ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/55

ސަރވެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. ނ. ފޮއްދޫ ކައުންސިލް އިދާރާ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ހުއްދަ ނުދީ (2025/SC-L/102)ޙުކުމުގެ ހާލަތު
ހައިކޯޓު · 30 ނޮވެމްބަރު 2025ދަށު ކޯޓު: ނ. ފޮއްދޫ މެޖިސްޓްރޭޓް ކޯޓު 2023-D14C-CIV-13ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ނ. ފޮއްދޫ މެޖިސްޓްރޭޓް ކޯޓު 2023-D14C-CIV-13
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ބީލަމުގެ މައްސަލައެއްގައި ކައުންސިލުން އުފެއްދި އިޚްތިޞާޞާމެދު ސުވާލުގެ ބޭރުން ދަށުކޯޓުން ގޮތް ނިންމާފައިވޭތޯއާއި، މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް ނިންމީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޚަޞްމުން ހުށަހަޅައި ބަހުޘްކުރެވިފައިވާ ކަމެއްގެ މައްޗަށް ކޯޓުން ގޮތް ނިންމުމަކީ، ކޯޓުން ފައިޞަލާކުރަންވާނީ ޚަޞްމުން ހުށަހަޅާ ވަޤާއިޢުތަކާއި އެދޭ ކަންކަމުގެ މައްޗަށް ކަމަށް ސުޕްރީމް ކޯޓުގެ 2013/SC-A/44 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް، އިޚްތިޞާޞާމެދު އުފެއްދި ސުވާލުގެ ބޭރުން ނިންމި ނިންމުމެއް ކަމުގައި ނުބެލެވޭނެއެވެ.

HN2 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ (ހ) އާއި 20 ވަނަ މާއްދާގެ ދަށުން ކޯޓުގެ އިޚްތިޞާޞާމެދު ދަޢުވާލިބޭ ފަރާތަށް ސުވާލު އުފެއްދިދާނެ ދެ ޙާލަތެއް ވެއެވެ: (1) އެ ދަޢުވާ ބަލައި ގޮތެއް ނިންމުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެން ނުވުން؛ (2) ޢާންމު އުޞޫލުން އިޚްތިޞާޞް ލިބިދީފައިވީނަމަވެސް، އެ ޙާލަތުގައި އެ ކޯޓުން އެ މައްސަލަ ބަލައިގެން ނުވާނެ ޙާލަތެއް ވުޖޫދުގައި ވުން.

HN3 ދެފަރާތުގެ ހުށަހެޅުންތަކުން ދަޢުވާ ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ ޤާނޫނީ ސަބަބެއް ވާކަމާއި ބަހުޘްކުރަންޖެހޭ ޤާނޫނީ ސުވާލެއް ނެތްކަން ފެނިއްޖެނަމަ (މިސާލަކަށް، ދަޢުވާގައި އެދޭ ކަމެއް އިދާރާއިން މިހާރުވެސް ކޮށްފައިވާކަން ލިޔެކިޔުމުން ފެނޭނަމަ)، 110 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ޙާލަތުގެ ދަށުން މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް ނިންމުމަކީ އެ މާއްދާއާ ޚިލާފު ނިންމުމެއް ނޫނެވެ.

HN4 ދަށުކޯޓުގެ ނިންމުމެއް ޤާނޫނާ ޚިލާފުވާ ގޮތް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދީފައި ނުވާނަމަ، އެ ނިންމުމަށް ބަދަލު ގެނައުމުގެ ސަބަބެއް ނުވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢަބްދުﷲ ނާހިދު
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޢަބްދުﷲ ޢަލީ، ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ
ބެންޗު
މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު

ތަޢާރުފު

1މިއީ، މިލަދުން މަޑުލުދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D14C-CIV-13 ޤަޟިއްޔާ ނިންމި ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާޚިލާފުކަމަށް ބުނެ ސަރވެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން " ސަރވެޓް ހޯލްޑިންގްސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބަޔާންކުރާ)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލް އިދާރާ (މީގެ ފަހުން "ފޮއްދޫ ކައުންސިލް" ނުވަތަ "އިސްތިއުނާފު ރައްދުވާފަރާތް" ކަމަށް ބަޔާންކުރާ) އެވެ. މައްސަލައިގެ ފަސްފަހަތް: ބީލަން ހުށަހެޅުން:

2ނ. ފޮއްދޫ އިން ބިން (ބިމުގެ ނަންބަރު A އަދި C) ކުއްޔަށް ނަގައިގެން، ޓޫރިސްޓް ގެސްޓް ހައުސްއެއް ތަރައްޤީކުރުމާ ގުޅޭގޮތުން ފޮއްދޫ ކައުންސިލްގެ އިދާރާއިން ކުރާ ނަންބަރު (IUL)296/296/2023/27 (26 އެޕްރީލް 2023) އިޢުލާނާ ގުޅިގެން، ސަރވެޓް ހޯލްޑިންގްސް ހިމެނޭހެން 04 ފަރާތަކުން ބީލަން ހުށަހެޅިއެވެ. ބީލަމާގުޅޭ ޝަކުވާ:

3އެ ހަތަރު ފަރާތުގެ ތެރެއިން ތިން ފަރާތެއް "ކޮލިފައިޑް" ކަމަށް ފޮއްދޫ ކައުންސިލނު ކަނޑައަޅައި، ބީލަން ހުށަހެޅި ފަރާތްތަކުގެ މާރކްސް ޝީޓ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ބީލަން ހުށަހެޅި ފަރާތްތަކަށް ރަޖިސްޓްރީ ނަންބަރު ފޮއްދޫ ކައުންސިލު ން އެންގުމުން ސަރވެޓް ހޯލްޑިންގްސް އިން ފޮއްދޫ ކައުންސިލަށް 25 ޖުލައި 2023 ގައި ޝަކުވާ ހުށަހެޅިއެވެ.

4އެ ޝަކުވާގައި ޖުމްލަކޮށް ފާހަގަކޮށްފައިވަނީ، ސަރވެޓް ހޯލްޑިންގްސް އިން ހުށަހެޅި ބިޑަށް މާރކްސް ދިނުމުގައި ފައިނޝަލް ކެޕަބިލިޓޭ އަށް މާރކްސް ދީފައިވަނީ ކިހިނެތްކަން މާރކްސް ޝީޓުން ތަފުސީލުކށޮ އެނގެން ނެތްކަމަށާއި އެ ބަޔަށް މާރކްސް ދިނުމުގައި އެ ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ ބިޑާއެކު ހުށަހަޅާފައިވާ މާލީ ހިސާބުތަކުގެ ތެރެއިން އެކުންފުނީގެ ބޭންކް އެކައުންޓްތަކުގެ ތެރެއިން އެއް އެކައުންޓެއްގައި އަހަރު ނިމުނުއިރު، ބާކީ ހުރި ޢަދަދު އެކަނި ހިމަނައި އެ ޢަދަދަށް އެކަނި މާކްސް ދީފައިވާއިރު، އެ ކުންފުނީގެ އެއް ބޭންކް އެކައުންޓަށްވުރެ ގިނަ ބޭންކް އެކައުންޓް ސްޓޭޓުމަންޓާއި، ފައިނޭޝަލ އޮޑިޓް ރިޕޯޓް ވެސު ހުށަހަޅާފައި ވީނަމަވެސް މާކްސް ދީފައިވަނީ އެކަންކަމަށް ނުބަލައި ހަމައެކަނި އެ ކުންފުނީގެ ބޭންކް އެކައުންޓްތަކުގެ ތެރެއިން އެއް އެކައުންޓެއްގައި އަހަރު ނިމުނުއިރު ބާކީހުރި ޢަދަދު އެކަނި ހިމަނައި އެޢަދަދަށް އެކަނި މާކްސްދީގެން ކަމަށާއި އަދި ބޑ ހުށަހެޅް އިތުރި ދެފަރާތެއް ކަމަށްވާ ސާއްބަ ޓްރެވެލް އެންޑް ޓުވަރސ ޕްރައިވެޓް ލިމިޓެޑް އާއި ސާއްބަ ކޮންސްޓްރަކުޝަނ ޕްރައިވެޓް ލިމިޓެޑުން ބީލަން ހުށަހެޅުމުގައި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދގައު ބަޔާންކުރާ ސުލުކީ މިންގަނޑާ ޚިލާފަށް "ކޮލޫސިވް" ޕްރެކްޓިސް އަކަށް ވާގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ބުނެ އެ ދެ ކުންފުނީގެ ބިޑްތައް ބިޑް އިވެލުއޭޝަން މަރުޙަލާގައި ޑިސްކޮލިފައިވާން ޖެހޭކަމަށއާ މިޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެދިފައިވެއެވެ. ބީލަމުގެ މައްސަލަ އަލުން ބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީ އަށް މައްސަލަ ހުށަހެޅުން:

5ސަރވެޓް ހޯލްޑިންގްސް ގެ ފަރާތުން ހުށަހެޅި ބިޑް އިވެލުއޭޓް ކުރުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ފޮއްދޫ ކައުންސިލުން ޢަމަލުކޮށްފައިވާ ކަމަށާއި، ސަރވެޓ ހޯލްޑިންގްސް އިން ފޮއްދޫ ފޮއްދޫ ކައުންސިލް އިދާރާގެ ނަންބަރު 296/PRIV/2023/43 (23 ޖުލައި 2023) ސިޓީ ކައުންސިލަށް ހުށަހެޅި ޝަކުވާއަށް ޖަވާބުދޭންޖެހޭ މުއްދަތުގައި ފޮއްދޫ ކައުންސިލުން ޖަވާބުދީފައި ނުވާކަމަށް ބުނެ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 17.10 ގެ (ހ) (ށ) (ރ) ގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްގެ ބީލަމުގެ މައްސަލަ އަލުން ބަލާ މުސްތަޤިއްލު ރިވިއު ކޮމިޓއަށީ ސަރވެޓް ހޯލްޑިންގްސްގެ ފަރާތުން 20 އޮގަސްޓް 2023 ގައި މައްސަލަ ހުށަހެޅިއެވެ.

6ބީލަމުގެ މައްސަލަ އަލުން ބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީން އެ މައްސަލަ ބަލައި، މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު L/PRIV/2023/1384-13 (21 ސެޕްޓެންބަރު 2023) ސިޓީން ސަރވެޓް ހޯލްޑިންގްސްއަށ ދިން ޖަވާބުގައި ބަޔާންކޮށްފައިވަނީ؛ ސާވެޓ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން ހުށަހަޅާފައިވް ގެސްޓް ހައުސް ހިންގުމަށް ނ.ފޮއްދޫ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)296/296/2023/27 އިޢުލާނާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ހުށަހެޅި ބިޑް އިވެލުއޭޓް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ސުރުޚީގައި ބަޔާންކޮށްފައިވާ އިޢުލާނާ ގުޅިގެން ތިޔަ ފަރާތުން ހުށަހަޅާފައިވާ ބީލަމާއެކު ހުށަހަޅާފައިވާ "ފައިނޭންޝިއަލް ކޭޕަބިލޓި ނުވަތަ ފައިސާ ހޯދާނެ ގޮތާއިބެހޭ" ހިމެނޭހެން އެ އިޢުލާނާއި ގުޅިގެން ބީލަންވެރިނ ހުށަހަޅާފައިވް ބިޑް ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓްކުރުމަށާއި، ގުޅިގެން ބީލަން ހުށަހެޅި ފަރާތްތަކަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.17 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް ކޮމިޓީން ނިންމާފައިވާކަން ނ.ފޮއްދޫ ކައުންސިލްގެ އިދާރާއަށް އެންގުމަށް، ބީލަމުގެ މައްސަލަ ބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީގެ 2023 ވަނަ އަހަރުގެ 45 ވަނަ ބައްދަލުވުމުން ނިންމާފައިވާކަން ތިޔަ ފަރާތުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ދަންނަވަމެވެ، ބީލަންތައް އިވެލުއޭޓްކޮށް، ބީލަންވެރިންނަށ މާކްސް ދީފައިވާ ގޮތުގެ ޝީޓަށް ބަލާއިރު، މަޢުލޫމާތު ކަރުދާހުގެ 22.3 ގެ ޓޭބަލް 2 ގައި ބަޔާންކޮށްފައިވާ ތިޔަ ކުންފުނިން ހުށަހެޅި ސީ.އެސް.އާރ ބަޔަށް މާކްސް ދީފައިވާކަން ފެންނަން އޮތްކަމުގައި ދަންނަވަމެވެ. " ބިޑު ކޮމިޓީ ބައްދަލުވުން:

7ބީލަމުގެ މައްސަލަ އަލުން ބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމާ ގުޅިގެން ބީލަންތައް އަލުން އިވެލުއޭޓް ކުރުމާ ގުޅޭގޮތުން، 09 ނޮވެންބަރު 2023 ގައި ބޭއްވުނު ފޮއްދޫ ކައުންސިލުގެ ބިޑު ކޮމިޓގީ 2023 ވަނަ އަހަރުގެ 21 ވަނަ ޖަލްސާގައި މަޝްވަރާކުރިއެވެ. އެގޮތުން އަންނަނިވި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ބިޑް ޑޮކިއުމަންޓް ގެ އިރުޝާދގު 25 ވަނަ ނަންބަރުގެ ދަށުން އެކައުންސިލަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން،ފޮއްދޫ ކައުންސިލްގެ ނަންބަރު (IUL)296/296/2023/27 (26 އެޕްރީލް 2023) އިޢުލާނު ން ހުޅުވާލި ބީލަމުގެ ޕްރޮސެސް އެއްކޮށް ބާޠިލްކުރުމަށާއި ބީލަމުގައި ބައިވެރިވުމަށް އަލުން އިޢުލާންކުރުމަށް ފޮއްދޫ ކައުންސިލުގެ ބިޑު ކޮމިޓީން ނިންމީ ނިންމިއެވެ. • ބީލަން ހުށަހަޅާފައިވާ 3 ފަރާތުގެ ތެރެއިން ދެފަރާތެއް މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ "ކުލޫސިވް" އަމަލެއް ހިންގާފައިވާ ކަމަށާއި އެފަރާތްތައް ބީލަމުނ ވަކިކުރުމަށް ބީލަމުގެ މައްސަލަ ބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީ އިން ނިންމާ އެކަން ކައުންސިލަށް އެންގުމާ ގުޅިގެން އެފަރާތްތަކުގެ ބީލަންތައް ބާޠިލުކޮށްފައިވާތީ، ބީލަމުގެ އިވެލުއޭޝަނެއ އަލުން ހަދަން ބަލާއިރު އިވެލުއޭޓް ކުރެވެން އިނީ ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ފަރާތެއް ކަމުގައިވުމާއި އިވެލުއޭޝަންގައި ކޮމްޕެއާ ކުރާނެ އެހެން ފަރާތެއް ނެތްއިރު އިވެލުއޭޝަންގައި ބައިވެރިކުރަން އިންފަރާތަކީ އެންމެ ދަށް އަގު ހުށަހަޅާފައިވާ ފަރާތަށްވުން، • ބީލަން ހުށަހަޅާ ފަރާތްތަކުގެ ފައިނޭންޝަލް ޕްރޮބަބަލިޓީ ވަޒަންކުރުމުގައި ބަލަން ހަމަޖެހިފައިވަނީ ފައިނޭންޝަލް ކެޕަބިލިޓީ ހުރިކަމުގެ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ މި ކައުންސިލަށް ވެރފައިކުރެވެންހުރި ލިޔެކިޔުންތަކަށް ކަމަށާއި، އެގޮތުން ބަލާފައިވާނީ ބޭންކް ސްޓޭޓްމަންޓައި ފައިސާހަމަޖެހޭނ ކަމަށެ މާލް އިދާރާއަކުން ދީފައިވާ ގެރެންޓީ ލިޔުންތަކަށެވެ. އެހެންނަމަވެސް ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން މިހާރު އިވެލުއޭޓްކުރަނ އިން ހަމައެކަނި ފަރާތް ކަމަށްވާ ސާވެޓް ހޯލްޑިންގ އިން ހުށަހަޅާފައިވާ ބޭނ ސްޓޭޓްމަންޓުން އެނގެން އޮންނާތީ އެކުންފުނިންލީސް އެކިއުޒިޝަނ ކޮސްޓް ގެ ގޮތުގައި ހުށަހަޅާފައިވާ ޢަދަދަށް އެކައުންޓުގައި ފައިސާ ނެތްކަމާއި، އަދި އިތުރު ފައިސާ ހޯދާނީ ލޯނުނަގައިގެންނާއި އެކުންފުނީގެ ވިޔަފާރިތަކުނކަމުގައް ބުނެފައިވީ ނަމަވެސް އެކަން ވެރިފައިކުރެވޭނެ ޑޮކިއުމަންޓެއް ހުށަހެޅިފައި ނުވާކަމަށް. • ބަޔާންކުރެވުނު ކަންކަން އެހެންހުރުމުން ކައުންސިލަށް އެންމެ ފައިދާހުރި ގޮތަކަށްވާނީ ބީލަމުގެ ޕްރޮސެސް ބާޠިލުކޮށް އަލުން ބީލަމަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުން ކަމަށް، • ބިޑް ޑޮކިއުމަންޓްގެ އިރުޝާދުގެ 25 ވަނަ ނަންބަރުގެ ދަށުން ބިޑް ޕްރޮސެސް ބާޠިލުކުރުމުގެ ޙައްޤު ލެޓަރ އޮފް އެވަރޑް ދޫކުރުމުގެ ކުރިން ކައުންސިލަށްލިބިދީފައިވަ ކަމަށާއި، • ބީލަން ހުށަހަޅަފައިވާ ފަރާތްތަކުން ބިލަމުގެ ބައިވެރިވެފައިވަނީ ބިޑު ޑޮކިއުމަންޓް ގައިވާ އެންމެހާ އިރުޝާދުތަކަށް ރުހި ޤަބޫލުވެގެން ކަމަށްވީހިނދު އެއިރުޝާދުތަކުނ ކައުންސިލަށް ލިބިދީފައިވާ ޙައްޤާއި އިޙްތިޔާރު ބޭނުންކުރުމަކީ ޤާނޫނީ ހުރަހެއް އެކަމުގައި އޮތްކަމަކަށް ނުވާނެ ކަމަށާއި، މިޙާލަތުގައި ބީލަމުގެ މުޅިޕްރޮސެސ ބާޠިލުކޮށް އަލުން ބިޑަށް ހުޅުވާލުމަކީ ކައުންސިލަށާއި ރައްޔިތުންނަށް އެންމެ މަންފާހުރ ގޮތްކަމުގައި ދެކި އެންމި ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފަރާތަކަށް ބީލަން އެވަރޑް ކުރުމަށްޓަކައި ބީލަމުގެބައިވެރިވާން އެދޭވީހާ ގިނަ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމަކީ އެންމެ ރަނގަޅު ގޮތްކަމަށް.

8ބީލަމުގެ ޕްރޮސެސް އެއްކޮށް ބާޠިލުކޮށް އަލުން ބީލަމަށް ހުޅުވާލަން ނިންމާފައިވާ ކަން ފޮއްދޫ ކައުންސިލުން ސަރވެޓް ހޯލްޑިންގްސްއަށް އެންގީ 14 ނޮވެންބަރު 2023 ގައިއެވެ. ފޮއްދޫ ކައުންސިލުގެ ނަންބަރު 296/PRIV/2023/55 ސިޓީން އެންގި އެންގުމުގައި ބަޔާންކޮށްފައިވަނީ؛ " ވެދުން ސަލާމަށްފަހު ދަންނަވަމެވެ. ނ. ފޮއްދޫގައި ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ނ. ފޮއްދޫ ލޯކަލް ޓޫއަރިޒަމް ޒޯނުން 2 ބިން ކުއްޔަށް ދޫކުރުމަށް، "ގެސްޓް ހައުސް" ވިޔަފާރި ހިންގުމަށް، މިއިދާރާއިން ކުރި (IUL)296/296/2023/27 އިޢުލާނާއި ގުޅޭ ގޮތުން ދަންނަވަމެވެ. ބީލަން ހުށަހަޅާފައިވާ 3 ފަރާތުގެ ތެރެއިން ދެފަރާތެއް މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ "ކޮލޫސިވް" އަމަލެއް ހިންގާފައިވާކަމަށާއި، އެފަރާތްތައް ބީލަމުނ ވަކިކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސްގ އެ ބީލަމުގެ މައްސަލަބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީ އިން ނިންމާ އެކަން ކައުންސިލަށް އެންގުމާ ގުޅިގެން އެފަރތްތަކުގާ ބީލަންތައް ބާޠިލުވެފައިވުމުން ބީލަމުގެ އިވެލުއޭޝަނެއ އަލުން ހަދަންބަލާއިރު، އިވެލުއޭޓް ކުރެވެންއިނީ ބީލަން ހުށަހެޅިފަރާތްތަކުގެ ތެރެއިން އެންމެފަރާތެއް ކަމުގައިވާތީ އިވެލުއޭޝަންގައި އަޅާކިޔާނެ އެހެންފަރާތެއް ނެތުމަކީ، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފަރާތަކަށ ބިޑް އެވަރޑް ކުރުމުގެ މަޤްޞަދު ގެއްލިގެންދާކަމެކެވެ. އަދި ދަންނަވަމެވެ.ބީލަން ހުށަހަޅާފަރާތްތަކުގެ ފައިނޭންޝަލް ޕްރޮބަބލިޓަ ވަޒަންކުރުމުގައި ބަލަން ހަމަޖެހިފައިވަނީ ފައިނޭންޝަލް ކެޕަބިލިޓީ ހުރިކަމުގެ ހެކީގެގޮތުގައި ހުށަހަޅާފައިވާ ކައުންސލަށި ވެރިފައިކުރެވެންހުރި ލިޔެކިޔުންތަކަށްކަމާއި އޭގޮތުން ބަލާފައިވާނީ ބޭންކް ސްޓޭޓްމަންޓާއި ފައިސާހަމަޖެހިފައިވާކަމަށ ނުވަތް ފައިސާ ހަމަޖެހޭނެކަމަށް މާލީއިދާރައަކުން ދީފައިވާ ގެރެންޓީ ލިޔުންތަކަށެވެ. އެހެންނަމަވެސް، ތިޔަކުންފުނިން ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓުން އެނގެންއޮތީ "ލީސް އެކުއިޒިޝަން ކޮސްޓް" ގެ ގޮތުގައި ހުށަހަޅާފައިވާ ޢަދަދަށް އެކައުންޓުގައި ފައިސާނެތްކަމާއި، އަދި އިތުރު ފައިސާ ހޯދާނީ ލޯނުނަގައިގެންނާއި ކުންފުނީގެ ވިޔަފާރިތަކުންކަމުގައި ބުނެފައިވިޔަސް އެކަންވެރިފައިކުރެވޭނެ ޑޮކިޔުމެންޓެއް ހުށަހަޅާފައި ނެތްކަންވެސް ބިޑްކޮމެޓީން ފާހަގަކޮށްފައިވެއެވެ . ބިޑް ޑޮކިޔުމެންޓް (ބީލަމުގެ ދަޢުވަތު) ގެ އިރުޝާދުތަކުގެ 25 ވަނަ ނަންބަރުގެ ދަށުން ބިޑް ޕްރޮސެސް ބާޠިލުކުރުމުގެ ޙައްޤު ލެޓަރ އޮފް އެވޯޑް ދޫކުރުމުގެ ކުރިން، މިކައުންސިލަށް ލިބިދީފައިވާކަމާއި، އެގޮތުން ޑޮކިޔުމެންޓުގެ އިރުޝާދުތަކުގެ .125 ގައި "ލެޓަރ އޮފް އެވޯރޑް ދޫކުރުމުގެ ކުރިން، ކޮންމެ ހިނދެއްގައިވެސް، ބީލަމުގެ މުޅިޕްރޮސެސްއެކީގައ ނުވަތި ބިންތަކަށް ބީލަންހުށަހެޅުނ ބާޠިލްކޮށް ބިންތަކަށް ލިބިފައިވާ އެންމެހާ ބީލަންތަކެއް ބަލައިނުގަތުމަކީ އޭގެސަބަބުން އަސަރުކޮށްފައިވާ ބީލަންހުށަހަޅާ ފަރާތްތަކަށް އަދާކުރަންޖެހޭ އެއްވެސް ދަރަންޏެއް ނުވާގޮތަށް ނުވަތަ އަސަރުކޮށްފައިވާ ބީލަންހުށަހަޅާ ފަރާތްތަކަށް ކައުންސިލުގެ ނިންމުން އޭގެމައްޗަށް ބިނާވެފައިވާ ސަބަބުތައް ބުނެދިނުމުގެ އެއްވެސް އިލްތިޒާމެއް ނޯންނާނެހެން ކައުންސިލްއަށް ލިބިގެންވާ ޙައްޤެއް" ކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން މިމާއްދާގެ ދަށުން ކައުންސިލުން އަމަލުކުރާ ގޮތަކާގުޅިގެނ ނުވަތް ނިންމަ ނިންމުމަކާގުޅިގެނ ނުވަތް ބީލަމުގެ ލިޔެކިޔުންތަކާ އެއްގޮތަށް ބީލަމެއް ބަލައިނުގަތުމަށް ނިންމުމާ ގުޅިގެން އެއްވެސް ބަދަލެއް ހޯދުމަކަށް ނުވަތަ ވަކިކަމެއް ކޮށްދިނުމަކަށް ނޭދެވޭނެ ކަމަށާއި އަދި، އެކަމާގުޅިގެން އެއްވެސް ފިޔަވަޅެއް ނުވަތަ ޤާނޫނީގޮތުން އެއްވެސް ދަޢުވާއެއް ކައުންސިލާ ދެކޮޅށަ ނުކުރެވޭނެކަމުގައި ބިޑް ޑޮކިއުމެންޓްގެ އިރުޝާދުތަކުގެ 25.2 ގައި ބަޔާންކޮށްފައި އޮވެއެވެ. އެހެންކަމުން ބީލަން ހުށަހަޅާފައިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވެފައިވަނީ ބިޑް ޑޮކިއުމެންޓް (ބީލަމުގެ ދަޢުވަތު ) ގައިވާ އެންމެހާ އިރުޝާދުތަކަށ ފުރިހަމައަށް ޤަބޫލުވެގެން ކަމަށްވީހިނދު، އެއިރުޝާދުތަކުނ ކައުންސިލަށް ލިބިދީފައިވާ ޙައްޤާއި އިޚްތިޔާރު ބޭނުންކުރުމަކީ ޤާނޫނީ ހުރަހެއް އެކަމުގައި އޮތްކަމަކަށް ނުވާނެކަމާއި، މިޙާލަތުގައި ބީލަމުގެ މުޅިޕްރޮސެސ ބާޠިލުކޮށް އަލުން ބިޑަށް ހުޅުވާލުމަކީ ކައުންސިލަށާއި ރައްޔިތުންނަށް އެންމެ މަންފާހުރިގޮތްކަމުގައި ދެކި އެންމެރަނގަޅު ހުށަހެޅުމެއް ހުށަހަޅާފަރާތަކަށ ބީލަން އެވޯޑް ކުރުމަށްޓަކައި ބީލަމުގައި ބައިވެރިވާންއެދޭ ވީހާގިނަ ފަރާތްތަކަކަށް ފުރުސަތުހުޅުވާލައިގެން ވާދަވެރިކޮށ ބީލަން ކުރިޔަށް ގެންދިޔުމަކީ އެންމެރަނގަޅު ގޮތްކަމުގައި މަޝްވަރާކުރެވި ބިޑް ކޮމެޓީން ނިންމާފައިވެއެވެ . ވީމާ، ބިޑް ޑޮކިޔުމެންޓްގެ އިރްޝާދުތަކުގެ 25 ވަނަ ނަންބަރުގެ ދަށުން ބިޑް ޕްރޮސެސް ބާޠިލުކުރުމުގެ ޙައްޤު ލެޓަރ އޮފް އެވޯޑް ދޫކުރުމުގެ ކުރިން މިކައުންސިލަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން މިކައުންސިލުގެ ނަންބަރު (IUL)296/296/2023/27 އިޢުލާނުން ހުޅުވާލި ބީލަމުގެ ޕްރޮސެސް އެއްކޮށް ބާޠިލުކޮށް އަލުން ބީލަމަށް ހުޅުވާލަން މިކައުންސިލުނ ނިންމާފައިވާކަން ތިޔަ ކުންފުނީގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ". ފޮއްދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުން:

9ފޮއްދޫ ކައުންސިލްގެ ނަންބަރު (IUL)296/296/2023/27 (26 އެޕްރީލް 2023) އިޢުލާނުން ހުޅުވާލު ބީލަމުގެ ޕްރޮސެސް އެއްކޮށް ބާޠިލުކުރުމާ ގުޅިގެން އެ މައްސަލަ ސަރވެޓް ހޯލްޑިންގްސްގެ ފަރާތުން މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D14C-CIV-13 ޤަޟިއްޔާއަކީ އެގޮތުން ސަރވެޓް ހޯލްޑިންގްސް އިން ހުށަހެޅި މައްސަލައެވެ. އެ ދަޢުވާގައި ސަރވެޓް ހޯލްޑިންގްސް އިން އެދިފައިވަނީ އަންނަނިވި ކަންކަމަށެވެ.

1.9 ފޮއްދޫ ކައުންސިލްގެ އިދާރގާ ނަންބަރު (IUL)296/296/2023/27 (26 އެޕްރީލް 2023) ބާޠިލުކޮށްފައިވަނީ ބީލަމުގެ މައްސަލަ އަލުންބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީން އެންގި އެންގުމާ އެއްގޮތަށް ޢަމަލުކުރުމެއް ނެތި ކަމުގައިވާތީ އެ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައި ކަނޑައެޅުން،

2.9 ފޮއްދޫ ކައުންސިލްގެ އިދާރގާ ނަންބަރު (IUL)296/296/2023/27 (26 އެޕްރީލް 2023) އިޢުލާނުން ހުށަހަޅާފައިވާ ބިޑްތައް އިވެލިއޭޓްކުރުމ ގުޅިގެނާ ބީލަމުގެ މައްސަލަ އަލުންބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީން ނިންމާފައިވާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމާއި އެ ނިންމުމަށް ފޮއްދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 11.08 ގެ ދަށުން ޢަމަލުކުރަންޖެހޭނެ ކަމަށް ކަނޑައަޅައިދިނުން،

3.9 ބީލަމުގެ މައްސަލަ އަލުންބަލާ މުސްތަޤިއްލު ރިވިއު ކޮމެޓީން އަންގާފައިވާ ގޮތަށް ބިލަން އލުނަ އިވެލުއޭޓްކޮށް ބީލަން އެވޯރޑްކުރުމަށް ދަޢުވާލިބޭ ފަރާތުގެ މައްޗަށް އަންގާ އަމުރުކުރުން. ފޮއްދޫ ކައުންސިލުން އިއުތިރާޒު ހުށަހެޅުން.

10މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ފޮއްދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންނުވާ ކަމަށްބުނެ ފޮއްދޫ ކައުންސިލްގެ ފަރާތުން 'ކޯޓުގެ އިޚްތިޞާޞްއާމެދު އިއުތިރާޒުކުރާ ފޯމު' ން އޖުރާއި އިއުތިރާޒއެ ހުށަހެޅިއެވެ.

11އ ޚްތިޞޞާއ މެދާ ސުވާލު އުފައްދާ ސަބަބު ކަމަށް އެ އިއުތިރާޒުގައި މައިގަނޑު ފާހަގަކޮށްފައިވަނީ،

1.11 މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ން ނިނމްނިންމުމާ ގުޅިގެން އެނިންމުމުގައި ބަޔާންކޮށްފައިވާ ދެ ފަރާތް ނުހިމަނައި އިވެލުއޭޓް ކުރުމަށް ޝަރުޠު ހަމަވާ އޮތީ 1 (އެކެއް) ބިޑު ކަމަށް ވާތީ އެބިޑު ކައުންސިލް އިދާރާގެ ބިޑް ކޮމިޓީން އިވެލުއޭޓް ކުރެވިފައިވާ ކަމަށާއި،

2.11 ސާރވެޓް ހޯލްޑިންގްސްއިން ހުށަހަޅާފައިވާ ބިޑާއެކު ހުށަހެޅި ފައިސާ ހޯދާނެ ގޮތް ބެލިއިރު، އެފަރާތުގެ ބޭންކް އެކައުންޓްގައި ލީސް އިކިއުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހެޅި ޢަދަދަށް އެކައުންޓުގައި ފައިސާ ނެތްކަމާއި އަދި އިތުރު ފައިސާ ހޯދާނީ ލޯނު ނަގައިގެންނާއި އެކުންފުނީގެ ވިޔަފާރިތަކުން ކަމުގައި ބުނެފައިވިޔަސ އެކަން ވެރިފައިކުރެވޭނެ ޑޮކިއުމަންޓެއް ނެތުމުންނާއި، އެކުންފުނިން ހުށަހެޅި އަގަކީ މި އިޢުލާނާ ގުޅިގެން ހުށަހެޅި އެންމެ ދަށް އަގުކަމަށްވާތީ ބިޑް ކޮމިޓީން ނިންމީ، ބީލަމުގެ އިރުޝާދުގެ 25 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބިޑް ބާޠިލްކުރުމަށް ކަމަށާއި،

3.11 ބީލަން ބާޠިލްކޮށް އަލުން އިޢުލާންކުރުމަ ށ ބިޑް ކޮމިޓީން ނިންމިނިންމުން 14 ނޮވެންބަރު 2023 ގައި ސަރވެޓް ހޯލްޑިންގްސއަށް އަންގާފައިވާނެކަމަށާއް، އެނިންމުމާ ހިތްހަމަނުޖެހޭނަމަ އޮތް މަގަކީ ރިވިއުއަށ ހުށަހެޅުން ކަމަށާއި އެ ނިންމުން މުރާޖައާ ކުރުމަށް ނުވަތަ އެކަމުގެ ޝަކުވާ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތަށް ސަރވެޓް ހޯލްޑިންގްސްގެ ފަރާތުން ފޮއްދޫ ކައުންސިލގު މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ފޯމު 03 "ކޯޓުގެ އިޚްތިޞާޞްއާމެދު އިއުތިރާޒުކުރާ ފޯމު" ނ ހުށަހެޅް ހުށަހެޅުން. އބމ ގެ 3 ވަނަ ނަންބަރު އބމ ގެ 3 ވަނަ ނަންބަރު ޕްރޮކިއުމަންޓް އޮފިސަރަށް ހުށަހަޅާފައި ނުވާކަމަށާއި، މިޙާލަތުގައި ޢަމަލުކުރަންޖެހޭ ގޮތް އޮތީ މާލިއްޔަތު ގަވާއިދުގައި ކަމަށާއި އޭގެ ބޭރުން އެ މައްސަލަ ޝަރުޢީ ކޯޓަށް ހުށަހަޅައި އެ ނިންމުން ބާޠިލުކުރުމުގެ އިޚްތިޔާރު ސަރވެޓް ހޯލްޑިންގްސްއަށ ލިބިގެން ނުވާކަމަށާއި،

4.11 މުސްތަޤިއްލު ރިވިއު ކޮމިޓީން ނިންމާފައިވާ ގޮތުގެ މަތިން ބިޑް އިވެލުއޭޓްކޮށްފައިވާ ކަމަށާއި، އިވެލިއޭޓްކުރިއިރު މި ބިޑަށް ހަމައެކަނި ބަލައިގެން އެވޯޑް ކުރެވިދާނެކަމަށް ނުފެންނާތީ އެ އިއުލާން ބާޠިލްކޮށް އަލުން އިޢުލާންކޮށްފައިވާ ކަމަށާއި، އެހެންކަމުން ރިވިއުކޮމިޓީން ނިންމި ގޮތަށް ޢަމަލުކޮށްފައިވާކަން އެނގެން އޮންނަ ކަމަށާއި،

5.11 އެހެންކަމުން ދައުލަތުގެ މާލިއްޔަތު ޤަވާއިދަށް ރިޢާޔަތްކޮށް މި މައްސަލައަކީ މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓަށްބލުމުގެ އިޚެ ތިޞާޞް މިހިނދުގައި އޮތް މައްސަލައެއް ނޫންކަމުގައެވެ. މިލަދުންމަޑުލުދެކުނބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުނު ނިންމިގޮތް:

12ބުނެވިދޔަ އިޢުތިރާޒި ގުޅިގެން މިމައްސަލައިގައި މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓު 2023-D14C-CIV-13 ޤަޟިއްޔާއާ ގުޅިގެން " އިޚް ތިޞާޞްއާމެދ ނިންމު ގޮތް" ގައް ނިންމީ އަންނަނިވި ފަދައިންނެވެ. " ދެންފަހެ، ބީލަމުގެ މައްސަލަ އަލުންބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީން އެންގި އެންގުމާއި އެއްގޮތަށް ބިޑް ކޮމިޓީން ޢަމަލުކޮށްފައިވާކަން ކޯޓުގެ އިޚތިޞާޞްއާމެދ ސުވާލު އުފައްދައި ނ. ފޮއްދޫ ކައުންސިލްގެ އިދާރާއިން ހުށަހެޅި ހުށަހެޅުމާއެކު ހުށަހެޅި ބިޑް ކޮމިޓީގެ ޔައުމިއްޔާއިނ އެނގެން އޮންނާތީ، ބީލަމުގެ މައްސަލަ އަލުންބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީން އެންގި އެންގުމާ އެއްގޮތަށް ބިޑްކޮމިޓީނ ޢަމަލުކޮށްފައިވާކަން ލިޔެކިޔުންތަކުން ފެންނަން އޮތްވައި ފިނޭންސް މިނިސްޓްރީގެ ސިޓީއާ އެއްގޮތަށް ޢަމަލުކުރަން އަލުން އަންގަންޖެހޭ ނ ސަބަބެއް މިނުކުތާގައި ޙަވާލާދީފައިވަނީ މާލިއްޔަތުގެ ގަވާއިދުގެ 11.01 އަދި 11.02 ވަނަ މާއްދާއަށް. ފޮއްދޫ ކައުންސިލުން ހުށަހެޅި " ކޯޓުގެ އިޚްތިޞާޞްއާމެދު އިއުތިރާޒުކުރާ ފޯމު" ގެ 4 އަދި 5ވަނަ ނަންބަރު ފޮއްދޫ ކައުންސިލުން ހުށަހެޅި " ކޯޓުގެ އިޚްތިޞާޞްއާމެދު އިއުތިރާޒުކުރާ ފޯމު" ގެ 8 ވަނަ ނަންބަރު އޮތްކަމަށް ނުފެންނަތީ، ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 110 ވަނަ މާއްދާގެ

(ހ) އަށް ރިޢާޔަތް މިމައްސަލަ މިކޯޓަށް ބެލުމުގެ އިޚްތިޞާސް މިޙާލަތުގައި ލިބިގެނނުވާކަމަށް ކަނޑައަޅައި"

13އިޚްތިޞާޞްއާމެދު ނިންމާފައިވާ ނިންމުމުގައި ސަރވެޓް ހޯލްޑިންގ ސްގ ދަޢުވެ ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ ކަމަށް ކަނޑައަޅާފައިވާތީ އެ މައްސަލަ އެގޮތުގެ މަތިން ނިންމިކަމަށް މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓު 2023-D14C-CIV-13 ޤަޟިއްޔާގައި ކަނޑައެޅިއެވެ.

14މިއީ، މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓު 2023-D14C-CIV-13 ޤަޟިއްޔާ ނިންމިގޮތް އިސްތިއުނާފު ކުރުމަށް އެދި ސަރވެޓް ހޯލްޑިންގްސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފެވެ. އިސްތިއުނާފީ ނުކުތާތައް:

15މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D14C-CIV-13 ޤަޟިއްޔާ ނިންމި ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށްބުނެ، ސަރވެޓް ހޯލްޑިންގްސްގެ ފަރާތުން އަންނަނިވި ދެ ނުކުތާ ހުށަހަޅާފައިވެއެވެ.

1.15. ފުރަތަމަ ނުކުތާއަކީ، ނ.ފޮއްދޫ ކައުންސިލް އިދާރާގެ ފަރާތުން ކޯޓުގެ އިޚްތިޞާޞާމެދު އުފެއްދި ސުވާލު ގެ ބޭރުން އިޚްތިޞާޞް ނެތްކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު ޤަޟިއްޔާގައި ކޯޓުން ފައިޞަލާކުރަންވާނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ފައިޞަލާކުރުމަށް އެދިފައިވާ ކަންތައްތަކުގެ މައްޗަށް ކަމުގައި ބަޔާންކޮށްފައިވާއުޞޫލާއި ޚިލާފަށްކަން. މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D14C-CIV-13 ޤަޟިއްޔާގެ "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓު"

2.15. ދެވަނަ ނުކުތާއަކީ، ނ.ފޮއްދޫ ކައުންސިލްގެ އިދާރާއިން އިޚްތިޞާޞާމެދު އުފެއްދި ސުވާލަކީ އަދި ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވާ ނުކުތާއަކީ މައްސަލައިގެ މައުޟޫޢުގައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ކަމުގައިވާތީ އެ ނުކުތާއާމެދު މައްސަލައިގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުމުގައި ގޮތެއް ކަނޑައަޅާފައިވަނީ ދަޢުވާކުރާ ފަރާތުގެ ދަޢުވާއާއި އެދޭގޮތަށް ފުރިހަމައަށް ރިޢާޔަތްނުކޮށް އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގު 110 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަން. އިސްތިއުނާފު ކުރާފަރާތުގެ ވާހަކަތައް:

16އިސްތިއުނާފީ ފުރަތަމަ ނުކތާއު ގުޅޭގޮތުން އިސްތިއުނާފުކުރާފަރާތުން ދެއްކި ވާހަކަތަކުގައި ޖުމްލަކޮށް ބުނެފައިވަނީ މިމައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވަނީ ނ.ފޮއްދޫ ކައުންސިލްގެ އިދާރާގެ ފަރާތުން އިޚްތިޞާސްއާމެދު ސުވާލު އުފެއްދި ނުކުތާއަށް ނޫން ކަމަށާއި އެނުކުތާގެ ބޭރުން ކަމަށާއި އެހެންކަމުން އެއީ މަދަނީ މައްސަލަތަކުގައި ފައިޞަލާކުރުމުގެ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.

17އިސްތިއުނާފީ ދެވަނަ ނުކުތާގައި ބުނެފައިވަނީ ފޮއްދޫ ކައުންސިލްގެ އިދާރާއިން އިޚްތިޞާޞާމެދު އުފެއްދި ސުވާލަކީ އަދި ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވާ ނުކުތާއަކީ މައްސަލައިގެ މައުޟޫޢުގައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ކަމަށާއި އެނުކުތާއާ މެދު މައްސަލައިގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުމުގައި ގޮތެއް ކަނޑައަޅާފައިވަނީ ދަޢުވާއާއި ދަޢުވާގެ އެދޭގޮތަށް ރިޢާޔަތްކުރުމަކާ ނުލައިކަމަށާއި އެހެންކަމުން އެނިންމުންމަކ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއް ކަމަށެވެ.

18އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D14C-CIV-13 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށާއި، މި މައްސަލައިގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތައް ފުރިހަމަކޮށް މި މައްސަލައިގެ މައުޟޫޢާމެދުގޮތެއ ނިންމުމަށް މި މައްސަލަ މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓަށް ތަޙްވީލުކށްދިނުމަށެވޮ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:

19އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އިސްތިއނާފުކުރު ފަރާތުން ހުށަހެޅި ދަޢު ވާގައި އެދިފައިވަނީ ބިޑު ބާޠިލްކުރުމަށް ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ބީލަމުގެ މައްސަލަ އަލުން ބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުން ތަންފީޒުކުރުމަށާއި މުސްތަޤިއްލު ރިވިއު ކޮމިޓީގެ އެންގުމާ އެއްގޮތަށް ބިޑު އަލުން އިވެލުއޭޓް ކޮށް ބިޑް އެވޯޑް ކުރުމަށް ކައުންސިލުގެ މައްޗަށް އަމުރު ކޮށްދިނުމަށް ކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން އިޚްތިޞާޞްއާ މެދު ސުވާލު އުފެއްދީ ބީލަމުގެ މައްސަލަ އަލުން ބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީން އެންގީ އެންގުމާ އެއްގޮތަށް ބިޑް އިވެލުއޭޓް ކޮށްފައިވާ ކަމަށް ބުނެ ކަމަށާއި މުސްތަޤިއްލު ރިވިއު ކޮމިޓީގެ އެންގުމާ އެއްގޮތަށް ފޮއްދޫ ކައުންސިލުން ބިޑް އިވެލުވޭޓ ކުރިކަން އެނގެން އޮތުމުން މި ޙާލަތުގައި މިމައްސަލަ އިތުރަށް ކުރިއަށް ގެންދަންޖެހޭނެ ޙލަތެއ ނެތްކަމަށް ކަނޑައަޅައާ މި މައްސަލި ބެލުމުގެ އިޚްތިޞާސް މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅާފައިވަނީ މަދަނީ އިޖުރާއަތު ޤާނޫނުގެ 110 މާއްދާގެ (ހ) އާ އެއްގޮތަށް ކަމަށް ދެކޭކަމަށެވެ.

20އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތގައު ބުނެފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D14C-CIV-13 ޤަޟިއްޔާއާ ގުޅިގެން އެމައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމަށްވާތީ، އެ ޤަޟިއްޔާގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުން އެދޭކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:

21އިސްތިއުނާފު ކުރެވިފައިމިވާ މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D14C-CIV-13 ޤަޟިއްޔާ ނިންމި ގޮތަށް ބަލާއިރު، އ ނިންމުމުގައި ބަޔާންކުރަނީ ؛ "ދެންފަހެ، ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމާފައިވާ ނިންމުމުގައި ސަރވެޓ ހޯލްޑިންގްސް ފަރާތުން ނ. ފޮއްދޫ ކައުންސިލްގެ އިދާރާގެ މައްޗަށް ދަޢުވާކުރި މި މައްސަލަ މިކޯޓަށް ބެލުމުގެ އިޚްތޞާސި މިޙާލަތުގައި ލިބިގެންނުވާކަމަށް ކަނޑައަޅާފައިވާތީ، އެގޮތުގެ މަތިން މިމައްސަލަ ނިންމީމެވެ. "

22އެހެންކަމުން މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D14C-CIV-13 ޤަޟިއްޔާގައި ނިންމި ނިންމުމަކީ، އެ ޤަޟިއްޔާގައި އިޚްތިޞާޞްއާ ގުޅޭގޮތުން ނިންމި ނިންމުމުގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމާއި، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް އެ ކޯޓުން ނިންމާފައިވަނީ، ބީލަމުގެ މައްސަލަ އަލުންބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީން އެންގި އެންގުމާއި އެއްގޮތަށް ބިޑް ކޮމިޓީން ޢަމަލުކޮށްފައިވާކަން ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފައްދައި ފޮއްދޫ ކައުންސިލްގެ އިދާރާއިން ހުށަހެޅި ހުށަހެޅުމާއެކު ހުށަހެޅި ބިޑް ކޮމިޓގީ ޔައުމިއްޔާއިނ އެނގެން އޮންނާތީ، ބީލަމުގެ މައްސަލަ އަލުންބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީން އެންގި އެންގުމާ އެއްގޮތަށް ބިޑްކޮމިޓީނ ޢަމަލުކޮށްފައިވާކަން ލިޔެކިޔުންތަކުން ފެންނަން އޮތްވައި ފިނޭންސް މިނިސްޓްރީގެ ސިޓީއާ އެއްގޮތަށް ޢަމަލުކުރަން އަލުން އަންގަންޖެހޭ ނ ސަބަބެއް އޮތްކަމަށް ނުފެންނާތީ، ޤާނޫނު ނަންބަރު 2021/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 110 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށްކަން އިޚްތިޞާޞްއާ ގުޅޭގޮތުން ނިންމިނިންމުމން އެނގެއެވެ.

23ސަރވެޓް ހޯލްޑިންގްސްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފަކީ، މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D14C-CIV-13 ޤަޟިއްޔާ ނިންމިގޮތް އިސްތިއުނާފުކުރުމަށް މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D14C-CIV-13 ޤަޟިއްޔާގެ "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓު" ހުށަހަޅާފައިވާ އިސްތިއުނާފެއް ކަމަށްވާއިރު، ސަރވެޓ ހޯލްޑިންގްސް އިން ހުށަހަޅާފައި މިވާ އިސްތިއުނާފީ ދެ ނުކުތާއަށް ބަލާއިރު، އެފަރާތުގެ މި އިސްތިއުނާފު ބިނާކޮށްފައިވަނީ މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓު ކޯޓުން އިޚްތިޞާޞްއާ ގުޅޭގޮތުން ނިންމި ނިންމުމުގެ މައްޗަށްކަން އެނގެއެވެ.

24މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D14C-CIV-13 ޤަޟިއްޔާ ނިންމުމުގައި ޝަރީޢަތުން ފާހަގަކުރި ކަންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާއިރު އެނުކުތާގައި ޝަރީޢަތުން ފާހަގަކޮށްފައިވަނީ، ދަޢުވާގެ ޞީޣާގައި އެދިފައިވަނީ ފިނޭންސް މިނިސްޓްރީގެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތަށް ސަރވެޓް ހޯލްޑިންގްސްގެ ބިޑް އިވެލުއޭޓްކުރުމަށާއި، މިނިސްޓްރީގެ ނިންމުން ތަންފީޛުކުރުމަށް ކައުންސިލްގެ މައްޗަށް އެންގުމަށް ކަމަށްވެފައި، ފިނޭންސް މިނިސްޓްރީގެ ސިޓީއާ ގުޅިގެން ބިޑް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، ސަރވެޓް ހޯލްޑިންގްސްގެ ބިޑް އިވެލުއޭޓްކޮށްފައިވާކަން ފޮއްދޫ ކައުންސިލުން ހުށަހެޅި ލިޔންތަކުނު އެނގެން އޮންނާތީ، ފިނޭންސް މިނިސްޓްރީގެ އެންގުމާއި އެއްގޮތަށް ބިޑް ކޮމިޓީން ޢަމަލުކޮށްފައިވަނިކޮށް، އަލުން އެގޮތަށް ޢަމަލުކުރަން އެންގިދާނ ކަމަށެ ނުފެންނާތީ މިހާލަތުގައި މިމައްސަލަ އެކޯޓުގައި ނުބެލނެކަމަށޭ ނިންމާކަމަށެވެ.

25އެގޮތުން، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ބުނެފައިވަނީ "ދަށު ކޯޓުން މި މައްސަލައިގައި ގޮތް ނިންމާފައިވަނީ، އިޙްތިޞާޞމެދ ސުވާލު އުފައްދައި އިސްތިއުނާފު ރައްދުވާ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހުށަހެޅުމަށް ނޫންކަމަށާއި، އެގޮތުން އިޙްތިޞާޞާމެދު ސުވާލު އުފައްދައި، އެބޭފުޅުން ފާހަގަކުރައްވަނީ، މިހާރު މި ބިޑަކީ ބާޠލި ކޮށްފައިއޮތް ބިޑެކޭ އެހެންވީމަ، ޕްރޮކިއުމެންޓް އޮފިސަރަށޭ މި މައްސަލަ ހުށަހަޅަންޖެހޭނީ. އެހެންނަމަވެސް މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމެވުމުގަ ނިންމަވާފަ މިއޮންނަނީ މިހާރު ޕްރޮކިއުމެންޓްގެ މައްސަލަތައް ބަލާ މުސްތަޤއްލި ކޮމިޓީން ނިންމަވާފަވ ގޮތަށާ މިކަން އޮތް ކޮށްފައޭ، އެހެންވީމަ އަލުން ދެން މި މައްސަލައިގަ އިތުރު އެންގުމެއް އަންގާނެ ތަނެއް ނެތޭ. އެހެންވީމަ މި މައްސަލަ ބަލައި ކުރިއަށް ގެންދެވޭނެ ތަނެއް ނެތޭ." މިފަދައިންނެވެ.

26ބަޔާންވެދިޔަ ނުކުތާ އަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން، ދަށު ކޯޓަށް ހުށަހަޅާފައިވާ "ކޯޓުގެ އިޙްތިޞާޞާމެދު އިއުތިރާޒްކުރާ ފޯމު" ގެ 7 (ހަތެއް) ވަނަ ނަންބަރުގެ ނިޔަލަށް އިސްވެ ދިޔަ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވާ ކަންކަން ފާހަގަކުރުމާއެކު، 8 (އަށެއް) ވަނަ ނުކުތާގައި، ބިޑް އިވެލުއޭޓް ކުރިކަމާއި، އަދި ރިވިއު ކޮމިޓީގެ ނިންމުމަށް ޢަ މަލުކޮށްފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. މިކަން ދަށު ކޯޓުގެ "އިޙްތިޞާޞާމެދު ނިންމި ގޮތް" ގެ 3 (ތިނެއް) ވަނަ ނުކުތާގައިވެސް ދަށު ކޯޓުގެ ފަނޑިޔާރު ތަފްސީލުކޮށްދީފައިވެއެވެ.

27HN1ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، އެއީ ހަސްމުންގެ ފަރާތުން ހުށަހެޅި ބަހުސް ކުރެވުނު ކަމެއްކަން އެނގެން އޮތުމުން، އެ ނުކުތާ އާމެދު ގޮތް ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު ޤަޟިއްޔާއާ ޚިލާފަށް، އިޚްތިޞާޞާމެދު އުފެއްދި ސުވާލުގެ ބޭރުން އިޚްތިޞާޞް ނެތްކަމަށް ކަނޑައަޅާފައިވާކަމަށް ބެލެވިދާނެ ކަމެއްކަމުގައި ނުދެކެމެވެ.

28މި އިސްތިއުނާފުގައި އިސްތިއުނާފުކުރާ ފަރާތުން ދެން ފާހަގަކޮށްފައިވަނީ، އިޚްތިޞާޞްއާމެދު ސުވާލު އުފެއްދި ކަމަކީ މައްސަލައިގެ މައުޟޫޢުގައި ގޮތެއް ކަނޑައަޅަންޖެހޭ ކަމެއް ކަމަށާއި، އެ ނުކުތާއާމެދު ގޮތެއް ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށެވެ.

29HN2ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 110 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ" ދަޢުވާލިބޭ ފަރާތުން ދަޢުވާއާ ޙަވާލުވުމަށްފަހު، އެ ދަޢުވާ ބަލައި، އެ ދަޢުވާއާމެދު ގޮތެއް ނިންމުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވާކަމަށް ފެނިއްޖެނަމަ، ނުވަތަ ޢާންމު އުސޫލުން އެފަދަ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިދީފައިވީނަމަވެސް، އެ ޙާލަތުގައި އެ ކޯޓުން އެ މައްސަލަ ބަލައިގެންނުވާނެ ޙާލަތެއް ވުޖޫދުގައިވާ ކަމަށް ފެނިއްޖެނަމަ، ދަޢުވާއަށް ރައްދުދިނުމުގެ ބަދަލުގައި، އެ ދަޢުވާ ބެލުމުގެ ނުވަތަ ކުރިއަށްގެން ދިޔުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވާކަމަށް ކަނޑައަޅައިދިނުމަށް އެދި ދަޢުވާލިބޭ ފަރާތަށް ކޯޓަށް ހުށަހެޅިދާނެއެވެ." މިފަދައިންނެވެ.

ސްޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ޤަޟިއްޔާ

30"ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުން" މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 20 ވަނަ މއްދާގައާ މާނަކޮށްދީފައިވަނީ ވެސް، 110 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޢިބާރާތާ ދާދި އެއް ޢިބާރާތަކުންނެވެ. އެ މާއްދާގައި ބުނަނީ " ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުން" ކަމަށް ބުނެފައި އެވަނީ، މަދަނީ ދަޢުވާއެއް ހުށަހެޅިފައިވާ ކޯޓަކަށް އެ ދަޢުވާ ބަލައި ގޮތެއް ނިންމުމުގެ އިޚްތިޞާޞް ލިބިގެންނުވާކަމަށް ދަޢުވާލިބޭ ފަރާތަށް ޤަބޫލުކުރެވޭ ޙާލަތުގައި، ނުވަތަ ޢާންމު އުސޫލުން އެފަދަ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަކަށް ލިބިދީފައިވީނަމަވެސް، އެ ކޯޓުން އެ މައްސަލަ ބަލައިގެންނުވާނެ ޙާލަތެއް ވުޖޫދުގައިވާކަމަށް ދަޢުވާލިބޭ ފަރާތަށް ޤަބޫލުކުރެވޭ ޙާލަތުގައި، ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް ރައްދުދިނުމުގެ ބަދަލުގައި، ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުމަށެވެ." މިފަދައިންނެވެ.

31މި ދެ މާއްދާއަށް ބަލާއިރު، ކޯޓުގެ އިޚްތިޞާޞްއާމެދު ދަޢުވާލިބޭ ފަރާތަށް ސުވާލު އުފެއްދިދާނެ ދެ ޙާލަތެއް ބަޔާންކުރެއެވެ. އެއީ؛ (1)އ ދަޢުވެ ބަލައި، އެ ދަޢުވާއާމެދު ގޮތެއް ނިންމުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވާކަމަށް ފެނުން. (2)(އެފަދަ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިދީފައިވީނަމަވެސް، އެ ޙާލަތުގައި އެ ކޯޓުން އެ މައްސަލަ ބަލައިގެންނުވާނެ ޙާލަތެއް ވުޖޫދުގައިވާކަމަށް ފެނުން، މިއެވެ.

32ފޮއްދޫ ކައުންސިލުގެ ފަރާތުން ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފައްދައި ހުށަހެޅި އިއުތިރާޒުގައި ޖުމްލަކޮށް ފާހަގަކޮށްފައިވާ ކަންކަން މި ރިޕޯޓުގެ 11 ވަނަ ނުކުތާގައި ބަޔާންކުރެވިފައި އެވަނީއެވެ. އެ އިއުތިރާޒަށް ބަލާއިރު، މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމާ ގުޅިގެން ބިޑް ހުށަހެޅި އެހެން ފަރާތްތައް ނުހިމަނައި ބިޑް އިވެލުއޭޓްކުރިއިރު އޮތީ ސަރވެޓް ހޯލްޑިންގްސްގެ ބިޑް ކަމާއި އެބިޑަށ އެކަން ބަލައިގެން އެވޯޑް ކުރެވިދާނެ ކަމަށް ނުފެންނާތީ އެބިޑް އިޢުލާން ބާޠިލްކުރުމަށް ނިންމައި އެކަން ސަރވެޓް ހޯލްޑިންގސްއަށ އެންގުމުން ދައުލަތުގެ މާލިއްޔަތު ގަވައިދުގައ ބަޔާންކުރި ގޮތަށާ މައްސަލް ހުށަހެޅުމުގައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/06 ޤަޟިއްޔާގައި 'އިޖުރާއީ އިއުތިރާޟާމެދު ނިންމިގޮތް' ގައި މަދަނީ އިޖުރާއަތުގެ ޤާނޫނުނުގެ 110 ވަނަ މާއްދާގެ (ހ) މިފަދައިން މާނަކޮށްފައިވެއެވެ. ޢަމަލުކުރަންޖެހޭ ގޮތަށް ޢަމަލުކުރުމެއް ނެތި ކޯޓަށް އެ މައްސަލަ ހުށަހެޅިދާނެ ކަމަށް ނުފެންނާތީ ހުށަހެޅި އިއުތިރާޒެއްކަންކަން އެނގެއެވެ.

33HN3މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 110 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށެވެ.

34އަދި އެނިންމުން ނިންމުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ (ހ) ގައި ބުނާ ދެވަނަ ޙާލަތު ކަމަށްވާ މައްސަލަ ބެލުމުގެ އިޚްތިޞާޞްކޯޓަށް ލިބިދީފައިވީނަމަވެސް، އެ ޙާލަތުގައި އެ ކޯޓުން އެ މައްސަލަ ބަލައިގެންނުވާނެ ޙާލަތެއް ވުޖޫދުގައިވާކަމަށ ފެނިގެން ހުށަހަޅް ހުށަހެޅުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/06 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ޝަރީޢަތުން ޙަވާލާދީފައިވެއެވެ.

35އެ ނިންމުމަށް ވާޞިލުވީ އިއުތިރާޒާ ގުޅިގެން ދެފަރާތުން ހުށަހެޅި ހުށަހެޅުންތަކުން މައުޟޫޢީ ގޮތުން ދަޢުވާ ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ ފަދަ ޤާނޫނީ ސަބަބެއް އޮތްތޯ ބަލައި މައްސަލައިގެ ޤާނޫނީ ބަހުޘެއް އޮތްކަމަށް މައްސަލަބެލި ފަނޑިޔާރަށް ނުފެންނާތީކަން މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުން އިޚްތިޞާޞްއާ ގުޅޭގޮތުން ނިންމި ނިންމުމުން އެނގެއެވެ.

36އެއީ، ބީލަމުގެ މައްސަލަ އަލުންބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީން އެންގި އެންގުމާއި އެއްގޮތަށް ބިޑް ކޮމިޓީން ޢަމަލުކޮށްފައިވާކަން ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފައްދައި ނ. ފޮއްދޫ ކައުންސިލްގެ އިދާރާއިން ހުށަހެޅި ހުށަހެޅުމާއެކު ހުށަހެޅި ބިޑް ކޮމިޓީގެ ޔައުމިއްޔާއިނ އެނގެން އޮންނާތީ، ބީލަމުގެ މައްސަލަ އަލުންބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީން އެންގި އެންގުމާ އެއްގޮތަށް ބިޑްކޮމިޓީން ޢަމަލުކޮށްފައިވާކަން ލިޔެކިޔުންތަކުން ފެންނަން އޮތްވައި ފިނޭންސް މިނިސްޓްރީގެ ސިޓީއާ އެއްގޮތަށް ޢަމަލުކުރަން އަލުން އަންގަންޖެހޭނެ ސަބަބެއް އޮތްކަމަށް ނުފެންނާތީ ކަމަށް އެނިންމުމުގައި ބަޔާންކށްފައިވޮ އެވެ.

37HN4އެހެންކަމުން، މައްސަލަ ދަށުކޯޓަށް ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް ދަށުކޯޓުން ބުރަވީ، މަދަނީ އިޖުރާއަތުގެ ޤާނޫނގު 110 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ޙާލަތެއް އޮތްކަމަށް ބުރަވވިގެނެ ކަން އެނގެއެވެ. އެ ނިންމުން މަދަނީ އިޖުރާއަތުގެ ޤާނޫނގު 110 ވަނަ މާއްދާއާ ޚިލާފުވާ ގޮތެއް އިސްތިއުނާފުކުރާ ފަރާތަށް މިއިސްތިއުނާފީ ނުކުތާގައި ބުނެދެވިފައިވާ ކަމަށް ނުފެނެއެވެ.

38ސަރވެޓް ހޯލްޑިންގްސް ގެ ފަރާތުން ހުށަހެޅިފައިވާ މި އިސްތިއުނާފުގައި މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D14C-CIV-13 ޤަޟިއްޔާގެ 'ޝަރީޢަތް ނިމުން ގޮތުގެ ރިޕޯޓު' ގައި ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ އިސްތިއުނާފެއްކަން އިސްތިއުނާފު ފޯމުގެ 4 އަދި 5 ނަންބަރުން އެނގެން އޮންނައިރު، އެ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް އިސްތިއުނާފުކުރާ ފަރާތުން މިއިސްތިއުނާފުގައި ބަޔާންކޮށްދީފައިނުވެއެވެ. ނިންމަން ފެންނަގޮތް:

39މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-D14C-CIV-13 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ސަރވެޓ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

40މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެރައުޔަށް ތާއިދުކުރަމެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު

41މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް ތާއިދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

42މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ