ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/HC-A/317

ރައިދާ ޝަފީޤް ވ. ޑްރީމް އައިލެންޑްސް ޑިވެލޮޕްމަންޓް 2 ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 8 މާރިޗު 2026ދަށު ކޯޓު: ސިވިލް ކޯޓު 871-CVC-2024ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 871-CVC-2024
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 10 ވަނަ ބާބުގެ ދަށުން ޣައިރު ޙާޟިރުގައި ކުރި ޙުކުމެއް، އެ ޙުކުމްކުރި ކޯޓުގައި މުރާޖަޢާކުރުމަށް އެދުމެއް ނެތި ސީދާ އިސްތިއުނާފުކުރުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމެއްކަމުގައި ބަލައި އިސްތިއުނާފު ބާޠިލުކުރަންޖެހޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިޖުރާއީ އިޢުތިރާޟު ބަލައިގަނެ، އިސްތިއުނާފު ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 10 ވަނަ ބާބުގެ ދަށުން ޣައިރު ޙާޟިރުގައި ކުރާ ޙުކުމެއް، އެ ބާބުގައިވާ އިޖުރާއަތާ އެއްގޮތަށް އެ ކޯޓެއްގައި މުރާޖަޢާކުރުމަށް އެދުމެއް ނެތި، އެ ޙުކުމް ރައްދުވާ ފަރާތަކަށް އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުޞަތެއް ނެތެވެ (ހައިކޯޓުގެ މަރްޔަމް ޝަމީމާ ވ. ޙަބީބު ޒާހިރު).

މަދަނީ › ފައިސާ ހޯދުން

HN2 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއާއި 124 ވަނަ މާއްދާއަކީ، އެކަށީގެންވާ ސަބަބެއްގެ މައްޗަށް ޣައިރު ޙާޟިރު ޙުކުމަކާ ގުޅިގެން ހުށަހެޅޭ ކޮންމެ ހުށަހެޅުމެއް (ޖަވާބުދާރީވުމަށް ދިން މުއްދަތުގެ ތެރޭގައި ހުށަހެޅި އިޖުރާއީ އިޢުތިރާޟާމެދު ގޮތެއް ނުނިންމާ ޙުކުމްކުރިކަމަށް ބުނާ ޙާލަތުވެސް ހިމެނޭގޮތަށް) ހިމެނޭހާ ފުޅާކޮށް އޮތް މާއްދާތަކެކެވެ؛ އެ ހުށަހެޅުންތައް ފުރަތަމަ ވަޒަންކުރަންވާނީ ޙުކުމްކުރި ކޯޓުންނެވެ.

HN3 ޣައިރު ޙާޟިރު ޙުކުމެއް މުރާޖަޢާކުރުމަށް އެދުމެއް ނެތި އިސްތިއުނާފު ކުރިއަށް ގެންދިއުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމެއް ކަމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (ii) ގެ ދަށުން އެފަދަ އިސްތިއުނާފެއް ބާޠިލުކުރަންޖެހެއެވެ.

HN4 އިސްތިއުނާފު ފޯމު އެއް ސަބަބަކަށްޓަކައި ބާޠިލުކުރެވޭ ޙާލަތުގައި، އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާކަމަށް ހުށަހެޅޭ ދެވަނަ އިޢުތިރާޟާމެދު ގޮތެއް ކަނޑައަޅަން ނުޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
އާއިޝަތު ހިލްމާ، ނިޝާން އެންޑް ހިލްމާ ލޯ ޗެމްބާރސް
ބެންޗު
ފާޠިމަތު ފަރްހީޒާ، ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/317 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ޑްރީމް އައިލެންޑްސް ޑިވެލޮޕްމަންޓް 2 ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ޑްރީމް އައިލެންޑްސް " ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") އިން އިސްތިއުނާފު ފޯމު ބާޠިލުކޮށްދިނުމަށް އެދި ހުށަހެޅި އިޖުރާއީ އިޢުތިރާޟާމެދު ނިންމިގޮތެވެ.

2ހައިކޯޓުގެ ނަންބަރު 2025/HC-A/317 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2024-CVC-871 ޤަޟިއްޔާ އިސްތިއުނާފުކޮށް […] ކ.މާލެ ރައިދާ ޝަފީޤް (މީގެ ފަހުން "ރައިދާ ޝަފީޤު") އަދި ރައިދާސް މޯލްޑިވްސް (މީގެ ފަހުން ޖުމްލަ ގޮތެއްގައި "އިސްތިއުނާފު ކުރާ ފަރާތްތައް ") އިން ޑްރީމް އައިލެންޑްސް ޑިވެލޮޕްމަންޓް 2 ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުށަހަޅާފައިވް އިސްތިއުނާފީ މައްސަލައެކެވެ.

ސިވިލް ކޯޓުގެ ނަންބަރު 2024-CVC-871 ޤަޟިއްޔާ

3މި ޤަޟިއްޔާއަކީ ޑްރީމް އައިލެންޑްސްގެ ފަރާތުން […] ކ.މާލެ ރައިދާ ޝަފީޤގް މައްޗަށް ހުށަހަޅާފައިވާ ދައުވާއެކެވެ.

4މި ދައުވގައާ ޑްރީމް އައިލެންޑްސްގެ ފަރާތުން މައިގަނޑު ގޮތެއްގައި އެދިފައިވަނީ، އިސްތިއުނާފު ކުރާ ފަރާތްތަކާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ދައްކަންޖެހި C-0971/2017 19/2014 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ހިންގާ ވިޔަފާރިއެއް. 1011/2014-SP ނުދައްކާވާ US$59,644.25 (ފަންސާސްނުވަހާސް ހަސަތޭކަ ސާޅީސް ހަތަރެއް ޕޮއިންޓް ދޭއް ފަހެއް އެމެރިކާ ޑޮލަރު) ލިބިފައިނުވާތީ އެފައިސާ ހޯދުމަށެވެ.

5މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 103 ވަނަ މާއްދާގައި ދައުވާލިބޭ ފަރާތުން ދައުވާ ފޯމު ރައްދުކުރެވޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެޤާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރައިދާ ޝަފީޤުގެ ފަރާތުން ދައުވާ ފޯމާއި ޙަވާލުވިކަން އަންގައިދޭ ލިޔުން އަދި ދައުވާއަށް ރައްދެއްވެސް ހުށަހަޅާފައި ނުވާތީ، ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ހުށަހެޅުމުގެ މައްޗަށް ބިނާކޮށް، 12 އޯގަސްޓް 2025 އިން ފެށިގެން (ތިރީސް) ދުވަސްތެރޭ US$59,644.25 (ފަންސާސްނުވަހާސް ހަސަތޭކަ ސާޅީސް ހަތަރެއް ޕޮއިންޓް ދޭއް ފަހެއް އެމެރިކާ ޑޮލަރު) ސިވިލް ކޯޓަށް ދައްކައި، 2025 ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް މި ދަރަނި ޚަލާޞްކުރުމަށް ރައިދާސ މޯލްޑިވްސް (މާލެ، ރައިދާ ޝަފީޤް) އަށް އަންގައި، ރައިދާސް މޯލްޑިވްސް (މާލެ، ރައިދާ ޝަފީޤް) ގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށެވެ. ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުނު :

6ހައިކޯޓުގެ ނަންބަރު 2025/HC-A/317 ޤަޟިއްޔާގައި އިސްތިއުނާފު ބިނާކޮށްފައިވަނީ އަންނަނިވި ނުކުތތަކުގާ މައްޗަށެވެ.

1.6.މައްސަލައިގެ ޝަރީޢަތް ނިންމުމުގައި ޝަރީޢަތުން އިސްތިއުނާފުކުރާ ފަރާތްތަކަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 102 އަދި 103 ވަނަ މާއްދާގެ ދަށުން ލިޔުންތައް ހުށަހެޅުމަށް ލިބިދިން ފުރުސަތުގައި އެކަންކޮށްފައި ނުވާކަމަށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ (ފާހަގަކުރެވުނު ނުކުތާތައް: 3 ގައި) އޮތް އޮތުމަކީ ޞައްޙަގޮތް ނޫންކަމުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ދެކޭކަމާއި، އަދި އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފުވުންކަމަށް ބުނެ ހުށަހެޅި ނުކުތާ؛

2.6.މައްސަލައިގެ ތެރެއިން ކުރެވުނު ދިރާސާއަށްފަހު މައްސަލައަށް ޖަވާބުދާރީވުމުގެ ކުރީން އިސްތިއުނާފުކުރާ ފަރާތްތަކުން އިޖުރާއީ އިޢުތިރާޟެއް ހުށަހެޅިފައިވާއިރު، އެކަމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށްފައި ނެތުމަކީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އަދި

(ށ) ގެ އިތުރުން އެޤާނޫނުގެ 33 ވަނަ މާއްދާގެ (ހ)، (ށ) އަދި (ރ) އާ ޚިލާފުވުންކަމަށް ބުނެ ހުށަހެޅި ނުކުތާ؛

3.6.މައްސަލައިގެ ތެރެއިން ޚަސްމުން ތަމް ސލީކުރުމަށ ޤާނޫން ވަކީލުން އައްޔަންކޮށްފައި ނުވާކަމަށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ (ފާހަގަކުރެވުނު ނުކުތާތައް: 7 ގައި) ބަޔާންކޮށްފައިވުމުން، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ)، (ށ) އާއި އެޤާނޫނުގެ 33 ވަނަ މާއްދާގެ )ހ)، (ށ( އަދި (ރ) ޚިލފުވުންކަމަށ ބުން ހުށަހެޅި ނުކުތާ؛

4.6.މައްސަލައިގެ ތެރެއިން ހުށަހެޅިފައިވާ އެއްބަސްވުންތަކަކީ ރައިދާސ މޯލްޑިވްސް އާދެމެދު އިސްތިއުނާފު ރައްދުވާ ފަރާތް ވެފައިވާ އެއްބަސްވުންތަކެއްކަން މައްސަލައިގެ ދައުވާފޯމާއެކު ހުށަހެޅިފައިވާ ލިޔުންތަކުން ފެންނާން އޮތް ހިނދުގައިވެސ މައްސަލް އިސްތިއުނާފުކުރަ ރައިދާ ޝަފީޤްގެ މައްޗަށް ސާބިތުވާކަމަށް ޝަރީޢަތުން ކަނޑައަޅާފައިވމަކު، ޤާނޫނީ ޤާއިދާއެއްކަމަށްވާ ”Doctrine of Separate Entities“ ޚިލާފުވުންކަމަށް ބުނެ ހުށަހެޅި ނުކުތާ؛ މިއެވެ.

އިސްތިއުނާފު ފޯމް ބާޠިލް ކުރުމަށް އެދުން

7މި މައްސަލައިގައި ޑްރީމް އައިލެންޑްސްގެ ފަރާތުން މިކޯޓަށް ހުށަހެޅި އިޖުރާއީ އިޢުތިރާޟުގައި އެދިފައިވަނީ، އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހަޅާފައިވާ އިސްތިއުނާފު ފޯމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 285 ވަނަ މާއްދާއާ ޚިލާފަށް ހުށަހަޅާފައިވާ މައްސަލައެއްކަމުގައިވާތީ، އެޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (i) އަދި (ii) ގެ ދަށުން އެފޯމު ބާޠިލްކޮށްދިނުމަށެވެ.

8އެގޮތުން، ޑްރީމް އައިލެންޑްސްގެ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

1.8. މިމައްސަލައަކީ ޣއިރަ ޙާޟިރުގައި ކޮށްފައިވާ ޙުކުމެއްގެ އިސްތިއުނާފެއކްމަށްވާއިރު، މިބާވަތުގެ ނިންމުންތައް ބާޠިލުކޮށް ނުވަތަ ބަދަލުކުރުމުގެ އިޖުރާއަތު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާކަމަށާއި، އެމާއްދާގެ ދަށުން އެފުރުސަތު ލިބެނީ އެޙުކުމްކުރި ކޯޓަށްކަމަށެވެ. މިފަދަ ނިންމުމެއް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދިނުމަކީ، މިއިޖުރާއަތުގެ ބޭނުން ކެނޑިދާނެ ކަމެއް ކަމުގައިވާތީ، މިއިސްތިއުނާފަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (i) އަދި (ii) ގެ ދަށުން ޝަރީޢަތުގެ ނިޒާމު ނަހަމގޮތުގައަ ބޭނުން ހިފުމުގެ ގޮތުން ހުށަހަޅާފައިވާ އިސްތިއުނާފެއް ކަމަށެވެ.

2.8. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހިމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިސްތިއުނާފީ އޮޅިގަނޑު ގިރާކޮށްފައިނުވާ ހުށަހެޅުމެއް ކަމަށެވެ. އެގޮތުން ޣައިރު ޙާޟިރުގައިކޮށްފައިވާ މިޙުކުމުގައި، އިސްތިއުނާފު ކުރާ ފަރާތްތަކުން ޖަވާބުދާރީނުވާކަމަށް ކޯޓުން ނިންމިއިރު، އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހެޅި ލިޔެކިޔުންތަކަށް ރިޢާޔަތްނުކުރާ ކަމަށް ބަޔާންކުރިނަމަވެސް، އެފަރތްތަކުނާ ލިޔެކިޔުންތައް ހުށަހެޅިކަމުގެ ހެކި ޤަރީނާ ކޯޓަށް ހުށަހަޅާފައިނުވާކަމަށެވެ. އަދި އިސްތިއުނާފީ ފުރަތަމަ ތިން ނުކުތާގައި ގިނަ ޤާނޫނީ މަސްދަރުތަކަކަށް ޙަވާލާދީފައިވީނަމަވެސް، މިއިން މަސްދަރަކާ ދަށު ކޯޓުން ޚިލާފުވި ގޮތެއް އަދި އެކަމުގެ ސަބަބުން ދަށު ކޯޓުގެ ނިންމުމަށް ކުރާ އަސަރެއް ކިޔައިދީފައިނުވާ ކަމަށެވެ. އަދި މިމައްސަލައިގައި ހިމެނެނީ ސޯލް ޕްރޮޕައިޓަރޝިޕެއްކަމަށްވާއިރު، މިމައްސަލައަށް ސުޕްރީމް ކޯޓުގެ ނަންބަރު 91/L-2019/SC entities separate of doctrine ގެ މަބްދައު ތަޠްބީޤުކުރަންޖެހޭ ސަބަބެއް ކިޔައިދެވިފައިނުވާކަމަށެވެ.

3.8.އަދި އިޖުރާއީ އިޢުތިރާޟާ ގުޅިގެން ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ދެއްކި ވާހަކަތަކުންވެސް މިއީ ސަބަބެއް ނެތި ވަގުތު ނަގާލުމުގ ގޮތުނެ ހުށަހަޅައި ކުރިއަށް ގެންދާ އިސްތިއުނާފެއްކަން އެނގޭކަމަށާއި، އެހެންކަމުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންހިފުމަށް ހުށަހަޅާފައިވާ އިސްތިއުނާފެއްކަން އެނގޭ ކަމަށެވެ. އިސްތިއުނާފު ފޯމު ބާޠިލްކުރުމާ މެދު އިސްތިއުނާފު ކުރާ ފަރާތްތަކުގެ ރައްދު :

9އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި އިޖުރާއީ އިޢުތިރާޟްގެ ރައްދުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.

1.9.އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހެޅިފައިވާ ދައުވާއެއްގެ ތެރެއިން ޚަސްމަކު ދައުވާއަކަށް ޖަވާބުދާރީވުމުގެ ކުރިން އިޖުރާއީ އިޢުތިރާޟެއް ހުށަހަޅައިފިނަމަ، އެދައުވާގެ މައުޟ އ އ ގުޅިގެނާ އެއްވެސް ކަމެއް ނިންމަންވާނީ، އިޖުރާއީ އިޢުތިރާޟާމެދު ފަނޑިޔާރު ގޮތެއް ނިންމުމަށްފަހުކަމަށާއި، ނަމަވެސް އިސްތިއުނާފު ކުރާ ފަރާތްތަކުން ދަށުކޯޓަށް ހުށަހެޅި އިޖުރާއީ އިޢުތިރާޟްއާމެދު ގޮތެއް ކަނޑަނާޅާ މައްސަލަ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވކަމަށެވެ.

2.9.އެހެންކަމުން، ދަށުކޯޓުން ހަދާފައިމިވާ ގޯސް އިސްލާޙްކުރުމުގެ އިޚްތިޞާޞް ލިބިގެންވަނީ، ދިވެހިރާއްޖޭގެ ހައިކޯޓަށް ކަމުގައިވާތީ، މިއިސްތިއުނާފީ ދައުވާގައި އޮޅިގަނޑު ގިރާކުރާނެ ހަމައެއް ނެތްކަމަށް ބެލެވޭނެ ކަމުގައި ނުދެކޭކަމަށެވެ. އަދި މިމައްސަލައަކީ، ދަށު ކޯޓަށް އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހެޅި އިޖުރާއީ އިޢތިރު ޟާމެދ ގޮތެއު ކަނޑައެޅުމެއް ނެތް ނިންމި ނިންމުމެއް ކަމުގައިވާތީ، ޣައިރު ޙާޟިރުގައި ކުރާ ޙުކުމެއް މުރާޖައާ ކުރުމުގެ އިޖުރާއަތު މިމައްސަލައަށް ތަޠްބީޤުކުރެވިދާނ ކަމަށެ ނުދެކޭ ކަމަށެވެ.

3.9.އަދި، މިމައްސަލަ ދިރާސާކުރުމުގެ ތެރޭގައި މިއީ ސޯލް ޕްރޮޕްރައިޓަރޝިޕެއްކަން ވަކީލަށް އެނގުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން ހައިކޯޓަށް ހުށަހެޅި އިޖުރާއީ އޢިތިރާޟްގެ ޤާނޫނީ ނަތީޖާ އަކީ ކޮބައިކަން ޚސްމަށަ ބުނެދީފައިވާނެކަމަށާއި، އިސްތިއުނާފީ އެނުކުތާ އަނބުރާ ގެންދަންބޭނުންވާކަމަށާއި، އެހެންނަމަވެސް، އިސްތިއުނާފު ކުރާ ފަރާތްތަކުން ދަށުކޯޓަށް ހުށަހެޅި އިޖުރާއީ އިޢުތިރާޟާމެދު ދަށުކޯޓުން ގޮތެއް ކަނޑައެޅި ނަމަ، މައްސަލައަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިބޭނެކަމަށާއި، އެހެންކަމުން މިއިސްތިއުނާފީ މައްސަލަ ބަލަންޖެހޭ ކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:

10މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ޑްރީމް އައިލެންޑްސް އިން އިސްތިއުނާފު ފޯމު ބާޠިލުކުރުމަށް އެދިފައިވަނީ އަންނަނިވި މައިގަނޑު ދެ އ ޢުތިރާޟގެ މައްޗަށް ބިނާކޮށެވެ. އެއީ؛

1.10.މިއީ ޣައިރު ޙާޟިރު ނިންމުމެއްގެ އިސްތިއުނާފެއް ކަމުގައިވާއިރު، މިބާވަތުގެ ނިންމުންތައް ބަދަލުކުރުން ނުވަތަ ބާޠިލުކުރުމުގެ އިޖުރާއަތު މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވަނިކޮށް، އެއިޖުރާއަތުގެ ބޭނުން ކެނޑޭގޮތަށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ (ii) ގެ ދަށުން އިސްތިއުނާފު ކުރުމުގެ އިޖުރާއަތުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ގޮތުން ހުށަހެޅި އިސްތިއުނާފެއް ކަމަ ށްވުން؛

2.10.މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ (i) ގެ ދަށުން އިސްތިއުނާފީ އޮޅިގަނޑު ގިރ ނުކުރާ އިސްތިއުނާފެއް ކަމުގައިވުން؛ މިއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 10 ވަނަ ބާބުގެ ޣައިރު ޙާޟިރު ޙުކުމެއް އިސްތިއުނާފުކުރުނި

11HN1މިކޯޓުގެ މަރް ޔަމ ޝަމީމް ވ. ޙަބީބު ޒާހިރު ޤަޟިއްޔާގައ ފަނޑިޔާރި ޙުސައިން މަޒީދުގެ ރައުޔުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދިހަވަނަ ބާބުގެ ދަށުން ޣައިރު ޙޟިރުގައ ކުރި ޙުކުމް، އެ ބާބުގައި ހައިކޯޓުގެ ނަންބަރު 345/A-2025/HC ބަޔާންކޮށްފައިވާ އިޖުރާއަތާއި އެއްގޮތަށް އެކޯޓެއްގައި މުރާޖައާކުރުމަށް އެދުމެއް ނެތި، އެޙުކުމް ރައްދުވާ ފަރާތަކނ އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތެއް ނެތް ކަމަށް ކަނޑައަޅާފައިވެއެވެ.

12HN2މިމައްސަލައަކ އިސްތިއުނާފީ ކުރާ ފަރާތްތަކަށް، ޖަވާބުދާރީވުމަށް ދަށު ކޯޓުން ދިން މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހެޅި އިޖުރާއީ އޢި ތިރާޟުމެދު އެކޯޓުން ގޮތެއް ނިންމުމެއް ނެތި، ނިންމާފައިވާ ނިންމުމަކަށްވާތީ، މިމައްސަލައިގައި އިސްތިއުނާފީ ޙައްޤު އުފަންވާކަމަށް އިސްތިއުނާފު ކުރާ ފަރާތްތަކުން ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 117 ވަނަ މާއްދާ އަދި އެޤާނޫނުގެ 124 ވަނަ މާއްދާގއަ ހުރި ކަންކަމަށް ރިޢާޔަތްކުރުމުން، މިދެމާއްދާއަކީ، އެކަށީގެންވާ ސަބަބެއްގެ މައްޗަށް ހުށަހެޅޭ މިފަދަ ހުށަހެޅުމެއްވެސް އެމާއްދާތަކުގެ ތަރަހައިގެ ތެރޭގައި ހިމެނޭހާ ފުޅާކޮށް އޮތް މާއްދާތަކެއކަން އެނގެއެވެ. އިސްތިއުނާފު ކުރާ ފަރާތްތަކުން މިކޯޓުގައި ފާހަގަކުރި އެއްވެސް ކަމަކީ މިމާއްދާގެ ޢާންމު މާނަކުރުމުގެ ތެރެއަށް ނުވަންނަ ފަދަ އިސްތިސްނާ ހާލަތެއް ކަމަށް ނުބެލެވޭއިރު، ކޮންމެ މައްސަލައެއްގައިވެސް ނިންމުން ބިނާ ވަނީ ހުށަހެޅުމެއްގެ މައްޗަށް ކަމަށްވާތީ، އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހެޅި ކަންތައްތައް އެމޭރެމުން ފައިސަލާކުރުވަނިވ ގޮތަށި މިކޯޓުން މިހިނދުގައި ވަޒަންކުރުމީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކެމެވެ.

13HN3މީގެ އިތުރުން މިކޯޓުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ދެއްކި ވާހަކަތަކުން، އިސްތިއުނާފު ކުރާ ފަރާތްތަކުން ދަށު ކޯޓަށް ހުށަހެޅި އިޖުރާއީ އިޢތިރާޟްގައު ޤާނޫނީ ޝަޙްސުގެ ވަކި ޒިންމާއާ ގުޅޭ ބަހުޘކަ ޤާނޫނީ ގޮތުން ބުރަދަނއެ ހުރް ނުކުތާއެއް ނޫންކަން އިސްތިއުނާފު ކުރާ ފަރާތްތަކުގެ ބަހުން އެނގޭތީއާއި، ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައިވެސް އެނުކުތާ އަނބުރާ ގެންދަން ބޭނުންވާކމަށަ އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާތ، ދަށު ކޯޓުގ ޣައިރު ޙާޟރ ޙުކުމު މުރާޖައާކުރުމަށި އެދުމެއްނެތި މިއިސްތިއުނާފު ކުރިއަށް ގެންދިއުމަށް އިސްތިއުނާފު ކުރާ ފަރާތްތަކުން އެދެނީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންހިފުމަށް ކަމަށް ބުރަވެވެއެވެ. އެހެނީ، މިމައްސަލައިގއަ ކޯޓުން ޙުކުމްކޮށްފައިވަނީ، ފައިސާ ދެއްކުމަށކަމްށްވެފައި، އެފައިސާ ދެއްކުމަށް މުއްދަތަކެއ ބޭނުންވެގެން ކުރެވޭ އިސްތިއުނާފެއް ކަމަށް ދޭހަވާ ފަދަ މޭރުމަކުން އިސްތިއުނާފު ކުރާ ފަރާތްތަކުން ވާހަކަދައްކާފައިވތީއެވެ.

14ބުނެވުނު އެންމެހައި ކަންކަމަށް ރ ޢޔަތްކޮށާ، މިއީ، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 10 ވަނަ ބާބުގެ ދަށުން ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް މުރާޖައާކުރުމަށް ހުށަހެޅުމަކާ ނުލައި ކޮށްފައިވާ އިސްތިއުނާފެއް ކަމުގައިވާތީ، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (ii) ގެ ދަށުން މި އިސްތިއުނާފު ބާޠިލްކުރަންޖެހޭ ކަމުގައި ދެކެމެވެ.

15HN4އިސްވެ ބުނެވުނު ސަބަބަށްޓަކައި މިއިސްތިއުނާފު ފޯމު ބާޠިލްކުރެވޭ މޙި ލަތުގައި، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރުމާމެދު ހުށަހެޅިފައިވާ ކަންކަމާ މެދު މިހިނދުގައި ގޮތެއް ކަނޑައެޅިދާނެކަމަށް ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

16އިސްވެ ފާހަގަކުރި ކަންކަން އެހެން ހުރުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 287 ވަނަ މާއްދާގެ

(ހ) ގެ (2) ވަނަ ނަންބަރުގެ (ii) އަށް ޙަވާލާދީ، ޑްރީމް އައިލެންޑްސގެ ފަރާތުން ހުށަހަޅާފައިވް އިޖުރާއީ އިޢުތިރާޟް ބަލައިގަނެ، މިއިސްތިއުނާފު ބާޠިލްކުރަން ފެނެއެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު؛

17ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު؛

18ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 10 ވަނަ ބާބު
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 117 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 124 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (ii)
  • ހައިކޯޓުގެ ނަންބަރު 2025/HC-A/345 (މަރްޔަމް ޝަމީމާ ވ. ޙަބީބު ޒާހިރު)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ