އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ ވ. ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓުގެ ނަންބަރު 144-B16/VN/2721-2025/2025/02 ނިންމުން އިސްތިއުނާފުކުރުމަށް އެދި އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ ގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސުޕްރީމް ކޯޓު 144-B16/VN/2721-2025/2025/02
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (ޚަޞްމުން އެއްބަސްވުމަކަށް އާދެވިގެން އަނބުރާ ގެންދިއުމަށް އެދުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާ
ފަނޑިޔާރުން
- ބެންޗު
- މުޙައްމަދު ފައިޞަލް، ޙުޒައިފާ މުޙައްމަދު (ރިޔާސަތު)، މުޙައްމަދު ނިޔާޒް
- ރިޔާސަތު
- ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2025/HC-A/228
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: ވަގުތީ އަމުރާމެދު ނިންމިގޮތް
3. މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 07 ސެޕްޓެންބަރު 2025 – ބާޠިލުކުރި ތާރީޚް: 19 ނޮވެންބަރު 2025
4. އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ
5. އިސްތިއުނާފު ރައްދުވި ފަރާތް:
ފުރިހަމަ ނަން: ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑް
6. ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 144-B16/VN/2721-2025/2025/02 ނިންމުން އިސްތިއުނާފުކުރުމަށް އެދި އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ ގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7. ހައިކޯޓުން ނިންމި ގޮތް:
ސިވިލް ކޯޓުގެ ނަންބަރު 144-B16/VN/2721-2025/2025/02 ނިންމުން އިސްތިއުނާފުކުރުމަށް އެދި އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ މިކޯޓުން ބަލަމުންދަނީ މިކޯޓުގެ ނަންބަރު 2025/HC-A/228 ޤަޟިއްޔާއިންނެވެ.
އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ މައުޟޫޢުގައި ހިމެނޭ ދެވަނަ ޕާޝަލް އެވޯޑުގައިވާ ފައިސާ ދެއްކުމާ ގުޅޭގޮތުން ޚަޞްމުންގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާތީ މި މައްސަލަ އަނބުރާ ގެނައުމަށް އެދި އިސްތިއުނާފު ހުށަހެޅިޭ ހައިކޯޓު ފަރާތުން އައްޔަންކޮށްފައިވާ ލޯ ފާމުގެ ފަރާތުން މި ކޯޓަށް ސިޓީ[1] ފޮނުވާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/228 ޤަޟިއްޔާގެ ދަޢުވާ ފޯމު، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8. މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު މުޙައްމަދު ފައިޞަލް
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު (ރިޔާސަތު)
ފަނޑިޔާރު މުޙައްމަދު ނިޔާޒް
[1] މުއިޒް އެންޑް ކޯ އެލް.އެލް.ފީގެ ފަރާތުން 17 ނޮވެންބަރު 2025 ގައި މިކޯޓަށް ފޮނުވާފައިވާ ސިޓީ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.