ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/65

އެގްޒޮޓިކް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް ވ. ސީޖީބީ ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 12 އޮގަސްޓް 2024ދަށު ކޯޓު: ސިވިލް ކޯޓު 67-CVC-2024ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 67-CVC-2024
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުގެ 3916-CVC-2023 ޤަޟިއްޔާއިން ވަގުތީ އަމުރެއް ނެރުނު (ރިޕޯޓުގައި 67-CVC-2024 ނަންބަރުގައި). އެ އަމުރުގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
ވާޤިޢާ
އެގްޒޮޓިކް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން، ސީޖީބީ (ރިޕޯޓުގައި ސީޖީޓީ) ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް، ސިވިލް ކޯޓުގެ ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ 13 މާރޗު 2024 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސިވިލް ކޯޓުގެ ވަގުތީ އަމުރެއް (67-CVC-2024) އިސްތިއުނާފުކުރި ފަރާތުން، މައުޟޫޢީ ދަޢުވާ ކުރިއަށްގޮސްފައިވާ މިންވަރާއި ހޭދަވި މުއްދަތަށް ބަލާއިރު އިސްތިއުނާފުގެ މުޢާމަލާތް ކެނޑިފައިވާތީ އިސްތިއުނާފު ކުރިއަށް ގެންދިޔުމުގެ ޒަރޫރަތެއް ނެތްކަމަށް ސިޓީއަކުން އެންގުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) އަދި (ނ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މައުޟޫޢީ ދަޢުވާ ކުރިއަށް ގޮސްފައިވާ މިންވަރާއި ހޭދަވި މުއްދަތަށް ބަލާއިރު އިސްތިއުނާފުގެ މުޢާމަލާތް ކެނޑިފައިވާތީ، އިސްތިއުނާފު ކުރިއަށް ގެންދިޔުމުގެ ޒަރޫރަތެއް ނުފެންނަކަމަށް އިސްތިއުނާފުކުރި ކުންފުނީގެ ލޯފަރމް ލެކްސަވީ ޗެމްބްރސް އެލް.އެލް.ޕީން 2024-LXC/314 ސިޓީން ހައިކޯޓަށް އެންގި.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުކުރި ފަރާތުން އެގޮތަށް އެންގުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) އަދި (ނ) އާ ހަވާލާދީ، ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން 12 އޮގަސްޓު 2024 ގައި ދަޢުވާ ފޯމު ބާޠިލުކުރި.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ސިވިލް ކޯޓުގެ 67-CVC-2024 (3916-CVC-2023 ޤަޟިއްޔާގެ ވަގުތީ އަމުރު) އާމެދު ގޮތެއް ނުނިންމައި، އިސްތިއުނާފުކުރި ފަރާތުން އެންގުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢާއިޝަތު ޝީނާ މުޙައްމަދު، ލެކްސަވީ ޗެމްބްރސް އެލް.އެލް.ޕީ
ބެންޗު
އިސްފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް (ރިޔާސަތު)، ފަނޑިޔާރު މުޙައްމަދު ފައިޞަލް
ރިޔާސަތު
ފަނޑިޔާރު މުޙައްމަދު ނިޔާޒް
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2024/HC-A/65

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފޯމް

* ވޯޑު ނަންބަރު:-

3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 13 މާރޗު 2024

* ބާޠިލުކުރި ތާރީޚް: 12 އޮގަސްޓު 2024

4އިސްތިއުނާފުކުރި ފަރާތް:

* ފުރިހަމަ ނަން: އެގްޒޮޓިކް އެންޓްރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް

* ރަޖިސްޓްރޭޝަން ނަންބަރު: C14502023

* ޢާއްމު ނަން: -

* ދާއިމީ އެޑްރެސް: ހ. ޝޭޑީމީޑް/ މާލެ

* މިހާރުގެ އެޑްރެސް: ހ. ޝޭޑީމީޑް/ މާލެ

5އިސްތިއުނާފް ރައްދުވި ފަރާތްތައް:

* ފުރިހަމަ ނަން: ސީޖީޓީ ޕްރައިވެޓް ލިމިޓެޑް

* ރަޖިސްޓްރޭޝަން ނަންބަރު: C-0237/2003

* ޢާއްމު ނަން: -

* ދާއިމީ އެޑްރެސް: ހ.ޝޮޕް ނަންބަރ 21 / މާލެ

* މިހާރުގެ އެޑްރެސް: ހ.ޝޮޕް ނަންބަރ 21/ މާލެ

6ހުށަހެޅިފައިވާ މައްސަލަ:

ސިވިލް ކޯޓުގެ ނަންބަރ 67-CVC-2024 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އެގްޒޮޓިކް އެންޓްރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.

7ހައިކޯޓުން ނިންމި ގޮތް:

ސިވިލް ކޯޓުގެ ނަންބަރު 67-CVC-2024 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އެގްޒޮޓިކް އެންޓްރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން މިކޯޓުގެ ނަންބަރު:2024/HC-A/65 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު 3916-CVC-2023 ޤަޟިއްޔާއިން ނެރުއްވާފައިވާ ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލައަކަށްވެފައި، އެމައްސަލައިގެ މައުޟޫޢީ ދައުވާ މިހާރު ކުރިއަށް ގޮސްފައިވާ، މިންވަރަށާއި، މައްސަލަ އިސްތިއުނާފުކުރުމަށްފަހު ހޭދަވެފައިވާ މުއްދަތަށް ރިއާޔަތްކުރާއިރު، އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ މުއާލާތް ކެނޑިފައިވާތީ، މައްސަލައިގެ އިސްތިއުނާފު އިތުރަށް ކުރިއަށް ގެންދިޔުމުގެ ޒަރޫރަތްތެރިކަން އޮތްކަމަށް ނުފެންނަކަމަށް ބަޔާންކޮށް، އެގްޒޮޓިކް އެންޓްރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކުންފުނި ތަމްސީލްކުރުމަށް އައްޔަންކޮށްފައިވާ ލޯފަރމްކަމުގައިވާ ލެކްސަވީ ޗެމްބްރސް އެލް.އެލް.ޕީގެ ފަރާތުން، ވަކީލް އަލްއުސްތާޛާ ޢާއިޝަތު ޝީނާ މުޙައްމަދު އެލޯފާމްގެ ނަންބަރ 2024-LXC/314 ސިޓީން މިކޯޓަށް އަންގާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) އަދި (ނ) އާއި ހަވާލާދީ އެގްޒޮޓިކް އެންޓަރޕްރައިޒަސް ޕްރައިވެޓްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/65 ޤަޟިއްޔާގެ ދަޢުވާ ފޯމު، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.

• މައްސަލަ ނިންމި ފަނޑިޔާރުން:

އިސްފަނޑިޔާރު ޙުސައިން ޝަހީދު

ފަނޑިޔާރު މުޙައްމަދު ނިޔާޒް (ރިޔާސަތު)

ފަނޑިޔާރު މުޙައްމަދު ފައިޞަލް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) އަދި (ނ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ