ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/261

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ވ. ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 28 ޖަނަވަރީ 2025ދަށު ކޯޓު: ސިވިލް ކޯޓު 144-B3/VN/2024/02ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 144-B3/VN/2024/02
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުގެ 144-B3/VN/2024/02 ގައި ވަގުތީ އަމުރާމެދު ނިންމި ގޮތް.
ވާޤިޢާ
އެ ނިންމުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުށަހެޅި އިސްތިއުނާފު 2024/HC-A/227 ގެ ތެރެއިން ދައުލަތުން (މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން) އިތުރު އިސްތިއުނާފު ހުށަހެޅި. އެސޯސިއޭޝަންގެ އެދުމުން 2024/HC-A/227 ވަނީ 14 ޖަނަވަރީ 2025 ގައި ބާތިލުކޮށްފައި.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސިވިލް ކޯޓުގެ ވަގުތީ އަމުރާމެދު ނިންމި ގޮތަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ހުށަހެޅި އަސްލު އިސްތިއުނާފު (2024/HC-A/227) އެ ފަރާތުގެ އެދުމުން ބާތިލުކުރުމަށްފަހު، ދައުލަތުން ހުށަހެޅި އިތުރު އިސްތިއުނާފު ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެ ބާތިލުކޮށްދިނުމަށް އެދުމުން، ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން އިތުރު އިސްތިއުނާފުގެ ދައުވާ ފޯމު ބާތިލުކުރުން.
ޚަޞްމުންގެ ހުށަހެޅުންތައް
އަސްލު އިސްތިއުނާފު ކުރިއަށް ނުގެންދާ ހާލަތުގައި އިތުރު އިސްތިއުނާފު ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތްކަމަށް ބުނެ، ބަންޑާރަނައިބުގެ އޮފީހުގެ ނޯޓު 32-CLD-B1/2025/18 (21 ޖަނަވަރީ 2025) އިން ދައުލަތުން މައްސަލަ ބާތިލުކޮށްދިނުމަށް އެދުނު.
ކޯޓުގެ ސަބަބުތައް
ދައުލަތުގެ ސިޓީއަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން އިތުރު އިސްތިއުނާފުގެ ދައުވާ ފޯމު ބާތިލުކުރި.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ސިވިލް ކޯޓުގެ 144-B3/VN/2024/02 (ވަގުތީ އަމުރާމެދު ނިންމި ގޮތް) އާ ގުޅޭ އިތުރު އިސްތިއުނާފުގެ ދައުވާ ފޯމު، ދައުލަތުގެ އެދުމުން ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާތިލުކުރި؛ މައްސަލައިގެ މައުޟޫޢަށް ނުބަލާ.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތް ތަމްސީލުކުރީ
ބަންޑާރަނައިބުގެ އޮފީސް
ބެންޗު
އިސްފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން (ރިޔާސަތު)، ފަނޑިޔާރު ޙުސައިން މަޒީދު
ރިޔާސަތު
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ދައުވާ ފޯމު ބާތިލުކުރި ރިޕޯޓު

1ހައިކޯޓުގެ ގަޒިއްޔާ ނަންބަރު: 2024/HC-A/261

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިތުރު އިސްތިއުނާފު ހުށަހަޅާ ފޯމު

3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 27 ނޮވެންބަރު 2024 * ބާތިލުކުރި ތާރީޚް: 28 ޖަނަވަރީ 2025

4އިސްތިއުނާފު ކުރި ފަރާތް:

ފުރިހަމަ ނަން: މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން (ދިވެހި ދައުލަތް)

ޢާއްމު ނަން: -

ދާއިމީ އެޑްރެސް: ހ. ވެލާނާގެ / މާލެ

މިހާރުގެ އެޑްރެސް: ހ. ވެލާނާގެ / މާލެ

5އިސްތިއުނާފު ރައްދުވި ފަރާތް:

ފުރިހަމަ ނަން: ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޢާއްމު ނަން: -

ދާއިމީ އެޑްރެސް: މާލޭ ކުޅިވަރު އެކުވެނި / މާލެ

މިހާރުގެ އެޑްރެސް: ހ. އަސްރަފީވިލާ / މާލެ

6ހުށަހެޅިފައިވާ މައްސަލަ:

ސިވިލް ކޯޓުގެ ނަންބަރު 144-B3/VN/2024/02 "ވަގުތީ އަމުރާމެދު ނިންމި ގޮތް" އިސްތިއުނާފުކުރުމަށް އެދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ހުށަހެޅުމުން ރަޖިސްޓްރީކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/227 ގަޒިއްޔާގެ ތެރެއިން "އިތުރު އިސްތިއުނާފު" ގެ ގޮތުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން (ދިވެހި ދައުލަތް) އިން ހުށަހަޅާފައިވާ މައްސަލަ.

7ހައިކޯޓުން ނިންމި ގޮތް:

ސިވިލް ކޯޓުގެ ނަންބަރު 144-B3/VN/2024/02 "ވަގުތީ އަމުރާމެދު ނިންމިގޮތް" އިސްތިއުނާފު ކުރުމަށް އެދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2024/HC-A/227 ޤަޟިއްޔާއިން ބަލަމުންދިޔަ މައްސަލައިގެ ތެރެއިން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން (ދިވެހި ދައުލަތް) އިން ހުށަހެޅި އިތުރު އިސްތިއުނާފު އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންނުވާތީ، މައްސަލަ ބާތިލްކޮށްދިނުމަށް އެދި ބަންޑާރަނައިބުގެ އޮފީހުގެ ނޯޓު ނަންބަރު 32-CLD-B1/2025/18 (21 ޖަނަވަރީ 2025) ސިޓީއިން ވަނީ އެދިފައެވެ. މި މައްސަލަ ބާތިލް ކޮށްދިނުމަށް އެދުނު ސަބަބެއްގެ ގޮތުގައި މި ސިޓީގައި ފާހަގަކޮށްފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ހުށަހެޅި މައްސަލަ އެ އެސޯސިއޭޝަންގެ ފަރާތުން އިތުރަށް ކުރިއަށް ގެންދަން ބޭނުންނޫންކަމަށް ބަޔާންކޮށް މައްސަލަ ބާތިލްކުރުމަށް އެ އެސޯސިއޭޝަންގެ ފަރާތުން ހުށަހަޅާފައިވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައުލޫމާތު ދީފައިވާތީއާއި ދައުލަތުގެ ފަރާތުން ހުށަހެޅި އިތުރު އިސްތިއުނާފަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފާއި ގުޅިގެން ހުށަހެޅި އިތުރު އިސްތިއުނާފީ މައްސަލައެއް ކަމުގައިވާތީ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ހުށަހެޅި މައްސަލަ ކުރިޔަށް ނުގެންދާ ހާލަތުގައި ދައުލަތުން ހުށަހެޅި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ ބޭނުމެއް އޮތްކަމަށް ނުފެންނާތީކަމަށެވެ.

ދައުލަތުން ފާހަގަކޮށްފައިވާ ފަދައިން ސިވިލް ކޯޓުގެ ނަންބަރު 144-B3/VN/2024/02 "ވަގުތީ އަމުރާމެދު ނިންމިގޮތް" އިސްތިއުނާފު ކުރުމަށް އެދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އިން ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2024/HC-A/227 ގަޒިއްޔާއިން ބަލަމުންގެންދިޔަ މައްސަލަ ވަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް ގެ ފަރާތުން އެދިގެން 14 ޖަނަވަރީ 2025 ގައި ބާތިލްކޮށްފައެވެ.

ވީމާ، ހަވާލާދެވުނު ދައުލަތުގެ ސިޓީއަށް ރިއާޔަތްކޮށް، މި ކޯޓުގެ ނަންބަރު 2024/HC-A/261 ގަޒިއްޔާގެ ދައުވާ ފޯމު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، ހައިކޯޓުގައި މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ބާތިލުކޮށްފީމެވެ.

8މައްސަލަ ނިންމި ފަނޑިޔާރުން:

އިސްފަނޑިޔާރު ޙުސައިން ޝަހީދު

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން (ރިޔާސަތު)

ފަނޑިޔާރު ޙުސައިން މަޒީދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ