ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ވ. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން(ދައުލަތް)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B3/VN/2024/02
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުގެ ނަންބަރު 144-B3/VN/2024/02 މައްސަލައިގައި ވަގުތީ އަމުރާމެދު ސިވިލް ކޯޓުން ގޮތެއް ނިންމި.
- ވާޤިޢާ
- ވަގުތީ އަމުރާމެދު ނިންމި ގޮތް އިސްތިއުނާފުކުރުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުށަހެޅި މައްސަލަ 20 އޮކްޓޫބަރު 2024 ގައި ރަޖިސްޓްރީކުރި. 12 ޖަނަވަރީ 2025 ގައި އިސްތިއުނާފުކުރި ފަރާތުން ސިޓީއަކުން މައްސަލަ ބާޠިލުކޮށްދިނުމަށް އެދުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓުގެ ނަންބަރު 144-B3/VN/2024/02 ގައި ވަގުތީ އަމުރާމެދު ނިންމި ގޮތް އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި މައްސަލައިގައި، މައުލޫއީ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށް، އެ ނިންމުމުގެ އިސްތިއުނާފު ހައިކޯޓުން ބަލަމުންދާތީ، އިސްތިއުނާފުކުރި ފަރާތުން މައްސަލަ ބާޠިލުކޮށްދިނުމަށް އެދުމުން، ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރުން.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފު ކުރިއަށް ދަނިކޮށް މައުލޫއީ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށް، އެ ޤަޟިއްޔާ މިހާރު ހައިކޯޓުގައި އިސްތިއުނާފުކޮށް ބަލަމުންދާތީ މި މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންނުވާކަމަށް އިސްތިއުނާފުކުރި ފަރާތުން ބުނި.
- ކޯޓުގެ ސަބަބުތައް
- އިސްތިއުނާފުކުރި ފަރާތުގެ ސިޓީއަށް ރިޢާޔަތްކޮށް، ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ދަޢުވާ ފޯމު ބާޠިލުކުރި.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭސިވިލް ކޯޓުގެ 144-B3/VN/2024/02 ވަގުތީ އަމުރާމެދު ނިންމި ގޮތުގެ އިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލު (އިސްތިއުނާފުކުރި ފަރާތުން މައްސަލަ ކުރިއަށް ނުގެންދިއުމަށް އެދުމުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އިސްފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން (ރިޔާސަތު)، ފަނޑިޔާރު ޙުސައިން މަޒީދު
- ރިޔާސަތު
- ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ދައުވާ ފޯމް ބާތިލުކުރި ރިޕޯޓު
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2024/HC-A/227
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 އޮކްޓޫބަރު 2024 * ބާޠިލުކުރި ތާރީޚް: 14 ޖަނަވަރީ 2025
4އިސްތިއުނާފު ކުރި ފަރާތް:
* ފުރިހަމަ ނަން: ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
* ޢާއްމު ނަން: -
* ދާއިމީ އެޑްރެސް: މާލޭ ކުޅިވަރު އެކުވެނި / މާލެ
* މިހާރުގެ އެޑްރެސް: ހ. އަސްރަފީވިލާ / މާލެ
5އިސްތިއުނާފު ރައްދުވި ފަރާތް:
* ފުރިހަމަ ނަން: މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ( ދިވެހި ދަޢުލަތް )
* ޢާއްމު ނަން: -
* ދާއިމީ އެޑްރެސް: ވެލާނާގެ / މާލެ
* މިހާރުގެ އެޑްރެސް: ވެލާނާގެ / މާލެ
6ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 144-B3/VN/2024/02 "ވަގުތީ އަމުރާމެދު ނިންމިގޮތް" އިސްތިއުނާފު ކުރުމަށް އެދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް:
ސިވިލް ކޯޓުގެ ނަންބަރު 144-B3/VN/2024/02 "ވަގުތީ އަމުރާމެދު ނިންމިގޮތް" އިސްތިއުނާފު ކުރުމަށް އެދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2024/HC-A/227 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންނުވާތީ، މައްސަލަ ބާޠިލްކޮށްދިނުމަށް އެދި 12 ޖަނަވަރީ 2025 ގައި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ފަރާތުން ވަނީ ސިޓީއެއް ފޮނުވާފައިއެވެ. މި މައްސަލަ ބާތިލް ކޮށްދިނުމަށް އެދުނު ސަބަބެއްގެ ގޮތުގައި މި ސިޓީގައި ފާހަގަކޮށްފައި ވަނީ، އިސްތިއުނާފީ މައްސަލަ މިކޯޓުގައި ކުރިއަށް ދަނިކޮށް މައުލޫއީ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްފައިވާތީ އާއި އެ ގަޒިއްޔާ މިހާރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް ކޯޓުން ބަލައިގެންފައިވާތީ ކަމަށެވެ.
ވީމާ، މި ސިޓީއަށް ރިއާޔަތްކޮށް، މި ކޯޓުގެ ނަންބަރު 2024/HC-A/227 ގަޒިއްޔާގެ ދައުވާ ފޯމު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ)ގެ ދަށުން، ހައިކޯޓުގައި މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ބާތިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
އިސްފަނޑިޔާރު ޙުސައިން ޝަހީދު
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން (ރިޔާސަތު)
ފަނޑިޔާރު ޙުސައިން މަޒީދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.