ސަންކަން އޯވަސީސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ފްލޯރާ ގްރޭންޑް އެލް.އެލް.ޕީ
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓުގެ ނަންބަރު 144-B10/IN/2024/04 "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމި ގޮތް" އިސްތިއުނާފުކުރުމަށް ސަންކަން އޯވަރސީސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ހުށަހެޅުމުން މި ކޯޓުގައި ކުރިއަށް ގެންދިޔަ ނަންބަރު 2025/HC-A/39 އިސްތިއުނާފީ މައްސަލަ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B10/IN/2024/04
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ)
ފަނޑިޔާރުން
- ބެންޗު
- ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ (ރިޔާސަތު)، ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2025/HC-A/39
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3. މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 03 ފެބުރުވަރީ 2025 – ބާޠިލުކުރި ތާރީޚް: 18 ނޮވެންބަރު 2025
4. އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: ސަންކަން އޯވަސީސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
5. އިސްތިއުނާފު ރައްދުވި ފަރާތް:
ފުރިހަމަ ނަން: ފްލޯރާ ގްރޭންޑް އެލް.އެލް.ޕީ
6. ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 144-B10/IN/2024/04 "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމި ގޮތް" އިސްތިއުނާފުކުރުމަށް ސަންކަން އޯވަރސީސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ހުށަހެޅުމުން މި ކޯޓުގައި ކުރިއަށް ގެންދިޔަ ނަންބަރު 2025/HC-A/39 އިސްތިއުނާފީ މައްސަލަ.
7. ހައިކޯޓުން ނިންމި ގޮތް:
ސިވިލް ކޯޓުގެ ނަންބަރު 144-B10/IN/2024/04 "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމި ގޮތް" އިސްތިއުނާފުކުރުމަށް ސަންކަން އޯވަރސީސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2025/HC-A/39 ޤަޟިއްޔާއިން ބަލަމުންދާ އިސްތިއުނާފު ކުރިއަށް ގެންދަން ބޭނުން ނުވާތީ މައްސަލަ އަނބުރާ ގެނައުމަށް އެދި 10 ނޮވެންބަރު 2025 އިސްތިއުނާފު ހުށަހެޅި ސަންކަން އޯވަސީސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވަކީލު މި ކޯޓަށް ސިޓީއެއް ފޮނުވިއެވެ.[1] މި މައްސަލަ އަނބުރާ ގެނައުމަށް އެދުނު ސަބަބެއްގެ ގޮތުގައި މި ސިޓީގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައިވާ ޤަޟިއްޔާ ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 150 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކުރިއަށް ނުގެންގޮސް 01 ޖޫން 2025 ގައި ސިވިލް ކޯޓުން ނިންމާލާފައިވާތީ މިމައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތަތީ ކަމަށެވެ.
ވީމާ، މި ސިޓީއަށް ރިއާޔަތްކޮށް، ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، މި ކޯޓުގެ ނަންބަރު 2025/HC-A/39 ޤަޟިއްޔާގައި އިސްތިއުނާފު ހުށަހެޅި ފޯމު، މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ބާތިލުކޮށްފީމެވެ.
8. މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
[1] ޕްރިމިއަރ ޗެމްބަރސް އެލް.އެލް.ޕީ ގެ ނަންބަރު MA-SOP1019-001-11635 ސިޓީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.