މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލް ވ. ޙުސައިން ޝިރުނީލް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މެޖިސްޓްރޭޓް ކޯޓުން ކޯޓުގެ އިޚްތިޞާޞާ މެދު ގޮތެއް ނިންމިއެވެ.
- ވާޤިޢާ
- ފުޅަދޫ ކައުންސިލުން ފުޅަދޫ މެޖިސްޓްރޭޓް ކޯޓުގެ F14C/2025/1 "ކޯޓުގެ އިޚްތިޞާޞާ މެދު ނިންމިގޮތް" އިސްތިއުނާފުކުރުމަށް ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މެޖިސްޓްރޭޓް ކޯޓުގެ "ކޯޓުގެ އިޚްތިޞާޞާ މެދު ނިންމިގޮތް" އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ، އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން އިސްތިއުނާފު ފޯމު ބާޠިލުކުރުން.
- ކޯޓުގެ ސަބަބުތައް
- އިސްތިއުނާފުކުރި ފަރާތުން މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވާކަމަށް ބުނެ، 01 އޮކްޓޫބަރު 2026 ގައި ވަކީލުގެ ފަރާތުން ސިޓީ ފޮނުވައި ފޯމު ބާޠިލުކޮށްދިނުމަށް އެދުމުން، ކޯޓުތަކުގެ ޤާނޫނުގެ 75 (ހ) އާއި ހައިކޯޓުގެ ޤަވާޢިދުގެ 35 (ނ) ގެ ދަށުން ފޯމު ބާޠިލުކުރި.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ބ. ފުޅަދޫ މެޖިސްޓްރޭޓް ކޯޓު F14C/2025/1
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން މައްސަލަ އަނބުރާ ގެންދިއުމަށް އެދުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ނ)
ފަނޑިޔާރުން
- ބެންޗު
- ޢަބްދުﷲ ޖަމީލް މޫސާ (ރިޔާސަތު)، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2025/HC-A/268
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 13 އޮކްޓޯބަރު 2025 * ބާޠިލުކުރި ތާރީޚް: 14 އޮކްޓޯބަރު 2026
4އިސްތިއުނާފް ކުރި ފަރާތް: * ފުރިހަމަ ނަން: މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލް * ރަޖިސްޓްރީ ނަންބަރު: - * ޢާއްމު ނަން: * މިހާރުގެ އެޑްރެސް: […] * ދާއިމީ އެޑްރެސް: […]
5އިސްތިއުނާފް ރައްދުވި ފަރާތް: * ފުރިހަމަ ނަން: ޙުސައިން ޝިރުނީލް * އައިޑީ* ޢާއްމު ނަން: ޙުސައިން ޝިރުނީލް * މިހާރުގެ އެޑްރެސް: […] * ދާއިމީ އެޑްރެސް: […]
6ހުށަހެޅިފައިވާ މައްސަލަ: މިއީ، މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު F14C/2025/1 "ކޯޓުގެ އިޚްތިޞާޞްއާ މެދު ނިންމިގޮތް" އިސްތިއުނާފުކުރުމަށް އެދި މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.
7ހައިކޯޓުން ނިންމި ގޮތް: މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު F14C/2025/1 "ކޯޓުގެ އިޚްތިޞާޞްއާ މެދު ނިންމިގޮތް" އިސްތިއުނާފުކުރުމަށް އެދި މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ ފަރާތުން ހުށަހެޅުމުން މިކޯޓުގެ ނަންބަރު 2025/HC-A/268 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ އަނބުރާ ގެންދިއުމަށް މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ ފަރާތުން ބޭނުންވާކަމަށް ބުނެ، މި މައްސަލައިގެ އިސްތިއުނާފު ފޯމު ބާޠިލްކޮށްދިނުމަށް އެދި މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލް ތަމްސީލުކުރުމަށް މި މައްސަލައިގައި ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލުގެ ފަރާތުން 01 އޮކްޓޯބަރު 2026 ގައި މިކޯޓަށް ސިޓީ ފޮނުވާފައިވާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ނ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/268 ޤަޟިއްޔާގެ އިސްތިއުނާފު ފޯމު، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ (ރިޔާސަތު)
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.