އާޔަތުﷲ ޝަކީލް ވ. ސިވިލް ސަރވިސް ކޮމިޝަން
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު: 200-VTR/VA/2025/18 (04 މާރިޗް 2025) 'ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމިގޮތް' އިސްތިއުނާފު ކުރުމަށް އެދި އާޔަތުﷲ ޝަކީލުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 200-VTR/VA/2025/18
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ)
ފަނޑިޔާރުން
- ބެންޗު
- ޢަބްދުލްމާނިޢު ޙުސައިން، މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، އިސްމާޢީލް ޝަފީޢު
- ރިޔާސަތު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2025/HC-A/98
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް
3. މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 14 އެޕްރީލް 2025 – ބާޠިލުކުރި ތާރީޚް: 21 ޖޫން 2026
4. އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: އާޔަތުﷲ ޝަކީލް
5. އިސްތިއުނާފު ރައްދުވި ފަރާތް:
ފުރިހަމަ ނަން: ސިވިލް ސަރވިސް ކޮމިޝަން
6. ހުށަހެޅިފައިވާ މައްސަލަ:
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު: 200-VTR/VA/2025/18 (04 މާރިޗް 2025) 'ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމިގޮތް' އިސްތިއުނާފު ކުރުމަށް އެދި އާޔަތުﷲ ޝަކީލުގެ ފަރާތުން: ހުށަހަޅާފައިވާ މައްސަލަ.
7. ހައިކޯޓުން ނިންމި ގޮތް:
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 51/VTR/2025 މައްސަލައާ ގުޅިގެން ޓްރައިބިއުނަލުން ނިންމާފައިވާ ނަންބަރު: 200-VTR/VA/2025/18 (04 މާރިޗް 2025) 'ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމިގޮތް' އިސްތިއުނާފު ކުރުމަށް އެދި އާޔަތުﷲ ޝަކީލުގެ ފަރާތުން ހުށަހެޅުމުން ރަޖިސްޓަރީކުރެވިފައިވާ ހައިކޯޓުގެ ނަންބަރު 2025/HC-A/98 ޤަޟިއްޔާ، އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ މައްސަލައިގެ ފޯމު ބާޠިލުކޮށްދިނުމަށް އާޔަތުﷲ ޝަކީލުގެ ފަރާތުން 17 ޖޫން 2026 ދުވަހު އީމެއިލް[1] މެދުވެރިކޮށް މިކޯޓުގައި އެދިފައިވާތީ، ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 75 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2025/HC-A/98 ޤަޟިއްޔާގެ ދަޢުވާ ފޯމު، ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8. މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)
ފަނޑިޔާރު އިސްމާޢީލް ޝަފީޢު
[1] އީމެއިލްއާ ގުޅިގެން 21 ޖޫން 2026 ދުވަހު އިސްތިއުނާފުކުރާ އާޔަތުﷲ ޝަކީލަށް ކޯޓުން ގުޅައި ކަށަވަރު ކުރެވިފައިވެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.