އީކޮމްއެކްސްޗޭންޖްއެމްވީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓުގެ ނަންބަރު 497-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އީކޮމްއެކްސްޗޭންޖްއެމްވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން މި ކޯޓުގައި ކުރިއަށް ގެންދިޔަ ނަންބަރު 2024/HC-A/238 އިސްތިއުނާފީ މައްސަލަ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 497-CVC-2024
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ)
ފަނޑިޔާރުން
- ބެންޗު
- ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ (ރިޔާސަތު)، ޢަބްދުﷲ ޖަމީލް މޫސާ
- ރިޔާސަތު
- ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2024/HC-A/238
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3. މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 31 އޮކްޓޫބަރު 2024 – ބާޠިލުކުރި ތާރީޚް: 11 ޖަނަވަރީ 2026
4. އިސްތިއުނާފު ކުރި ފަރާތްތައް:
ފުރިހަމަ ނަން: އީކޮމްއެކްސްޗޭންޖްއެމްވީ ޕްރައިވެޓް ލިމިޓެޑް
5. އިސްތިއުނާފު ރައްދުވާ ފަރާތް:
ފުރިހަމަ ނަން: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
6. ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 497-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އީކޮމްއެކްސްޗޭންޖްއެމްވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން މި ކޯޓުގައި ކުރިއަށް ގެންދިޔަ ނަންބަރު 2024/HC-A/238 އިސްތިއުނާފީ މައްސަލަ.
7. ހައިކޯޓުން ނިންމި ގޮތް:
ސިވިލް ކޯޓުގެ ނަންބަރު 497-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އީކޮމްއެކްސްޗޭންޖްއެމްވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2024/HC-A/238 ޤަޟިއްޔާއިން ބަލަމުންދާ އިސްތިއުނާފު، އިތުރަށް ކުރިއަށް ގެންދިޔުމަށް ބޭނުން ނުވާތީ، އިސްތިއުނާފީ ދައުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދި 08 ޖަނަވަރީ 2026 ގައި، އިސްތިއުނާފު ކުރާ އީކޮމްއެކްސްޗޭންޖްއެމްވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިކޯޓުގައި ތަމްސީލް ކުރުމަށް އައްޔަންކޮށްފައިވާ ޤާނޫނީ ވަކީލު އޒ.އ.ޢާއިޝަތު ޝީނާ މުޙައްމަދުގެ ފަރާތުން މި ކޯޓަށް ސިޓީ ފޮނުވާފައިވާތީ، ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އީކޮމްއެކްސްޗޭންޖްއެމްވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/238 ޤަޟިއްޔާގެ އިސްތިއުނާފީ ދައުވާ ފޯމް، މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
8. މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)
ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.