އެންތޮނީ ވޮރެން ނަދީޝް ޕެރޭނާ ވ. މޯލްޑިވްސް އިމިގްރޭޝަން
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓުގެ ނަންބަރު 1360-CVC-2024 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ސްރީލަންކާގެ ރައްޔިތެއްކަމަށްވާ އެންތަނީ ވަރެން ނަދީޝް ޕެރޭރާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1360-CVC-2024
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ށ)
ފަނޑިޔާރުން
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2024/HC-A/185
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް
3. މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 02 ސެޕްޓެންބަރު 2024 – ބާޠިލުކުރި ތާރީޚް: 10 އޮގަސްޓު 2026
4. އިސްތިއުނާފް ކުރި ފަރާތް:
ފުރިހަމަ ނަން: އެންތަނީ ވަރެން ނަދީޝް ޕެރޭރާ
5. އިސްތިއުނާފް ރައްދުވި ފަރާތް:
ފުރިހަމަ ނަން: މޯލްޑިވްސް އިމިގްރޭޝަން (ދިވެހި ދައުލަތް)
6. ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 1360-CVC-2024 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ސްރީލަންކާގެ ރައްޔިތެއްކަމަށްވާ އެންތަނީ ވަރެން ނަދީޝް ޕެރޭރާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7. ހައިކޯޓުން ނިންމި ގޮތް:
ސިވިލް ކޯޓުގެ ނަންބަރު 1360-CVC-2024 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން (ވަގުތީ އަމުރު) އާ ގުޅޭ މައުޟޫއީ މައްސަލާގައި ގޮތެއް ކަނޑައަޅާފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 1360-CVC-2024 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ސްރީލަންކާގެ ރައްޔިތެއްކަމަށްވާ އެންތަނީ ވަރެން ނަދީޝް ޕެރޭރާގެ ފަރާތުން ހުށަހަޅާފައިވާ ހައިކޯޓުގެ ނަންބަރު 2024/HC-A/185 ޤަޟިއްޔާގެ އިސްތިއުނާފު އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ އިސްތިއުނާފު ފޯމު ބާޠިލުކޮށްދިނުމަށް އެންތަނީ ވަރެން ނަދީޝް ޕެރޭރާގެ ވަކީލުގެ ފަރާތުން 09 އޮގަސްޓް 2026 ދުވަހު މިކޯޓުގައި އެދިފައިވާތީ[1] ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 75 ވަނަ މާއްދާގެ (ހ) އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ[2] (ނ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/185 ޤަޟިއްޔާގެ ދަޢުވާ ފޯމު، ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8. މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙުސައިން މަޒީދު
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
[1] އެންތަނީ ވަރެން ނަދީޝް ޕެރޭރާ ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ އެމް.އެމް. ޗެމްބަރސް އެލް.އެލް.ޕީގެ ފަރާތުން އަލްއުސްތާދާ މަރްޔަމް މުނާގެ ފަރާތުން ފޮނުވި އީމެއިލް
[2] ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.