ބ. ދަރަވަންދޫ ކައުންސިލް ވ. ފައިސަލް އަޙްމަދު ނަސީރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓު F8C/2024/01
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ 2024-F8C-CIV-6 ޤަޟިއްޔާއާ ގުޅިގެން، އެކޯޓުން F8C/2024/01 ނަންބަރުގައި ވަގުތީ އަމުރާމެދު ނިންމިގޮތް ނެރުނު. އެ ނިންމުމުގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
- ވާޤިޢާ
- ބ. ދަރަވަންދޫ ކައުންސިލުން، ފައިސަލް އަޙްމަދު ނަސީރުގެ މައްޗަށް ރައްދުވާ ގޮތަށް، ދަށުކޯޓުގެ ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ 17 މާރިޗު 2024 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ 2024-F8C-CIV-6 ޤަޟިއްޔާގައި ވަގުތީ އަމުރާމެދު ނިންމި F8C/2024/01 ނިންމުން އިސްތިއުނާފުކުރި ބ. ދަރަވަންދޫ ކައުންސިލުން، ދަށުކޯޓުން އަޞްލު ޤަޟިއްޔާ ނިންމައި ވަގުތީ އަމުރު ނިމިފައިވާތީ ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދަށުކޯޓުން 2024-F8C-CIV-6 ޤަޟިއްޔާގައި ގޮތެއް ކަނޑައަޅައި ވަގުތީ އަމުރު ނިމުމަކަށް އައިސްފައިވާތީ، ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެ ކައުންސިލުން 01 ސެޕްޓެންބަރު 2024 ގައި ހައިކޯޓަށް ސިޓީ ފޮނުވި.
- ކޯޓުގެ ސަބަބުތައް
- އިސްތިއުނާފުކުރި ފަރާތުން ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން 01 ސެޕްޓެންބަރު 2024 ގައި ދަޢުވާ ފޯމު ބާޠިލުކުރި.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ F8C/2024/01 (ވަގުތީ އަމުރާމެދު ނިންމިގޮތް) އާމެދު ގޮތެއް ނުނިންމައި، އިސްތިއުނާފުކުރި ފަރާތުން އެދުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ސަލީމް (ރިޔާސަތު)، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ރިޔާސަތު
- ފަނޑިޔާރު މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2024/HC-A/69
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފޯމް
2. ފޯމުގެ ނަންބަރު: -
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 މާރިޗު 2024
3. ބާޠިލުކުރި ތާރީޚް: 01 ސެޕްޓެންބަރު 2024
4އިސްތިއުނާފް ކުރި ފަރާތް:
* ފުރިހަމަ ނަން: މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
* ރަޖިސްޓްރީ ނަންބަރު: -
* ޢާއްމު ނަން: ބ. ދަރަވަންދޫ ކައުންސިލް
* ދާއިމީ އެޑްރެސް: ބ. ދަރަވަންދޫ ކައުންސިލްގެ އިދާރާ
* މިހާރުގެ އެޑްރެސް: ބ. ދަރަވަންދޫ ކައުންސިލްގެ އިދާރާ
5އިސްތިއުނާފް ރައްދުވި ފަރާތް:
* ފުރިހަމަ ނަން: ފައިސަލް އަޙްމަދު ނަސީރު
އައިޑީ ކާޑު ނަންބަރު: A120871
* ޢާއްމު ނަން: ފައިސަލް އަޙްމަދު ނަސީރު
* މިހާރުގެ އެޑްރެސް: ނަސްފަރު/ ބ. ދަރަވަންދޫ
* ދާއިމީ އެޑްރެސް: ނަސްފަރު/ ބ. ދަރަވަންދޫ
6ހުށަހެޅިފައިވާ މައްސަލަ:
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-F8C-CIV-6 ޤަޟިއްޔާއާ ގުޅިގެން އެކޯޓުން ނިންމާފައިވާ ނަންބަރު F8C/2024/01 "ވަގުތީ އަމުރާމެދު ނިންމިގޮތް" އިސްތިއުނާފު ކުރުމަށް އެދި، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ ފަރާތުން ހުށަހެޅުމުން ބެލުމަށް ހަމަޖެހިފައިވާ ޤަޟިއްޔާ.
7ހައިކޯޓުން ނިންމި ގޮތް:
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު F8C/2024/01 "ވަގުތީ އަމުރާމެދު ނިންމިގޮތް" އިސްތިއުނާފު ކުރުމަށް އެދި، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ނަންބަރު 2024/HC-A/69 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައަކީ، ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-F8C-CIV-6 ޤަޟިއްޔާއާއި ގުޅިގެން އެކޯޓުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެފައި، އިސްތިއުނާފުކުރުމަށް މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-F8C-CIV-6 ޤަޟިއްޔާގައި މިހާރު އެ ކޯޓުން ގޮތެއް ކަނޑައަޅާފައިވާތީ، ބުނެވުނު ވަގުތީ އަމުރު މިހާރު ނިމުމަކަށް އައިސްފައިވާތީ، ހައިކޯޓުގެ ނަންބަރު 2024/HC-A/69 ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ ފަރާތުން، އެ އިދާރާގެ ނަންބަރު 318-HR/95/2024/1 (01 ސެޕްޓެންބަރު 2024) ސިޓީ ހައިކޯޓަށް ފޮނުވާފައިވެއެވެ.
ވީމާ، ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/69 ޤަޟިއްޔާގެ ދަޢުވާ ފޯމު، ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
● މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު މުޙައްމަދު ނިޔާޒް
ފަނޑިޔާރު މުޙައްމަދު ސަލީމް (ރިޔާސަތު)
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ހ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.