ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/177

ސޭވް ދަ ޑްރީމް މޯލްޑިވްސް ވ. މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭޚިލާފު ރައުޔެއް
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 27 އޮކްޓޫބަރު 2024ދަށު ކޯޓު: ސިވިލް ކޯޓު 876/CVC-2024ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 876/CVC-2024
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުގެ 876-CVC-2024 ޤަޟިއްޔާގެ ނިންމުމެއް. އިސްތިއުނާފުކުރި ފަރާތުގެ ވަކީލު ބުނިގޮތުގައި ސިވިލް ކޯޓުން މައްސަލައިގައި މައުޟޫޢީ ގޮތުން އެއްވެސް ގޮތެއް ކަނޑައަޅާފައެއް ނުވޭ؛ ނިންމުމުގެ ތަފްޞީލެއް ރިޕޯޓުގައި ނެތް.
ވާޤިޢާ
ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މާހަލް ޓުއާރސް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ސިވިލް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކުރި މައްސަލަ 25 އޮގަސްޓް 2024 ގައި ރަޖިސްޓްރީކުރެވުނު. ހަމަ އެ ވާޤިޢާތަކުގެ މައްޗަށް ހުށަހެޅި 2024/HC-A/122 ޤަޟިއްޔާގެ ދަޢުވާ ފޯމު ހައިކޯޓުން ބާޠިލުކުރި ނިންމުމަށް ސުޕްރީމް ކޯޓުގައި 2024/SC-A/36 ޤަޟިއްޔާ ބަލަމުން ދިޔަ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސިވިލް ކޯޓުގެ 876-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރި ފަރާތުން، އެއް ވާޤިޢާތަކުގެ 2024/HC-A/122 ޤަޟިއްޔާގެ ނިންމުން ސުޕްރީމް ކޯޓުގައި (2024/SC-A/36) ބަލަމުންދާތީއާއި ދަށުކޯޓުން މައުޟޫޢީ ގޮތުން ގޮތެއް ކަނޑައަޅާފައިނުވާތީ މައްސަލަ އަނބުރާ ގެންދަން ބޭނުންވާކަމަށް ބުނުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) އަދި (ނ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފު ރައްދުވާ ފަރާތުން، މި މައްސަލައަކީ މަދަނީ އިޖުރާއަތުގެ ޤާނޫނު (32/2021) ގެ 421 ވަނަ މާއްދާގެ (ށ) ގައި ބުނާ ޝަރީޢަތުގެ ނިޒާމް ނަހަމަ ގޮތުގައި ބޭނުންކުރުމެއްކަމަށް ބުނެ، އެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (ii) ގެ ދަށުން ފޯމު ބާޠިލުކުރުމަށް އިޢުތިރާޒުކުރި. 22 އޮކްޓޫބަރު 2024 ގެ އަޑުއެހުމުގައި އިސްތިއުނާފުކުރި ފަރާތުގެ ވަކީލު، 2024/SC-A/36 ގައި ނިންމާ ގޮތުން މި މައްސަލައަށްވެސް ޙައްލު ލިބޭނެތީ މައްސަލަ އަނބުރާ ގެންދަން ބޭނުންވާކަމަށް ބުނި.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުކުރި ފަރާތުން މައްސަލަ އަނބުރާ ގެންދަން ބޭނުންވާކަމަށް ބުނުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) އަދި (ނ) އާ ހަވާލާދީ، ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން 23 އޮކްޓޫބަރު 2024 ގައި ދަޢުވާ ފޯމު ބާޠިލުކުރި. އިސްތިއުނާފު ރައްދުވާ ފަރާތުގެ އިޢުތިރާޒާމެދު ގޮތެއް ނުނިންމާ.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ސިވިލް ކޯޓުގެ 876-CVC-2024 ޤަޟިއްޔާއާމެދު ގޮތެއް ނުނިންމައި، އިސްތިއުނާފުކުރި ފަރާތުން މައްސަލަ އަނބުރާ ގެންދަން ބޭނުންވާކަމަށް ބުނުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު، ދަ ލިޓިގަންޓްސް ލޯފަރމް
ބެންޗު
އިސްފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް (ރިޔާސަތު)، ފަނޑިޔާރު މުޙައްމަދު ފައިޞަލް
ރިޔާސަތު
ފަނޑިޔާރު މުޙައްމަދު ނިޔާޒް
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
އެބައޮތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2024/HC-A/177

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފޯމް

* ފޯމު ނަންބަރު: -

3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 އޮގަސްޓް 2024

* ބާޠިލުކުރި ތާރީޚް: 23 އޮކްޓޫބަރ 2024

4އިސްތިއުނާފް ކުރި ފަރާތް:

* ފުރިހަމަ ނަން: ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

* ރަޖިސްޓްރޭޝަން ނަންބަރު: C-0426/2018

* ޢާންމު ނަން: ސޭވް ދަ ޑްރީމް މޯލްޑިވްސް

* ދާއިމީ އެޑްރެސް: މއ.ތަނޑިނޫމާގެ / މާލެ

* މިހާރުގެ އެޑްރެސް: ގ.ސިލާވެލި / މާލެ

5އިސްތިއުނާފް ރައްދުވި ފަރާތް:

* ފުރިހަމަ ނަން: މާހަލް ޓުއާރސް ޕްރައިވެޓް ލިމިޓެޑް

* ރަޖިސްޓްރޭޝަން ނަންބަރު: C-0498/1979

* ޢާންމު ނަން: މާހަލް ޓުއަރސް

* ދާއިމީ އެޑްރެސް: މއ.ތަނޑިނޫމާގެ / މާލެ

* މިހާރުގެ އެޑްރެސް: މއ.ތަނޑިނޫމާގެ / މާލެ

6ހުށަހެޅިފައިވާ މައްސަލަ:

ސިވިލް ކޯޓުގެ ނަންބަރު 876-CVC-2024 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.

7ހައިކޯޓުން ނިންމި ގޮތް:

ސިވިލް ކޯޓުގެ ނަންބަރު 876-CVC-2024 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން މިކޯޓުގެ ނަންބަރު: 2024/HC-A/177 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގައި އިސްތިއުނާފު ރައްދުވާ މާހަލް ޓުއާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި މައްސަލައަކީ ޤާނޫނު ނަންބަރު:32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 421 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ޝަރީޢަތުގެ ނިޒާމް ނަހަމަ ގޮތުގައި ބޭނުންކޮށް ހުށަހަޅާފައިވާ މައްސަލައެއްކަމުގައި ކަނޑައަޅައި، އެޤާނޫނުގެ 287 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރުގެ (ii) ގެ ދަށުން މިޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލްކޮށްދިނުމަށް އެދި ހުށަހެޅިއެވެ.

މާހަލް ޓުއާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި މި އިޖުރާއީ އިޢުތިރާޒާއި ގުޅިގެން 22 އޮކްޓޫބަރ 2024 ވަނަ ދުވަހު މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ސިވިލް ކޯޓުގެ ނަންބަރު 569-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރުމުން މިކޯޓުން ބެލުނު ނަންބަރު 2024/HC-A/122 ޤަޟިއްޔާއަކީ، ޤާނޫނު ނަންބަރު:32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 421 ވަނަ މާއްދާގެ (ށ) ގައި ބުނާފަދަ ޝަރީޢަތުގެ ނިޒާމް ނަހަމަ ގޮތުގައި ބޭނުންކޮށް ހުށަހަޅާފައިވާ މައްސަލައެއްކަމުގައި ޝަރީޢަތަށް ބުރަވެވޭތީ، އެޤާނޫނުގެ 287 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރުގެ (ii) ގެ ދަށުން މި މިކޯޓުން ނަންބަރު 2024/HC-A/122 ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމާފައިވާތީ، އެނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން، ސުޕްރީމް ކޯޓުން އެމައްސަލައި ބަލައިގަނެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/36 ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާކަމަށް ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ތަމްސީލްކުރުމަށް ހަމަޖައްސާފައިވާ ދަ ލިޓިގަންޓްސް ލޯފަރމްގެ ވަކީލް އަލްއުސްތާޛު އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު ބުނެފައިވެއެވެ. އަދި ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިހާރު އިސްތިއުނާފުކޮށްފައިވާ މައްސަލައަކީވެސް ހައިކޯޓުގެ ނަންބަރު 2024/HC-A/122 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ވާޤިޢާތަކުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއްކަމުން، ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށް ބެލުމަށް ހަމަޖެހިފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/36 ޤަޟިއްޔާގައި ގޮތެއް ނިންމުމުން، ހައިކޯޓިގެ ނަންބަރު 2024/HC-A/177 ޤަޟިއްޔާއަށްވެސް ޙައްލެއް ލިބޭނެތީއާއި، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ސިވިލް ކޯޓުން މައުޟޫޢީ ގޮތުން އެއްވެސް ގޮތެއް ކަނޑައަޅާފައިނުވާތީ މިމައްސަލަ އަނބުރާ ގެންދަން ބޭނުންވާކަމަށް އިތުރަށް ބުނެފައިވެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) އަދި (ނ) އާ ހަވާލާދީ ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/177 ޤަޟިއްޔާގެ ދަޢުވާ ފޯމު، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.

މައްސަލަ ނިންމި ފަނޑިޔާރުން:

އިސްފަނޑިޔާރު ޙުސައިން ޝަހީދު

ފަނޑިޔާރު މުޙައްމަދު ނިޔާޒް (ރިޔާސަތު)

ފަނޑިޔާރު މުޙައްމަދު ފައިޞަލް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) އަދި (ނ)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ