ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ވ. މުޙައްމަދު ނިހާލް ސަލީމް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަގުތީ އަމުރެއް ނެރުނެވެ.
- ވާޤިޢާ
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ވަގުތީ އަމުރެއް އިސްތިއުނާފުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ފަހުން ގުޅޭ ޓްރައިބިއުނަލްގެ ނަންބަރު 218/VTR/2025 މައްސަލަ ނިމުނުކަމަށާއި ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެ ސިޓީ ހުށަހަޅާފައިވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލައާ ގުޅޭ ޓްރައިބިއުނަލްގެ މައްސަލަ ނިމި، ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް އިސްތިއުނާފުކުރި ފަރާތުން ސިޓީ ހުށަހަޅާފައިވާއިރު، އިސްތިއުނާފުގެ ދަޢުވާ ފޯމް ބާޠިލުކުރަންވީތޯ.
- ކޯޓުގެ ސަބަބުތައް
- ގުޅޭ ޓްރައިބިއުނަލްގެ މައްސަލަ ނިމި، އިސްތިއުނާފުކުރި ފަރާތުން ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ސިޓީ ހުށަހަޅާފައިވާތީ ދަޢުވާ ފޯމް ބާޠިލުކުރެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 200(VTR)-M5/VA/2025/48
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާތީ)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ)
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ށ) އާއި (ނ)
ފަނޑިޔާރުން
- ބެންޗު
- ޢަބްދުﷲ ޖަމީލް މޫސާ، ޙުސައިން މަޒީދު (ރިޔާސަތު)، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2025/HC-A/365
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3. މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 24 ޑިސެންބަރު 2025
* ބާޠިލްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
4. އިސްތިއުނާފުކުރި ފަރާތް:
1. ފުރިހަމަ ނަން: ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: C-0048/2009
5. އިސްތިއުނާފުރައްދުވާ ފަރާތް:
1. ފުރިހަމަ ނަން: މުޙައްމަދު ނިހާލް ސަލީމް
6. ހުށަހެޅިފައިވާ މައްސަލަ:
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200(VTR)-M5/VA/2025/48 ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7. ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް:
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200(VTR)-M5/VA/2025/48 ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން މިކޯޓުން ބަލަމުންދާ ނަންބަރު 2025/HC-A/365 ޤަޟިއްޔާއާ ގުޅޭ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 218/VTR/2025 މައްސަލަ ނިމިފައިވާތީ، މިކޯޓުގެ ނަންބަރު 2025/HC-A/365 ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބަޔާންކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން 13 އޮކްޓޫބަރު 2026 ދުވަހު މި ކޯޓަށް ސިޓީ ހުށަހަޅާފައިވާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/365 ޤަޟިއްޔާގެ ދަޢުވާ ފޯމު، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8. މައްސަލަ ނިންމި ފަނޑިޔާރުން:
އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
ފަނޑިޔާރު ޙުސައިން މަޒީދު
(ރިޔާސަތު)
ފަނޑިޔާރު ޙަސަން ޝަފީޢު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.