ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-B12/31

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ސުހައިލް އަޙްމަދު

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 19 އޮގަސްޓް 2024ދަށު ކޯޓު: އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓު I10C/MA/2024/22ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓު I10C/MA/2024/22
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުން I10C/MA/2024/22 ނަންބަރުގައި 28 ޖުލައި 2024 ގައި ކޯޓު އަމުރެއް ނެރުނު. އެ އަމުރުގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
ވާޤިޢާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ފުލުހުންގެ ބަންދުގައި ހުރި ސުހައިލު އަޙްމަދުގެ މައްޗަށް ރައްދުވާ ގޮތަށް، ދަށުކޯޓުގެ ކޯޓު އަމުރު އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ 08 އޮގަސްޓު 2024 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ I10C/MA/2024/22 ކޯޓު އަމުރު އިސްތިއުނާފުކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމުމުން އިސްތިއުނާފުން ޙާޞިލުކުރަން ބޭނުންވާ އިތުރުކަމެއް ނެތްކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަހުން ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވާތީ، އިސްތިއުނާފުން ޙާޞިލުކުރަން ބޭނުންވާ އިތުރުކަމެއް ނެތުމުން އިސްތިއުނާފު ކުރިއަށް ނުގެންދިޔުމަށް ނިންމައި، މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 18 އޮގަސްޓު 2024 ގައި ހައިކޯޓަށް ސިޓީ ފޮނުވި.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުކުރި ފަރާތުން މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން 19 އޮގަސްޓު 2024 ގައި ދަޢުވާ ފޯމު ބާޠިލުކުރި.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ I10C/MA/2024/22 ކޯޓު އަމުރާމެދު ގޮތެއް ނުނިންމައި، އިސްތިއުނާފުކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް (ރިޔާސަތު)، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ރިޔާސަތު
ފަނޑިޔާރު މުޙައްމަދު ނިޔާޒް
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

މާލެ، ދިވެހިރާއްޖެ

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2024/HC-B12/31

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް

3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 އޮގަސްޓު 2024

* ބާޠިލުކުރި ތާރީޚް: 19 އޮގަސްޓު 2024

4އިސްތިއުނާފް ކުރި ފަރާތް:

* ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

* އައިޑީ ކާޑު ނަންބަރު: -

* ޢާއްމު ނަން: -

* މިހާރުގެ އެޑްރެސް: ހ.ވެލާނާގެ / މާލެ

* ދާއިމީ އެޑްރެސް: ހ.ވެލާނާގެ / މާލެ

5އިސްތިއުނާފް ރައްދުވި ފަރާތް:

* ފުރިހަމަ ނަން: ސުހައިލު އަޙްމަދު

* އައިޑީ ކާޑު ނަންބަރު: A285049

* ޢާއްމު ނަން: ސުހައިލު

* މިހާރުގެ އެޑްރެސް: ފުލުހުންގެ ބަންދުގައި

* ދާއިމީ އެޑްރެސް: ހަވޭލި / އދ. މާމިގިލި

6ހުށަހެޅިފައިވާ މައްސަލަ:

އަރިއަތޮޅު ދެކުނުބުރީ މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު I10C/MA/2024/22 (28 ޖުލައި 2024) ކޯޓު އަމުރު އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ މައްސަލަ.

7ނިންމި ގޮތް:

އަރިއަތޮޅު ދެކުނުބުރީ މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު I10C/MA/2024/22 (28 ޖުލައި 2024) ކޯޓު އަމުރު އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/31 ޤަޟިއްޔާއިން ބެލުމަށް ހަމަޖެހިފައިވަނިކޮށް، މައްސަލަ އިސްތިއުނާފުކުރި ފަހުން، އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވާތީ އިސްތިއުނާފުން އިތުރަށް ޙާޞިލުކުރަން ބޭނުންވާ ވަކި އިތުރުކަމެއް މި މައްސަލާގައި ނެތަތީ އިސްތިއުނާފު އިތުރަށް ކުރިއަށް ނުގެންދިޔުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށް ބުނެ، އެ މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 18 އޮގަސްޓު 2024 ދުވަހު ސިޓީ ފޮނުވާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/31 ޤަޟިއްޔާއިން ބަލަމުންގެންދިޔަ މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ބާޠިލުކޮށްފީމެވެ.

8މައްސަލަ ނިންމި ފަނޑިޔާރުން:

ފަނޑިޔާރު ޙުސައިން މަޒީދު

ފަނޑިޔާރު މުޙައްމަދު ނިޔާޒް (ރިޔާސަތު)

ފަނޑިޔާރު ޙުޒައިފާ މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ