ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ވ. މޫސާ މުޙައްމަދު
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން މޫސާ މުޙައްމަދު އެދުނު ވަގުތީ އަމުރާމެދު ގޮތެއް ނިންމިއެވެ.
- ވާޤިޢާ
- މޫސާ މުޙައްމަދު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި 164/VTR/2025 މައްސަލައިގައި ވަގުތީ އަމުރަކަށް އެދުމުން ޓްރައިބިއުނަލުން ނިންމި 200(VTR)-M7/VA/2025/40 ގެ ނިންމުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ހައިކޯޓަށް އިސްތިއުނާފުކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ނިންމި ގޮތް އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ، މައި މައްސަލަ ޓްރައިބިއުނަލުން ނިމުމުން އިސްތިއުނާފުކުރި ފަރާތުން އެދުމުން ދަޢުވާ ފޯމު ބާޠިލުކުރުން.
- ކޯޓުގެ ސަބަބުތައް
- އިސްތިއުނާފު ބަލަމުންދަނިކޮށް 164/VTR/2025 މައްސަލައިގައި ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅައި ނިމުމުން، އިސްތިއުނާފުކުރި ފަރާތުން 08 އޮކްޓޫބަރު 2026 ގައި މެއިލްކޮށް އެދުމުން، ކޯޓުތަކުގެ ޤާނޫނުގެ 75 (ހ) އާއި ހައިކޯޓުގެ ޤަވާޢިދުގެ 35 (ހ) އާ ޙަވާލާދީ 35 (ނ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރިއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 200(VTR)-M7/VA/2025/40
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން ބާޠިލުކޮށްދިނުމަށް އެދުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) އަދި (ނ)
ފަނޑިޔާރުން
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)، ޢަބްދުﷲ ޖަމީލް މޫސާ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2025/HC-A/233
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފޯމް
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15 ސެޕްޓެންބަރު 2025 * ފޯމު ނަންބަރު:-
4އިސްތިއުނާފް ކުރި ފަރާތް: * ފުރިހަމަ ނަން: ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް * ރަޖިސްޓްރީ ނަންބަރު: C-0048/2009 * ޢާއްމު ނަން:
* ދާއިމީ އެޑްރެސް: ސާފުރާއްޖެ ބިލްޑިންގ / މާލެ
5އިސްތިއުނާފް ރައްދުވި ފަރާތް: * ފުރިހަމަ ނަން: މޫސާ މުޙައްމަދު * އައިޑީ* ޢާއްމު ނަން:
* ދާއިމީ އެޑްރެސް: ބޮޑުގަލުގެ / ސ. ހިތަދޫ
6ހުށަހެޅިފައިވާ މައްސަލަ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200(VTR)-M7/VA/2025/40 ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމިގޮތް އިސްތިއުނާފު ކުރުމަށް އެދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 164/VTR/2025 މައްސަލައިގައި ސ. ހިތަދޫ، […] / މޫސާ މުޙައްމަދުގެ ފަރާތުން ވަގުތީ އަމުރަކަށް އެދުމުން ޓްރައިބިއުނަލުން ނިންމި ނަންބަރު 200(VTR)-M7/VA/2025/40 "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމިގޮތް" ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 164/VTR/2025 މައްސަލައިގައި ގޮތެއް ކަނޑައެޅި ނިމިފައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200(VTR)-M7/VA/2025/40 "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމިގޮތް" އިސްތިއުނާފު ކުރުމަށް އެދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން ބަލަމުންދާ މިކޯޓުގެ ނަންބަރު 2025/HC-A/233 ޤަޟިއްޔާ ބާޠިލްކޮށްދިނުމަށް އެދި އިސްތިއުނާފުކުރާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން 08 އޮކްޓޫބަރު 2026 ގައި މިކޯޓަށް މެއިލްކޮށްފައިވާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/233 ޤަޟިއްޔާގެ ދަޢުވާ ފޯމް، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ. މައްސަލަ ނިންމި ފަނޑިޔާރުން: ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ފަނޑިޔާރު ޢަބްދުއްރަޢޫފު އިބްރާހީމް (ރިޔާސަތު) އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.