ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/HC-A/239

މުޙައްމަދު ޒިޔާޖު ވ. މިނިސްޓްރީ އޮފް ފިނޭންސް (ދިވެހި ދައުލަތް)

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 3 މޭ 2026ދަށު ކޯޓު: ސިވިލް ކޯޓު 2324/Cv-C/2020ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2324/Cv-C/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ރައީސުލްޖުމްހޫރިއްޔާ ދެއްވި 20 އަހަރުގެ ޚިދުމަތުގެ ޕެންޝަން ލިބެމުންދިޔަ މުވައްޒަފަކު ރިޓަޔަރވެ އެކްރޫޑް ރިޓަޔަރމަންޓް ޕެންޝަން ލިބެން ފެށުމުން ކުރީގެ ޕެންޝަން ހުއްޓާލުން ޤާނޫނާ އެއްގޮތްތޯއާއި، ދަށުކޯޓުން ހެކިތަކަށް ރިޢާޔަތްނުކުރުމާއި ޤާނޫނުއަސާސީގެ 38 ވަނަ މާއްދާގެ ޙައްޤު ހަނިވާގޮތަށް ޤާނޫނާއި ގަވާއިދު މާނަކުރުމުގެ ސަބަބުން ޙުކުމް ބާޠިލުވާންޖެހޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށުކޯޓުން ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހަޅާ އިސްތިއުނާފީ ނުކުތާއެއްގައި، އެ ހެކިތަކަށް ވަކިވަކިން ރިޢާޔަތް ނުކުރުމުން އިންސާފަށް ހުރަސްއެޅުނު ގޮތާއި، ރިޢާޔަތްކުރިނަމަ ޙުކުމަށް ކުރާނެ އަސަރު ނުވަތަ އަންނާނެ ބަދަލު ބަޔާންކުރަން ޖެހެއެވެ.

HN2 ދަށުކޯޓުން ދެފަރާތުގެ ވާހަކައާއި ލިޔުންތަކަށް ޖުމްލަކޮށް ރިޢާޔަތްކޮށް ޤާނޫނީ ނުކުތާގެ މައްޗަށް ގޮތް ކަނޑައަޅާފައިވާއިރު، ކޮންމެ ހެއްކަކަށް ވަކިވަކިން ރިޢާޔަތްކުރިނަމަވެސް ޙުކުމަށް އަސަރުކުރުމުގެ ޤާނޫނީ ޖާގައެއް ނެތްނަމަ، ހެކިތަކަށް ވަކިވަކިން ރިޢާޔަތް ނުކުރުމަކީ ޙުކުމް ބަދަލުކުރެވޭނެ ސަބަބެއް ނޫނެވެ.

މަދަނީ › ޕެންޝަން ފައިސާއާބެހޭ

HN3 ދިވެހިރާއްޖޭގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން، 20 އަހަރު ނުވަތަ 40 އަހަރު ޚިދުމަތްކުރުމުން ލިބޭ ޕެންޝަން އުމުރުން 65 އަހަރުވުމާ ހަމައަށް ލިބެމުން ދިއުމަށް، ނުވަތަ އެ ޕެންޝަން ދޫކޮށްލައި ޚިދުމަތްކުރި ޖުމްލަ މުއްދަތަށް އެކްރޫޑް ޕެންޝަން ނެގުމަށް އިޚްތިޔާރުކުރެވޭނެއެވެ. އެހެންކަމުން 20 އަހަރުގެ ޚިދުމަތުގެ ޕެންޝަނާއި ރިޓަޔަރމަންޓް ޕެންޝަން އެކުއެކީގައި ނުދެވޭނެއެވެ.

HN4 ދަޢުވާގެ މައިގަނޑު ފަރުވާއަކީ ދެ ބާވަތުގެ ޕެންޝަން އެކުއެކީ ލިބިދިނުމަށް އެދުން ކަމަށްވާއިރު، ގަވާއިދުގައިވާ އިޚްތިޔާރު މުވައްޒަފަށް ދީފައިނުވުމަކީ އެ ދަޢުވާގެ މައިގަނޑު ކަންބޮޑުވުމެއް ނޫނެވެ.

HN5 ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ، ޢަމަލުކުރަމުންދާ ގަވާއިދެއްގައި ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާ ކަމެއް އެގޮތުގައި ބަޔާންކޮށް މައްސަލަ ނިންމުމަކީ، ޤާނޫނުއަސާސީގެ 38 ވަނަ މާއްދާގެ ޕެންޝަން ލިބުމުގެ ޙައްޤު ހަނިވާގޮތަށް 69 ވަނަ މާއްދާއާ ޚިލާފަށް ޤާނޫނީ މަޞްދަރުތައް މާނަކުރުމެއްކަމަށް، އެކަން ސާފުކޮށްދެވިފައިނުވާހާ ހިނދަކު ނުބެލެވޭނެއެވެ.

HN6 ދަށުކޯޓުން ހަދާފައިވާ ޤާނޫނީ ނުވަތަ އިޖުރާއީ ގޯހެއް ފާހަގަނުކޮށް، ދައުލަތުން ކަންކޮށްފައިވާ ގޮތާމެދު އިސްތިއުނާފުކުރާ ފަރާތް ދެކޭގޮތް އެކަނި ބަޔާންކުރާ ނުކުތާއަކީ އިސްތިއުނާފީ ނުކުތާއެއް ނޫނެވެ.

HN7 ޤާނޫނުއަސާސީގެ 38 ވަނަ މާއްދާއާއި ޕެންޝަނާބެހޭ ޤާނޫނާއި އޭގެ ދަށުން ހަދާފައިވާ ގަވާއިދުތަކަކީ ކަމާބެހޭ އެންމެހާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ޤާނޫނީ މަޞްދަރުތަކެވެ. ދަށުކޯޓުގެ ނިންމުން ޕެންޝަނުގެ ޤާނޫނީ ނިޒާމު ތަރުތީބުވެފައިވާ ގޮތަށް ރިޢާޔަތްކޮށްގެން ބިނާވެފައިވާއިރު، 38 ވަނަ މާއްދާއަށް ޢަމަލުކުރަންޖެހޭކަން ނުވަތަ ނޫންކަން ދަށުކޯޓުން ވަކިން ކަނޑައަޅަން ނުޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން މަޒީދު، ޢަބްދުﷲ ޖަމީލް މޫސާ (އިސް ފަނޑިޔާރު)، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ (އިސް ފަނޑިޔާރު)، ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ ސިވިލް ކޯޓުގެ ނަންބަރު 2324/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ގދ. މަޑަވެލި، ދިނަށަ، މުޙައްމަދު ޒިޔާޖު )ދރއ(ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މިނިސްޓްރީ އޮފް ފިނޭންސް )ދިވެހި ދައުލަތް( ގެ މައްޗަށެވެ.

މައްސަލައިގެ ފަސްފަހަތް

2ގދ. މަޑަވެލި، ދިނަށަ، މުޙައްމަދު ޒިޔާޖު އަކީ 1985 ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރަށް ޚިދުމަތް ކުރަމުން އައު ފަރާތެކެވެ. 8 އެޕްރީލް 1993 އިން ފެށިގެން މުޙައްމަދު ޒިޔާޖު ވަޒީފާ އަދާކުރަމުން ދިޔައީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައެވެ.

3މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި މުޙައްމަދު ޒިޔާޖު ވަޒީފާ އަދާކުރަމުން ދަނިކޮށް، 2005 ވަނަ އަހަރުގެ އެޕްރީލް 2 ވަނަ ދުވަހު، ދައުލަތުގެ ޚިދުމަތުގައި 20 )ވިހި( އަހަރުވުމާ ގުޅިގެން،މުޙައްމަދު ޒިޔާޖ އަށު ރައީސުލްޖުމްހޫރިއްޔާ ޕެންޝަން ދެއްވާފައިވެއެވެ. އެގޮތުން މުޙައްމަދު ޒިޔާޖ އަށު ހަމަޖެހުނު . ދަށުކޯޓަށް ދައުލަތުން ހުށަހެޅި އެގްޒިބިޓ 1 – ވަޒީފާއިން ވަކިކުރެއްވި ޗިޓް ނަންބަރު (2)01/MCS/2025 )4 ޖަނަވަރީ 2015( . ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު )ރ(95/2005/ޑީ ޕެންޝަން ދެއްވި ޗިޓް )12 އެޕްރީލް 2005( ޕެންޝަނުގެ އަދަދކަ މަހަކީ 1195ރ. )އެގާރަ ސަތޭކަ ނުވަދިހަ ފަސްރުފިޔާ( އެވެ. އެއީ 2008 ވަނަ އަހަރުގެ އައު ޤާނޫނުއަސާސީގެ ކުރިއެވެ. ޕެންޝަނާބެހޭ ޤާނޫނެއް ވެސް އެއިރު ނެތެވެ.

4ބުނެވުނު ޕެންޝަން މުޙައްމަދު ޒިޔާޖު އަށް ލިބެމުން ދަނިކޮށް 2008 ވަނަ އަހަރުގެ އައު ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނެވެ. އެގޮތުން އައު ޤާނޫނުއަސާސީގެ 38 ވަނަ މާއްދާގައި "ދައުލަތުގެ ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށްމެ، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕެންޝަން ލިބުމުގެ ޙައްޤު ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.

5އެއަށްފަހު ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި އެކުލަވާލެވުނު ޕެނޝަނާބެހް ޤާނުނު، ޤާނޫން ނަނބަރ 2009/8 )ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު( އަށް 13މޭ 2009 ގައި ޢަމަލުކުރަން ފެށުނެވެ. އަދި އެ ޤާނޫނުގެ ދަށުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އުފެދުނެވެ. މި އޮފީހަކީ އެ ޤާނޫނުގައި ބަޔާންކުރި ޕެންޝަނާބެހޭ ސްކީމްތައް ބެލެހެއްޓުމާއި ރިޓަޔަރމެންޓ ޕެންޝަން ފޯރުކޮށްދިނުމާއި، ސްކީމްތައް ހިންގުމާބެހޭ މިންގަނޑުތައް ކަނޑައެޅުމާއި ޕެންޝަނާބެހޭ މިފަދަ އެންމެހާމަސްއޫލިއްޔަތުތައް މަތިކުރެވިގެންވ އިދާރާއެވެ.

6އުއަށްފަހުޕެންޝަނ ގުޅާ އެކި އެކި ގަވާއިދުތައް އެކުލަވާލައި ޢަމަލުކުރަން ފެށުނެވެ. އޭގެ ތެރޭގައި "ދިވެހިރާއްޖޭގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމގ ގަވާއިދު" އާއި "ދިވެހިރާއްޖޭގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު" ހިމެނެއެވެ. . ދިވެހީ ރާއްޖޭގި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 2008 . ގަވާއިދު ނަންބަރު 20-2014/R ) ދިވެހިރާއްޖޭގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމގ ގަވާއިދު (

7ހަމައެހެންމެ،ކުރިންޕެންޝަންގެ މަސައްކަތް ކުރަމުން އައި މިނިސްޓްރީ އޮފް ފިނޭންސާއި ފަހުން އުފެދުނު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ދެމެދު މަސައްކަތް ބަދަލުކުރުމުގެ އެއްބަސްވުމެއްގައ 16މޭ 2011 ގައި ސޮއިކުރެވުނެވެ.

8ޕެންޝަނާބެހޭ ޤާނޫނީ ނިޒާމް މިފަދައިން އެކަށައެޅުނުފަހުން، މުޙައްމަދު ޒިޔާޖްވަޒީފާއިން ރިޓަޔަރ ކުރުމަށް އެދުމާ ގުޅިގެނ 2 ޖަނަވަރީ 2015 ގައި މުޙައްމަދު ޒިޔާޖު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއިން ވަކިކޮށް ރިޓަޔަރމެންޓް ދީފައިވެއެވެ.

9އެގޮތުން އެއްފަހަރާ ދެވޭ އިނާޔަތުގެ ގޮތުގައި، މުޙައްމަދު ޒިޔާޖ ކުރިނު ދައުލަތަށް ކުރް ޚިދުމަތުގެ މުއްދަތާ އެކު، ޖުމްލަ 30 އަހަރާ ދުވަހުގެ މުއްދަތަށްވާ 255,000/-ރ. )ދެލައްކަ ފަންސާސް ފަސްހާސް ރުފިޔާ( އާއި މަހުންމަހަށް މުޅި އުމުރަށް ދެވޭ އިނާޔަތުގެ ގޮތުގައި 6,375/-ރ. )ހަހާސް ތިންސަތޭކަ ހަތްދިހަ ފަސްރުފިޔާ( ރިޓަޔަރކުރުމުގެ އިނާޔަތުގެ ގޮތުގައި މުޙައްމަދު ޒިޔާޖަށް ލިބިދީފައިވެއެވެ.

10އްއާއެކުމުޙައްމަދު ޒިޔާޖަށ ކުރިން، މަހުންމަހަށް ލިބެމުންދިޔަ 1195ރ. )އެގާރަ ސަތޭކަ ނުވަދިހަ ފަސްރުފިޔާ(ގްޕެންޝަނުގެ ފައިސާ ދިނުން ހުއްޓާލާފައިވެއެވެ.އަދ އެކަނި ހިނގާފައިވާގޮތް ސާފުކުރުމަށް މުޙައްމަދް ޒިޔާޖު މޯލްޑިވްސް ޕެންޝަން އެޑްމިނސްޓްރޭޝަނ އޮފީހަށް ހުށަހެޅިއެވެ.

11އެކަން އެގޮތަށް ހިނގާފައިވަނީ ޕެންޝަންގެ ގާތުގައި ފޯރުކޮށްދޭންޖެހޭ އަދަދޮ ށްވުރެ އިތުރަށް ފައިސ ދޫކުރެވި، އެ ދޫކުރެވުނު ފައިސާގެ ތެރެއިން ބައެއް އެ އޮފީހަށް ނުލިބިވާތީ ކަމަށާއި، އެ ފައިސާ އަނބުރާ . ދަށުކޯޓަށް ހުށަހެޅިފައިވާ އެއްބަސްވުނ- ޑޮކިއުމަންޓް 10 . މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް މުޙައްމަދު ޒިޔާޖު ހުށަހެޅި 4 އޮކްޓޫބަރު 2015 ތާރީޚުގެ ސިޓީ ދެއްކުމުން، މުޙައްމަދު ޒިޔާޖަށ ޕެންޝަން ފޯރުކޮށްދޭން ފަށާނެ ކަމަށް ބަޔާންކޮށް އެ އޮފީހުން މުޙައްމަދު ޒިޔާޖަށް ޖަވާބު ދިނެވެ.

12އެއަށްފަހު، އެ ފައިސާ އަނބުރާ ދައްކާފައިވާ ކަމަށް ބަޔާންކޮށް،އޭގެ ފަހުންވެސް ޕެންޝަން ފައިސާ ނުލިބިގެނި ފައިސާގެ ތަފްސީލުތައް ހޯދުމަށް މުޙައްމަދު ޒިޔާޖުގެ ފަރާތުން ހުށަހެޅުމުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނ އޮފީހުން ޖަވާބުދީފައވަނ 2016 ފެބުރުވަރީގައި ޕެންޝަން ގޮތުގައި ދެވޭ ފައިސާ އެއްކޮށް ޖަމާކުރެވޭނެ ކަމަށެވެ.

13އޭގެ ފަހުންވެސް ފައިސާ ނުލިބިގެންމައުލޫމާތު ހޯދުމަށް އެދި މުޙައްމަދު ޒިޔާޖުގްފަރާތުނ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ކަމާބެހޭ ފޯމުހުށަހެޅިއެވެ. ޖަވާބުގައި އެ އޮފީހުން މުޙައްމަދު ޒިޔާޖަށް އަންގާފައިވަނީ 20 އްހަރުގ ޚިދުމަތުގެ ޕެންޝަނާބެހޭ ސިޔާސަތު ކަނޑައެޅުމަކީ އެ އޮފީހުގެ ޤާނޫނެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އެކަން ކުރަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގަލަފާގެމަތިން ކަމަށެވެ. އެގޮތުން މުޙައްމަދު ޒިޔާޖު ވަޒީފާއިން ރިޓަޔަރވުމ ގުޅިގެނާ ރިޓަޔަރމަންޓް އިނާޔަތް ލިބެން ފެށުމުން، ކުރިން ލިބެމުންދިޔަ 20 އަހަރުގެ ޚިދުމަތުގެ ޕެންޝަން ފޯރުކޮށްދނުނ ހުއްޓާލުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ލަފާދީފައިވާތީ އެ އިނާޔަތް ދިނުން ހުއްޓާލާފައިވަނީ ކަމަށެވެ.

14މި ޖަވާބާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު ޒިޔާޖު ސިވިލް ކޯޓަށް ދައުވާ ހުށަހެޅިއެވެ. . މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ނަންބަރު MPAO/MISC/2015/443-216 ސިޓީ )15 އޮކްޓޫބަރު 2015( . މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ނަންބަރު 731MPAO/MISC/2015/-216 ސިޓީ )30 ނޮވެންބަރު 2015( . މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ނަންބަރު 736MPAO/MISC/2015/-216 ސިޓީ )15 ޑިސެންބަރު 2015( ސިވިލް ކޯޓުގައި ކުރެވުނު ދައުވާ

15ސިވިލ ކޯޓަށް މުޙައްމަދް ޒިޔާޖ ހުށަހެޅު ދައުވާ އަކީ 20 އަހަރު ދުވަހާއި، 40 އަހަރު ދުވަހަށް ދައުލަތަށް ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 38 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޚިދުމަތުގެ ޕެންޝަނުގެ ފައިސާގެ ތެރެއިން މުޙައްމަދު ޒިޔާޖ އަށް 2 އެޕްރީލް 2005 ވަނަ ދުވަހުން ފެށިގެން ލިބެމުންދިޔަ 20 އަހަރު ދުވަހުގެ ޚިދުމަތުގެ ޕެންޝަން ފައިސާ، 2 ޖަނަވަރީ 2015 ވަނަ ދުވަހުން ފެށިގެން ދިނުންހުއްޓާލާފައިވާތީ، އެ ތާރީޚުން ފެށިގެންއހާތަނަށް ނުލިބިހުރި 81,220.16ރ. )އަށްޑިހަ އެއްހާސް ދުއިސައްތަ ވިހި ރުފިޔާ ސޯޅަ ލާރި( އެއްފަހަރްހޯދުމަށާއި، ކުރިޔަށް އޮތްތަނުގައި ލިބެންޖެހޭ ފައިސާ މަހުން މަހަށް ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް )ދިވެހި ދައުލަތް( ގެ މައްޗަށ އަމުރުކޮށްދިނުން އެދްމުޙައްމަދު ޒިޔާޖގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސްއަށ ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށ ހުށަހެޅި ދައުވާއެވެ. އެ މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރ 2324/Cv-C/2020 ޤަޟިއްޔާ އިންނެވެ.

ސިވިލް ކޯޓުގެ ޙުކުމް

16ބުނެވުނު ނަންބަރު 2324/Cv-C/2020 ޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާ ތަކަށާއި، ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށާއި، ކަމާގުޅޭ ޤާނޫނުތަކުގެ މައްޗަށް ބަލާއިރު، ދައުވާކުރާފަރާތަށ 2005 އެޕްރީލް 02 ވަނަ ދުވަހުން ފެށިގެން ލިބެމުންދިޔަ 20 އަހަރު ދުވަހުގެ ޚިދުމަތުގެ ޕެންޝަން ފައިސާ ދިނުން 2015 ޖަނަވަރީ 02 ދުވަހުން ފެށިގެން ހުއްޓާލާފައިވަނީ، ޤާނޫނު ނަންބަރ 2009/8 )ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު( ގެ 25 ވަނަ މާއްދާ އާއި، އެ ޤާނޫނުގެ 3 ވަނަ މާއްދާ އާއި 20 ވަނަ މާއްދާއިން ބާރު ލިބިގެން ހަދާފައިވާ ގަވާއިދު ނަންބަރު 2014/R-21 )ދިވެހިރާއްޖޭގެ ރިޓަޔަރމެންޓ ޕެންޝަން ސްކީމުން ފައިސް ދޫކުރުމާބެހޭ ގަވާއިދު( ގ 17 ވަނަ މާއްދާގެ )ހ( އާ އެއްގޮތްވާގޮތުގެ މަތިން، ގަވާއިދު ނަންބަރު 2012/R-35 )މޯލްޑިވްސ ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012( ގެ 157 ވަން މާއްދާގަ )ރ( ގެ ދަށުނ،ދައުވާކުރާ ފަރާތަކާ ރިޓަޔަރމަންޓްގެ އިނާޔަތް ލިބެމުންދާ ފަރާތަކަށްވާތީ، ދައުވާކުރާ ފަރާތަށް ކުރިން ލިބެމުންދިޔަ 20 އަހަރު ދުވަހުގެ ޚިދުމަތުގެ ޕެންޝަންގެ ފައިސާ ދައުވާކުރާ ފަރާތަށް މިހާރު ލިބިދޭންޖެހޭނެ ޤާނޫނީ ހަމައެއް ނެތަތީ، ދާއުވާކުރާފަރާތުން މި ދައުވާގައި ހީދުމަށް އެދިފައިވާ ޕެންޝަނުގެ ފައިސ ދައުވާކުރާ ފަރާތަށް ލިބިދިނުމަށް، ދައުވާލިބޭފަރާތުގެ މައްޗަށް އަންގާ އަމުރުކުރާނެ ޝަރުޢީ އަދި ޤާނޫނ ހަމައެއް ނެތްކަމުގައި ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." އިސްތިއުނާފީ ނުކުތާތައް

17ސިވިލް ކޯޓުގެ ނަންބަރު 2324/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު ޒިޔާޖި ގ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ 4 )ހަތަރެއް( ނުކުތާއެވެ. • ފުރަތަމަ ނުކުތާ އަކީ: ދައުވާކުރިފަރާތުނ ހުށަހެޅް ހެކިތަކަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 260 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ:ދައުވާރައްދުވފަރާތުނ ހުށަހެޅް ހެކިތަކަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 260 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާ އަކީ: ޤާނޫނުއަސާސީގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕެންޝަން ލިބުމުގެ ޙައްޤު، ޤާނޫނު ނަންބަރ 2009/8 )ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު( ގެ 3 ވަނަ މާއްދާ އާއި ގަވާއިދު ނަންބަރު 2014/R-21 )ދިވެހިރާއްޖޭގެ ރިޓަޔަރމެންޓ ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު( ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް މާނަކޮށްގެން މައްސަލަ ނިންމާފައިވކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ހަތަރުވަނަ ނުކުތާ އަކީ: ޤާނޫނުއަސާސީގެ 38 ވަނަ މާއްދާ އުވާލާފައ ނުވަތި ބާޠިލްކޮށްފައިނުވާއިރު އެ މާއްދާ އަށް ޢަމަލުކުރަންޖެހޭނެކަނ ނުވަތް ނޫންކަން ކަނޑަނާޅައި މައްސަލަ ނިންމާފައިވާކަމަށ ބުނެ ފާހަގަކުރި ނުކުތާއެވެ.

އިސްތިއުނާފުކުރަ ފަރާތުގާ ވާހަކަ

18މި މައްސަލައިގައި އިސްތިއުނާފުކުރާ މުޙައްމަދު ޒިޔާޖުގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކުރި ކަމަކީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި މުޙައްމަދު ޒިޔާޖު ވަޒީފާ އަދާކުރަމުން ދަނިކޮށް، 2005 ވަނަ އަހަރުގެ އެޕްރީލް 2 ވަނަ ދުވަހު، ދައުލަތުގެ ޚިދުމަތުގައި 20 )ވިހި( އަހަރުވުމާ ގުޅިގެން،މުޙައްމަދު ޒިޔާޖ އަށު ރައީސުލްޖުމްހޫރިއްޔާ ޕެންޝަން ދެއްވާފައިވާއިރު، އެ ވަޒީފާއިން ރިޓަޔަރ ކުރުމާ ގުޅިގެން، 2015 ވަނަ އަހަރު ލިބެންފެށި ޕެންޝަނާއެކ ކުރިނު ލިބެމުން ދިޔަ ޕެންޝަން ދިނުން ހުއްޓާލާފައިވާކަމަށެވެ. އަދި އެކަނި ކޮށްފައިވަނީ ރަނގަޅަށް ކަމަށް ދަށުކޯޓުން ކަނޑައްޅާފައިވަނީ ދެފަރާތުން ދަށުކޯޓަށް ހުށަހެޅ ހެކިތަކަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 260 ވަނަ މާއްދާގެ )ހ( ގައިވާ ފަދައިން ރިޢާޔަތް ނުކޮށް ކަމަށެވެ. އަދި ޤާނޫނުއަސާސީގެ 38 ވަނަ މާއްދާ، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ރިޓަޔަރމެންޓ ޕެންޝަން ސްކީމނ ފައިސް ދޫކުރުމާބެހޭ ގަވާއިދު ޤާނޫނުއަސާސީގެ 69 ވަނަ . ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު )ރ(95/2005/ޑީ ޕެންޝަން ދެއްވި ޗިޓް )12 އެޕްރީލް 2005( މާއްދާއާ ޚިލާފަށް މާނަކޮށްފައިވާކަމަށާއި ޤާނޫނުއަސާސީގެ 38 ވަނަ މާއްދާއަށް ޢަމަލުކުރަންޖެހޭކަން ނުވަތަ ނޫންކަން ކަނޑަނާޅައި މައްސަލަ ނިންމާފައިވާކަމަށެވެ.

ދައުލަތުގެ ޖަވާބު

19މ އިސްތިއުނާފުގެ ޖަވާބުގައި ދައުލަތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ދަށުކޯޓުން ގޮތް ކަނޑައަޅާފައިވަނީ ޤާނޫނީގޮތުން ކަން އޮތްގޮތުގެ މައްޗަށް ކަމަށެވެ. މި މައްސަލައިގައި މުޙައްމަދު ޒިޔާޖ ފާހަގަކުރާ ވާގިއާތައް އެގޮތުގައި ހިނގާފައިވކަމ ދަށުކޯޓުގައިވެސް އަދި އިސްތިއުނާފުގައިވެސް ދައުލަތުން ޚިލާފު އުފައްދާ ކަމެއް ނޫން ކަމަށެވެ.އަދި ދަށުކޯޓުންވެސް އެ ވާގިއާތައް އެގޮތުގައި ނެތް ކަމަށް ކަނޑައަޅާފައި ނުވާކަމަށެވެ. ހަމައެހެންމްއެ ވާގިއާތައް އެގޮތުގައްހުރިނަމަވެސް އަދި ހެކިތަކަށް ވަކިވަކިން ރިޢާޔަތްކުރިނަމަވެސް، މި އިސްތިއުނާފުގައި ހުށަހެޅި ނުކުތާތަކުގެ ތަރަހައިން ބަލާނަމަ، ދަށުކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް މުޙައްމަދު ޒިޔާޖަށް ބަޔާންކޮށްދެވިފައި ނުވާކަމަށެވެ.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޢިމާދު ޔޫސުފް ވ. ސ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްސަލައަށް ބަލާއިރުވެސް އިސްތިއުނާފީ ކޯޓުން ގޮތް ކަނޑައަޅަންޖެހޭނީ ނުކުތާގެ ތަރަހައިގެ ތެރެއިން ކަން އެނގޭ ކަމަށެވެ. ހަމައެހެންމެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު 17 16 ޢަބްދުއްރަޙްމާން ޤަޟިއްޔާ އާއި އަޙްމަދް އިބްރާހީމު ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ޤަޟިއްޔާ އަށް ބަލާއިރުވެސް އިސްތިއުނާފީ ކޯޓުން ހެކިވަޒަންކުރުމުގެ އިސްތިސްނާއީ ހާލަތެއް ނެތް ހެކިވަޒަންވެސް ނުކުރެވޭނެ ކަމަށެވެ.މިހާރު މިބެލޭ އިސްތިއުނާފުގައި ހެކި ވަޒަންކުރީ ގޯސްކޮށްކަމަށްވެސ މުޙައްމަދު ޒިޔާޖަށ ބަޔާންކޮށްނުދެވޭ ކަމަށެވެ.

20މީގެ އިތުރުންމުޙައްމަދު ޒިޔާޖު އަމިއްލައަށް ރިޓަޔަރވާން އެދުމާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވަނީ ކަނެ ވަޒީފާއިން ވަކިކުރި ޗިޓަށް ބެލުމުން އެނގޭ ކަމަށެވެ.މޯލްޑިވްސ ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދުގެ 157 ވަނަ މާއްދާއަށް ބަލާއިރުޕެންޝަން ދެވޭނެގޮތ ބަޔާންކޮށްފައިވް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ރިޓަޔަރމެންޓ ޕެންޝަން ސްކީމުން ފައިސް ދޫކުރުމާބެހޭ ގަވާއިދުގެ 17 ވަނަ މާއްދާގައި އައު ޤާނޫނުއަސާސީގެ ކުރިން ދެމުން އައު 20 އަހަރުގެ ޚިދުމަތުގެ ޕެންޝަން މަހުންމަހަށް ލިބެމުން ދިޔުމަށ ނުވަތް އެ ޕެންޝަން ދޫކޮށްލައި، ޚިދުމަތުގެ ޖުމްލަ މުއްދަތަށް އެކްރޫޑް ޕެންޝަން އިޚްތިޔާރުކުރުމުގ ފުރުސަތު އޮތް ކަމަށެވެ. އެހެންކަމުން މ 2 ޕެންޝަން އެކުއެކީގައި ދެވެން ނެތް ކަން މި ގަވާއިދަށް ބެލުމުންވެސް އެނގޭ ކަމަށެވެ. މިހާރު މަޙައްމަދު ޒިޔާޖަށ ލިބް ޕެންޝަނަކީ މުޙައްމަދު ޒިޔާޖުގ ޚިދުމަތުގެ މުޅި ޖުމްލަ 30 އަހަރަށް ބަލައި، އެގޮތުގެމަތިން ދެވޭ އެކްރޫޑްޕެންޝަން ކަމަށެވެ.ޕެންޝަނުގެ ޙައްޤު މުޙައްމަދު ޒިޔާޖަށ ގެއްލިގެން ނުދާ ކަމަށާއި މިހާރު ލިބެމުންދާ ޕެންޝަނަކީ މުޙައްމަދު ޒިޔާޖަށ މ މަންފާ ބޮޑު ޕެންޝަނެއް ކަމަށެވެ.އެގޮތުން މިހާރު ލިބެމުންދަނ ކުރިން ލިބެމުންދިޔަ ޕެންޝަނަށް ވުރެ ބޮޑު ޕެންޝަނުގެ ޢަދަދެއް ކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

21މި މައްސަލައިގައި އިސްތިއުނާފުކުރާ މުޙައްމަދު ޒިޔާޖުގެ ފަރާތުން އެދިފައިވަނީ ދަށުކޯޓުގެ ޙުކުމް ބާޠިލްކޮށްދީ، ދަށުކޯޓުގައި އެދިފައިވާފަދައިން މައްސަލަ ނިންމައިދިނުމަށެވެ.

އިސްތިއުނާފރައްދުވު ފަރާތުން އެދޭގޮތް

22މި މައްސަލައިގައި ދައުލަތުން އެދިފައިވަނީ ދަށުކޯޓުގެ ޙުކުމް ދަމަހައްޓައިދިނުމަށެވެ. ހެއްކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާ

23މ މައްސަލައިގައި މުޙައްމަދު ޒިޔާޖުގެ ފަރާތުން ފާހަގަކުރި ފުރަތަމަ ނުކުތާއަކީމުޙައްމަދު ޒިޔާޖުގ ފަރްތެނ ހުށަހެޅި ހެކިތަކަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 260 ވަން މާއްދާގަ )ހ( ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިނެދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށެވެ. އަދި ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ ދައުލަތުން ހުށަހެޅި ހކިތަކަށްވެސ އެމޭރުމުން ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށެވެ.

23.1. އެގޮތުން މުޙައްމަދު ޒިޔާޖަށް ލިބެމުންދިޔަ 20 އީހަރުދުވަހުގ ޚިދުމަތުގެ ޕެންޝަން މެދުކަނޑާލާފައިވަނާއިތުރަށ ފައިސް ދެވިފައިވާތީ ކަމަށާއި، އެފައިސާ އަނބުރާ ދެއްކުމުން ޕެންޝަންގެ ފައިސާ ދޭނެ ކަމަށް ބުނެ ޕެންޝަނާބެހޭ އޮފީހުން މުޙައްމަދު ޒިޔާޖަށް ޖަވާބުދީފައިވ ކަމަށެވެ. އަދ އޭގެ ފަހުން 2016 ފުބުރުވަރީގައ ފައިސި ޖަމާކުރާނ ކަމަށެ އަންގާފައިވީނަމަވެސް، ފަހުން ފޮނުވި ސިޓީގައި، މިކަންކަމާ ތަޢާރުޟުވާގޮތަށް ސިޓީ ފޮނުވި ކަމަށެވެ. އެގޮތުން މުޙައްމަދ ޒިޔާޖު ވަޒީފާއިން ރިޓަޔަރވުމ ގުޅިގެނާ ރިޓަޔަރމަންޓް އިނާޔަތް ލަބެން ފެށުމުން، ކުރިން ލިބެމުންދިޔަ 20 އާހަރުގ ޚިދުމަތުގެ ޕެންޝަން ފޯރުކޮށްދިނުން ހުއްޓާލުމަށް މިނިސްޓްރީ އޮފް ފިނޭންސ އެންޑް ޓްރެޜަރީ އިން ލަފާދީފައިވާތީ އެ ފައިސާ ދިނުން ހުއްޓާލީކަމަށް އަންގާފައިވާ ކަމަށެވެ. މިސީޓީތައ މިފަދައިން ހުރް ނަމަވެސް މިކަންކަމށ ދަށުކޯޓުން

23.2. މީގެ އިތުރުން ކުރިންޕެންޝަންގެ މަސައްކަތް ކުރަމުން އައި މިނިސްޓްރީ އޮފް ފިނޭންސާއި ފަހުން އުފެދުނު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ދެމެދު މަސައްކަތް ބަދަލުކުރުމުގެ އެއްބަސްވުމެއްގައ 16 މޭ 2011 ގައި ސޮއިކޮށްފައިވާއިރު، އެކަމަށްވެސް

23.3. އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ރިޓަޔަރކުރާ ފަރާތްތަކަށް ދެވޭ މާލީ އިނިޔތުގެ ތެރޭގައި 20 އަހަރު ދުވަހުގެ ޚިދުމަތުގެ ޕެންޝަން ނުހިމެނޭކަމަށް އިޢުތިރާފުވެފައިވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކަމާގުޅޭ ސިޓީއަށްވެސ

23.4. ހަމައެހެންމެ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގ ލަފާގެ މަތިން ޢަމަލުކުރާ ކަމަށ ޑިސެންބަރު 2015 ގައި ޖަވާބުދީފައިވާއިރު، އެފަދަ ކަމަކާ ގުޅިގެން އެ މިނިސްޓްރީން މަޝްވަރާ ކޮށްފައިވަނީވެސް ދައުވާކުރި ތާރީޚުގެ ފަހުގެ ތާރީޚެއްގައިކަން އެނގޭ 06 ޑިސެންބަރު 2016 ތާރީޚުގެ ސިޓީއަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށެވެ.

24HN1މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު،މުޙައްމަދު ޒިޔާޖުގެ ފަރާތުން މިނުކުތާގައި ޙަވާލާދީފައިވާ ހެކިތަކަށ ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ބަޔާންކުރުމުގެ އިތުރުން، މިހެކިތަކަށ ދަށުކޯޓުން ވަކިވަކިން ރިޢާޔަތްކޮށްފައިނުވާތީ އިންސާފަށް ހުރަސްއެޅުނުގޮތެއ ނުވަތް މި ހެކިތަކަށް ވަކިވަކިން ރިޢާޔތްކުރިނަމ ދަށުކޯޓުގެ ޙުކުމަށް ކުރާނެ އަސަރެއް ނުވަތަ އަންނާނެ ބަދަލެއް ބަޔާންކޮށްފައި ނުވެއެވެ.

25HN2ބަހުސްގެ ބޭނުމަށް ދަށުކޯޓުގެ މުޅި ނިންމުމަށް ބަލާއިރު، މައްސަލައިގައި ދެފަރާތުގެ ވާހަކައާއި ހުށަހެޅުން ލިޔުންތަކަށް ޖުމްލަކޮށް ރިޢާޔަތްކޮށް،ހުށަހެޅުނު ދައުވާއަށާއ މައްސަލައިގައި އޮތް ޤާނޫނީ ނުކުތާގެ މައްޗަށ . ދަށުކޯޓަށް ހުށަހެޅިފައިވާ އެއްބަސްވުން - ޑޮކިއުމަންޓް 10 ގޮތް ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް މުޙައްމަދު ޒިޔާޖު ފާހަގަކުރާ ހެކިތަކަށް ވަކިވަކިން ރިޢާޔަތްކށޮ ދަށުކޯޓުން ގޮތް ކަނޑައަޅާފައިނުވެއެވެ.އެގޮތުން މުޙައްމަދް ޒިޔާޖު ދަށުކޯޓަށް ހުށަހެޅުއަސާސ ދައުވާއަކީ މުޙައްމަދު ޒިޔާޖު ވަޒީފާއިން ރިޓަޔަރވުމ ގުޅިގެނާ ޕެންޝަން ލިބެން ފެށުމާއެކު، މުޙައްމަދ ޒިޔާޖަށ ކުރިން ލިބެމުން އައު 20 އަހަރުގެ ޚިދުމަތުގެ ޕެންޝަން ދިނުން ހުއްޓާލފައިވާތީ އެފައިސާ ހޯދުމެވެ. ދަށުކޯޓުން ގޮތް ކަނޑައެޅީ މިކަން އޮތް ގޮތުގެ މައްޗަށް ބަލައި ޤާނޫނީގޮތުން އިޖުރާއަތު ތަރުތީބުވެފައ އޮތްގޮތުގެ މައްޗަށްކަން ދަށުކޯޓުން ފާހަގަކޮށްފައިވާ ނުކުތާތަކަށް ބެލުމުން އެނގެއެވެ.

26އެގޮތުން މުޙައްމަދު ޒިޔާޖަށ ކުރިން ލިބެމުން އައި 20 އްހަރުގ ޚިދުމަތުގެ ޕެންޝަނުގެ ފައިސާ އަކީ އައު ޤާނޫނުއަސާސީ އަށް ޢަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުން ދޭން ފެށި ޕެންޝަނެއް ކަމާއި، މުޙައްމަދު ޒިޔާޖު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއިން ވަކިވެ ރިޓަޔަރ ވުމަށް އެދި ހުށަހެޅިއިރު، ޕެންޝަނާބެހޭ ޤާނޫނު ވުޖޫދުވެ، ކަމާގުޅޭ ވަކި އިދާރާއެއް އުފެދި، ކަމާގުޅޭ ގަވާއިދުތައް އެކުލަވާލާވިފައިވާކަމުގެ މައްޗަށު ދަށުކޯޓުން ރިޢާޔަތްކޮށްފައިވެއެވެ. އަދި މުޙައްމަދު ޒިޔާޖުގެ ރިޓަޔަރމަންޓް ޕެންޝަން ކަނޑައަޅާފައިވާ ގޮތް ގެ މައްޗަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިވެއެވެ.

27HN3ހަމައެހެންމެ، ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލެވުނު "ދިވެހިރާއްޖޭގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު" ގެ 17 ވަނަ މާއްދާގައި ލިބިދެވޭ އިޚްތިޔާރުތައް ބަޔާންކޮށްފައިވާއިރު އެ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

17)ހ( "ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ )ނ( ގެ 1 ގެ ދަށުން،ދައުލަތުގެ މުވައްޒަފުންގެ ތެރެއިން 20 އަހަރު ނުވަތަ 40 އަހަރު ޚިދުމަތްކޮށްފައިވުމުނ ލިބް ޕެންޝަން، އުމުރުން 65 އަހަރު ވުމާހަމައަށ ލިބެމުން ދިއުމަށް، ނުވަތަ އެ ޕެންޝަން ދޫކޮށްލައި، ޚިދުމަތްކޮށްފައިވާ ޖުމުލަ މުއްދަތަށް އެކުރޫޑ ޕެންޝަންގެ ޙައްޤު ނެގުމަށް އިޚުތިޔާރު ކުރެވިދާނެއެވެ."

28HN4އިސްވެ ނަކަލުކުރެވުނު "ދިވެހިރާއްޖޭގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު" ގެ 17 ވަނަ މާއްދާގެ )ހ( ގައި 20 އަހަރު ނުވަތަ 40 އަހަރު ޚިދުމަތްކޮށްފައިވުމުނ ލިބް ޕެންޝަން، އުމުރުން 65 އަހަރު ވުމާހަމައަށ ލިބެމުން ދިއުމަށް، ނުވަތަ އެ ޕެންޝަން ދޫކޮށްލައި، ޚިދުމަތްކޮށްފައިވާ ޖުމުލަ މުއްދަތަށް އެކުރޫޑް ޕެންޝަންގެ ޙައްޤު ނެގުމަށް އިޚުތިޔާރު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް އެފަދް އިޚްތިޔާރެއް އޮތްކަން މުޙައްމަދު ޒިޔާޖަށް އަންގާފައިނުވާކަމަށާއި ވަކި ގޮތެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު ދީފައި ނުވާކަމަށް މުޙައްމަދު ޒިޔާޖ ދިވެހިރާއްޖޭގު ހައިކޯޓުގައި ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލަކަށް ޖަވާބުދެމުން ބުނެފައިވެއެވެ.އަދ މި މައްސަލައިގައި ދަށުކޯޓަށް ހުށަހެޅުނު ލިޔެކިޔުންތަކަށް ބަލާއިރު،މުޙައްމަދު ޒިޔާޖުގެ ރިޓަޔަރމަންޓް ޕެންޝަނުގެ ފައިސާ ކަނޑައެޅިގނެ ދިޔައިރު، އެ އިޚްތިޔާރު މުޙައްމަދު ޒިޔާޖަށ ދީފައިވާކަން އެނގޭކަށް ނެތެވެ.

29ނަމަވެސް،މ މައްސަލައިގައި މުޙައްމަދު ޒިޔޖު ދަށުކޯޓަށް ހުށަހެޅ މައިގަނޑު ދައުވާއަކީ 20 އަހަރު ދުވަހގު ޚިދުމަތުގެ ޕެންޝީނުގެ ފައިސާ އާއި ރިޓަޔަރމަންޓް ޕެންޝަން ފައިސާއާ މި ދެބާވަތުގެ ޕެންޝަން ފައިސާ އެކުއެކުގައި ލިބަންޖެހޭނ ކަމަށެ ބުން ކުރެ ދައުވާކަމަށްވާތީ، އިސްވެ ބުނެވުނު ފަދައިން މުޙައްމަދ ޒިޔާޖުގެ މައިގް ނޑު ކަންބޮޑުވުމަކީ އެ އިޚްތިޔާރު ދީފައނުވުމާގުޅޭ ކަންބޮޑުވުމެއްނޫނ ކަން ސާފެވެ.

30ހަމައެހެންމ އެ މާއްދެ އޮތްގޮތުން، ރިޓްޔަރަ ކުރެވޭ މުވައްޒަފަށް އިޚްތިޔާރު ދެވެނީ 20 އަހަރު ނުވަތަ 40 އާހަރުދުވަހުގ ޚިދުމަތުގެ ޕެންޝްނުގެ ފައިސ ނުވަތަ ޚިދުމަތުގެ މުޅި މުއްދަތަށް އެކްރޫޑް ޕެންޝަން ފައިސް އިޚްތިޔާރު ކުރުންކަން އެނގެން އެބަ އޮތެވެ. ކަން މިހެން އޮތް އިރު، "ދިވެހިރާއްޖޭގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު"ގެ 17 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކުރާއިރު، 20 އަހަރު ދުވަހުގެ ޚިދުމަތުގެ ޕެންޝަނާއި ރިޓަޔަރމަންޓް ޕެންޝަން އެކުއެކީގައި ނުދެވޭނެކނ އެނގެން އޮތުމުން، މި . ގަވާއިދު ނަންބަރު 21-2014/R ) ދުވެހިރާއްޖޭގައ ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު( މައްސަލައިގައި މުޙައްމަދު ޒިޔާޖުގެ ފަރާތުން ރިޢާޔަތްކުރުމަށް އެދޭ ސިޓީތަކާއި އެއްބަސްވުންތަކަށް ވަކިވަކިން ދަށުކޯޓުން ރިޢާޔަތްކުރި ނަމަވެސް، ދަށުކޯޓުގެ ޙުކުމަށް އަސަރުކުރުމުގެ ޤާނޫނީ ޖާގައެއް ނެތްކަން ސްފެވެ. އަދި މުޙައްމަދު ޒިޔާޖު ފާހަގަކުރާގޮތާ ޚިލާފަށް، ޙުކުމަށް އަސަރުކުރުވަނިވި ހެއްކަކަށް ދަށުކޯޓުން ފުރިހަމައަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބެލުމުގެ ޖާގައެއްވެސް ނެތެވެ. ޤާނޫނުއަސާސީގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕެންޝަން ލިބުމުގެ ޙައްޤު ހަނިވާގޮތަށް، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއާ ޚިލާފަށް، ދަށުކޯޓުން ކަމާގުޅޭ ޤާނޫނާއި ގަވާއިދު މާނަކޮށްފައިވާކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ތިންވަނަ ނުކުތާ

31މިނުކުތާގައި މުޙައްމަދު ޒިޔާޖު ފާހަގަކުރި ކަމަކީ ޤާނޫނުއަސާސީގެ 38 ވަނަ މާއްދާގައި ދައުލަތުގެ ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށްމެ، ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ޕެންޝަން ލިބުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، މި ޙައްޤު ހަނިވާގޮތަށް ޕެންޝަނާބެހޭ ޤާނޫނާއި ގަވާއިދު ދަށުކޯޓުން މެނަކޮށްފައިވާކަމަށެވެ. އެގޮތުން ޕެންޝަނާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ )ނ( ގެ 1 އަދި 2 ވަނަ ނަންބަރުގެ މަޤްސަދުއޮޅޭގޮތަށ ދަށުކޯޓުން މައްސަލް ނިންމާފައިވާކަމަށެވެ.އެގޮތުން ބަލާއިރަ"ދިވެހިރާއްޖޭގައި ރިޓަޔރމަންޓ ޕެންޝަން ސްކީމުން ފައިސް ދޫކުރުމާބެހޭ ގަވާއިދު" ގެ 17 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް މައްސަލެ ނިންމާފައިވާއިރު، އެ ގަވާއިދަކީ ޚިދުމަތުގެ ޕެންޝަނާބެހޭ ގަވާއިދެއްވެސ ނޫން ކަމަށެވެ. ޕެންޝަނާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ )ނ( ގެ 1 ވަނަ ނަންބަރުގައި "ޕެންޝަން އުމުރު ހަމަވުމާ ހަމައަށް ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ވަޒީފާ އަދާކުރަމުންދިޔަ މުއްދަތަށް ލިބެމުންދިޔަ ޕެންޝަން، އެ އުމުރު ހަމަވަންދެން ލިބެންވާނެ އެވެ." މިފަދައިން ކަމަށް ބަޔާންކޮށްފައިވާއިރު، އަދ 2 ވަނަ ނަންބަރުގައި "މ ޤާނޫނުގި ދަށުނ ޕެންޝަން އުމުރު ހަމަވުމުން ދައުލަތުގެ މުވައްޒަފުންނަށް، މި ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އަސާސީ ޕެންޝަން އަދި/ ނުވަތަ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ލިބެންވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު، "ދިވެހިރާއްޖޭގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު" ގެ 17 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް 20 އަހަރު ދުވަހުގެ ޚިދުމަތުގެ ޕެންޝަން ދިނުން ހުއްޓާލުން ޤާނޫނީގޮތުން ރަނގަޅުކަމަށް ކަނޑަނޭޅޭނެ ކަމަށެވެ.

32HN5ނަމަވެސް މި ނުކުތާގައިމުޙައްމަދު ޒިޔާޖުގެ ފަރާތުން ފ ހަގަކުރ "ދިވެހިރާއްޖޭގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު" އަކީ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ،މިހިނދުގައިވެސް ޢަމަލުކުރަމުންދާ ގަވާއިދަކަށް ވާއިރު، އެ ގަވާއިދުގއ ސަރީހަ އިބާރާތުން ބަޔާންކޮށްފައި އޮތްކަމެއް އެގޮތުގައި ބަޔާންކށޮ މައްސަލް ނިންމުމަކީ، ދަށުކޯޓުގެ ފަނޑިޔރ ޤާނޫނުއަސާސީގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕެންޝަން ލިބުމުގެ ޙައްޤު ހަނިވާގޮތަށް، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއާ ޚިލާފަށް ކަމާގުޅޭ ޤާނޫނީ މަސްދަރުތައް މާނަކުރުންކަމަށް ބެލެވޭ ގޮތެއް މުޙައްމަދު ޒިޔާޖުއަށް މިނުކުތާގައި ސާފުކޮށްދެވިފައިނުވެއެވެ. އެހެންކަމުން މިނުކުތާގައި އިތުރަށް ގޮތް ކަނޑައަޅާނެ ތަނެއް އޮތް ކަމުގައި ނުދެކެމެވެ. ޤާނޫނުއަސާސީގެ 38 ވަނަ މާއްދއަށާ ޢަމަލުކުރަންޖެހޭކަން ބަޔާންކުރުމެއްނެތި ދަށުކޯޓުން ގޮތް ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ހަތަރުވަނަ ނުކުތާ

33HN6HN7އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ ޤާނޫނުއަސާސީގެ 38 ވަނަ މާއްދާ އުވާލާފައި ނުވަތަ ބާޠިލްކޮށްފައިނުވާއިރު އެ މާއްދާ އަށެޢަމަލުކުރަންޖެހޭނެކަނ ނުވަތް ނޫންކަން ކަނޑަނާޅައި މައްސަލަ ނިންމާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވ.

33.1. މި ނުކުތާގައި މުޙައްމަދު ޒިޔާޖުގެ ފަރާތުން ފާހަގަކުރި ކަމަކީ ޤާނޫނުއަސާސީގެ 38 ވަނަ މާއްދާގައި ލިބިދީފައިވާ ޕެންޝަން ލިބުމުގެ ޙައްޤު އެއްވެސް ޤާނޫނަކުން ނުހުއްޓުވޭނެ ކަމަށާއި، އެ މއްދާއަށ ޢަމަލުކުރުން ދައުލަތުން ހުއްޓާލާފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

33.2. މި ނުކުތާގައި މުޙައްމަދު ޒިޔާޖު ފާހަގަކޮށްފައިވަނީ ދައުލަތުން ކަން ކޮށްފައިވާ ގޮތް ކަމަށް މުޙައްމަދު ޒިޔާޖު ދެކޭ ގޮތެވެ. ދަށުކޯޓުން ހަދާފައިވާ ޤާނޫނީ ނުވަތަ އިޖުރާއީ ގޯހެއް މިނުކުތާގައ އެއްވެސް މިންވަރަކަށް މުޙައްމަދު ޒިޔާޖުގެ ފަރާތުން ފާހަގަކޮށްފައިނުވއެވެ. މާނައަކީ ޙަޤީޤަތުގައި މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއްވެސް ނޫނެވެ.

33.3. ބަހުސްގެ ބޭނުމަށް ބަލާއިރު، ޕެންޝަނުގެ ޙައްޤު ބަޔާންކޮށްފައިވާ ޤާނޫނުއަސާސީގެ 38 ވަނަ މާއްދާ އެގޮތުގައި އަދިވެސް އެބައޮތެވެ. ހަމައެހެންމެ ޕެންޝަނާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުނ ހެދިފައިވާ ގަވާއިދުތައް އެގޮތުގައި އެބަހުއްޓެވެ. އަދި މި މައްސަލައިގައި ދަށުކޯޓުގެ ނިންމުން ބިނާވީ، ޕެނުޝަނުގ ޤާނޫނެ ނިޒްމެތަރުތީބުވެފައ އޮތި ގޮތުގެ މައްޗަށް ރިޢާޔަތްކޮށްގެންކަނ އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ފާހަގަކޮށްފައި އެވަނީއެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 38 ވަނަ މާއްދާއާއި އެ ކަމާގުޅޭ ޤާނޫނާއި ގަވާއިދުތަކަކީ ކަމެބެހާ އެންމެހާ ފަރާތްތަކުނ ޢަމަލުކުރަންޖެހޭ ޤާނޫނީ މަސްދަރުތަކަކަށް ވާއިރު، ޤާނޫނުއަސާސީގެ 38 ވަނަ މާއްދާ އަށް ޢަމަލުކުރަންޖެހޭކަނ ނުވަތް ނޫންކަން ދަށުކޯޓުން އިތުރަށް ކަނޑައަޅަންޖެހޭ ސަބަބެއް ވެސް ނެތެވެ.

34އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންކަން އެގޮތުގައި ހުރުމުން، އިސްތިއުނާފީ ނުކުތާތަކުގެ ތަރަހައިން މި މައްސަލިއަށް ރިޢާޔަތްކުރިއިރު ދަށުކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމުގައި ދެކެމެވެ.

ނިންމަން ފެންނަގޮތް

35އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން،ދަށުކޯޓުގެ ޙުކުމަށް ބަދަލުގެންނަންޖެހޭތަނެއ ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ. އިސް ފަނޑިޔާރު ޢަބްދާ ﷲ ޖަމީލު މޫސގެ ރައުޔު؛

36ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު؛

37ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

38މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 38 ވަނަ މާއްދާ އަދި 69 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ނ) ގެ (1) އަދި (2)
  • ގަވާއިދު ނަންބަރު 2014/R-21 (ދިވެހިރާއްޖޭގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު) ގެ 17 ވަނަ މާއްދާގެ (ހ)
  • ގަވާއިދު ނަންބަރު 2014/R-20 (ދިވެހިރާއްޖޭގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ގަވާއިދު)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 260 ވަނަ މާއްދާގެ (ހ) (އިސްތިއުނާފީ ނުކުތާތަކުގައި ޙަވާލާދީފައި)
  • މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ހ) (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ