދުރައްރަޙްމާން އެއްބަސްވެފައިނުވާކަމަށެވެ. އެހެންކަމުން މާލީ ހާލަތު އަންގައިދޭ ހެކި ހުށަހެޅުމަށް ފުރުޞަތު ދެވިފައިވާކަމަށެވެ.
10.2. މިފަދައިން ދެވުނު ފުރުޞަތުގައި ޒައިދު މަޙްމޫދްހުށަހެޅި ހެކިތަކަށް ބަލައި،އަދި އިދާރާތަކުން ދަށްކޯޓުން ސާފުކުރި މައުލޫމާތުތަކަށް ބަލައި، ޒައިދު މަޙްމޫދު ކުރަންޖެހޭ ޚަރަދު ދަށު ކޯޓުނ ވަޒަންކޮށްފައިވެއެވެ. މިގޮތުން ހެކިތަކަށް ބަލައި ޒައިދު މަޙްމޫދު ކުރަންޖެހޭ ޚަރަދުތައް ކަނޑައެޅުމާއެކު، ޔުޓިލިޓީ ބިލް ހުށަހެޅި ނަމިވެސް އެ ޚަރަދުތައް ކުރިކަން އެނގޭ ހެކި ހުށަހަޅާފައި ނުވުމާއި، ޒައިދު މަޙްމޫދުގެ މުސާރަ ތަފްސީލަށް ބެލިއިރްމޯލްޑިވްސ ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީއަށް ދެއްކުމަށް އެއްވެސް ފައިސާއެއް އުނިކުރަމުންދާކަނ އެނގެން ނެތް ކަމުގެ މައްޗަށ ދަށު ކޯޓުން ކަންކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ދަށު ކޯޓުން ގޮތް ކަނޑައަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 369 ވަނަ މާއްދާގައިވާ ފަދައިން ދަރަނިވެރިޔާގެ މާލީ ހާލަތު ވަޒަންކުރުމަށްފަހުގައިކަނ ސާފުކޮށް އެނގެއެވެ. ޒައިދު މަޙުމޫދު ކުރަންޖެހޭ ޚަރަދުތަކަށް ދަށު . ދަށު ކޯޓުގެ ކޯޓު އަމުރުގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން . ދަށު ކޯޓުގެ ކޯޓު އަމުރުގެ 8 ވަނަ ނަންބަރުގެ ދަށުން ފާހަގަކޮށްފައިވާ ނުކުތާތައް . ޤާނޫނު ނަންބަރު 2021/32 ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށްޒައިދު މަޙުމޫދ ބުނާއިރު، ހުށަހެޅުނު ހެކިތަކަށް ދަށު ކޯޓުން ފުރިހަމައަށް ރިޢާޔަތްކޮށްފައިވާކަމާއި، ވާގިއާ ސާފުކުރުމަށް ކޯޓުގެ އިސްނެގުމުގައިވެސ މަސައްކަތްތަކެއް ކޮށް، ހެކި ވަޒަންކޮށްފައިވާކަނ އެނގެން އެބައޮތެވެ.
10.3. ހަމަ އެހެންމެ، ތަންފީޛީ ޤަޟިއްޔާބނާވި މައުޟޫޢީ ޤަޟިއްޔާގައްޙުކުމްކޮށްފައިވަނީ ޒައިދު މަޙްމޫދުގެ ފަރާތުނ ޢަބްދުލްޖަލީލު ޢަބްދުއްރަޙްމާނައަށް ޖުމްލަ -156,340/ ރ. )އެއްލައްކަ ފަންސާސ ހަހާސް ތިންސަތޭކަ ސާޅީސް ރުފިޔާ( ލިބިދޭންޖެހޭކަން ސާބިތުވާތީ، 30 ޖެނުއަރީ 2023 އިން ފެށިގެން 03 )ތިނެއް( މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާސްކުރުމަށެވެ.
10.4. މ މައްސަލައިގައި އެ މައްޗަށ ބަހުސްމިކުރެވޭ ކޯޓު އަމުރުގައި ދަށު ކޯޓުންފައިސާ ދައްކާ ޚަލާސކުރުމާމެދ ގޮތު ކަނޑައަޅާފައިވަނީ، ފައިސި ދެއްކުމަށްމައުޟޫޢީ ޤަޟިއްޔާގައ ކަނޑައަޅާފައިވާ މުހުލަތަށް ވުރްއެތައ ގުނައެއް ދިގު މުހުލަތެއް ކަނޑައެޅުމާއެކު،މުޅި ފއިސާގަ ޖުމްލަ އަދަދާ އަޅާ ބަލާއިރު،ކޮންމް މަހަކުވެސް ނިސްބަތުން ވަރަށް މަދު އަދަދެއިޒައިދު މަޙްމޫދުގެ މުސާރައިން އުނކުރަމުން ދިއުމަށެވެ.އެހެންކަމުނ ދަށް ކޯޓުގު ފަނޑިޔާރު ގޮތް ކަނޑައަޅާފައިވަނީ ދަރަނިވެރިޔާގެ މަސްލަހަތުގައި ވަރަށް ލުއި މިންގަނޑަކުން ކަން އެނގެން އޮވެއެވެ.
10.5. އެހެންކަމުން ދަށު ކޯޓު ން ނެރެފައިވާ ކޯޓު އަމުރު ޚިލާފުވަނީ ޤާނޫނީކޮން ހަމައަކާ ކަމެއް ޒައިދު މަޙުމޫދަށް ހައިކޯޓުގައި ބުނެދެވިފައި ނުވާތީ، އެ ކޯޓު އަމުރު ބާޠިލްކުރަންޖެހޭ ތަނެއް އޮތް ކަމުގައި ނުދެކެމެވެ. . ސިވިލް ކޯޓުގެ ނަންބަރު HD/2021-C-203/Cv ޤަޟިއްޔާ ނިންމަން ފެންނަގޮތް
11އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން،ސިވިލ ކޯޓް ހުޅުމާލެ ޑިވިޜަނގް ނަންބަރ 4/02202CA//BHD5-144 ކޯޓު އަމުރަށް ތާއީދުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު ؛
12ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު؛
13ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
14މިޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 369 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) (އިސްތިއުނާފުގެ އިޖުރާއަތު)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.