ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/172

އިތާފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހިމް ނިއުޝާދު

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 29 މޭ 2025ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 139/VTR/2023ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 139/VTR/2023
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަދަލުގެ ގޮތުގައި ފައިސާ ލިބެންޖެހޭކަމަށް ކަނޑައަޅާފައިވެއެވެ.
ވާޤިޢާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމެއް އިސްތިއުނާފުކުރި މައްސަލައެއްގައި، ހަމައެކަނި އިސްތިއުނާފީ ނުކުތާއަކީ ވަޒީފާ ރުޖޫޢަކުރުމާ ގުޅޭ ނުކުތާއެވެ. ފުރަތަމަ އަޑުއެހުމުގައި، ޓްރައިބިއުނަލުން ކަނޑައެޅި ބަދަލުގެ ފައިސާ ލިބިފައިވާކަމަށާއި ވަޒީފާ އަލުން ބޭނުންނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުންޏެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދެފަރާތަށް އެއްބަސްވުމަކަށް އާދެވި، އިސްތިއުނާފުގައި ހުށަހެޅި ހަމައެކަނި ނުކުތާ (ވަޒީފާ ރުޖޫޢަކުރުން) ގައި ގޮތް ކަނޑައެޅުމުގެ މަސްލަހަތެއް ނެތްތޯ އަދި ދަޢުވާ ފޯމު ބާޠިލުކުރެވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ވެސް ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިވާތީ، އެއްބަސްވެވުނު ގޮތުގެ މައްޗަށް މައްސަލަ ނިންމައިދިނުމަށް އެދުނެވެ.
ކޯޓުގެ ސަބަބުތައް
ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިވާތީ، ވަޒީފާ ރުޖޫޢަކުރުމާ ގުޅޭ ހަމައެކަނި އިސްތިއުނާފީ ނުކުތާގައި ގޮތް ކަނޑައަޅާނެ މަސްލަހަތެއް ނެތަތީ ދަޢުވާ ފޯމު ބާޠިލުކުރެއްވިއެވެ.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ދަޢުވާ ފޯމު ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން މަޒީދު (ރިޔާސަތު)، މުޙައްމަދު ނިޔާޒް، މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރިޔާސަތު
ޙުސައިން މަޒީދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2024/HC-A/172

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު

3މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 22 އޮގަސްޓު 2024

ބާޠިލްކުރި ތާރީޚް: 29 މޭ 2025

4އިސްތިއުނާފު ކުރި ފަރާތް:

ފުރިހަމަ ނަން: އިތާފުށި އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް

ރަޖިސްޓްރީ ނަންބަރު: C-0536/2012

5އިސްތިއުނާފު ރައްދުވާ ފަރާތް:

ފުރިހަމަ ނަން: އިބްރާހީމް ނިއުޝާދު

6ހުށަހެޅިފައިވާ މައްސަލަ:

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 139/VTR/2023 މައްސަލަ އިސްތިއުނާފުކުރުމަށް އިތާފުށި އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިބްރާހީމް ނިއުޝާދުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ.

7ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް:

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 139/VTR/2023 މައްސަލަ އިސްތިއުނާފުކުރުމަށް އިތާފުށި އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި (ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/172 ޤަޟިއްޔާ) 29 މޭ 2025 ދުވަހު ބޭއްވުނު ފުރަތަމަ އަޑުއެހުމުގައި، މި މައްސަލައިގައި ހުށަހެޅިފައިވާ ހަމައެކަނި އިސްތިއުނާފީ ނުކުތާ ކަމަށްވާ، ވަޒީފާ ރުޖޫޢަކުރުމާމެދު ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތަކާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިބްރާހީމް ނިއުޝާދު ދިން ޖަވާބުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި ބަދަލުގެ ގޮތުގައި ލިބެންޖެހޭކަމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު އިބްރާހީމް ނިއުޝާދު އަށް ވަޒީފާދިންފަރާތުން މިހާރު ލިބިދީފައިވާ ކަމަށާއި، އިތުރަށް މި މައްސަލައިގައި ކަމެއް ފާހަގަކުރަން ނެތް ކަމަށާއި، އަލުން އަނބުރާ އެ ވަޒީފާ ބޭނުންނުވާކަމަށް އިބްރާހީމް ނިއުޝާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، އިސްތިއުނާފުކުރާ އިތާފުށި އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންވެސް މި މައްސަލައިގައި އިސްތިއުނާފީ މަރުހަލާގައި އުފެދިފައިވާ ޚުސޫމާތާ ގުޅިގެން ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިވާތީ، އެއްބަސްވެވުނު ގޮތުގެ މައްޗަށް މި މައްސަލަ ޝަރީޢަތުން ނިންމައިދިނުމަށް އެދިފައިވާތީ، މި މައްސަލައިގެ އިސްތިއުނާފުގައި ހުށަހެޅުނު ހަމައެކަނި ނުކުތާކަމަށްވާ ވަޒީފާ ރުޖޫޢަކުރުމާގުޅޭ އިސްތިއުނާފީ ނުކުތާގައި ގޮތް ކަނޑައަޅާނެ މަސްލަހަތެއް މިހިނދުގައި ނެތަތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/172 ޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލުކޮށްފީމެވެ.

މައްސަލަ ނިންމި ފަނޑިޔާރުން:

ފަނޑިޔާރު މުޙައްމަދު ނިޔާޒް

ފަނޑިޔާރު ޙުސައިން މަޒީދު (ރިޔާސަތު)

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

—

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ